21 އޯގަސްޓް

August 21, 2019 13
ނަސަންދުރައިގެ މައްސަލާގައި އޭޖީގެ ލަފައެއް އަދި ނުލިބޭ

ނަސަންދުރަ ޕެލަސް ހޮޓެލް ހުރި ތަން އިތުރު ބިމަކާ އެކު 50 އަހަރަށް ކުއްޔަށް ދޭން ހެދި އެއްބަސްވުމާ މެދު ގޮތެއް ނިންމަން އެޓާނީ ޖެނެރަލްގެ ފަރާތުން ހޯދަން އެދުނު ލަފާ އަދިވެސް ލިބިފައި ނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

07 ޖުލައި

July 07, 2019 21
ނަސަންދުރަ މައްސަލާގައި އަދި ގޮތެއް ނުނިންމަން:ރިފްއަތު

ނަސަންދުރާ ޕެލަސް ހޮޓެލް ހުރި ތަން އިތުރު ބިމަކާ އެކު 50 އަހަރަށް ކުއްޔަށް ދޭން ހެދި އެއްބަސްވުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

20 ޖޫން

June 20, 2019 34
ނަސަންދުރާ: 86 މިލިއަން ރުފިޔާގެ ހިޔާނާތެއް!

ނަސަންދުރާ ޕެލަސް ހޮޓެލްގެ އެއްބަސްވުން އުވާލައި އެ ތަން މިހާރު ތަރައްގީކުރާ ކުންފުންޏާ ހަވާލުކުރުމުގައި ތުހުމަތުކުރެވޭ ޚިޔާނާތް 86 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަނޑައަޅައި ކޮރަޕްޝަންގެ ދައުވާ ކޮށްދިނުމަށް އެދި ފޮނުވުމުން އެ މައްސަލަ އަނބުރާ ފޮނުވާލީ އެއްބަސްވުން ސައްހަ ކަމަށް އޭރުގެ ބަންޑާރަ ނައިބު ލަފާ ދެއްވާފައި އޮތުމުން...

17 ޖެނުއަރީ

January 17, 2019 6
"ނަސަންދުރަ މައްސަލައަށް ގޮތެއްނިންމުމަށް ފޮނުވައިފިން"

ނަސަންދުރައިގެ މައްސަލަ ޓޫރިޒަމް މިނިސްޓްރީން ދިރާސާކޮށް ނިންމާފައިވާ ކަމަށާއި އެކަމާ ދޭތެރޭ ގޮތެއް ނިންމުމަށް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

18 ޑިސެމްބަރ

December 18, 2018 25
ނަސަންދުރާގެ އެއްބަސްވުން އުވާނުލި ނަމަ ބޮޑު ފައިދާއެއް

ނަސަންދުރާ ޕެލަސް ހޮޓަލް ހިންގުމަށް ގެލެކްސީ އެންޓަޕްރައިޒަސްއާ އެކު ހެދި އެއްބަސްވުން އުވާނުލައި މުއްދަތު އިތުރު ކުރިނަމަ، ދައުލަތަށް ހަތަރު މިލިއަނަށް ވުރެ ގިނަ ޑޮލަރު (61 މިލިއަން ރުފިޔާ)ގެ ފައިދާއެއް ލިބޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

02 ޑިސެމްބަރ

December 02, 2018 13
ނަސަންދުރަ އެގްރީމެންޓް އަލުން ދިރާސާކުރަނީ

ނަސަންދުރަ ޕެލަސް ހޮޓަލާ އެކު ވެފައިވާ އެގްރީމެންޓް ޓޫރިޒަމް މިނިސްޓްރީގެ ލީގަލް ޓީމުން ބަލަން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

06 ސެޕްޓެމްބަރ

September 06, 2018 22
ނަސަންދުރަ ތަރައްގީކުރާ ކުންފުނިން ދެ ރިސޯޓެއް ހަދަނީ

ނަސަންދުރަ ޕެލަސް ހޮޓެލް ތަރައްގީކުރާ، ސްރީ ލަންކާ ބްރައުން އިންވެސްޓްމަންޓްސް ކުންފުނިން ރާއްޖޭގައި ދެ ރިސޯޓެއް ހަދަން ފަށައިފި އެވެ.

29 އެޕްރީލް

April 29, 2018 19
74 މިލިއަން ދައްކަން އަދީބަށްދިން ނޯޓިސް ބާތިލްކޮށްފި

ނަސަންދުރަ ޕެލަސް ހޮޓަލް ހިންގަން އެންޕީއެޗް އިންވެސްޓްމަންޓަށް ދިން މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، 74 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ދިން ނޯޓިސް ބާތިލްކޮށްފި އެވެ.

09 އެޕްރީލް

April 09, 2018 19
ފިނޭންސް މިނިސްޓްރީގެ ސިޓީ އަދީބަށް ފޮނުވަން އަންގައިފި

ނަސަންދުރައިގެ މައްސަލައިގައި ދައުލަތަށް ދައްކަންޖެހޭ ފައިސާތަކެއް ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ސީދާ ފޮނުއްވުމުން އެކަމަށް ޖަވާބުދެއްވާނެ ކަމަށް އެމަނިކުފާނުގެ ވަކީލް މިއަދު ވިދާޅުވެއްޖެ އެވެ.

04 އެޕްރީލް

April 04, 2018 20
ނަސަންދުރަ ދިން ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ

ނަސަންދުރަ ޕެލަސް ހޮޓެލް ހިންގަން 50 އަހަރަށް ދޫކުރި މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

03 އެޕްރީލް

April 03, 2018 67
އަދީބު 74 މިލިއަން ރުފިޔާ ދައްކަން އަންގައިފި

ނަސަންދުރަ ޕެލަސް ހޮޓަލް ހިންގަން އެންޕީއެޗް އިންވެސްޓްމަންޓަށް ދިން މައްސަލާގައި ހަތް ދުވަސް ތެރޭގައި 74 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

07 ޖުލައި

July 07, 2017 11
އެންޕީއެޗުން ހުޅުމާލޭގައި ވެސް ބޮޑު މަޝްރޫއެއް

ނަސަންދުރަ ޕެލަސް ހޮޓެލް ތަރައްގީކުރާ ކުންފުނިން ހުޅުމާލޭގައި ވެސް އެޕާޓްމަންޓް ބޮޑު މަޝްރޫއުއެއް ހިންގަން ހަމަޖައްސައި ފައިނޭންޝަލް އެކްސްޕޯގައި ވިއްކަން ފަށައިފި އެވެ.

01 ޑިސެމްބަރ

December 01, 2016 24
ނަސަންދުރަ އިން 118 އެޕާޓްމަންޓް ވިއްކަނީ

ކުރީގެ ނަސަންދުރަ ޕެލަސް ހޮޓެލް ހުރި ބިމުގައި ޓޫރިސްޓު ހޮޓަލަކާ އެކު ތަރައްގީ ކުރާ އެޕާޓްމަންޓްތައް ގަތުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2016 36
ނަސަންދުރައިން ކައިރި ގެތަކަށް ލޮޅުން އަރަނީ

ނަސަންދުރަ ޕެލަސް ހޮޓެލް ހުރި ބިމުގައި އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު އެ ހިސާބުގެ ބައެއް ގެތަކަށް އޭގެ ސަބަބުން ލޮޅުން އަރާ ކަމަށް ބުނެ ޝަކުވާ ކުރަން ފަށައިފި އެވެ.

20 ޖޫން

June 20, 2016 23
ނަސަންދުރަ ހަދަނީ ޗައިނާގެ އަމިއްލަ ކުންފުންޏަކުން

ނަސަންދުރަ ޕެލެސް ހޮޓެލް އަލުން އެޅުމުގެ މަސައްކަތް ޗައިނާގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ފަށައިފި އެވެ.

08 ޖޫން

June 08, 2016 8
ނަސަންދުރައާ މެދު ގޮތެއް ނުނިންމައި މަސައްކަތް ފަށައިފި

ނަސަންދުރަ ޕެލަސް ހޮޓެލް ހުރި ތަން އިތުރު ބިމަކާ އެކު 50 އަހަރަށް ކުއްޔަށް ދޭން ހެދި އެއްބަސްވުމާ މެދު އަލުން ގޮތެއް ނިންމަން އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ލަފާދީފައި އޮތަސް އެތަން އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި އެވެ.