23 ނޮވެމްބަރ

November 23, 2017
މުމްބާއީ ބޮމުގެ ހަމަލާގެ ފަހަތުގައިވާ މީހާ ދޫކޮށްލައިފި

އިސްލާމްއާބާދު (ނޮވެމްބަރު 23) - އިންޑިއާގެ މުމްބާއީ އަށް 2008 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ހުރި ކަމަށް ބެލެވޭ ހާފިޒް ސައީދު ޕާކިސްތާނުގެ ކޯޓަކުން ދޫކޮށްލައިފި އެވެ.

29 ސެޕްޓެމްބަރ

September 29, 2017
މުމްބާއީގެ ރޭލް ސްޓޭޝަނެއްގައި ފިތިގެން 22 މަރު

މުމްބާއީ (ސެޕްޓެމްބަރު 29) - އިންޑިއާގެ މުމްބާއީގެ ރޭލް ސްޓޭޝަނެއްގައި ބޯ ވާރޭ އިން ނިވާވާން ގިނަ ބަޔަކު އެއް ފަހަރާ އުޅުމުގެ ތެރޭގައި ފިތިގެން 22 މީހުން މިއަދު މަރުވެއްޖެ އެވެ.

08 ސެޕްޓެމްބަރ

September 08, 2017 2
މުމްބާއީގައި ބޮންގޮއްވި ބައެއް މީހުންނަށް މަރުގެ ހުކުމް

މުމްބާއީ (ސެޕްޓެމްބަރު 8) - މުމްބާއީގައި 1993 ވަނަ އަހަރު ދިން ސިލްސިލާ ބޮމުގެ ހަމަލާތަކުގައި ކުށްވެރިވި ދެ މީހަކަށް އިންޑިއާގެ ކޯޓަކުން މަރުގެ ހުކުމް ބުރާސްފަތި ދުވަހު އިއްވައިފި އެވެ.

01 ސެޕްޓެމްބަރ

September 01, 2017 2
މުމްބާއީގައި ހަ ބުރި އިމާރާތެއް ވެއްޓި 21 މީހުން މަރު

މުމްބާއީ (ސެޕްޓެމްބަރު 1) - އިންޑިއާގެ މާލީ ވެރިރަށުގެ ގޮތުގައި ބަލާ މުމްބައީގައި ހަ ބުރި އިމާރާތެއް ވެއްޓި 21 މީހުން މަރުވެއްޖެ އެވެ.

30 އޯގަސްޓް

August 30, 2017 3
ބޯ ވިއްސާރައިގައި ފެންބޮޑުވެ މުމްބާއީ ހުއްޓުމަކަށް

މުމްބާއީ (އޮގަސްޓް 30) - އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާއީ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި އެ ސިޓީގައި ފެންބޮޑުވެ ދަތުރުފަތުރު ގާތްގަނޑަކަށް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

19 އޯގަސްޓް

August 19, 2017 1
އީޝާ ގުޕްތާ މުމްބާއީގައި ރެސްޓޯރަންޓެއް ހުޅުވަނީ

"ޖަންނަތު 2" އާއި "ރާޒް 3" ފަދަ ފިލްމްތައް ކުޅެފައިވާ ބޮލީވުޑްގެ ބަތަލާ އީޝާ ގުޕްތާ މުމްބާއީގައި ރެސްޓޯރަންޓެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

06 ޖުލައި

July 06, 2017
މުމްބާއީ ހަމަލާ އިން ސަލާމަތްވި އިޒްރޭލް ކުއްޖާއާ މޯދީ ބައްދަލުކޮށްފި

ތެލް އަވީވް (ޖުލައި 6) - މުމްބާއީގެ ޔަހޫދީ ސެންޓަރަކަށް 2008 ގައި ދިން ހަމަލާގައި ސަލާމަތްވި އިޒްރޭލުގެ ޔަތީމް ކުއްޖާއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައްދަލު ކުރައްވައިފި އެވެ.

09 ޖޫން

June 09, 2017
އެޑް ޝީރަން ކޮންސަޓަކަށް އިންޑިއާ އަށް

އިނގިރޭސިވިލާގެ ޒުވާން ލަވަ ކިޔުންތެރިޔާ އެޑް ޝީރަން ކޮންސަޓަކަށް އަންނަ ނޮވެމްބަރު އިންޑިއާ އަށް ދާ ގޮތަށް ހަމަޖެހިއްޖެ އެވެ.

05 މެއި

May 05, 2017
އެންމެ ބަރު މީހާ ފަރުވާ އަށް ޔޫއޭއީގައި އެޑްމިޓްކޮށްފި

ދުބާއީ (މެއި 5) - ދުނިޔޭގެ އެންމެ ބަރު މީހާ ކަމަށް ބަލާ މިސްރުގެ އީމާން އަހުމަދަށް އިންޑިއާގެ މުމްބާއީގައި ފަރުވާ ދިނުމަށް ފަހު އޭނާގެ އާއިލާ އާއި ހޮސްޕިޓަލާ ދެމެދު ހިތްހަމަ ނުޖެހުންތަކެއް އުފެދި އެންމެ ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

28 އެޕްރީލް

April 28, 2017
އެންމެ ބަރު މީހާ އިތުރު ފަރުވާ އަށް ޔޫއޭއީ އަށް ގެންދަނީ

މުމްބާއީ (އެޕްރީލް 28) - ދުނިޔޭގެ އެންމެ ބަރު މީހާ މިސްރުގެ އީމާން އަހުމަދަށް މިހާރު ފަރުވާދޭ އިންޑިއާގެ މުމްބާއީގެ ސައިފީ ހޮސްޕިޓަލުން ޔޫއޭއީ އަށް ބަދަލު ކުރަން ނިންމައިފި އެވެ.

25 އެޕްރީލް

April 25, 2017 2
އެންމެ ބަރު މީހާގެ އާއިލާ އިން ބުނަނީ ނުހިކޭ ކަމަށް

މުމްބާއީ (އެޕްރީލް 25) - ދުނިޔޭގެ އެންމެ ބަރު މީހާ މިސްރުގެ އީމާން އަހުމަދުގެ ބަރުދަން ލުއި ކުރުމަށް އިންޑިއާގައި ދޭ ފަރުވާ ކާމިޔާބުވެ އޭނާގެ ބަރުދަނުގައި ހުރި 500 ކިލޯގެ ތެރޭން ދެބައިކުޅަ އެއްބައި ލުއިވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް އާއިލާ އިން ބުނަނީ އެއީ ދޮގެއް ކަމަށެވެ.

12 އެޕްރީލް

April 12, 2017 1
އެންމެ ބަރު މީހާގެ ބަރުދަނުން 242 ކިލޯ ލުއިވެއްޖެ

މުމްބާއީ (އެޕްރީލް 12) - ދުނިޔޭގެ އެންމެ ބަރު މީހާގެ ބަރުދަން ލުއި ކުރުމަށް އިންޑިއާ އަށް ގެންގޮސް ފެށި ފަރުވާ ކާމިޔާބުވަމުން އަންނަ ކަމަށާއި އޭނާގެ ބަރުދަނުން މިހާރު 242 ކިލޯ ލުއިވެއްޖެ ކަމަށް ފަރުވާ ދޭ ޑޮކްޓަރު ބުނެފި އެވެ.

06 އެޕްރީލް

April 06, 2017
އީޖާޒް ޚާނަށް މުމްބާއީގައި އުޅެން ފަސޭހައެއް ނޫން

އެކި ދީންތަކާއި ނަސްލުތަކުގެ އެތައް މިލިޔަން ބަޔަކު ދިރިއުޅޭ އިންޑިއާގެ މުމްބާއީ އަކީ މުނިފޫހިފިލުވުމުގެ ވިޔަފާރީގެ މައި ސިޓީއަށް ވާތީ ގައުމުގެ އެކި ކަންކޮޅުތަކުގެ މީހުން އެތަނުގައި އުޅެ އެވެ.

05 އެޕްރީލް

April 05, 2017
ބީބާގެ އިންޑިއާ ޓުއާގައި ޒޭން މާލިކް!

"ޕާޕަސް" ޓުއާގައި އަންނަ މަހު ޖަސްޓިބް ބީބާ އިންޑިއާގައި ބާއްވާ ޝޯގައި އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންޑް "ވަން ޑިރެކްޝަން" ގެ ކުރީގެ ލަވަ ކިޔުންތެރިޔާ ޒޭން މާލިކް ވެސް ބައިވެރިވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

10 މާޗް

March 10, 2017 6
ރާޑަރުން ގެއްލުނު އެއާ އިންޑިއާގެ ބޯޓަށް ޖެޓެއްގެ އެހީތެރިކަން

މުމްބާއީ (މާޗް 10) - ލަންޑަނަށް މިއަދު ފުރި އެއާ އިންޑިއާގެ ޕަސިންޖާ މަތިންދާ ބޯޓު ހަންގޭރީގެ މަތިން އުދުހެމުން ދަނިކޮށް ރާޑަރުން ގެއްލުމާ އެކު ހަނގުރާމަ މަތީ ޖެޓެއްގެ އެހީތެރިކަން ދޭން ޖެހިއްޖެ އެވެ.

16 ފެބުރުއަރީ

February 16, 2017 1
ޓުއާއެއްގައި ޖަސްޓިން ބީބާ އިންޑިއާއަށް

ބީބާގެ ޓުއާގެ ތެރެއިން މުމްބާއީގައި ބާއްވާ ކޮންސަޓްގެ ޓިކެޓް މި މަހުގެ 22 އިން ފެށިގެން ވިއްކަން ފަށާނެ.

08 ޑިސެމްބަރ

December 08, 2016 9
500 ކިލޯގެ އަންހެނާގެ އޮޕަރޭޝަން އިންޑިއާގައި ކުރަނީ

މުމްބާއީ (ޑިސެމްބަރު 8) - ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ބެލެވޭ މިސްރުގެ އީމާން އަހުމަދު އަބްދުލް އާތީގެ ބަރުދަން ލުއި ކުރުމުގެ އޮޕަރޭޝަން އިންޑިއާގައި ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

07 ޑިސެމްބަރ

December 07, 2016 20
10 މަހުގެ ކުއްޖާ ބަލަން ހަވާލުވި މީހާ ކުރީ އަނިޔާ!

އިންޑިއާގެ މުމްބައިގައި ހުރި ޑޭ ކެއާ ސެންޓަރެއްގެ އަންހެން މުވައްޒަފަކު 10 މަހުގެ ތުއްތު ކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާކުރާ ވީޑިއޯއެއް އާންމުވެ، ސޯޝަލް މީޑިއާގައި ރުޅިވެރިކަން ފެތުރިއްޖެ އެވެ. ވީޑިއޯ އިން ފެންނަނީ އެ ކުއްޖާގެ ގައިގައި އެއްވެސް ރަހުމެއް ނެތި ތަޅާތަނެވެ.

02 ނޮވެމްބަރ

November 02, 2016
މެގަ އިން މުމްބާއީ އަށް ވެސް ސީދާ ދަތުރުތައް ފަށަނީ

ރާއްޖޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ އެއާލައިން، މެގަ މޯލްޑިވްސް އިން އިންޑިއާގެ މުމްބާއީ އަށް ވެސް މި އަހަރުގެ ތެރޭގައި ދަތުރުތައް ފަށަން ނިންމައިފި އެވެ.

10 ސެޕްޓެމްބަރ

September 10, 2016
މޫނަށް އެސިޑް ޖެހި މީހަކަށް މަރުގެ ހުކުމް

މުމްބާއީ (ސެޕްޓެމްބަރު 10) - އިންޑިއާގެ މުމްބާއީގެ ރޭލް ސްޓޭޝަނެއްގައި އަންހެނެއްގެ މޫނަށް އެސިޑް ޖެހި މީހަކު މަރަން ހުކުމްކޮށްފި އެވެ.