23 ނޮވެމްބަރ

November 23, 2020 64
ނަޝީދާއި އީވާގެ ކޮޓަރި ބަގްކުރަން އުޅުނު މައްސަލައެއް!

ރައްްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ ކޮޓަރިކޮޅާއި މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުން ބާއްވާ ކޮޓަރިއެއް "ބަގްކުރަން" ފުލުހުންގެ ބަޔަކު އުޅުނު ކަމަށް ބުނާ މައްސަލައެއް މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ބައްލަވަން ފައްޓަވާފައިވާ ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

18 ނޮވެމްބަރ

November 18, 2020 21
ޕީއެސްއައިޕީ ފައިސާއާ މެދު އީވާ ސުވާލު އުފައްދަވައިފި

އަންނަ އަހަރު ރާއްްޖޭގައި ހިންގަން ސަރުކާރުން ދައުލަތުގެ ބަޖެޓުގައި ޖަހާފައިވާ މަޝްރޫއުތައް ހިންގުމުން އެ ފައިސާ ވަންނާނީ ދިވެހިންގެ ޖީބަށްތޯ ނުވަތަ އަވަށްޓެރި އިންޑިއާގެ ކެރެލާއަށްތޯ ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

02 ނޮވެމްބަރ

November 02, 2020 27
އައިންތުގެ ކާރަށް ގެއްލުން ދޭ މައްސަލަ މަޖިލީހަށް

މާލޭގައި ޓެކްސީގެ ހިދުމަތް ދޭ ހަމައެކަނި އަންހެން ޑްރައިވަރު، އާމިނަތު ވަހީދާގެ ކާރަށް ތަކުރާރުކޮށް ގެއްލުން ދޭ އިރު އެ މައްސަލަ ރަނގަޅަށް ނުބެލޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންްވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މަޖިލީހަށް މިއަދު...

26 އޮކްޓޯބަރ

October 26, 2020 6
ބޭންކްރަޕްސީ ގާނޫނެއް މުހިއްމު: މެމްބަރުން

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިފްލާސްވުމާއި އިފްލާސްކުރުމުގެ ގާނޫނު ނުވަތަ ބޭންކްރަޕްސީ ގާނޫނުގެ ބިލަކީ އިގުތިސާދީ ގޮތުން މިހާރު އޮތް ހާލަތާ ވެސް ވަރަށް ގުޅޭ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

20 އޮކްޓޯބަރ

October 20, 2020 89
އަމީން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

ހެލްތު މިނިސްޓަރު އަަބްދުﷲ އަމީން "ވައްކަން ކޮށްްފައިވާ" ކަމަށް ތުހުމަތުކޮށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެމްބަރުން މިއަދު ވައްދައިފި އެވެ.

19 އޮކްޓޯބަރ

October 19, 2020 18
ދަރަންޏާ ބެހޭ ރިޕޯޓާ ހެދި މަޖިލީހުގައި ޒުވާބެއް!

ދައުލަތުގެ ދަަރަނީގެ ހާލަތާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ރިޕޯޓަކާ ގުޅިގެން، މަޝްވަރާ ކުރަން މުޅި މަޖިލިސް ކޮމިޓީ އަށް ގޮސް، އެ ރިޕޯޓު ހުށަހަޅަން ފެށުމުން އެ ބައްދަލުވުމުގައި މިއަދު ބޮޑު ޒުވާބެއް ހިނގައިފި އެވެ.

13 އޮކްޓޯބަރ

October 13, 2020 38
"އޭސީސީ އަށް ބަލަން އެނގެނީ ކުދިކުދި މައްސަލަތައް"

ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ނުބެލޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ މެދު މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.

12 އޮކްޓޯބަރ

October 12, 2020 39
މެމްބަރުންގެ ކުދިން ބަލަހައްޓަން ހާއްސަ ކޮޓަރިއެއް

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މަޖިލިހުގެ މަސައްކަތަށް ވަޑައިގަންނަވާއިރު، ތުއްޕުޅު ބޭފުޅުން ބެލެހެއްޓޭނެ އެހެން އިންތިޒާމެއް ނެތް ނަމަ މަޖިލިހުގެ އިދާރާ އަށް ގެންދަވައިގެން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖައްސައިފި އެވެ.

26 އޯގަސްޓް

August 26, 2020 3
މެމްބަރުންގެ ޗުއްޓީ މި މަހުގެ ނިޔަލަށް ފަސްކޮށްފި

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މި ދައުރުގެ ޖަލްސާތައް ނިންމައި މިއަދުން ފެށިގެން މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވަން ކުރިން ކަނޑައަޅާފައި އޮތަސް އެ މުއްދަތު މި މަހުގެ ނިޔަލަށް ދަންމާލައިފި އެވެ.

11 އޯގަސްޓް

August 11, 2020 68
ކުރީގެ ފިނޭންސް މިނިސްޓަރުންނަށް ދައުވާކުރަން ޖެހޭ:އީވާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނަށް ޖިނާއީ ދައުވާ ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

14 ޖުލައި

July 14, 2020 159
އީވާގެ ވާހަކައާ އެކު މައްސަލަ ހޫނުވެ އިޔާޒުގެ ރައްދެއް

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއް ލަތީފްގެ ވާހަކަތަކަކީ އިސްލާމްދީނަށް "ހުތުރު އެރުވުން" ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު...

July 14, 2020 105
އީވާގެ ބަހުގެ ވަރުގަދަ ހަމަލާތަކެއް ޑރ. އިޔާޒަށް

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް، އިސްލާމްދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް ފުރައްސާރަ ކުރައްވާ ކަމަށް ތުހުމަތު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ...

08 ޖުލައި

July 08, 2020 41
ގާނޫނުއަސާސީ އުވާލާ ވާހަކަ ވެސް މަޖިލީހުގައި ދެއްކޭނެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަވަހާރަ ކޮށްލުމުގެ ވާހަކަ އާއި ގާނޫނުއަސާސީ އުވައިލުމުގެ ވާހަކަ ވެސް ގަރާރު ހުށަހަޅައި މަޖިލީހުގައި ދެއްކޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

16 ޖޫން

June 16, 2020 10
އަންހެނުންނަށް ތަފާތުކުރާވަރު މިހާރުވެސް އެނގޭ: އުޝާމް

އަންހެނުންނަށް ކުރާ އަނިޔާ އާއި ތަފާތުކުރުންތައް ނައްތައިލަންް ކުރަންޖެހޭ ކަންތައްތައް ހޯދަން ޕާލިމެންޓްރީ އިންކުއަރީއެއް ނުހެދިޔަސް އެ ކަންކަން މިހާރު ވެސް އެނގޭ ކަމަށާއި...

June 16, 2020 31
އަންހެނުންގެ ހައްގުގައި ކުރާ ގިނަ ދައުވާ ސާބިތެއްނުވޭ

އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރިކަމާއި ހިމާޔަތް ދިނުމަށް ރާއްޖޭގައި ގާނޫނުތައް ހުރި ނަމަވެސް އެ ގާނޫނުތަކުގެ ދަށުން ކުރާ ގިނަ ދައުވާތައް ސާބިތު ނުވާ ކަމަށް...

09 ޖޫން

June 09, 2020 80
ބޮންޑޭއަށް އަނިޔާކުރި ވީޑިއޯ މަޖިލީހުގައި ދައްކައިފި

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގެ ފަހު ދުވަހު (ފެބްރުއަރީ 8، 2012)، މާލޭގައި އެމްޑީޕީން ކުރި ބޮޑު މުޒާހަރާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަށް ފުލުހުން އަނިޔާކުރި މަންޒަރު ދައްކައިދޭ ވީޑިއޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައްކައިފި އެވެ.

21 މެއި

May 21, 2020 28
އީވާ، ދެން ނަންގަވާނީ މެމްބަރުންނާ އެއްވަރުގެ މުސާރަ

ދައުލަތުގެ އިސް ވެރިންގެ މުސާރަ ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ގެނައި ބަދަލާ އެކު، ތިން ބާރުގެ ވެރިންނަށް ވުރެން ވެސް ބޮޑު އަދަދެއް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ މުސާރަ މަޖިލީހުގެ މެމްބަރުންނާ އެއްވަރަށް ކުޑަކުރައްވަން ނިންމަވައިފި އެވެ.

20 މެއި

May 20, 2020 92
ވެރިންނަށް ވުރެ ބޮޑު އަދަދެއް މަޖިލިސް ނައިބުރައީސަށް

ދައުލަތުގެ އިސް ވެރިންގެ މުސާރަ ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ގެނައި ބަދަލާ އެކު، ތިން ބާރުގެ ވެރިންނަށް ވުރެން ވެސް ވުރެ ބޮޑު އަދަދެއް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ލިބިވަޑައިގަންނަވާ ގޮތެ ވެއްޖެ އެވެ.

15 މެއި

May 15, 2020 30
ކޮވިޑް-19އާ ގުޅޭ ހަރަދުތައް އޮޑިޓްކުރަން ހުށަހަޅައިފި

ކޮވިޑް-19 ފެތުރޭތީ އުފެދިފައިވާ ހާލަތާ ގުޅިގެން ދައުލަތުން ކުރާ ހަރަދުތަކާއި ދަރަންޏާއި އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރަދުކުރާ ގޮތް އަހަރުގެ ކޮންމެ ކުއާޓަރެއް ވަކިވަކިން ފައިނޭންޝަލް އޮޑިޓެއް ކުރަން ރައްްޔިތުންގެ މިޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވައިފި އެވެ.

29 އެޕްރީލް

April 29, 2020 35
މަޖިލިސް ޗުއްޓީ އަށް ނުދާން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި މެމްބަރުންނަށް ޗުއްޓީ ނުލިބޭ ގޮތް ހަދައި، މެއި މަހުގެ ނިޔަލަށް މަޖިލީހުގެ މި ދައުރު ދިގުކުރަން މިއަދު ފާސްކޮށްފިއެވެ.

23 އެޕްރީލް

April 23, 2020 19
ސަރުކާރަށް ބްލޭންކް ޗެކެެއް ނުދެވޭނެ: މެމްބަރުން

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރަން އެދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތް ނިންމާއިރު، "ބްލޭންކް ޗެކް" އެއް ދޭ އުސޫލުން އެއްވެސް ބެލުމެއް، ހިފެހެއްޓުމެއް ނެތި ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން...

30 މާޗް

March 30, 2020 75
މިއީ އިންކަމް ޓެކްސް ނަގަންވީ ވަގުތު: އީވާ

ކޮވިޑް-19 އާ އެކު، ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރުތައް ކޮށްފައިވާއިރު، މިއީ ފުއްދުންތެރިކަން ހުރި މީހުން ދައުލަތަށް އެއްޗެއް ދޭންވީ ވަގުތު ކަމަށާއި އެހެންވެ އިންކަމް ޓެކްސް ނަގަންވީ ވަގުތަކީ މިއީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.