13 އޮކްޓޯބަރ

October 13, 2020 9
މާޒިޔާއާ އެކީ ނިޒާމްބެ އުއްމީދުތަކުން ފުރިފައި

ކުރިއަށް އޮތް ސީޒަނަށް އަމާޒުކޮށް މާޒިޔާ އިން މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ސޮއި ހޯދިއިއިރު، އެ ކްލަބްގެ މެނޭޖްމަންޓުން ފާހަގަކުރި އެއް ކަމަކީ މާޒިޔާގައި މިހާރު ތިބި ކުޅުންތެރިންގެ ފެންވަރުގައި ރަނގަޅު ކުޅުމެއް ދައްކަން ބަލާއިރު އެންމެ ރަނގަޅު ދިވެހި ކޯޗަކީ ނިޒާމްބެ ކަމެވެ. އެ ދުވަހު ވެސް ނިޒާމްބެ ދިން...

22 ޖުލައި

July 22, 2020 13
"މާޒިޔާ އަކީ ބްރޭންޑެއް، ޒިންމާ ނަގާނީ އިތުބާރާއެކު"

މާޒިޔާ އަކީ މިހާރު ރާއްޖޭގެ ފުޓްބޯޅައިގެ ބްރޭންޑެއް ކަމަށާއި އެ ޓީމުގެ ޒިންމާއާ ހަވާލުވާނީ އިތުބާރާ އެކު ކެރިގެން ކަމަށް މާޒިޔާގެ ކޯޗުކަމާ ހަވާލުވި މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

21 ޖުލައި

July 21, 2020
މާޒިޔާގެ ކޯޗަކަށް ނިޒާމްބެ ހަމަޖައްސައިފި

މި އަހަރުގެ އޭއެފްސީ ކަޕާއި ކުރިއަށް އޮތް ސީޒަނަށް މާޒިޔާގެ ކޯޗަކަށް މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައިފި އެވެ.

19 މެއި

May 19, 2020 12
"މިއީ ފުޓްބޯޅަ އާއިލާ ފެއާޕްލޭ އިސްކުރަންވީ ވަގުތު"

މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ އުނދަގޫ ހާލަތުން އަރައިގަނެގެން ފުޓްބޯޅައިގެ ކަންކަން ރަނގަޅުކުރަން ޖެހޭ މި ވަގުތަކީ ރާއްޖޭގެ މުޅި ފުޓްބޯޅަ އާއިލާ ފެއާޕްލޭ އިސްކޮށް އެއްބައިވަންތަވާންވީ ވަގުތު ކަމަށް މަޝްހޫރު ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

05 މެއި

May 05, 2020 14
ކުޅުންތެރިންނަށް ސަރުކާރުން އެލަވަންސް ދިނުން މުހިއްމު

ވަޒީފާ އަށް ނުގޮސް ގޭގައި ތިބި މުވައްޒަފުންނަށް މުސާރަ ދޭން ސަރުކާރުން އަމިއްލަ ވިޔަފާރިވެރިންނަށް އަންގާ ފަދައިން މި ދަނޑިވަޅުގައި ކުޅިވަރު ކުޅުންތެރިންނަށް ސަރުކާރުން އެލަވަންސް ދިނުން މުހިއްމު ކަމަށް ކުޅިވަރުގެ ގައުމީ މަޖިލީހުގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ފުޓްބޯޅަ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

02 ޖެނުއަރީ

January 02, 2020 9
ކޮންޓްރެކްޓް އުވާލައި ނިޒާމްބެ ސައިފުން ވަކިވެއްޖެ

މީގެ ދެ މަހެއްހާ ދުވަސް ކުރިން ބަންގްލަދޭޝްގެ ސައިފް ސްޕޯޓިންގެ ކޯޗުކަމާ ހަވާލުވި ރާއްޖޭގެ މުހައްމަދު ނިޒާމް (ނިޒާމްބެ) އެ ޓީމުގެ ކޮންޓްރެކްޓް އުވާލައި މަގާމުން މިއަދު ވަކިވެއްޖެ...

January 02, 2020 5
ފުރަތަމަ މުބާރާތުން ނިޒާމްބެ އަށް އުއްމީދު

ރާއްޖޭގެ މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާ ހަވާލުވެ، ކުރިމަތިލި ފުރަތަމަ މުބާރާތް ކަމަށްވާ ބަންގްލަދޭޝްގެ ފެޑެރޭޝަން ކަޕުގެ ކުއާޓާ...

27 ޑިސެމްބަރ

December 27, 2019 13
ސައިފް ގޮވައިގެން ނިޒާމްބެ ފެޑެރޭޝަން ކަޕް ކުއާޓާ އަށް

ދިވެހި ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބަންގްލަދޭޝްގެ ކްލަބް ސައިފް ސްޕޯޓިން ބަންގްލަދޭޝްގެ ފެޑެރޭޝަން ކަޕްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

08 ނޮވެމްބަރ

November 08, 2019 4
ބޮޑު އިތުބާރަކާ އެކު ސައިފްގެ ޒިންމާ ނިޒާމްބެ އަށް

ރާއްޖޭގައި ވެސް ބަންގްލަދޭޝްގައި ވެސް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ފެންވަރު ސާބިތުކޮށްފައިވާ ކަމަށާއި އޭނާއާ މެދު ކުރެވޭ އުއްމީދު ބޮޑުކަމަށް ބުނެ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގެ ކްލަބް ސައިފް ސްޕޯޓިން ކްލަބްގެ ކޯޗުކަމުގެ ޒިންމާ ހަވާލުކޮށްފި އެވެ.

03 ނޮވެމްބަރ

November 03, 2019 4
މިއީ ދިވެހި ފުޓްބޯޅަ އަށް ލިބުނު ފުރުސަތެއް: ނިޒާމްބެ

އަހަރުން އަހަރަށް ވަރުގަދަ ކުރަމުން އަންނަ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ވާދަކުރާ ސައިފް ސްޕޯޓިން ކްލަބްގެ ކޯޗުކަން އޭނާ އަށް ލިބުމަކީ ދިވެހި ފުޓްބޯޅަ އަށް ވެސް ލިބުނު ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށް މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

30 އޮކްޓޯބަރ

October 30, 2019 12
ނިޒާމްބެ ބަންގްލަދޭޝް ޕްރިމިއާ ލީގު ކްލަބަކާ ހަވާލުވަނީ

ގައުމީ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމުގެ މަގާމުން ވަކިވެ މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ސައިފް ސްޕޯޓިން ކްލަބްގެ ކޯޗުކަމާ ހަވާލުވާން ނިންމައިފި އެވެ.

26 އޯގަސްޓް

August 26, 2019 9
ޖޯޑަން 9-0 ރާއްޖެ: ނިޒާމްބެ ބުނަނީ މިކަން ބަދަލުކުރާނެ ކަމަށް!

ގަތަރުގައި ކުރިއަށްދާ އިންޓަނޭޝަނަލް ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުން ޖޯޑަން އަތުން 9-0 އިން އިއްޔެ ބަލިވެއްޖެ އެވެ.

08 އޯގަސްޓް

August 08, 2019 4
16 އަހަރުން ދަށުގެ ކޯޗުކަން ނިޒާމްބެ އަށް، އަމާޒު އައިއޯއައިޖީ އަށް!

ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ވަރުގަދަ ޒުވާން ޓީމެއް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށް 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން މުހައްމަދު ނިޒާމް (ނިޒާމްބެ) އަށް އެފްއޭއެމުން ދީފި އެވެ.

23 މެއި

May 23, 2019 8
ނިއުގެ ކޯޗަކަށް ގެންނަން ނިޒާމްބެއާ މަޝްވަރާކޮށްފި

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓަށް އަލުން ފުރުސަތު ލިބޭނެ ގޮތެއް ފެނޭތޯ ކްލަބުން މަސައްކަތް ފަށާފައިވާއިރު، އެ ޓީމުގެ ކޯޗަކަށް މުހައްމަދު ނިޒާމް (ނިޒާމްބެ) ގެންނަން އޭނާއާ މަޝްވަރާކޮށްފި އެވެ.

04 މެއި

May 04, 2019 5
ނިޒާމްބެ އޭއެފްސީ އޭ ލައިސަންސް ނަގަނީ

ތަޖުރިބާކާރު ފުޓްބޯޅަ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭއެފްސީ އޭ ލައިސަންސް ކޯޗިން ކޯހުގައި ބައިވެރިވެއްޖެ އެވެ.

15 ޖެނުއަރީ

January 15, 2019 8
ލީގު ހޯދައިދިނުމަށް ފަހު ނިޒާމްބެ ޓީސީން ވަކިވެއްޖެ

ޓީސީ ސްޕޯޓްސް ކްލަބުގެ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތަކަށް ކުރިއެރުމެއް ނުލިބުމުން، އެ ކްލަބުގައި އަންނަ ސީޒަނުގައި މަޑުނުކުރާ ގޮތަށް، މިދިޔަ އަހަރުގެ އެއް ވަނަ ކޯޗު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ނިންމައިފި އެވެ.

01 ޑިސެމްބަރ

December 01, 2018 12
ޓީސީ އިތުރަށް ފުރިހަމަކޮށްދިނީ ދަގަނޑޭ: ނިޒާމްބެ

ކާމިޔާބު ހޯދަން ޓީސީ ސްޕޯޓްސް ކްލަބުން ކުރަމުން އައި މަސައްކަތުގައި ޓީމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އަލީ އަޝްފާގު (ދަގަނޑޭ) ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

30 ނޮވެމްބަރ

November 30, 2018
ޓީސީ ނުކުންނާނީ ފުރިހަމަ އިތުބާރާ އެކު: ނިޒާމްބެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ހާލަތު އޮންނަ ގޮތުން ޕްރެޝަރު އޮތަސް ޓީސީ ސްޕޯޓްސް ކްލަބް ނުކުންނާނީ ފުރިހަމަ އިތުބާރާ އެކު އަމިއްލަ ބާރުގައި މެޗުން މޮޅުވެ ލީގު ހޯދުމަށް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

23 ނޮވެމްބަރ

November 23, 2018 2
އޭއެފްސީ އަށް ނުދެވުމުން ގެއްލުން ދިވެހި ފުޓްބޯޅައަށް

އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ފުރުސަތު ރާއްޖޭގެ ކްލަބްތަކަށް ގެއްލުމުން އޭގެ ގެއްލުން ވަނީ ހަމައެކަނި ވަކި ކްލަބަކަށް ނޫން ކަމަށާއި މުޅި ދިވެހި ފުޓްބޯޅަ އަށް ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

31 އޮކްޓޯބަރ

October 31, 2018 13
ގައުމީ ޓީމު ނެގުން އިންސާފުވެރިވާން ޖެހޭ: ނިޒާމްބެ

ބައިނަލްއަގްވާމީ މެޗުތަކަށް ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު ނަގާއިރު މިހާރަށް ވުރެން ބޮޑަށް އިންސާފުވެރިވާން ޖެހޭ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

21 އޮކްޓޯބަރ

October 21, 2018 3
"ލީޑެއްގައި އޮތަސް ދެ ވަނަ ބުރު ވަރަށް އުނދަގޫވާނެ"

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ކުޅުން މިއަދު ފަށާއިރު ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ކުރީގައި ލީޑެއްގައި އޮތް ނަމަވެސް މި ބުރު އެ ޓީމަށް ވަރަށް އުނދަގޫވާނެ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.