26 މެއި

May 26, 2017 10
ޗައިނާގެ ބޯޑަރު ކައިރީ އިންޑިއާގެ އެންމެ ދިގު ބްރިޖް ހުޅުވައިފި

އާސާމް (މެއި 26) - އިންޑިއާގެ އިރު އުތުރުގެ އާސާމް ސްޓޭޓާއި އަރުނާޗަލް ޕްރަދޭޝް ގުޅުވާލުމަށް ހެދި 9.15 ކިލޯ މީޓަރު (5.68 މޭލު) ގެ ދިގު ބްރިޖް މިއަދު ހުޅުވައިފި އެވެ.

25 މެއި

May 25, 2017 20
އިންޑިއާގެ އެންމެ ދިގު ބްރިޖް މާދަމާ ހުޅުވަނީ

އާސާމް (މެއި 25) - އިންޑިއާގެ އެންމެ ދިގު ބްރިޖް އާސާމް ސްޓޭޓުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ މާދަމާ ހުޅުއްވައިދެއްވާނެ އެވެ.

11 މެއި

May 11, 2017 10
މޯދީއަށް ޓަކައި ސައިފަތް ދަނޑުން ކުޅަނދުރު ހުސްކުރަނީ

ކޮލަމްބޯ (މެއި 11) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ސްރީ ލަންކާ އަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް ސައިފަތް ދަނޑުތަކުން ކުޅަނދުރު ހަތާ ނަގާ ސާފު ކުރުމުގެ މަސައްކަތް ކޮށްފި އެވެ.

08 މެއި

May 08, 2017 1
މޯދީގެ ސަލާމަތީ ކަންކަމަށް 6000 އޮފިސަރުން ނެރެނީ

ކޮލަމްބޯ (މެއި 8) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަންނަ ހަފުތާގައި ސްރީ ލަންކާ އަށް ކުރައްވާ ދަތުރުފުޅަށް ސަލާމަތީ ގޮތުން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ލަންކާ ފުލުހުން ނިންމައިފި އެވެ.

05 މެއި

May 05, 2017 22
އަވަށްޓެރި ގައުމުތަކަށް އިންޑިއާގެ ހަދިޔާ: ސެޓެލައިޓެއް

ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން އިންޑިއާ އިން ހެދި ސެޓެލައިޓް، "ޖީސެޓް-9" މިއަދު ހަވީރު ޖައްވަށް ފޮނުވާލައިފި އެވެ.

19 މާޗް

March 19, 2017 7
މޯދީގެ ހޮވުމަށް ފާޑުކިއުންތައް އަމާޒުވެއްޖެ

މުސްލިމުންނާ އިދިކޮޅު އަދި ހިންދީންގެ ހަރުކަށި ދީނީ ބޭފުޅަކު، އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް، އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރަކަށް އައްޔަންކުރެއްވުމުން ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ފާޑުކިއުންތައް އަމާޒުވެއްޖެ އެވެ.

11 މާޗް

March 11, 2017 1
އިންޑިއާގެ މުހިންމު ސްޓޭޓްތައް މޯދީގެ ޕާޓީ އަށް

ނިއު ދިއްލީ (މާޗް 11) - ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ދައުރުގެ މެދުތެރޭން ބޭއްވި އިންތިޚާބުގައި މުހިންމު ސްޓޭޓްތައް އެމަނިކުފާނުގެ ޕާޓީން ކާމިޔާބުކޮށްފި އެވެ.

25 ޖެނުއަރީ

January 25, 2017 5
މޯދީ ވައިޓްހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕުގެ ދައުވަތު

ވޮޝިންޓަން (ޖެނުއަރީ 25) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވައިޓް ހައުސް އަށް ވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައުވަތު ދެއްވައިފި އެވެ.

16 ޑިސެމްބަރ

December 16, 2016 3
ޓްވިޓާގައި އަމީތާބަށް ވުރެ ކުރިއަށް ބޮޑުވަޒީރު މޯދީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބޮލީވުޑުގެ ހުރިހާ ތަރިން ފަހަތަށް ޖައްސާލެއްވުމަށް ފަހު، އެންމެ ގިނަ މީހުން ފޮލޯކުރާ ޓްވިޓާގެ ޝަހުސިއްޔަތުގެ މަގާމު ހޯއްދަވައިފި އެވެ.

22 ނޮވެމްބަރ

November 22, 2016 3
ހަފުތާއެއްގެ ތެރޭ 5.45 ޓްރިލިއަން ރުޕީސް ޖަމާކޮށްފި

ނިއު ދިއްލީ (ނޮވެމްބަރު 22) - އިންޑިއާގައި ބޭނުން ކުރަމުން ދިޔަ 500 އާއި 1،000 ރުޕީސްގެ ނޫޓްތައް މި މަހު 8 ވަނަ ދުވަހުގެ ރެއިން ފެށިގެން ބޭނުންކުރުން ކުއްލިއަކަށް ހުއްޓާލި ފަހުން މި މަހު 10 އާއި 18 އާ ދެމެދު 5.45 ޓްރިލިއަން ރުޕީސް (80 ބިލިއަން ޑޮލަރު) ބޭންކުތަކަށް ޖަމާކޮށްފައިވާ ކަމަށް އިންޑިއާގެ ސެންޓްރަލް ބޭންކުން ބުނެފި އެވެ.

21 ނޮވެމްބަރ

November 21, 2016 5
ބޮޑު ނިންމުން މޯދީ ނިންމީ ދެތިން މީހެއްގެ ލަފަޔާ އެކު

ނިއު ދިއްލީ (ނޮވެމްބަރު 21) - އިންޑިއާގެ މާލީ ބާޒާރުން 500 އާއި 1،000 ރުޕީސްގެ ނޯޓު ކުއްލި ގޮތަކަށް ނެގުމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ނިންމެވީ ގިނަ ބައެއްގެ ޚިޔާލު ހޯދުމުގެ ބަަދަލުގައި އެންމެ ދެތިން މީހެއްގެ މަޝްވަރާ ހޯއްދަވައިގެން ކަމަށް އިދިކޮޅު ލީޑަރު ރާހުލް ގާނދީ މިއަދު ވިދާޅުވެއްޖެ އެވެ.

13 ނޮވެމްބަރ

November 13, 2016 1
ބޮޑެތި ނޫޓުތައް ނަގަން ޖެހުނީ ސިއްރެއްގެ ގޮތުގައި:މޯދީ

ނިއު ދިއްލީ (ނޮވެމްބަރު 13) - އިންޑިއާގައި ބޭނުންކުރާ 500 އާއި 1،000 ރުޕީސްގެ އަދަދުތައް ކުއްލި އަކަށް އުވާލުން ބާއްވަން ޖެހުނީ އެއްވެސް ބަޔަކަށް ނާންގާ ސިއްރެގެ ގޮތުގައި ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

08 ނޮވެމްބަރ

November 08, 2016 3
500 އާއި 1،000 ރުޕީސް އުވާލަން ނިންމައިފި

ނިއު ދިއްލީ (ނޮވެމްބަރު 8) - އިންޑިއާގެ ފައިސާގެ ބާޒާރުގައި މިހާރު ބޭނުންކުރާ 5،00 އާއި 1،000 ރުޕީސްގެ ނޫޓު ނޮވެމްބަރު 8 ވަނަ ދުވަހުގެ ރޭ 12 އިން ފެށިގެން ބޭނުން ނުކުރެވޭނެ ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަރަށް ކުއްލި ގޮތަކަށް އިއުލާން ކުރައްވައިފި އެވެ.

04 އޮކްޓޯބަރ

October 04, 2016 8
މޯދީ އަށް އިންޒާރުދޭ ނޯޓެއް ހިމެނޭ ކޮތަރެއް ހިފައިފި

ސްރީނަގަރު (އޮކްޓޯބަރު 4) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް އިންޒާރުދީފައިވާ ނޯޓެއް ހަރުކޮށްފައިވާ ކޮތަރެއް އިންޑިއާ ސިފައިން ހިފާ ހައްޔަރުކޮށްފި އެވެ.

27 ސެޕްޓެމްބަރ

September 27, 2016 14
އިންޑިއާ އިން ސާކް ސަމިޓް ބޮއިކޮޓްކޮށްފި

ނިއު ދިއްލީ (ސެޕްޓެމްބަރު 27) - އަންނަ ނޮވެމްބަރު މަހު ޕާކިސްތާނުގައި ބާއްވާ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ސަމިޓުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިނުގަންނަވަން ނިންމަވައިފި އެވެ.

26 ސެޕްޓެމްބަރ

September 26, 2016 8
އިންޑިއާ އޮތީ ޕާކިސްތާނާ ހަނގުރާމައަށް ތައްޔާރަށް:މޯދީ

ނިއު ދިއްލީ (ސެޕްޓެމްބަރު 26) - އުރީގައި ޓެރަރިސްޓް ހަމަލާ ދީ އިންޑިއާ ސިފައިންގެ 18 މީހުން މަރާލި ހާދިސާ އަށް ފަހު އަވަށްޓެރި ޕާކިސްތާނާ ހަނގުރާމަ ކުރަން އިންޑިއާ އޮތީ ތައްޔާރަށް ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

25 ސެޕްޓެމްބަރ

September 25, 2016
ކަޝްމީރު މައްސަލާގައި ޕާކިސްތާނަށް މޯދީ ރައްދުދެއްވައިފި

ނިއު ދިއްލީ (ސެޕްޓެމްބަރު 25) - ކަޝްމީރުގައި ހަމަނުޖެހުން އުފެއްދުމަށް ޕާކިސްތާނުން ޓެރަރިޒަމް އެކްސްޕޯޓް ކުރަމުންދާ ކަމަށް ވިދާޅުވެ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރައްދު ދެއްވައިފި އެވެ.

23 އޯގަސްޓް

August 23, 2016 1
މޯދީގެ ރަނުގެ ކޯޓުގެ އަގު ދުނިޔޭގެ ރެކޯޑް ފޮތަށް

ނިއު ދިއްލީ (އޮގަސްޓް 23) - އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިދިޔަ އަހަރު އިންޑިއާ އަށް ކުރެއްވި ދަތުރުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ތުރުކުރައްވައިގެން ހުންނެވި ރަނުގެ ފަށް ދެމި...

August 23, 2016
ކަޝްމީރުގައި ސުލްހަ ގާއިމްކުރަން މޯދީ އަށް ޕްރެޝަރު

ނިއު ދިއްލީ (އޮގަސްޓް 23) - ކަޝްމީރުގައި ހަމަނުޖެހުންތައް ބޮޑުވެ އެތައް ބަޔަކު މަރުވަމުންދާ މައްސަލާގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ޕްރެޝަރު ބޮޑު ކޮށްފި އެވެ.

15 އޯގަސްޓް

August 15, 2016 4
މޯދީ ތަގްރީރު ދެއްވިއިރު ޗީފް މިިނިސްޓަރު ތާއްޔާޖެހިޖެހި

ނިއު ދިއްލީ (އޮގަސްޓް 15) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިނިވަން ދުވަހުގެ ތަގްރީރު މިއަދު ދެއްވި އިރު އެ ތަގްރީރު އަޑު އައްސަވަން ވަޑައިގެންނެވި، ވެރިރަށް ނިއު ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލާގެ ފަރާތްޕުޅުން ފެނުނީ މުޅިން އެހެން މަންޒަރެކެވެ.

August 15, 2016 2
ދެ އަހަރު ތެރޭ ވަނީ 20 މިލިއަން ފާޚާނާ ހަދާފައި

ނިއު ދިއްލީ (އޮގަސްޓް 15) - ވޭތުވެދިޔަ ދެ އަހަރު ތެރޭ އިންޑިއާގައި 20 މިލިއަން ފާޚާނާ ހަދައިދީފައިވާ ކަމަށް މިނިވަން ދުވަހުގެ ރިޕޯޓް ކާޑު އިއްވަވަމުން ބޮޑު ވަޒީރު ނަރެންދުރަ މޯދީ...

August 15, 2016
އިންޑިއާއަކީ އިންވެސްޓަރުންނަށް އެންމެ މަގްބޫލް މަންޒިލް

ނިއު ދިއްލީ (އޮގަސްޓް 15) - އިންޑިއާ އަށް ގެނައި އިގްތިސާދީ އިސްލާހީ ބަދަލުތަކާ އެކު އެ ގައުމަކީ މިހާރު ބޭރުގެ އިންވެސްޓަރުންނަށް އެންމެ މަގްބޫލް މަންޒިލް ކަމަށް ބޮޑު ވަޒީރު...

10 އޯގަސްޓް

August 10, 2016
ކަޝްމީރުގެ ހަމަލާތައް ހުއްޓާލުމަށް މޯދީ ގޮވާލައްވައިފި

ނިއު ދިއްލީ (އޮގަސްޓް 10) - ކަޝްމީރުގައި ހަމަނުޖެހުންތައް ހިނގަން ފެށިތާ މަހެއްހާ ދުވަސް ފަހުން އެ ހަމަނުޖެހުންތައް ހުއްޓާލުމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ގޮވާލައްވައިފި އެވެ.