04 މާޗް

March 04, 2020 63
ވަކިކުރަން ނިންމީ ފުރިހަމަ ތަހުގީގެއް ނުކޮށް: ޝަމީމް

އޭނާ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސިވިލް ސާޥިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މެމްބަރަކު އެ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ ފުރިހަމަ ތަހުގީގެއް ނުކޮށް، ޑިމޮކްރެޓިކް އުސޫލުތަކުގެ ބޭރުން ކަމަށް ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް (އެލިޝް) ރޭ ވިދާޅުވެއްޖެ އެވެ.

01 މާޗް

March 01, 2020 38
ސީއެސްސީގެ 4 މެމްބަރަކު ވަކިކުރަން ކޮމެޓީން ނިންމައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް (އެލިޝް) އާ އެކު، އެ ކޮމިޝަންގެ ހަތަރު މެމްބަރަކު މަގާމުން ވަކިކުރަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިރޭ ނިންމައިފި އެވެ.

23 ޖެނުއަރީ

January 23, 2020 1
އިތުރު ސިފައިންގެ މީހަކަށް ތުހުމަތު އޮތްކަމެއް ނޭނގޭ

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ އާއި ރޭޕް އަދި ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށްފައިވާ ސިފައިންގެ މީހާ ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އިތުރު ސިފައިންގެ މީހަކަށް އެފަދަ ތުހުމަތެއް ކޮށްފައިވާކަން އަދި ސާފުނުވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

19 ޖެނުއަރީ

January 19, 2020 33
މިހާރު ވެސް އެތިބީ ކުއްޖަކަށް ނަޒަރު ހިންގަހިންގާ!

"އޮފެންޑާސް ވެބްސައިޓުގައިވާ މީހުންގެ ތެރެއިން ޖަލުގައި މިވަގުތު ނެތް މީހުން އެނގޭނެ ގޮތެއް ހަދާ ދީބަލަ. ހެޔޮނުވާނެ. އަދި އެންމެ އަވަހަށް ޖަލުން މިނިވަންވާނެ މީހުން ވެސް އެނގޭނެ ގޮތަށް. އޭރުންދޯ އެނގޭނީ ސަމާލުވާން،" ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލައިގެ ހަބަރަކަށް ކޮމެންޓް ކުރި އެކަކު ލިއުނެވެ.

18 ޖެނުއަރީ

January 18, 2020 14
ކުއްޖަކު ރޭޕްކުރިކަމުގެ މައުލޫމާތު ނުލިބޭ:އެމްއެންޑީއެފް

ސިފައިންގެ ދެ މީހަކު، ކުޑަ ކުއްޖަކު ރޭޕްކުރި ކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ސިފައިންނާ ހިއްސާ ކޮށްފައިވާ ނެތް ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

17 ޖެނުއަރީ

January 17, 2020 13
ޖިންސީ ގޯނާގެ މައްސަލާގައި އިދާރާތައް ހާޒިރުކުރަނީ

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދައުލަތުގެ ކަމާ ގުޅޭ ހުރިހާ އިދާރާއެއް މާދަމާ ރޭ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް...

January 17, 2020 29
ސިފައިންގެ ދެ މީހަކު ކުއްޖަކު ރޭޕް ކުރި މައްސަލައެއް

އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ސިފައިންގެ ދެ މީހެއްގެ މައްސަލަ ނުބެލި އޮތް ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް މިރޭ...

19 ޑިސެމްބަރ

December 19, 2019 36
މަރީގެ މައްސަލަ ކޮމިޓީން ބަލަނީ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ (ބްރޯޑްކޮމް)ގެ ރައީސް މަރިޔަމް ވަހީދާ (މަރީ)، ސަރުކާރުގެ ހަފްލާއެއް ހުށަހަޅުއްވައި ދެއްވި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

14 ނޮވެމްބަރ

November 14, 2019 34
އަޑުގަދަ ކުރެއްވުމުން ރޮޒެއިނާ ތަޅުމުން ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި އަޑުގަދަ ކުރެއްވި މައްސަލައިގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ނަން އިއްވައި މަޖިލިހުގެ ތަޅުމުން މިއަދު ބޭރުކޮށްފި އެވެ.

12 ނޮވެމްބަރ

November 12, 2019 38
ނާޝިޒާއި ޖާބިރު، އެކަކު އަނެކަކަށް ނުގޮވާ އެއްޗެއްނެތް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަންފާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ކަމަށް ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވި މައްސަލައިގައި އޭނާ އާއި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި ދެމެދު ހޫނު ޒުވާބެއް މިއަދު ހިނގައިފި އެވެ.

07 ނޮވެމްބަރ

November 07, 2019 20
ޖާބިރު ރުޅި އައީ ދިޔާނާ ފަނޑިޔާރަކަށް ނުހޮވިގެން

ކާށިދޫ ދާއިރާގެ އަބްދުﷲ ޖާބިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އޭނާ އަށް ފާޑު ވިދާޅުވަނީ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން...

November 07, 2019 33
ހިޔާނާތުގެ ފައިސާ ރޮޒައިނާ އަށް ލިބުނު: ޖާބިރު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މަންފާ ލިބިވަޑައިގެންނެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ...

13 އޮކްޓޯބަރ

October 13, 2019 23
ފެންވަރު ދަށްކޮށް ސިއްހީ މަރުކަޒު ރޭނުން ހުއްޓުވައިފި

ސ. ހުޅުމީދޫ ސިއްހީ މަރުކަޒު ބޮޑުކުރުމަށް އިތުރުކުރާ ބައި، ފެންވަރު ދަށްކޮށް ހަދަމުން ދަނިކޮށް ރައްޔިތުން ޝަކުވާ ކުރުމުން އެ މަސައްކަތް ހުއްޓުވައިފި އެވެ.

09 އޮކްޓޯބަރ

October 09, 2019 10
ސީއެސްސީ މެމްބަރުންގެ މައްސަލަތަކެއް ބަލަނީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުންގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަން ފަށައިފި އެވެ.

08 ސެޕްޓެމްބަރ

September 08, 2019 8
އެންމެ ގިނަ ބައްދަލުވުން ރޮޒޭ އާއި ނާޝިޒްގެ ކޮމިޓީން!

ރައްޔިތުންގެ މަޖިލިހުގެ ދެ ވަނަ ދައުރުގައި އެންމެ ގިނަ އިން ބޭއްވި ކޮމިޓީއަކަށް 40 ބައްދަލުވުމާ އެކު، މާލިއްޔަތު ކޮމިޓީ އާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ހިމެނިއްޖެ އެވެ. މިއީ މަޖިލިހުގެ އެއް ދައުރެއް ތެރޭގައި ކޮމިޓީއަކުން މިހާ ގިނަ ބައްދަލުވުންތަކެއް ބޭއްވި ފުރަތަމަ ފަހަރެވެ.

27 އޯގަސްޓް

August 27, 2019 19
މުއިއްޒު ފަދަ ބޭފުޅުންގެ ގެތައް ނަގަން ޖެހޭ: ރޮޒެއިނާ

ކުންފުނިތަކަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ޖެހެނީ ކުރީ ސަރުކާރުގެ ވެރިން އަމަލު ކުރެއްވި ގޮތުން ކަމަށާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފަދަ ބޭފުޅުންގެ ގެތައް ދައުލަތަށް ނަގަން ޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

26 އޯގަސްޓް

August 26, 2019 13
އަންހެނުންނަށް ފުރުސަތު ދޭން ތެދުވަންޖެހޭ: ރޮޒެއިނާ

އަންހެނުންނަށް ފުރުސަތު ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލިސް އެކީގައި ތެދުވަންޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

25 އޯގަސްޓް

August 25, 2019 86
އައްޑޫ ރައްޔިތުންގެ އުދާސްތަކުން ބައްދަލުވުން ހޫނުވެއްޖެ

ކޮންމެ ސަރުކާރަކުން ވެސް އައްޑު އަށް ބޮޑެތި ވައުދުތަކެއްވެ ދެއްކީ ހުވަފެންތަކެއް ކަމަށާއި މި ސަރުކާރުގެ އަމަލުތަކުން ވެސް އައްޑޫ ރައްޔިތުން މާޔޫސްވަމުންދާ ކަމަށް ބުނެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮއްސާލުމުން ބައްދަލުވުން ހޫނުވެއްޖެ އެވެ.

08 އޯގަސްޓް

August 08, 2019 9
މަޖިލިހުގައި ކުރާ އިންޓަވިއުތައް ލައިވްކުރަން ވިސްނަނީ

މިނިވަން މުއައްސަސާތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ އިންޓަވިއުތައް ރައްޔިތުންގެ މަޖިލިހުގައި ކުރިއަށް ގެންދާ އިރު، ޓީވީތަކުން ލައިވްކުރުމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

06 އޯގަސްޓް

August 06, 2019 24
މެމްބަރުން ނެގުމުގައި ޖަޒުބާތު ވެގެން ނުވާނެ: ނަޝީދު

މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމާއި ވަކިކުރުމަކީ ޖަޒުބާތުގައި ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

05 އޯގަސްޓް

August 05, 2019 36
މުއައްސަސާތަކަށް މެމްބަރުން ނަގަން ކޮމިޓީއެއް ހަދަނީ!

މިނިވަން މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމާއި ފަނޑިޔާރުން ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހިމެނޭ ހާއްސަ ކޮމިޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

23 ޖުލައި

July 23, 2019 72
ޖަރީމާ ހިންގާފައި ރެކެން ދޮގު ހަދާނެ ކަމެއް ނެތް:އީވާ

މިދިޔަ ފަސް އަހަރުގެ ތެރޭގައި ޖަރީމާތައް ހިންގާފައި ރެކެން ރައްޔިތުންގެ މަޖިލިހުގައި ދޮގު ހަދައިގެން ނުވާނެ ކަމަށާއި މެމްބަރުން ތިއްބެވީ ދޮގު ފަޅާ އަރުވާ ނުލާ ގޮތަށް ނޫން ކަމަށް މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.