20 އޮކްޓޯބަރ

October 20, 2018 76
މޯދީ، ދިވެހި ބަހުން ޓުވީޓެއް ކުރައްވައިފި

ސުލްހްވެރިކަމާއެކު އިންޑިއާގެ މިނިވަންކަން ހޯދައިދިނުމުގެ ބާނީ މަހާތުމާ ގާންދީގެ 150 ވަނަ އުފަން ދުވަހާ ގުޅިގެން، އެމަނިކުފާނުގެ ހަނދާނުގައި ދިވެހި ލަވަކިޔުންތެރިންތަކެއް ކިޔާފައިވާ ލަވައެއް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޓުވިޓާގައި ޝެއާ ކުރައްވައި ދިވެހި ބަހުން އެ ލަވައިގެ ތަފްސީލު މިއަދު ލިޔުއްވައިފި އެވެ.

12 އޮކްޓޯބަރ

October 12, 2018 32
މައުމޫންގެ ފަރާތްޕުޅުން ދުންޔާ އިންޑިއާ އަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން، އިންޑިއާ ސަރުކާރުގެ ބައެއް އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން މި ހަފުތާ ބަންދުގައި އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.

02 އޮކްޓޯބަރ

October 02, 2018 20
މޯދީ، މައުމޫނަށް ގުޅުއްވައި ހިތްވަރު ދެއްވައިފި

ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ކަފާލާތުގެ ދަށުން މިނިވަންކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޯނުން ގުޅުއްވައި ހިތްވަރު ދެއްވައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2018 6
އދ.ގެ ޗެމްޕިއަންސް އޮފް ދި އާތު އެވޯޑް މޯދީ އަށް

ނިއު ދިއްލީ (ސެޕްޓެމްބަރު 27) - އދ.ގެ ތިމާވެއްޓާ ބެހޭ އެންމެ މަތީ ޝަރަފް ކަމަށްވާ ޗެމްޕިއަންސް އޮފް ދި އާތު އެވޯޑް މި އަހަރު ލިބުނު ފަރާތްތަކުގެ ތެރޭގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހިމެނިއްޖެ އެވެ.

26 ސެޕްޓެމްބަރ

September 26, 2018 42
އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އަށް ދައުވަތު އަރުވައިފި އެވެ.

24 ސެޕްޓެމްބަރ

September 24, 2018 115
އިބޫ އިންޑިއާއަށް ވަޑައިގަތުމުގެދައުވަތު މޯދީ ދެއްވައިފި

ރާއްޖޭގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އިންޑިއާއަށް ވަޑައިގަތުމުގެ ދައުވަތު، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ދެއްވައިފި އެވެ.

15 އޯގަސްޓް

August 15, 2018 12
އިންސާނުންނާ އެކު އިންޑިއާ އިން ޖައްވީ އުޅަނދެއް ފޮނުވަނީ

ނިއު ދިއްލީ (އޮގަސްޓް 15) - އިންސާނުންނާ އެކު އިންޑިއާ އިން 2022 ވަނަ އަހަރު ޖައްވަށް އުޅަނދެއް ފޮނުވާނެ ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

13 އޯގަސްޓް

August 13, 2018 55
އިންތިހާބުގެ ކުރިން ރާއްޖެ އިސްލާހުވާންޖެހޭ: މޯދީ

އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖެ ޑިމޮކްރަސީގެ މަގަށް ރުޖޫއަވެ، އަދުލު އިންސާފުގެ ދާއިރާގެ މިނިވަންކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

30 ޖުލައި

July 30, 2018 1
ކަންގަނާގެ ތައުރީފު ބޮޑުވަޒީރު މޯދީ އަށް

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ އިންޑިއާ ބޭނުންވާ ކަހަލަ ވަރުގަދަ ލީޑަރެއް ކަމަށާއި އޭނާ އަށް އަދިވެސް ބޮޑުވަޒީރު ކަމުގެ އިތުރު ދައުރެއް ދޭންޖެހޭ ކަމަށް، ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.

25 ޖުލައި

July 25, 2018 7
ރުވާންޑާގެ ފަގީރުންނަށް މޯދީ 200 ގެރި ހަދިޔާކުރައްވައިފި

ކިގާލީ (ޖުލައި 25) - އެފްރިކާ އަށް މިހާރު ކުރައްވާ ދަތުރުގައި ރުވާންޑާ އަށް އިއްޔެ ވަޑައިގެން އެ ގައުމުގެ ފަގީރުންނަށް ހަދިޔާއަކަށް 200 ގެރި ދެއްވާނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

21 ޖުލައި

July 21, 2018 3
މޯދީ އަށް ރާހުލް ދިން ހަގު: އެތައް ބަޔަކަށް ހައިރާންކަން

ނިއު ދިއްލީ (ޖުލައި 21) - ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ އިތުބާރު ނެތްކަމަށް ޕާލަމެންޓުގައި އިއްޔެ ނެގި ވޯޓުގެ ކުރިން ހިނގައި ދިޔަ 12 ގަޑިއިރުގެ ވަރުގަދަ ބަހުސްގައި ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީ ފެނުނީ ސަރުކާރަށް ވަރުގަދަ އަށް ބަހުގެ ހަމަލާ ދެއްވި މަންޒަރެވެ. ރާހުލްގެ ތަގްރީރު ނިންމާލެވީ އޭނާ ބީޖޭޕީ ދެކެ ރުޅި ނާންނަ...

19 ޖުލައި

July 19, 2018 5
މޯދީގެ ސަރުކާރުގެ އިތުބާރު ނެތްކަމުގެ ވޯޓު މާދަމާ

ނިއު ދިއްލީ (ޖުލައި 19) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ ސަރުކާރުގެ އިތުބާރު ނެތް ކަމުގެ ވޯޓު މާދަމާ ލޮކް ސަބާގައި ނަގަން ތައްޔާރުވެއްޖެ އެވެ.

17 ޖުލައި

July 17, 2018 1
މޯދީ ބައިވެރިވި ބައްދަލުވުމުގައި ޓެންޓް ވެއްޓި 15 މީހުން ޒަޚަމް

ނިއު ދިއްލީ (ޖުލައި 17) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވި އާއްމު ބައްދަލުވުމެއްގައި ޓެންޓް ވެއްޓި 15 މީހުން ޒަޚަމްވެއްޖެ އެވެ.

19 ޖޫން

June 19, 2018
މޯދީއާ ބައްދަލު ކުރަން މީހަކު 800 މޭލަށް ހިނގައިފި

ނިއު ދިއްލީ (ޖޫން 19) - އިންތިޚާބުގެ ވައުދެއް ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ހަނދާން ކޮށްދޭން އިންޑިއާ މީހަކު 1،350 ކިލޯ މީޓަރު (838 މޭލު) އަށް ހިނގައިފި އެވެ.

04 ޖޫން

June 04, 2018 2
އޯކިޑް މަލަކަށް މޯދީގެ ނަން ދީފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ނަން، ސިންގަޕޫރްގައި ހައްދާ އޯކިޑް މަލަކަށް ދީފި އެވެ.

15 މެއި

May 15, 2018
ސުމިރުތީ ބްރޯޑްކާސްޓިން މިނިސްޓަރުކަމުން ވަކިކޮށްފި

މިހާރު ފްރާންސްގައި ކުރިއަށްދާ 71 ވަނަ ކާންސް ފިލްމް ފެސްޓިވަލްގައި ބައިވެރިވާން އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން (އައިއެންޑްބީ) މިނިސްޓަރު އަދި ކުރީގެ ބަތަލާ ސްމިރްތީ އިރާނީ ތައްޔާރުވަމުން އަންނަނިކޮށް އިއްޔެ އޭނާ މަގާމުން ވަކިކޮށްފި އެވެ.

29 އެޕްރީލް

April 29, 2018
ނުތާހިރު އަވަށްތަކަށް ހިލޭ ހަނޑޫ ނުދޭނެ ކަމަށް ބުނެފި

ހާމަ ތަންތަނަށް ބޮޑުކަމުދާ ނަމަ ހިލޭ ހަނޑޫ ނުދޭނެ ކަމުގެ އިންޒާރު އިންޑިއާގެ ބައެއް އަވަށްތަކަށް ދީފި އެވެ.

26 އެޕްރީލް

April 26, 2018 7
ވިސްނާ! ނޫސްވެރިކަމުގެ ހައްގުގައި މޯދީ ހުއްޓުވި ފިޔަވަޅު

ދުނިޔެ އަށް މިހާރު ނަގައިގެން އުޅޭ "ފޭކް ނިއުސް"ގެ ބޮޑު ރާޅު ބަހަނާއަކަށް ހަދައިގެން މިނިވަން ނޫސްވެރިކަން ފިއްތަން ސަރުކާރުތަކުން ފޫގަޅަން ފަށައިފި އެވެ. ފިލިޕީންސާއި މެލޭޝިއާ އާއި ސިންގަޕޫރުން ހަރުކަށި ގާނޫނުތައް ތައާރަފްކުރަން އަމާޒު ހިފައިފައިވާ އިރު ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ އިންޑިއާ އިން ވެސް އެފަދަ ފިޔަވަޅެއް މި...

23 އެޕްރީލް

April 23, 2018 4
މޯދީ ޗަައިނާ އަށް ވަަޑައިގެން ޝީއާ ބައްދަލު ކުރައްވަނީ

ބެއިޖިން (އެޕްރީލް 23) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ޗައިނާ އަށް ވަޑައިގެން އެ ގައުމުގެ ރައީސް ޝީ ޗިންޕިންއާ އަންނަ ހުކުރު ދުވަހު ބައްދަލު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

13 އެޕްރީލް

April 13, 2018
އުމުރުން އެންމެ 10 އަހަރު: ކުޅަދާނަ ލިޔުންތެރިއެއް

އިންޑިއާގެ ބެންގަލޫރުގައި އުޅޭ އުމުރުން 10 އަހަރުގެ މި އަންހެން ކުއްޖާއަކީ އާދަޔާހިލާފު މަސައްކަތެއް ކޮށްގެން އާންމުންގެ ސަމާލުކަމަށް އައިސްފައިވާ ކުއްޖެކެވެ.