28 ޖެނުއަރީ

January 28, 2019 4
އަބްދުﷲ ސައީދާއި 2 މެމްބަރަކަށް ކުރި ދައުވާ ނަގައިފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ރައްޔިތުންގެ މަޖިލިހުގެ ދެ މެމްބަރަކަށް ކުރި ޓެރަރިޒަމްގެ ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.

31 އޮކްޓޯބަރ

October 31, 2018 14
ތާރީޚީ ދުވަހެއް! 12 މެމްބަރުން އެކުގައި މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ނުދޭތާ ދޮޅު އަހަރެއްހާ ފަހުން، މަޖިލީހަށް ވެންނެވުމުގެ ފުރުސަތު، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަށް މިއަދު ފުރުސަތު ދީފި އެވެ. މިއީ، މަޖިލީހުގެ ތާރީޚުގައި ފާހަގަ ކުރެވޭނެ ދުވަހެކެވެ.

30 އޮކްޓޯބަރ

October 30, 2018 15
12 މެމްބަރުންގެ ގޮނޑި ވެސް އަނބުރާ ލިބިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ސޮއިކުރި 12 މެމްބަރަކު މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ކަނޑައެޅުން ސުޕްރީމް ކޯޓުން މިއަދު ބާތިލް ކުރުމުން، އެ 12 މެމްބަރުންނަށް ވެސް މަޖިލީހަށް ވަނުމުގެ ފުރުސަތު ތަނަވަސް ވެއްޖެ އެވެ.

29 އޮކްޓޯބަރ

October 29, 2018 2
ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންގެ ތެރެއިން އިތުރު ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް...

October 29, 2018 25
ސައުދުﷲގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ހުކުމް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ)ގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ގޮތް ސައްހަ ނޫން ކަމަށާއި...

28 އޮކްޓޯބަރ

October 28, 2018 4
ހަތަރު މެމްބަރެއްގެ މައްސަލައިގެ ހުކުމް މާދަމާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންގެ ތެރެއިން ހަތަރު ބޭފުޅެއްގެ މައްސަލައިގެ ހުކުމް މާދަމާ އިއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

26 އޮކްޓޯބަރ

October 26, 2018 2
ގޮނޑީގެ މައްސަލައިގެ ބަޔާންތަކުގައި ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މެންބަރުންގެ ތެރެއިން މިހާތަނަށް ސުޕްރީމް ކޯޓުން މައްސަލަ ނުނިމި ތިއްބެވި އަށް މެމްބަރުންގެ ބަޔާންތަކުގައި ވަކީލުން އިއްޔެ ސޮއިކުރައްވައިފި އެވެ.

11 އޮކްޓޯބަރ

October 11, 2018 2
ސިނާންގެ ގޮނޑީގެ މައްސަލަ ހުކުމަކާ ހިސާބަށް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރުކަމުގެ ގޮނޑި އަބްދުﷲ ސިނާނަށް ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މައްސަލައިގެ އަޑުއެހުންތައް...

October 11, 2018 9
"ނިންމުން ބާތިލްކުރުމުން ބަލަނީ ގޮނޑި ގެއްލުނުކަމަށް"

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ސުޕްރީމް ކޯޓުގެ އަމުރަކުން ބާތިލްކޮށްފައި ވާތީ، މިހާރު...

09 އޮކްޓޯބަރ

October 09, 2018 7
ސިނާނާއި އަބްޅޯގެ ގޮނޑީގެ މައްސަލަ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ތިބި އިދިކޮޅު އަށް މެމްބަރުންގެ ތެރެއިން ދެ މެމްބަރެއްގެ ގޮނޑީގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށަން ތާވަލް ކޮށްފި އެވެ.

24 ސެޕްޓެމްބަރ

September 24, 2018 19
ތިން މެމްބަރަކާއި އަރީފް ބަންދުން މިނިވަންކޮށްފި

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ތިން މެމްބަރަކާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް މިރޭ މިނިވަންކޮށްފި އެވެ.

01 އޯގަސްޓް

August 01, 2018
ސިނާންގެ ބަންދަށް ލުޔެއް ނުދިން

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ބަންދަށް މިވަގުތު ލުޔެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

22 މެއި

May 22, 2018 2
ސިނާންގެ މިއަދުގެ ޝަރީއަތް ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވުމަށް ނިންމި ޝަރީއަތް ކެންސަލް ކޮށްފި އެވެ.

09 މެއި

May 09, 2018 1
ސިނާނާއި ސައުދުގެ މައްސަލައިގެ އަޑުއެހުން ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި އެޑިއުކޭޝަންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ...

May 09, 2018 51
ފައިސާ ބެހި ކަމަށް ދިން ބަޔާން އަނބުރާ ގެންގޮސްފި

ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން ފައިސާ ބެހި ކަމަށާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވިދާޅުވެގެން އެ ފައިސާ، މަޖިލީހުގެ މެމްބަރުންނާ...

06 މެއި

May 06, 2018 9
ހަ ބޭފުޅެއްގެ ޝަރީއަތުގެ މަރުހަލާ ކުރިއަށްދާނީ އެއްކޮށް

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ނުވަ ބޭފުޅުންގެ ތެރެއިން ހަ ބޭފުޅެއްގެ ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންދާނީ އެއް މަޖިލީހެއްގެ ގޮތުގައި ކަމަށް އެ މައްސަލަތައް ބައްލަވާ ގާޒީ އަހުމަދު ހައިލަމް މިއަދު ވިދާޅުވެއްޖެ އެވެ.

26 އެޕްރީލް

April 26, 2018 2
ސިނާން ދައުވާއަށް އިންކާރު، ދައުލަތުން ގިނަ ހެކިތަކެއް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއަށް އޭނާ މިއަދު އިންކާރު ކުރުމުން އޭނާއާ ދެކޮޅަށް ދައުލަތުން ގިނަ އަދަދެއްގެ ހެކިތަކެއް ހުށަހަޅައިފި އެވެ.

25 އެޕްރީލް

April 25, 2018 1
ސިނާނަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މާދަމާ

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

15 އެޕްރީލް

April 15, 2018 131
ވެރިކަން ވައްޓާލަން އުޅުނީ ނައިބަކަށް އަދީބު ލުމުން

އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރުމުގެ މަސައްކަތް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެއްޓެވީ ނައިބު ރައީސަކަށް އަހުމަދު އަދީބު އައްޔަން ކުރުމާ ހިސާބުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

01 އެޕްރީލް

April 01, 2018 3
ސިނާން ވެސް ޝަރީއަތް ނިމެންދެން ބަންދަށް

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަންގައިފި އެވެ.

29 މާޗް

March 29, 2018
ސިނާންގެ ބަންދާ މެދު ގޮތެއް ނިންމުން ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ބަންދާ މެދު މިއަދު ކޯޓުން ގޮތެެއް ނިންމަން ހަމަޖެއްސުމަށް ފަހު ކެންސަލްކޮށްފި އެވެ.

21 މާޗް

March 21, 2018 9
ފާރިސް އާއި ސިޔާދު ވެސް ބަންދު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދަރިކަލުން ސިޔާދް ގާސިމް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިރޭ އަމުރުކޮށްފި އެވެ.

20 މާޗް

March 20, 2018 67
ފަނޑިޔާރުންނާއި މައުމޫނަށް ޓެރަރިޒަމްގެ ދައުވާ

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަލުން ޔުމްނާގެ ފިރިކަލުން އަހްމަދު ނަދީމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި މެންބަރު ސިނާނާއި...

March 20, 2018 10
އަލީ ހަމީދާއި އިލްހާމް ޝަރީއަތް ނިމެންދެން ބަންދަށް

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު...

March 20, 2018 8
ދެ ފަނޑިޔާރުންނާއި މައުމޫން ބަންދުގެ މުއްދަތަށް ކޯޓަށް

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އިތުރުން ގިނަ ބޭފުޅުންތަކެއްގެ ބަންދުގެ...