26 އޮކްޓޯބަރ

October 26, 2020 2
އެމެރިކާގެ އެސްޓްރޮނޯޓަކު ވޯޓް ލީ ޖައްވުން

އެމެރިކާގެ ރިއާސީ އިންތިހާބުގެ ވޯޓް އެ ގައުމުގެ އެސްޓްރޮނޯޓަކު ޖައްވުގައި އޮވެގެން ލައިފި އެވެ.

25 އޮކްޓޯބަރ

October 25, 2020 21
ގިނިހިލައިން ހިލަ އާއި ވެލި ނެގުނީ މާ ގިނައިން

ނާސާގެ އޮސިރިސް-ރެކްސް އުޅަނދު ގިނިހިލައަށް ޖެހިގަނެ އޭގެ ބިންގަނޑުން ހިލަ އާއި ވެލި ނެގުނީ މާ ގިނައިން ކަމަށާއި އޭގެ ބައެއް ޖައްވު ތެރެއަށް ފައިބައިގެން ދިޔަކަން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން އިއްޔެ ޔަގީންކޮށްދީފި އެވެ.

22 އޮކްޓޯބަރ

October 22, 2020 7
ގިނިހިލާގައި ނާސާގެ އުޅަނދު "ޖެހިގެންފި"

ނާސާގެ ޖައްވީ އުޅަނދު އޮސިރިސް-ރެކްސް އިން ދުނިޔެއާ 200 މިލިއަން މޭލު ދުރުން ދަތުރުކުރަމުން ދިޔަ ގިނިހިލައެއްގެ ފަސްގަނޑުގައި ޖެހިގަނެ، ސަލާމަތުން އުދުހިގެންފި އެވެ.

20 އޮކްޓޯބަރ

October 20, 2020
ހަނދުގެ މުއާސަލާތީ ވިއުގަ ނޮކިއާ އަށް

ނާސާ އިން ނޮކިއާ ލެބްސްއާ މަޝްރޫއު ހަވާލުކުރީ 14.1 މިލިއަން ޑޮލަރަށް

16 އޮކްޓޯބަރ

October 16, 2020
ޖައްވީ ސްޓޭޝަނަށް އެންމެ ތިން ގަޑިއިރުން

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ތިން ގަޑިއެއްހާ އިރުގެ ތެރޭގައި ގޮސްގެން އެސްޓްރޮނޯޓުންތަކެއް ރެކޯޑެއް ހަދައިފި އެވެ.

15 އޮކްޓޯބަރ

October 15, 2020 7
އަލުން ހަނދަށް ދިއުމުގެ ޕްރޮގްރާމްގައި ހަތް ގައުމެއް

އެމެރިކާ އިން އަލުން ހަނދަށް ދާން ފަށާފައިވާ "އާޓެމިސް" ޕްރޮގްރާމްގައި އެ ގައުމާ އެކު މަސައްކަތްކުރަން އާޓެމިސް އެކޯޑްސްގައި ހަތް ގައުމަކުން ބައިވެރިވެއްޖެ އެވެ.

14 އޮކްޓޯބަރ

October 14, 2020
އެމެރިކާ ހަނދަށް ދާން ކުރާ މަސައްކަތަށް ފާޑުކިޔައިފި

އަލުން ހަނދަށް ދާން އެމެރިކާ އިން ކުރާ މަސައްކަތުގެ ތެރެއިން ނާސާ އިން ފަށާފައިވާ "އާޓެމިސް" ޕްރޮގްރާމް މާބޮޑަށް "އެމެރިކާވެފައި"ވާ ކަމަށާއި އެއީ މުޅި ދުނިޔޭގެ ބައިވެރިވުމާއެކު ކުރަންޖެހޭ މަސައްކަތެއް ކަމަށް ރަޝިއާގެ ސްޕޭސް ޕްރޮގްރާމް ރޮސްކޯސްމޮސްގެ ޑިރެކްޓަރު ޖެނެރަލް ޑިމިޓްރީ ރޮގޯޒިން ވިދާޅުވެއްޖެ އެވެ.

05 އޮކްޓޯބަރ

October 05, 2020 3
ޖައްވަށް 23 މިލިއަން ޑޮލަރުގެ ފާހާނާ ތައްޓެއް

ޖައްވީ މިޝަންތަކުގެ ތެރޭގައި އުޅޭ އިރު އެންމެ ދަތިވާ އެއް ކަމަކީ ފާހާނާކުރުމެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި އެންމެ ކަންބޮޑުވެ، ފިކުރުކުރާން ޖެހޭ އެއް ކަމަކީ ވެސް މިއީ އެވެ.

02 އޮކްޓޯބަރ

October 02, 2020 1
ނާސާ އާއި ސްޕޭސް ފޯސް ގުޅުން ބަދަހިކުރަނީ

ސްޕޭސް ފޯސް އަކީ އެމެރިކާގެ ދިފާއީ ބާރުގެ ގުނަވަނެކެވެ. މަސްއޫލިއްޔަތަކީ ޖައްވު ބެލެހެއްޓުމެވެ. ޖައްވީ ހަނގުރާމައެއްގައި އެމެރިކާ ތަމްސީލުކުރުމުގައި އެންމެ އިސް ބާރަކީ ސްޕޭސް ފޯސް އެވެ. ސްޕޭސް ފޯސް އަށް ހަވާލުކޮށްފައި ހުރި މަސައްކަތްތަކުގެ ތެރޭގައި، ދުނިޔެ އަށް ނުރައްކާކޮށްފާނެ ގިނިހިލަތަކުން އެމެރިކާ ރައްކާތެރިކުރުން ވެސް...

21 ސެޕްޓެމްބަރ

September 21, 2020
އެސްޓީ ލޯޑާގެ އުފެއްދުމެއް ޖައްވުގައި ލޯންޗްކުރަނީ

އެމެރިކާގެ މަޝްހޫރު މޭކަޕް ކުންފުނި އެސްޓީ ލޯޑާގެ އުފެއްދުމެއް ޖައްވީ ސްޓޭޝަން، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ލޯންޗަކުރަން ނިންމައިފި އެވެ.

15 ސެޕްޓެމްބަރ

September 15, 2020 26
ވީނަސްގައި ދިރުން! ވިލާތަކުގެ ތެރެއިން ނިޝާނެއް!

ވީނަސްގެ މަތީގައި އޮތް ވިހަ އެޓްމޮސްފިއާގެ ތެރެއިން ދިރުމެއްގެ އަސަރުތައް އެކުލެވޭ ނިޝާންތަކެއް ފެނިއްޖެ ކަމަށް، ފަލަކީ އިލްމުވެރިންގެ ބަޔަކު ބުނެފި އެވެ.

23 އޯގަސްޓް

August 23, 2020 3
އައިއެސްއެސް އިން ލީކުވާ ތަން އަދިވެސް ނުހޯދޭ

ލީކްވުމުގެ މައްސަލަ ދިމާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި

19 އޯގަސްޓް

August 19, 2020 16
އެންމެން ބިލިއަނަރުންނަށް ވާނެހާ ރަން ހުރި ގިނިހިލައެއް

ދުނިޔޭގެ އެންމެން ބިލިއަނަރުންނަށް ވާނެހާ ރަނާއި އަގުބޮޑު މައުދަން ހުރި ގިނިހިލައެއް ދިރާސާކުރަން ނާސާ އިން ތައްޔާރުވެއްޖެ އެވެ.

04 އޯގަސްޓް

August 04, 2020
ކްރޫޒްގެ ޖައްވީ ފިލްމަށް 200 މިލިއަން ޑޮލަރު

ޖައްވީ ސްޓޭޝަން (އައިއެސްއެސް) ގައި ޝޫޓްކުރަން ހަމަޖެހިފައިވާ ޓޮމް ކްރޫޒްގެ ފިލްމުގެ އަންދާޒާ ބަޖެޓަކަށް ޔުނިވާސަލް ޕިކްޗާޒްއާ އެކު 200 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދައިފި އެވެ.

03 އޯގަސްޓް

August 03, 2020 2
ސްޕޭސްއެކްސްގެ އެސްޓްރޮނޯޓުން އެނބުރި ދުނިޔެ އަށް

ފްލޮރިޑާ (އޮގަސްޓް 3) - އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ދެ މަހަށްވުރެ ގިނަ ދުވަސް ހޭދަ ކުރުމަށް ފަހު ސްޕޭސްއެކްސް ކްރޫ ޑްރެގަން ކެޕްސޫލްގައި، ދެ އެސްޓްރޮނޯޓުން މިރޭ އެނބުރި ބިމަށް އަތުވެއްޖެ އެވެ.

31 ޖުލައި

July 31, 2020 6
މާސްއަށް އާ އުޅަނދެއް، ހެލިކޮޕްޓަރެއް ވެސް ހިފައިގެން

ދުނިޔޭގެ އަވަށްޓެރި އަދި ދުނިޔެއާ ކޮންމެވެސް ވަރެއްގެ އެއްގޮތް ސިފަތަކެއް ވެސް ހުރި މާސް ޕްލެނެޓްގައި އެއްވެސް އިރެއްގައި ދިރުމެއް ވި ހެއްޔެވެ؟ މިއީ ސައިންސްވެރިންގެ ބޮޑު އަދި...

July 31, 2020 3
މާސްގައި ދިރުން ހުރިތޯ ބަލަން އުޅަނދެއް ފޮނުވައިފި

ކޭޕް ކެނެވާރަލް (ޖުލައި 31) - މާސްގައި އެއްވެސް ޒަމާނެއްގައި ދިރުމެއް ހުރިތޯ ބެލުމަށް އެމެރިކާގެ ޖައްވީ އެޖެންސީ ނާސާ އިން އުޅަނދެއް ފޮނުވައިފި އެވެ.

11 ޖުލައި

July 11, 2020 11
އިންސާނުން މާސް އަށް ދާނީ ވީނަސްގައި ރޭކޮށްފައި!

މާސް އަށް ދެވެން ހުރި ގޮތްތައް ސައިންސްވެރިން ކިޔައިދޭއިރު ހީވަނީ ދެ އިނގިލިކުރިން ފުއްޓަތްކެއް ޖެހުން ކަހަލަ ފަސޭހަ ކަމެއްހެންނެވެ. މާސް އަށް ގޮސް އައިސްވުމަކީ އެ ބުނާހާ ފަސޭހަ ކަމެއް ނަމަ ހަމަ މިހާރު ދަތުރަށް ފަށަންވީ އެވެ.

01 ޖުލައި

July 01, 2020 2
ޖައްވަށް ނުދެވުނަސް ޖައްވުގެ ވަސް ބެލިދާނެ

ޖައްވަށް ނުދެވުނަސް، ޖައްވުގެ ވަސް ވަސް ބަލައިލަން ބޭނުންވާ ނަމަ ޖަހާލާނެ ސެންޓެއް އުފެއްދުމުގެ މަސައްކަތް އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް މާ ލަސްތަކެއް ނުވެ ފުރިހަމަވާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

28 ޖޫން

June 28, 2020 2
ހަނދަށް ކުރާ ދަތުރަށް ފާހާނާއެއް ޑިޒައިންކުރަނީ

މީގެ ހަތަރު އަހަރު ފަހުން ހަނދަށް ކުރާ ދަތުރުގައި ބޭނުންކުރާ އުޅަނދަށް ހާއްސަ ފާހާނާއެއް ޑިޒައިންކުރަން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން އާންމުކޮށް ހުޅުވާލައިފި އެވެ.

26 ޖޫން

June 26, 2020
ނާސާ ހެޑްކުއާޓަރުގެ ނަން ކަޅު ނަސްލުގެ އަންހެނަކަށް

އެމެރިކާގެ ވޮޝިންޓަނުގައި ހުންނަ ނާސާގެ ހެޑްކްއާޓަރުގެ ނަން އެމެރިކާގެ ކަޅު ނަސްލު މީހަކަށް ނިސްބަތްކުރާ ގޮތަށް ނިންމައިފި އެވެ.