17 ޖުލައި

July 17, 2017 17
އަދީބަށް ނުރައްކަލެއް ވެދާނެތީ ނަޝީދު ކަންބޮޑުވެއްޖެ

ބޮޑު ތިންކުށެއްގައި 33 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިހާރު އާއްމު ކުރައްވަމުން ގެންދަވާ މައުލޫމާތުތަކުގެ ސަބަބުން އެ މަނިކުފާނަށް ނުރައްކަލެއް ވެދާނެތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

15 ޖުލައި

July 15, 2017 13
ނާޒިމްގެ މައްސަލަ އަލުން ބަލަން އާއިލާއިން އެދެފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއާ ގުޅިގެން އެ މައްސަލަ އަލުން ބަލައި ދިނުމަށް ނާޒިމްގެ އާއިލާއިން ކަމާބެހޭ ފަރާތްތަކުގައި އެދިއްޖެ އެވެ.

11 ޖުލައި

July 11, 2017 59
އަދީބަށް ބޭރަށް ދެވޭނީ ފައިސާ ދައްކާފައި: ރައީސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވޭނީ، ދައުލަތުން ނެގި ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމަށް ފަހު ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

10 ޖުލައި

July 10, 2017 5
ނާޒިމާއި އިމްރާން ޑޮކްޓަރަށް ދައްކައިފި

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ހެނދުނު އައިޖީއެމްއެޗަށް ގެނެސް ފަރުވާދީފި އެވެ. ނަމަވެސް އެ ދެ ބޭފުޅުންނަށް ފަރުވާދިނީ ކޮން ބައްޔަކަށް ކަމެއް ނޭނގެ އެވެ.

06 ޖުލައި

July 06, 2017 13
ނާޒިމްގެ ކުށެއް ނެތް ކަމަށް ފޮނުވި ސިޓީ އދ. އަށް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލަ އަކީ އޭނާއާ އެއްވެސް ގުޅުމެއް އޮތް އެއްޗެއް ނޫން ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ހާމަކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީ އދ. ގެ ސަމާލުކަމަށް ގެނެސްފި އެވެ.

03 ޖުލައި

July 03, 2017 3
އާޒިމަށް ދައުވާ ނުކުރަން ޕީޖީން ނިންމައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

02 ޖުލައި

July 02, 2017 63
އަދީބުގެ ސިޓީއާ ގުޅިގެން އާ ކަމެއް ފެނިދާނެތަ؟

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފެނުނު ފިސްތޯލަ އާއި ތިން ވަޒަނުގެ ހުރިހާ ހަގީގަތެއް އެނގިވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ވިދާޅުވުމާ އެކު، ނާޒިމަށް އިންސާފު ހޯދުމުގެ އަޑުތައް އަނެއްކާވެސް މިވަނީ ގަދަވެފަ އެވެ. އެ ހާދިސާ ފެށިގެން ގޮސް...

01 ޖުލައި

July 01, 2017 65
ނާޒިމް ދޫކޮށްލުމާ މެދު ޕީޕީއެމްގެ ޕީޖީ ގުރޫޕްގައި ހިޔާލު ތަފާތުވެއްޖެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއާ ގުޅިގެން، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިނިވަން ކުރުމާ މެދު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ވައިބާގައި މިއަދު ޚިޔާލު ތަފާތުވުން އުފެދިއްޖެ އެވެ.

July 01, 2017 98
މަސީހަށް ވޯޓު ބޭނުމިއްޔާ ނާޒިމް ދޫކޮށްލާ: ލަތީފް

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހާ އެއްކޮޅަށް ވޯޓު ބޭނުން ނަމަ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިނިވަން ކުރުމަށް ދިއްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު...

July 01, 2017 38
ނާޒިމް ވަގުތުން ދޫކޮށްލަންޖެހޭ: އަދާލަތު ޕާޓީ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރުގެ ހަގީގަތް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް...

30 ޖޫން

June 30, 2017 107
ނާޒިމްގެ ދިފާއުގައި އަދީބުގެ ސިޓީއެއް ސުޕްރީމް ކޯޓަށް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ ހަގީގަތް ހާމަކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަދި މި ސަރުކާރުގައި އެއް އިރެއްގައި ނާޒިމްއާ އެންމެ ގާތުން މަސައްކަތް ކުރެއްވި އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވައިފި އެވެ.

29 މާޗް

March 29, 2017 15
ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަނބުރާ މާފުށީ ޖަލަށް ގެންގޮފިސްފި އެވެ.

19 ފެބުރުއަރީ

February 19, 2017 7
ނާޒިމަށް ދެމިލިއަން ދޭން ސަންލޭންޑް ހިލްމީއަށް ޖެހިއްޖެ

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސަންލޭންޑް ހޮޓެލްސްގެ އެއް ހިއްސާދާރު ހުސެއިން ހިލްމީގެ މައްޗަށް މިދިޔަ ބުރާސްފަތިދުވަހު ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

30 ޖެނުއަރީ

January 30, 2017 16
އދ. ގެ ނިންމުމަށް ސަރުކާރުން ދެކޮޅު ހަދައިފި

އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލަން ގޮވައިލިޔަސް، ވޯކިން ގްރޫޕްގެ ނިންމުމުގައި ހަމަނުޖެހޭ ކަންތައްތަކެއް...

January 30, 2017 41
ރާއްޖޭގެ ފަނޑިޔާރު ގެއަށް ފާޑެއް ނުކިޔޭނެ: ރައީސް

ރާއްޖޭގެ ދާޚިލީ ކަންކަމާއި ސިޔާދަތާ ބެހި، ބޭރުގެ އެކި ޖަމިއްޔާތަކާއި ޖަމާއަތްތަކުން ނިންމާ ނިންމުންތަކަށް އެމަނިކުފާނުގެ ސަރުކާރަށް އަތްތިލަބަޑި ނުޖެހޭނެ ކަމަށް ރައީސް އަބްދުﷲ...

29 ޖެނުއަރީ

January 29, 2017 33
އަދީބާ ހަމައިން ފިސްތޯލައިގެ މައްސަލަ އޮބުނީތަ؟

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަގުތުން މިނިވަންކުރަން ޖެހޭނެ ކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ނިންމުމާއެކު، އެގޮތަށް އަމަލުކުރުމަށް ރާއްޖޭގެ ކުރީގެ ބައެއް ރައީސުންނާއި ކުރީގެ ވަޒީރުންނާއި ބައެއް ގާނޫނީ ވަކީލުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ. އެމްނެސްޓީ...

28 ޖެނުއަރީ

January 28, 2017 83
ނާޒިމް ދޫކޮށްލަން ގޮވާލުމަކީ އިހުތިރާމްު ކުޑަކޮށްލުން

އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ނިންމުމާ އެއްގޮތަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލުމަށް، ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު ގޮވާލެއްވުމަކީ އެ ދެ ބޭފުޅުން ރައްޔިތުންނަށް އިހުތިރާމް ކުޑަކޮށްލުން ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

01 ނޮވެމްބަރ

November 01, 2016 30
ދައުވާތައް ގޯސްކަމަށް ޕީޖީ އަށް ދެންނެވިން: އުމަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ މުހައްމަދު ނާޒިމާއި ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާތައް ގޯސް ކަމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އަރިހުގައި ދެންނެވި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު...

28 އޮކްޓޯބަރ

October 28, 2016 35
ނަޝީދު، ނާޒިމް، އިމްރާނަށް ޓެރަރިޒަމް ދައުވާނުކުރެވޭނެ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ދިގު މުއްދަތުގެ ޓެރަރިޒަމް ހުކުމް އިއްވާފައި ވަނީ އަދުލުވެރިކަމާ އެކު ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.

20 އޮކްޓޯބަރ

October 20, 2016 14
ނާޒިމްގެ ބޭއިންސާފު އަދަބުގެ މައްސަލަ ބޭރު މީޑިއާ އަށް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަކީ ކުށެއް ނެތް މީހެއްކަން އެނގި ތިބެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވައި އިންސާފު ހޯދެން ހުރި ހުރިހާ ދޮރުތަކެއް ވެސް ބަންދުކޮށް، ތަޅު އަޅުވާފައިވާ ކަމަށް ބުނެ އާއިލާ އާއި ވަކީލުންގެ ޓީމުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

29 ޖޫން

June 29, 2016 4
އޮގަސްޓް 20ގެ ކުރިން ސަރުކާރުން ޖަވާބު ދޭން ޖެހޭނެ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޖަލު ހުކުމާ ގުޅިގެން އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ދިވެހި ސަރުކާރުން އޮގަސްޓް 20ގެ ކުރިން ޖަވާބުދާރީވާން އަންގާފައިވާ ކަމަށް ނާޒިމްގެ އާއިލާ އިން ބުނެފި އެވެ.

28 ޖޫން

June 28, 2016 41
ނަޝީދާއި ނާޒިމަށް އިންތިހާބުން ފުރުސަތު ގެއްލިއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އިއްވި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ދެ ބޭފުޅުންނަށް ވެސް ގެއްލިއްޖެ އެވެ.

26 ޖޫން

June 26, 2016 45
ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެެއް ނުގަތް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ބަލައިނުގަންނަން...

June 26, 2016 9
ފިސްތޯލައިގެ ޑީއެންއޭ ރިޕޯޓް ސުޕްރީމް ކޯޓަށް ފޮނުވައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނުނު މައްސަލައިގެ ރިޕޯޓް ސުޕްރީމް ކޯޓާ...