14 ފެބުރުއަރީ

February 14, 2017 14
ސަރުކާރުން އުޅެނީ ރައްޔިތުން ހާލުގައި ޖައްސަން: އިންތި

ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ އަތުން ޑަބަލް ޓެކްސް ނަގައިގެން ރައްޔިތުން ބިކަ ހާލުގައި ޖައްސަން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.

15 ޑިސެމްބަރ

December 15, 2016 7
"އިންތިހާބު ލަސްކުރަނީ ހުރިހާ މުއައްސަސާތައް ގުޅިގެން"

ގާނޫނޫއަސާސީ އާއި ގާނޫނުތަކާ ކަނޑައެޅިގެން ހިލާފުވެ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަމުން ދަނީ ހުރިހާ މުއައްސަސާތައް ގުޅިގެން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.

21 ނޮވެމްބަރ

November 21, 2016 7
"މި ފެންނަނީ އަމަލުކުރާނެ ގޮތުގެ ކުޑަ މިންވަރެއް"

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަހަށް ފަސްކުރުމަށް ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅައި އަމަލުކުރަމުންދާ ގޮތުން ފެންނަނީ، ކުރިއަށް ހުރި އިންތިހާބުތަކުގައި ސަރުކާރުން ކަންކަން ކުރާނެ އުސޫލު ކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން މިއަދު...

27 ސެޕްޓެމްބަރ

September 27, 2016 21
ސީމެގްގެ ހުށަހެޅުމާ އެއްގޮތަށް އެމްޑީޕީ މަޝްވަރާ ކުރަނީ

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ހުށަހެޅުމާ އެއްގޮތަށް މައްސަލަތަކަށް ހައްލު ހޯދަން، ސަރުކާރުން ކަނޑައަޅާ ތާރީހެއްގައި މަޝްވަރާ އަށް ދާނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

27 އޯގަސްޓް

August 27, 2016 44
ޕީއެސްއެމުން ކެމްޕޭން ޖަލްސާ ލައިވްކުރުން ކުށްވެރިކޮށްފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ޖަލްސާ ލައިވްކުރުމަކީ ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.

17 އޯގަސްޓް

August 17, 2016 52
"އިސްލާހަށް އަމަލުކުރާކަށް ނުޖެހޭނެ، މުޒާހަރާކުރާނަން"

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ ހައްގު ނިގުޅައިގަތުމަށް މިއަދު ފާސްކުރި އިސްލާހަށް އަމަލުކުރަން ނުޖެހޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

14 އޯގަސްޓް

August 14, 2016 13
ކޮންމެ މީހަކު ބައި އިންސާނަކަށް ހަދައިފި: އިމްތިޔާޒު

ހިޔާލު ފާޅުކުރުން ހުއްޓުވާ ގާނޫނުގެ ސަބަބުން ދިވެހިންގެ ދޫ ބަންދުވެ، ކޮންމެ މީހަކު ބައި އިންސާނަކަށް ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ރޭ ވިދާޅުވެއްޖެ އެވެ.

24 ޖުލައި

July 24, 2016 9
"އެއީ ވައްކަން ކުރުމުގެ އުސޫލް ކަނޑައަޅާ ބިލެއް"

އަބުރާ ބެހުން މަނާކުރުމުގެ އުސޫލްތައް ކަނޑައަޅާ ބިލަކީ "ވައްކަން ކުރުމުގެ އުސޫލްތައް ކަނޑައަޅާ ބިލެއް"ގެ ގޮތުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ސިފަކުރައްވައިފި އެވެ.

12 ޖުލައި

July 12, 2016 28
ފުލުހުން ދެކެނީ މިއީ ދުޝްމަނުން ކަމަށް: އެމްޑީޕީ

އެމްޑީޕީގެ އަހަރީ ދުވަހުގެ ހިނގާލުމުގައި ބައިވެރިވެ ވަޑައިގަތުމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ގެއިން ނުކުންނެވި ވަގުތު ފުލުހުން ގޮސް އޭނާ ފުލުސް އޮފީހަށް ގެންދިއުމަކީ "ވަގަށް ނެގުން" ކަމަށާއި އެމްޑީޕީއަކީ ދުޝްމަނުންގެ ގޮތުގައި ފުލުހުން ދެކޭ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

11 ޖުލައި

July 11, 2016 3
އިއްތިހާދުގެ ކަންބޮޑުވުންތައް ހިފައިގެން އެންއައިސީއަށް

އިދިކޮޅު އިއްތިހާދުން ހުރަވީ ބިލްޑިން ކައިރީގައި އިއްޔެ ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުމަށް ފުލުހުން ހުރަސް އެޅުމުން އެކަން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ސަމާލުކަމަށް މިއަދު ގެނެސްފި އެވެ.

10 ޖުލައި

July 10, 2016 10
ގާނޫނާ ހިލާފުވާ ފުލުހުންނަށް ފިޔަވަޅު އަޅަން އެދެނީ

ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވާ ފުލުހުންނާ މެދު ފިޔަވަޅު އަޅަން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި (އެންއައިސީ) ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހަޅަން އިދިކޮޅު އިއްތިހާދުން މިއަދު ނިންމައިފި އެވެ.

13 ޖޫން

June 13, 2016 3
"ބަހުސްކުރަން 14 މިނިޓް ދިނީ އަޑު ކަނޑުވާލަން"

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބަހުސްކުރާ ގަޑި މަދުކޮށް، އެމްޑީޕީ އަށް 14 މިނެޓް ލިބޭގޮތަށް ހަމަޖެއްސީ އިދިކޮޅު ފަރާތްތަކުގެ އަޑުކަނޑުވާލަން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.