08 އޮކްޓޯބަރ

October 08, 2019 15
ގެއްލުމުގެ ބަދަލަށް ދައުލަތުން އެއް ބިލިއަން ދައްކައިފި

ދައުލަތުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް މިހާތަނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

19 އޯގަސްޓް

August 19, 2019 9
ވަޒީފާ އިން ވަކިވީ އެއްބަސްވުން ހަމަވުމުން: ޕްލޭނިން

ކުރީގެ އެމްއާރުޑީސީގައި މަސައްކަތް ކުރި ވަގުތީ ބައެއް މުވައްޒަފުންގެ ވަޒީފާ ގެއްލުނީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

27 ޖެނުއަރީ

January 27, 2019 74
އެތައް މިލިއަނެއްގެ ކޮރަޕްޝަން ތުހުމަތުތަކުގައި މުބީން!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީންގެ ހިއްސާ އޮތް ކުންފުންޏަކަށް 59 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށް، އެއްބަސްވުމާ އެއްގޮތަށް އެއްވެސް މަޝްރޫއެއް ނުނިންމުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތަކަށް އެޑްވާންސްކޮށް...

16 ޖެނުއަރީ

January 16, 2019 10
އެމްއާރްޑީސީގެ މުވައްޒަފުންގެ މައްސަލަ އިތުރު ހަ މަހަށް

ކުރީގެ އެމްއާރްޑީސީގެ މުވައްޒަފުންނާ މެދު ހަ މަސް ދުވަސް ތެރޭ ގޮތެއް ނިންމާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

27 ޑިސެމްބަރ

December 27, 2018 20
އެމްއާރްޑީސީ މުވައްޒަފުން މަގުމަތިކޮށްލީ ކުރީ ސަރުކާރުން

ކުރީގެ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ 700 އަށް ވުރެ ގިނަ މުވައްޒަފުން މަގުމަތިކޮށްލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

26 ޑިސެމްބަރ

December 26, 2018 10
ވަޒީފާގެ ޔަގީންކަން ނެތި 700 މުވައްޒަފުން!

ކުރީގެ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޑެޓް (އެމްއާރްޑީސީ)ގެ 709 އަށް ވުރެ ގިނަ މުވައްޒަފުންނަށް މިހާރު ތިބެން ޖެހިފައި ވަނީ ވަޒީފާ ގެއްލިދާނެކަމުގެ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.

13 މެއި

May 13, 2018
އެމްއާރުޑީސީގެ އެމްޑީ ހައުސިންގެ އިސް މަގާމަކަށް

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަމްދީ އަގީލު ހައުސިން މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވްއެއްގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

17 އެޕްރީލް

April 17, 2018 12
އިކޮނޮމިކް މިނިސްޓަރުގެ ނައިބަކަށް މަމްދޫހް

އިކޮނޮމިކް މިނިސްޓަރުގެ ނައިބަކަށް، މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު މަމްދޫހް (މަންޑޭ) މިއަދު އައްޔަން ކޮށްފި އެވެ.

03 އެޕްރީލް

April 03, 2018 2
އެމްއާރުޑީސީން ގާ ވިއްކުން ހުއްޓާލައިފި

ސަރުކާރުން އުވާލަން ނިންމާފައިވާ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ން ހިންގި ގާ ފިހާރައިން ގާ ވިއްކުން ހުއްޓާލައިފި އެވެ.

April 03, 2018 13
މަގު ހަދަން ހުރަސް އެޅުމުން ސްމިތު ހައްޔަރުކޮށްފި

ހއ. ދިއްދޫގެ މަގު ހެދުމުގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ހާޝިމް (ސްމިތު) މިއަދު ހައްޔަރުކޮށްފި އެވެ.

01 އެޕްރީލް

April 01, 2018
ގަލާ ގުޅޭ ހުރިހާ ކަމެއް ހައުސިން އަށް

އުވާލަން ނިންމާފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ން ކުރަމުން އައި ގަލާ ބެހޭ ހުރިހާ މަސައްކަތެއް ހައުސިން މިނިސްޓްރީއާ ހަވާލު ކުރަން ނިންމައިފި އެވެ.

15 މާޗް

March 15, 2018 6
އެމްއާރުޑީސީ އުވާލައި، ދަރަންޏެއް އޮތްތޯ ބަލަނީ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީީސީ) އުވާލުމަށް ނިންމައި، އެ ކުންފުނީގެ ފަރާތުން އެއްވެސް ފައިސާއެއް ލިބެން ޖެހޭ ބަޔަކު ނޫނީ ކުންފުންޏެއް އޮތްތޯ ބެލުމަށް މިއަދު އިއުލާންކޮށްފި އެވެ.

05 މާޗް

March 05, 2018 10
އެމްއާރުޑީސީގެ މަސައްކަތްތައް ހައުސިންގެ ދަށަށް

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މަސައްކަތްތައް، އެތަނުގެ މުވައްޒަފުންނާ އެކު، ހައުސިން މިނިސްޓްރީގެ، ޕަބްލިކް ވޯކްސް ސާވިސަސްގެ ދަށަށް ބަދަލުކޮށްފި އެވެ.

22 ޖެނުއަރީ

January 22, 2018 21
އެމްއާރުޑީސީ އުވާލަން މަޝްވަރާކޮށްފި

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލަން އެ ކުންފުނީގެ ބޯޑުން އިއްޔެ މަޝްވަރާކޮށްފި އެވެ.

03 ޖެނުއަރީ

January 03, 2018 22
އެމްއާރުޑީސީގެ އެމްޑީ އަކަށް ބޭފުޅަކު އައްޔަންކޮށްފި

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

30 ޑިސެމްބަރ

December 30, 2017 34
"ބަދަލުގައި 3 މިލިއަން ޑޮލަރުގެ ޕެކޭޖެއް ހުށަހެޅިން"

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަށް 5000 މެޓްރިކް ޓަނުގެ ސިމެންތި ސަޕްލައި ކުރަން ހަވާލުވެ ދިން މުއްދަތުގައި އެކަން ނުވުމުން ބަދަލުގެ ގޮތުގައި 3 މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ"ގެ ޕެކޭޖެއް އެމްއާރުޑީސީއަށް ހުށަހެޅި ކަމަށް އެ މަސައްކަތާ ހަވާލުވި ރެއިޒްކްރައުން އިން މިއަދު ބުނެފި އެވެ.

14 ޑިސެމްބަރ

December 14, 2017 36
އެމްއާރުޑީސީގެ އެންމެ މުއާމަލާތަކުން ފެންނަ މަންޒަރު!

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަކީ ވެސް ކޮރަޕްޝަންގެ ވަކި އިންތިހާ އަށް ހިއްޕާލާފައި އަދި އެކަމުން ސަލާމަތް ނުވެވިފައިވާ އެއް ތަނެވެ. އެ ކުުންފުނިން ހިންގާ އެކި މުއާމަލާތްތަކާ ގުޅޭ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ހިންގާ އެކިއެކި ތަހުގީގު ތަކުން...

28 ނޮވެމްބަރ

November 28, 2017 30
އެމްއާރުޑީސީގެ އެމްޑީ ޝަފާއު މަގާމުން ވަކިކޮށްފި

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް މުހައްމަދު ޝަފާއު ހަސަން އައްޔަން ކުރެއްވިތާ މަހެއް ވެސް ނުވަނީސް އޭނާ އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

10 ނޮވެމްބަރ

November 10, 2017 8
ކުޅުދުއްފުށީގެ މަގު ހެދުމުގެ މަސައްކަތް އަލުން ފަށަނީ

ހދ. ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް އަންނަ އާދީއްތަ ދުވަހު އަލުން ފަށާނެ ކަމަށް އެމްއާރުުޑީސީން މިއަދު ބުނެފި އެވެ.

07 ނޮވެމްބަރ

November 07, 2017 8
އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅެއް

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

29 އޮކްޓޯބަރ

October 29, 2017 8
ކުޅުދުއްފުށީގެ މަގުތައް ދެ މަސް ތެރޭގައި ނިމޭނެ

މިހާރު ހުއްޓާލާފައިވާ ހދ. ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްއާރުޑީސީން މިއަދު ބުނެފި އެވެ.

October 29, 2017 12
ކުޅުދުއްފުށީގެ މަގު ހެދުމުގެ މަޝްރޫއު ހުއްޓިފައި

ހދ. ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް ފެށުމަށް ފަހު ހުއްޓާލާފައި އޮންނަތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.