21 ނޮވެމްބަރ

November 21, 2017 1
"ރެޕިއުޓޭޝަން" އަކީ އަހަރުގެ އެންމެ ކާމިޔާބު އަލްބަމް

ޓޭލާ ސްވިފްޓް މި މަހުގެ 10 ވަނަ ދުވަހު ނެރުނު އަލްބަމް "ރެޕިއުޓޭޝަން" އެޑް ޝީރާންގެ "ޑިވައިޑް" ފަހަތަށް ޖައްސާލައި، މި އަހަރުގެ ކާމިޔާބު އަލްބަމްގެ ރެކޯޑް ހަދައިފި އެވެ.

20 ނޮވެމްބަރ

November 20, 2017 3
ގައުމީ ވީޑިއޯ ލަވަ އަލްބަމްގައި މިފަހަރު އެކި ބަހުރުވަ

އިއްޔެ ފާހަގަ ކުރި ގައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ގައުމީ ވީޑިއޯ ލަވަ އަލްބަމެއް "ބަހުރުވަ" އިގެ ނަމުގައި ނެރެފި އެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމްގެ ފަރުމާއަކަށް ތައްޔާރު ކުރި އަށް ލަވައިގެ މައްޗަށް އެކުލެވޭ މި ވީޑިއޯ ލަވަ އަލްބަމްގެ ޅެންތައް ހައްދަވާފައި ވަނީ ޑިފެންސް މިނިސްޓަރު އާދަމް...

19 ނޮވެމްބަރ

November 19, 2017
ލަވަ ކިޔުންތެރިޔާ އެޑް ޝީރަން އިންޑިއާގައި

އިނގިރޭސިވިލާތުގެ ޒުވާން ލަވަ ކިޔުންތެރިޔާ އެޑް ޝީރަންގެ އެންމެ ފަހުގެ އަލްބަމް "ޑިވައިޑް" ޕްރޮމޯޓް ކުރަން ކުރިއަށް ގެންދާ ޓުއާގެ ތެރެއިން، އިންޑިއާގައި ބާއްވާ ކޮންސަޓަށް އޭނާ އިންޑިއާ އަށް އިއްޔެ ހިނގައްޖެ އެވެ.

13 ނޮވެމްބަރ

November 13, 2017 5
ހަބޭސް އާއި ލެވިޓޭޝަން ޓްރިވެންޑްރަމަށް

މި މަހުގެ 11 ގައި ފާހަގަކުރި ރާއްޖޭގެ 49 ވަނަ ޖުމްހޫރީ ދުވަހާ ގުޅުވައިގެން، އިންޑިއާގައި ހުންނަ ރާއްޖޭގެ ކޮންސިއުލެޓުން ބާއްވާ ހަރަކާތްތަކެއްގައި ހަބޭސް ބޮޑުބެރާއި އެ ބޭންޑްގެ ދަށުން ހިންގާ ލެވިޓޭޝަން ބައި ހަބޭސް ޕަފޯމް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

09 ނޮވެމްބަރ

November 09, 2017
"އޯލްޑް އިޒް ގޯލްޑް" ގެ ޝޯތަކެއް އަންނަ މަހު

ރާއްޖޭގެ ކުރީގެ މިއުޒިކީ ފަންނާނުންނާ އެކު ދާދި ފަހުން ވުޖޫދަށް ގެނައި ބޭންޑް "އޯލްޑް އިޒް ގޯލްޑް" ގެ އިތުރު ޝޯތަކެއް "ރަން ޒަމާން" ގެ ނަމުގައި އަންނަ މަހުގެ ތެރޭގައި ބާއްވަން...

November 09, 2017
ބްރިޓްނީ ސްޕިއާސް ކުރެހި މަންޒަރަކަށް 10 ހާސް ޑޮލަރު

ފެން ކުލަ ބޭނުންކޮށްގެން ބްރިޓްނީ ސްޕިއާސް ކުރެހި މަންޒަރެއް ނީލަމުގައި 10،000 ޑޮލަރަށް ވިކިއްޖެ އެވެ.

08 ނޮވެމްބަރ

November 08, 2017
"އެމެރިކަން އައިޑޮލް 16" ގެ ޕްރިމިއާ މާޗް 11 ގައި

މި ފަހަރު ޖަޖުންގެ ތެރޭގައި ހިމެނެނީ ކޭޓީ، ލައިނަލް ރިޗީ އަދި ލޫކް ބްރަޔަން.

03 ނޮވެމްބަރ

November 03, 2017
ޑިޒްނީގެ "ލަޔަން ކިންގް" ގެ ކާސްޓަށް ބިޔޯންސޭ

ޑިޒްނީގެ ކާމިޔާބު އެނިމޭޓެޑް ފިލްމްތަކެއް، ލައިވް އެކްޝަން ފިލްމްތަކެއްގެ ގޮތުގައި ގެނެސް ދޭން އަރާފައިވާ ފޯރިއާ އެކު، އަނެއްކާ ވެސް އާ ފިލްމެއް ލޯންޗްކޮށްފި އެވެ. "އަލައްދިން" ހެދުމުގެ މަރުހަލާގައި މިހާރު އޮތް އިރު، ހަގީގީ ތަރިންނާ އެކު އުފައްދަން ނިންމި އަނެއް ފިލްމަކީ 1994 ގައި ރިލީޒް ކުރި "ލަޔަން ކިންގް" ގެ ލައިވް އެކްޝަން...

30 އޮކްޓޯބަރ

October 30, 2017 5
ފައިޒަންގެ ހޭންޑްޕޭން ޑްރަމަށް ދުނިޔޭގެ ސަމާލުކަން

ރާއްޖޭގެ މަޝްހޫރު ޑްރަމާ އަދި ރާއްޖެއަށް ހޭންޑްޕޭން ޑްރަމް ތައާރަފުކުރި އަހުމަދު ފައިޒަންގެ ހޭންޑްޕޭން ވީޑިއޯ "ހޭންގް އިން ދެއާ" އަށް ނިއު ޔޯކް އާޓިސްޓް މެނޭމަންޓް ފާމެއް ކަމަށްވާ ޑިޖް ޕްރޮޖެކްޓުގެ "ދަ ބެސްޓް ހޭންޑްޕޭން ވީޑިއޯސް އޮފް 2016" ގެ ލިސްޓްގެ ދެ ވަނަ ލިބިއްޖެ އެވެ.

28 އޮކްޓޯބަރ

October 28, 2017 19
ސައުދީގެ ސިނާއީ ސިޓީގައި މިއުޒިކް ފެސްޓިވަލެއް ބާއްވަނީ

ރިޔާޒް (އޮކްޓޯބަރު 28) - ސައުދީ އަރަބިއާގެ ސިނާއީ ސިޓީގައި މި އަހަރު ނިމޭ ހިސާބުގައި ޖޭޒް މިއުޒިކް ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.

October 28, 2017
"ބޮބް" ގެ އާ ތިން ލަވައެއް ރިލީޒްކޮށްފި

މޯލްޑިވިއަން އައިޑޮލް ސީޒަން 2 ކާމިޔާބުކުރި ލަވަ ކިޔުންތެރިޔާ މުހައްމަދު ތަސްނީމް (ބޮބް) ގެ އާ ތިން ލަވައެއް ރިލީޒްކޮށްފި އެވެ.

27 އޮކްޓޯބަރ

October 27, 2017 20
މޯލްޑިވިއަން އައިޑޮލްގެ ފަނޑިޔާރުންގެ ޕެނެލަށް ޒާރާ

މުޅިން އަލަށް ޖަޖިން ޕެނަލަށް އައި ޒާރާ މުޖުތަބާގެ އިތުރުން އާ ހޯސްޓަކާ އެކު ޓީވީއެމްގެ މޯލްޑިވިން އައިޑޮލް ސީޒަން ތިނެއް ރޭ ލޯންޗްކޮށްފި އެވެ.

26 އޮކްޓޯބަރ

October 26, 2017 3
"ބޮސް"ގެ ތީމް ލަވަތައް ރިލީޒްކޮށްފި

އަންނަ އަންގާރަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކުރާ ކްރިސްޓަލް އެންޓަޓައިންމަންޓްގެ ފިލްމް "ބޮސް" ގެ ދެ ތީމް ލަވަ ރޭ ލޯންޗްކޮށްފި އެވެ.

24 އޮކްޓޯބަރ

October 24, 2017
ބަންގްލަދޭޝްގައި ބާއްވާ ފެސްޓިވަލަކަށް ފުރުސަތު ހުޅުވާލައިފި

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ "ސާކް ކަލްޗަރަލް ފެސްޓިވަލް އޮން ޓްރެޑިޝަނަލް ޑާންސް 2017" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ގްރޫޕްތަކަށް ހުޅުވާލައިފި އެވެ.

22 އޮކްޓޯބަރ

October 22, 2017 4
އޭބީޔޫ ފެސްޓިވަލްގައި މި ފަހަރު ރާއްޖޭން ބޮބް

އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) އިން އިންތިޒާމްކޮށްގެން ބާއްވާ ޓީވީ އަދި ރޭޑިއޯ ފެސްޓިވަލްގައި މި އަހަރު ރާއްޖޭން، މޯލްޑިވިއަން އައިޑޮލް ސީޒަން 2 ކާމިޔާބުކުރި ލަވަ ކިޔުންތެރިޔާ މުހައްދު ތަސްނީމް (ބޮބް) އަށް ލިބިއްޖެ އެވެ.

20 އޮކްޓޯބަރ

October 20, 2017 12
އީސަގެ ސޯލޯ އަލްބަމް "ކަނޑުކޮސް ކެޔޮޅު" ނެރެފި

އަބަދު ވެސް ވަރަށް ތަފާތު ޅެންތަކާ އެކު، ތަފާތު ރަހަތަކެއްގެ ލަވަތަކެއް ގެނެސް ދޭން މަޝްހޫރު ލަވަ ކިޔުންތެރިޔާ އަބްދުﷲ އީސަގެ ފުރަތަމަ ސޯލޯ އަލްބަމް "ކަނޑުކޮސް ކެޔޮޅު" ރިލީޒްކޮށްފި އެވެ.

14 އޮކްޓޯބަރ

October 14, 2017 1
އަލްބަމް "މޫޝަން މުބާރިކް" ނެރެފި

"މޫޝަން މުބާރިކް" އަކީ އަމިއްލަ ރާގުގެ އަށް ލަވަ ހިމެނޭ އަލްބަމެއް.

October 14, 2017 3
ޓޭލާ ސްވިފްޓްގެ މޮބައިލް އެޕެއް ނެރެނީ

މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ފޭނުންނަށް މިއީ އުފާވެރި ކަމަކަށް ވާނެ އެވެ. އޭނާ މިހާރު އަންނަނީ ފޭނުންނާ މިހާރަށް ވުރެ ބޮޑަށް ގާތްކަން ބޭއްވޭނެ ގޮތެއް ހަދަން...

10 އޮކްޓޯބަރ

October 10, 2017
ސޭމް ސުމިތުގެ އާ އަލްބަމް ނޮވެމްބަރު 3 ގައި

އޮސްކާ އާއި ގޯލްޑެން ގްލޯބް އަދި ގްރެމީ ފަދަ އެވޯޑްތައް އުފުލާލައިފައިވާ އިނގިރޭސިވިލާތުގެ މަޝްހޫރު ޒުވާން ލަވަ ކިޔުންތެރިޔާ ސޭމް ސުމިތުގެ އާ އަލްބަމް "ދަ ތުރިލް އޮފް އިޓް އޯލް" އަންނަ މަހުގެ ތިނެއްގައި ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.

03 އޮކްޓޯބަރ

October 03, 2017 8
ޑެމީ ލޮވާޓޯގެ ޝުކުރު ދިވެހި ފޭނުންނަށް

އެމެރިކާގެ މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ޑެމީ ލޮވާޓޯގެ އެންމެ ފަހުގެ އަލްބަމް "ޓެލް މީ ޔޫ ލަވް" އަށް ރާއްޖޭގައި ތިބި، އޭނާގެ ދިވެހި ފޭނުންނަށް ދެމުން އަންނަ ތަރުހީބަށް ޑެމީ ޝުކުރު އަދާކޮށްފި އެވެ.

01 އޮކްޓޯބަރ

October 01, 2017 3
ޖަސްޓިން ބީބާ ހަރު މީހަކަށް ވެއްޖެ: މެނޭޖަރު

އަޚުލާގު ގޯސްވުމާއި ގާނޫނާ ޚިލާފުވުމުގެ މައްސަލަތަކުން އަރައިގަނެ، ޖަސްޓިން ބީބާ "ހަރު މީހަކަށް" ވެއްޖެ ކަމަށް އޭނާގެ މެނޭޖަރު ސްކޫޓާ ބްރޯން ބުނެފި އެވެ.

October 01, 2017 1
މައިލީގެ އާ އަލްބަމް "ޔަންގާ ނައު" ނެރެފި

އަލްބަމްގައި ޖުމްލަ 11 ލަވަ ހިމެނޭ އިރު، ހަތް ލަވައިގެ ޅެން ވެސް ހެދީ މައިލީ އަމިއްލަ އަށް.

30 ސެޕްޓެމްބަރ

September 30, 2017
15 އަހަރަށް ފަހު ޝެނަޔާ ޓްވެއިން އެނބުރި އަތުވެއްޖެ

ކެނެޑާ އަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޝެނަޔާ ޓްވެއިން 15 އަހަރަށް ފަހު އާ އަލްބަމެއް ނެރެފި އެވެ.

24 ސެޕްޓެމްބަރ

September 24, 2017 10
"ހަބޭސް" އިޖުތިމާއީ ގޮތުން އެހީ ފޯރުކޮށް ދެނީ

"ހަބޭސް" ބޮޑުބެރާއި އެ ބޭންޑްގެ ދަށުން ހިންގާ ބޭންޑްތަކުން ނެރޭ އަލްބަމްތަކުގެ ލަވަތައް މައިޓޯންސް އާއި އައިޓިއުންސްގައި ވިއްކައިގެން ލިބޭ އާމްދަނީގެ 50 ޕަސަންޓް ރާއްޖޭގެ އެކިިއެކި ޖަމިއްޔާތަކަށް ހަދިޔާ ކުރާ ގޮތަށް ނިންމައިފި އެވެ.