14 ޑިސެމްބަރ

December 14, 2019 12
ޑީއާރުޕީގެ އަމާޒަކީ ގިނަ ގޮނޑިތަކެއް ހޯދުން: ޖާބިރު

އަންނަ އަހަރުގެ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ އަމާޒަކީ ވީހާ ވެސް ގިނަ ގޮނޑިތަކެއް ހޯދުން ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.

05 ޑިސެމްބަރ

December 05, 2019 11
ބަޖެޓު ފާސް ކުރަން ޖާބިރު ވޯޓެއް ނުދެއްވި!

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓު ފާސް ކުރަން ނުފެންނަ ކަމަށް ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވޯޓު ދެއްވައިފި އެވެ.

04 ޑިސެމްބަރ

December 04, 2019 11
އިންކަމް ޓެކުހަށް ނަފްރަތު ކުރަން: ޖާބިރު

އިންކަމް ޓެކްސް ނަގަން ނަފްރަތު ކުރައްވާ ކަމަށާއި އެފަދަ ޓެކުހެއް ނަގައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.

02 ޑިސެމްބަރ

December 02, 2019 37
މައާފުކުރި، އެކަމަކު ޖާބިރު އަނެއްކާ މައުމޫނާ ދެކޮޅަށް

އަނބުރާ ދައްކަވާ ގޮތަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އޭނާގެ އަތުން ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ މާފުކުރެއްވި ކަމަށް ކުރިން އިއުލާންކުރެއްވިޔަސް، ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އަނެއްކާވެސް މައުމޫނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

01 ޑިސެމްބަރ

December 01, 2019 83
އުމަރާއި ޖާބިރު ކުއްލިއަކަށް ޔާމީނާ އެއްކޮޅަށް؟!

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ކުރިން ވަރަށް ބޮޑަށް ހިޔާލު ތަފާތުވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު، ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ކުއްލިއަކަށް އެމަނިކުފާނުގެ ދިފާއުގައި ވާހަކަ ދައްކަވަން ފައްޓަވައިފި އެވެ.

25 ނޮވެމްބަރ

November 25, 2019 16
ހަރުކަށިކަން ހުއްޓުވަން ކުއްލި ހާލަތު އިއުލާންކުރަންޖެހޭ

ރާއްޖޭގައި ހަރުކަށި ފެތުރި ލޭއޮހޮރުވުމެއް ހިނގުމުގެ ކުރިން އެކަން ހުއްޓުވަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ގޮވާލައްވައިފި އެވެ.

24 ނޮވެމްބަރ

November 24, 2019 68
ކޭބަލް ކާރު އަޅަން ކާށިދޫ ދާއިރާއަށް ބޭރުގެ ތަޖުރިބާކާރެއް

ކާށިދޫ ދާއިރާގެ ރަށްތައް ކޭބަލް ކާރުން ގުޅާލުމުގެ މަސައްކަތް ދިރާސާކުރުމަށް އިޓަލީ ކުންފުނީގެ ތަޖުރިބާކާރުންތަކެއް އެ ދާއިރާގެ ދެ ރަށަށް މިއަދު ހިނގައްޖެ އެވެ.

22 ނޮވެމްބަރ

November 22, 2019 35
ޑީއާރުޕީގެ އެސްޖީއަަކަށް ޖާބިރުގެ ދަރިކަނބަލުން

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ދަރިކަނބަލުން އާމިނަތު ޖާބިރު ހަމަޖައްސައިފި އެވެ.

20 ނޮވެމްބަރ

November 20, 2019 71
ސަލަފްގެ މައްސަލާގައި މަހުލޫފް މަޖިލީހަށް ހާޒިރުކުރަނީ

ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޖަމިއްޔަތުއް ސަލަފާ ދޭތެރޭ ފިޔަވަޅެއް އަޅާފައިވޭތޯ ބެލުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ސުވާލު ކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު...

November 20, 2019 37
އަވަސް އިންތިޚާބަކަށް ގޮވާލައި ޖާބިރުގެ ގަރާރެއް

ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ރިޔާސީ އިންތިޚާބު އަލުން ބާއްވަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމްކުރާ ގަރާރެއް، ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ...

19 ނޮވެމްބަރ

November 19, 2019 66
ދެން ހުށަހަޅާނީ ބަރުލަމާނީ ނިޒާމެއް ގެންނަން: ޖާބިރު

ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ސަރުކާރު ހިންގުމާ ހަވާލުވެ ވަޑައިގަތުމަށް ހުށަހަޅުއްވާނެ ކަމަށް...

November 19, 2019 14
ޑީކޯވުން އިތުރުވާތީ މަޖިލީހަށް ކުއްލި މައްސަލައެއް

އެން ހިފަން އަޑި އަށް ފީނާ މަސްވެރިންނަށް، ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވުމުގެ މައްސަލަ އިތުރުވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް...

18 ނޮވެމްބަރ

November 18, 2019 58
އިދިކޮޅުގެ ރުޅި ޖޭއެސްސީއަށް: ނިޒާމް ފުނޑާލައިފި!

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލާގައި، ސަރުކާރާ އިދިކޮޅު މެމްބަރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

16 ނޮވެމްބަރ

November 16, 2019 18
ޑީއާރުޕީގެ ނައިބު ލީޑަރަކަށް ޖާބިރުގެ ކޮއްކޮ ޝިހާމް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ނައިބު ލީޑަރަކަށް، އެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ކޮއްކޮ އިބްރާހިމް ޝިހާމް އައްޔަންކޮށްފި އެވެ.

12 ނޮވެމްބަރ

November 12, 2019 38
ނާޝިޒާއި ޖާބިރު، އެކަކު އަނެކަކަށް ނުގޮވާ އެއްޗެއްނެތް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަންފާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ކަމަށް ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވި މައްސަލައިގައި...

November 12, 2019 33
ޖާބިރު، މަޖިލީހަށް ގަސްތަކެއް ހަދިޔާކުރައްވައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހަށް މިއަދު ގަސްތަކެއް ހަދިޔާކުރައްވައިފި އެވެ.

07 ނޮވެމްބަރ

November 07, 2019 20
ޖާބިރު ރުޅި އައީ ދިޔާނާ ފަނޑިޔާރަކަށް ނުހޮވިގެން

ކާށިދޫ ދާއިރާގެ އަބްދުﷲ ޖާބިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އޭނާ އަށް ފާޑު ވިދާޅުވަނީ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން...

November 07, 2019 33
ހިޔާނާތުގެ ފައިސާ ރޮޒައިނާ އަށް ލިބުނު: ޖާބިރު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މަންފާ ލިބިވަޑައިގެންނެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ...

04 ނޮވެމްބަރ

November 04, 2019 6
ނޫމަޑީގެ މައްސަލާގައި އަމީރުއާ ސުވާލުކުރަން ހުށަހަޅައިފި

ކުރީގެ ދެ ސަރުކާރަކުން ނޫމަޑިއާ އެކު، ހެދި ދެ އެއްބަސްވުމެއް ބާތިލް ކުރުމުން، ކޯޓުން ބޭރުން މި ސަރުކާރުން ބަދަލެއްގެ ގޮތުން 55 މިލިއަން ޑޮލަރު ދިން މައްސަލައިގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ސުވާލު ކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފި އެވެ.

02 ނޮވެމްބަރ

November 02, 2019 32
އެއްވުން ހަނިކުރި އިސްލާހު އުވާނުލައިގެން ކަންބޮޑުވެއްޖެ

ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުން މަނާކޮށް، ކުރީގެ ސަރުކާރުން ގާނޫނަށް ގެނެސްފައިވާ އިސްލާހު މި ސަރުކާރުން އުވާނުލައިގެން ޑީއާރުޕީން ކަންބޮޑުވުންފާޅުކޮށްފި އެވެ.

30 އޮކްޓޯބަރ

October 30, 2019 12
މަހާޒަށް ވޯޓަށް އެހިއިރު ޖާބިރު ޖަލްސާ ބޮއިކޮޓްކޮށްފި

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް، ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު އައްޔަން ކުރަން ފެނޭތޯ ރައްޔިތުންގެ މަޖިލިހުގައި ނެގި ވޯޓުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބައިވެރިވެވަޑައިނުގެން ޖަލްސާ މިއަދު ބޮއިކޮޓް ކުރައްވައިފި އެވެ.

October 30, 2019 55
ޖާބިރުގެ ރުޅި އެމްޑީޕީ އަށް: މަޖިލިހަކީ ހަރުގެއެއް ނޫން!

ރައްޔިތުންގެ މަޖިލިހަކީ އެމްޑީޕީގެ "ހަރުގެއެއް" ނޫން ކަމަށް ވިދާޅުވެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ޑީއާރުޕީގެ މެމްބަރު އަބްދުﷲ ޖާބިރު އެ ޕާޓީ އަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

October 30, 2019 52
މަހާޒާއި ދިޔާނާއާ މެދު ގޮތެއް ނިންމުން ކޮން އިރަކުން؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އަލީ ޒާހިރު ނުވަތަ ފާތުމަތު ދިޔާނާ ސައީދު އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގައި ގޮތެއް ނުނިމި އޮންނަތާ ހަފްތާއެއް ވީ އެވެ....

26 އޮކްޓޯބަރ

October 26, 2019 76
މައުމޫނަށް މާފުކޮށް، ޖާބިރު މައްސަލަ ނަގަން ނިންމައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ މާފުކޮށް، ފުލުހުންނަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވުމަށް ޑީއާރުޕީގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ނިންމަވައިފި އެވެ.

17 އޮކްޓޯބަރ

October 17, 2019 9
އިޓަލީގެ އެމްބަސީއެއް ރާއްޖޭގައި ހުރުން މުހިންމު:ޖާބިރު

އިޓަލީ އަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު ބައިވެރިއަކަށް ވާތީ، އެ ގައުމުގެ އެމްބަސީއެއް ހުރުން ވަރަށް މުހިންމު ކަމަށް ވިދާޅުވެ، އެކަން ކޮށްދިނުމަށް އިޓަލީ ސަރުކާރުގެ ކިބައިން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު އެދިވަޑައިގެންފި އެވެ.

09 އޮކްޓޯބަރ

October 09, 2019 12
ރާއްޖެ ވާންވީ ޖަޒީރާއަކަށް ނޫން، ނިއު ޔޯކަށް: ޖާބިރު

ރާއްޖެ ވާންވީ ޖަޒީރާ ރާއްޖެ އަށް ނޫން ކަމަށާއި މި ގައުމު ބަދަލުވާންވީ އެމެރިކާގެ ނިއު ޔޯކާއި ވޮޝިންޓަނާއި ސިންގަޕޫރަށް ކަމަށް ރައްޔިތުން މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.