02 ޖޫން

June 02, 2020
ދޮގު ޚަބަރަކާ ހެދި އަކްޝޭ ނޫހަކަށް ދައުވާކޮށްފާނެ

ނިއު ދިއްލީގައި ދިރިއުޅޭ އަކްޝޭ ކުމާރުގެ ދައްތަ އާއި އޭނާގެ ކުދިން މުމްބާއީ އަށް ގެންދަން އަކްޝޭ ކުމާރު ފްލައިޓެއް ޗާޓަރުކުރަން އުޅޭ ކަމަށް ބުނެ މީޑިއާއަކުން ފެތުރި ވާހަކައެއް، ދޮގުކޮށް، އެކަމާ ގުޅިގެން ދައުވާކޮށްފާނެކަމުގެ އިންޒާރު ދީފި އެވެ.

01 ޖޫން

June 01, 2020 3
މިއުޒިކް ޑައިރެކްޓަރު ވާޖިދު މަރުވެއްޖެ

ބޮލީވުޑްގެ އެތައް ފިލްމަކަށް މިއުޒިކް ތައްޔާރުކޮށް ދީފައިވާ ވާޖިދު ޚާން މަރުވެއްޖެ އެވެ.

29 މެއި

May 29, 2020 3
ބަންދުވެފައި ތިބި މީހުން އުފުލައިދީ ސޯނޫ ލޯބި ހޯދައިފި

ކޮރޯނާވައިރަހާ ހެދި އިންޑިއާގައި އިއުލާންކުރި ލޮކްޑައުންއާ އެކު އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވި އެއް ބަޔަކީ އަމިއްލަ ވަޒަން ދޫކޮށް އިންޑިއާގެ އެކި ސަރަހައްދުތަކަށް ވަޒީފާ އަށް ދާ މީހުންނެވެ.

25 މެއި

May 25, 2020 1
ކުއްޖެއްގެ ނަމަކަށް "ލޮކްޑައުން ޔާދަވް"

ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭ އިންޑިއާގައި އުފަންވި ކުދިންތަކަކަށް ކޮވިޑް އާއި ކޮރޯނާގެ ނަން ދީފައިވެ އެވެ. މި ފަހަރު މިއޮތީ ބަލީގެ ސަބަބުން އެންމެ ބޮޑު ލޮކްޑައުން ތަޖުރިބާކުރަމުންދާ އިންޑިއާގައި ކުއްޖަކަށް ލޮކްޑައުންގެ ނަން ދިން ވާހަކަ އެވެ.

24 މެއި

May 24, 2020 1
ހާލުގައި ޖެހުނު މީހުންނަށް ޖޫހީގެ އާއިލީ ދަނޑެއް

ކޮރޯނާވައިރަހުން ރައްކާތެރިވާން އިންޑިއާގައި އިއުލާންކުރި ލޮކްޑައުނާ އެކު ދަނޑުތައް ދޫކޮށްލަން ޖެހި މަސައްކަތެއް ނެތިފައި ތިބި ދަނޑުވެރިންގެ އަދަދު ގިނަ އެވެ. މިފަދަ ބަޔަކަށް އެހީވާން ބޮލީވުޑްގެ ބަތަލާ ޖޫހީ ޗާވްލާ މިހާރު ވަނީ ނިންމައިފަ އެވެ.

22 މެއި

May 22, 2020 2
ކޮވިޑް-19 ޖެހިފައި ތިބި 100 މީހުން ވިހައިފި

މުމްބާއީ (މެއި 22) - ކޮވިޑް-19 ޖެހިފައި ތިބި 100 އަށް ވުރެ ގިނަ މީހުން އިންޑިއާގެ ހުޅަނގުގެ މުމްބާއީ ސިޓީގެ އެއް ހޮސްޕިޓަލުގައި ވިހޭ އިރު ހުރިހާ ކުދިންގެ ވެސް ހާލު ރަނގަޅު ކަމަށް...

May 22, 2020
އިންޑިއާގެ ފިލްމީ މަސައްކަތް ފަށަން އެކްޝަން ޕްލޭނެއް

ކޮރޯނާވައިރަހުގެ ކުރިމަތިވި ލޮކްޑައުނާ އެކު ހުއްޓިފައިވާ އިންޑިއާގެ ފިލްމީ މަސައްކަތްތައް އަލުން ފެށުމާ ގުޅޭ ގޮތުން އެކްޝަން ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމަށާއި...

21 މެއި

May 21, 2020
ބޮލީވުޑްގެ މަސައްކަތް އަލުން ފަށަން ހުއްދަ އަށް އެދެފި

ދުނިޔޭގެ އެންމެ ބޮޑު ފިލްމު އިންޑަސްޓްރީ އޮންނަ އަދި މުޅި ދުނިޔޭގައި ވެސް މަޝްހޫރު ބޮލީވުޑްގެ ފިލްމުތަކުގެ މަސައްކަތްތައް އަލުން ފެށުމުގެ ހުއްދަ އަށް އެދި ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޮޔީސް (އެފްޑަބްލިއުއައިސީއީ) އިން އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދައްވު ތަކެރީ އަށް ސިޓީއެއް ފޮނުވައިފަ އެވެ.

10 މެއި

May 10, 2020
އިންޑިއަން އައިޑޮލް 10 އަލުން ސޮނީ ޓީވީ އަށް

ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުންތަކާ ހެދި އިންޑިއާގެ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ މަސައްކަތްތައް ހުއްޓި، ޓީވީ ޗެނެލްތަކުން ވެސް އާ ޝޯތަކެއް ނުގެނެސްދެވޭތީ ސޮނީ ޓީވީން އިންޑިއަން އައިޑޮލް ސީޒަން 10 އަލުން ގެނެސްދޭން ނިންމައިފި އެވެ.

09 މެއި

May 09, 2020
އިންޑިއާގައި ފިލްމު ޝޫޓިންތައް ނުފަށަން ގޮވާލައިފި

ކޮރޯނާވައިރަހާ ހެދި އިއުލާންކޮށްފައިވާ ލޮކްޑައުންގެ ތެރޭގައި އިންޑިއާގެ އެއްވެސް ފިލްމީ މަސައްކަތެއް ނުފެށުމަށާއި މި ވަގުތު އެކަން ކޮށްފި ނަމަ އެއީ އަމިއްލަ އަށް ކަށްވަޅުކޮނުން ކަހަލަ ވަރަށް ނުރައްކާތެރި ކަމަކަށް ވެދާނެ ކަމަށް ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއާ ސިނެ އެމްޕްލޮޔީޒް (އެފްޑަބްލިއުއައިސީއީ) އިން ބުނެފި އެވެ.

08 މެއި

May 08, 2020
"ގަންގްބާއީ" ގެ ސެޓް ރޫޅާލަނީ، 15 ކްރޯޑްގެ ގެއްލުމެއް

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މި އަހަރުގެ ސެޕްޓެމްބަރު މަހު ގެނެސްދޭން އިއުލާންކުރި ފިލްމު "ގަންގްބާއީ ކަތިއަވާޅީ" ގެ ޝޫޓިން އަށް ތައްޔާރުކުރި ސެޓެއް ރޫޅައިލަން ޖެހި، 15 ކްރޯޑް ރުޕީސްގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

07 މެއި

May 07, 2020 1
ކަރަންގެ ނުރަ ބޮލާ އެކު މަޖާ ޕޯސްޓެއް

އިންޑިއާގެ ލޮކްޑައުންއަކާ ހެދި ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރަށް ބޯ ކަޅުކޮށްލެވޭކަށް ނެތެވެ. ސެލޫނަކަށް ދެވޭ ގޮތެއް ނެތުމުން މި ލޮކްޑައުންއާ އެކު އޭނާގެ ބޯ ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ނުރަވަމުންނެވެ. ކަރަންގެ އެ ސިފައަށް އިޝާރާތްކޮށް އޭނާގެ އަންހެން ދަރިފުޅު ދާދި ފަހުން އިންސްޓަގްރާމްގައި ބުނީ "ތިއީ މިހާރު ބޮޑު...

01 މެއި

May 01, 2020 1
ނަސީރުއްދީން ޝާހް އެޑްމިޓްކުރި ވާހަކަ ދޮގުކޮށްފި

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ނަސީރުއްދުން ޝާހް ވެސް ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކުރި ވާހަކަ ދޮގުކޮށްފި އެވެ.

30 އެޕްރީލް

April 30, 2020 9
ރިޝީ ކަޕޫރް މަރުވެއްޖެ

ކެންސަރަށް އެމެރިކާގައި އަހަރެއް ވަންދެން ފަރުވާ ހޯދި ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް ހާލު ދެރަވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް ދެންމެ މަރުވެއްޖެ އެވެ.

28 އެޕްރީލް

April 28, 2020 2
އިރުފާން ޚާން އައިސީޔޫގައި

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އިންޑިއާގެ އެކްޓަރު އިފްރާން ޚާން އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާން ދޭން ފަށައިފި އެވެ.

April 28, 2020 4
އަކްޝޭގެ ފަރާތުން ފުލުހުންނަށް 2 ކްރޯޑް ރުޕީސް

ކޮރޯނާވައިރަހާ ދެކޮޅަށް ބޮޑެތި އެހީތަކެއް ދެމުން އަންނަ ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު މުމްބާއީގެ ފުލުހުންނަށް ދެ ކްރޯޑް ރުޕީސްގެ އެހީއެއް ހޯމަ ދުވަހު ދީފި އެވެ.

19 އެޕްރީލް

April 19, 2020 1
ލޮކްޑައުންތަކަށް އަހަރެން ވަރަށް ފަރިތަ: ސަންޖޭ

އިންޑިއާގައި މިހާރު ލޮކްޑައުން އިއުލާންކޮށްްފައި އޮތަސް އެކަން މާ ބޮޑު މައްސަލައަކަށް ނުވާ ކަމަށާއި ހަޔާތުގެ ވަރަށް ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަކުރަން ޖެހުމުން ލޮކްޑައުންތަކަށް ވަރަށް ފަރިތަކަމަށް ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ބުނެފި އެވެ.

06 އެޕްރީލް

April 06, 2020 1
ޝާހްރުކްގެ އޮފީހެއް ކަރަންޓީނު ފެސިލިޓީއަކަށް

ކޮރޯނާވައިރަހާ ދެކޮޅަށް އިންޑިއާ އިން ކުރަމުން އަންނަ މަސައްކަތްތަކަށް ވަރަށް ގިނަ ފިލްމީ ތަރިން މާލީ އެހީ ދެމުން އަންނަ އިރު، ޝާހްރުކް ޚާންގެ ފަރާތުން އެއްވެސް އެހީއެއް ނުލިބޭ ކަމަށް ބުނެ އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކަށް އޭނާ ހުއްޓުމެއް ގެނެސްފި އެވެ.

03 ފެބުރުއަރީ

February 03, 2020 4
ބަރުގޮނު އަޅާ ނަމަ ލައިޓްގައި ގިނައިރުވާ އަދަބެއް ދެނީ

ރަތް ބޮކި ދިއްލިފައި ހުއްޓައި ވެސް ބަރުގޮނު އަޅައި، މަގުމަތީގައި ދުއްވާ މީހުންނާއި އެ ސަރަހެއްދެއްގައި ދިރިއުޅޭ އާންމުންނަށް ވެސް އުނދަގުވާ ގޮތަށް ބަރުގޮނު އަޅާ މީހުންނަށް އިންޑިއާގެ މުމްބާއީގެ ފުލުހުން ހާއްސަ އަދަބެއް ތައާރަފުކޮށްފި އެވެ.

29 ނޮވެމްބަރ

November 29, 2019 1
ޝާހިދުގެ އަންހެނުން ރެސްޓޯރަންޓް ވިޔަފާރި އަށް

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރްގެ އަންހެނުން މީރާ ރާޖްޕޫތު އެކްޓިން އަށް ނުކުމެދާނެތޯ ކުރާ ސުވާލަކީ އަބަދުހެން އޭނާ އަށް އަމާޒުވާ ސުވާލެކެވެ. ރިޕޯޓްތައް މިހާރު ބުނާ ގޮތުން ދެ ކުދިންގެ މަންމަ ފިލްމު ކުޅޭކަށް ޝައުގެއް ނެތެވެ. އޭގެ ބަދަލުގައި އަމިއްލަ ވިޔަފާރިއެއް ފަށަން މީރާ ތައްޔާރުވަމުން އަންނަ ކަމަށް އިންޑިއާގެ މީޑިއާތަކުން...

22 ނޮވެމްބަރ

November 22, 2019 1
ޔޫ2 އާއި އޭއާރް ރަހްމާންގެ ސިންގަލްއެއް

އަޔަލެންޑްގެ މަޝްހޫރު މިއުޒިކް ބޭންޑް ޔޫ2 އާއި އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާން ގުޅިގެން ސިންގަލްއެއް ގެނެސްދޭން ނިންމައިފި އެވެ.

06 އޮކްޓޯބަރ

October 06, 2019 11
މަނީލޯންޑަރިން މައްސަލައެއްގައި ހިމެނޭ ޔޮޓެއް ރާއްޖޭގައި

އިންޑިއާގައި މިހާރު ތަހުގީގުކުރަމުން އަންނަ މަނީ ލޯންޑްރިންގެ ބޮޑު މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިންޑިއާގެ ވިޔަފާރިވެރިއެއްގެ ޔޮޓެއް ރާއްޖޭގައި އެބަ އޮތް ކަމަށާއި އެ ހޯދައި އިންޑިއާ އަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.