28 މާޗް

March 28, 2020 6
"ވިޝްކާ" ހޯމަ ދުވަހު ބައިސްކޯފަށް

މިދިޔަ އަހަރު ބޭއްވި ނުވަަ ފިލްމު ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިލްމާ އެކު ގިނަ އެވޯޑްތަކެއް ހޯދި ފިލްމު "ވިޝްކާ" މި މަހު ބައިކޯފުން ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

01 މާޗް

March 01, 2020 4
ހަ އަހަރަށް ފަހު އެމްއެފްއޭ އެވޯޑްސް ބާއްވަނީ

ފިލްމީ ދާއިރާ އަށް ހާއްސަ ޖަމިއްޔާ މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) އިން ބާއްވާ އެވޯޑް ހަފުލާ އަލުން ބާއްވަން ނިންމައި، އެވޯޑް ހަފުލާ އިންތިޒާކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. އެ އެވޯޑު މި ބާއްވަނީ ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

14 ފެބުރުއަރީ

February 14, 2020 1
އެކްޓިން ވޯކްޝޮޕަކަށް ފުރުސަތު ހުޅުވާލައިފި

އެކްޓްކުރަން ޝައުގުވެރިވާ މީހުންނަށް ހާއްސަކޮށްގެން ބާއްވާ ވޯކްޝޮޕަކަށް ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ފުރުސަތު ހުޅުވާލައިފި އެވެ.

20 ޖެނުއަރީ

January 20, 2020
"އުދަބާނީ 2" ރޯދައިގެ ފަހުން ފަށަނީ

އަމްޖަދު އިބްރާހީމް (އަމްޖޭ) މިހާތަނަށް ގެނެސްދިން ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބުނު ބިރުވެރި ފިލްމު "އުދަބާނި" ގެ ދެވަނަ ބައިގެ މަސައްކަތް ރޯދައިގެ ފަހުން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

30 ނޮވެމްބަރ

November 30, 2019 11
"އޯކިޑް: އޭނާގެ މާ" އަލުން އުފައްދަނީ

ދިވެހި ސިނަމާ އަށް ކޮށްދިން ހިދުމަތަށް މި އަހަރު ދިވެހި ފިލްމު އެވޯޑްސްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބުނު މުހައްމަދު ރަޝީދު (ދަރާ) ގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމު ކަމަށްވާ "އޯކިޑް: އޭނާގެ މާ" ގެ ރިމޭކެއް ހަދަން އޭނާ ނިންމައިފި އެވެ.

16 ނޮވެމްބަރ

November 16, 2019 3
ފިލްމު އެވޯޑްސް: އެންމެ މޮޅު ފިލްމަކީ "ވިޝްކާ"

ދިވެހި ފިލްމު އެވޯޑްސްގައި ޖުމްލަ ހަތް އެވޯޑާ އެކު އެންމެ މޮޅު ފިލްމަކަށް ޔާރާ ޕްރޮޑަކްޝަންގެ "ވިޝްކާ" ހޮވިއްޖެ އެވެ.

11 ނޮވެމްބަރ

November 11, 2019 3
މޮޅު ބަތަލާގެ މަގާމަށް މިފަހަރު ވާދަވެރިކަން ބޮޑު

މި މަހުގެ 15 ވަނަ ދުވަހަކީ ފިލްމީ ދާއިރާ އަށް ބޮޑު ރެއެކެވެ. ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، މުހިއްމު ބައެއް ކެޓަގަރީތަކުގެ ނޮމިނޭޝަންތައް ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

09 ނޮވެމްބަރ

November 09, 2019 25
ދިވެހި ފިލްމު އެވޯޑްސް: ދެ ފިލްމަކަށް 6 ނޮމިނޭޝަން

އަންނަ ހުކުރު ދުވަހުގެ ރޭ ބޭއްވާ ނުވަ ފިލްމު ދިވެހި ފިލްމު އެވޯޑްސްގެ އެންމެ ވަރުގަދަ ކެޓަރީގަރީތަކުގެ ނޮމިނޭޝަންތަކުގެ ކުރި މިދިޔަ އަހަރު ރިލީޒްކުރި ޑާން ރެއިން އެންޓަޓައިންމަންޓްގެ "ވަކިން ލޯބިން" އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ "ދެވަންސޫރަ" އަށް ލިބިއްޖެ އެވެ.

02 ނޮވެމްބަރ

November 02, 2019 6
ފިލްމު އެވޯޑްސް މި މަހުގެ 15 ގައި

ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސް މި މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށާއި ކުރިއަށް އޮތް ހަފުތާ ތެރޭގައި ނޮމިނޭޝަންތައް ވެސް އިއުލާންކުރާނެ ކަމަށް އާޓްސް މިނިސްޓްރީން ބުނެފި އެވެ.

22 އޮކްޓޯބަރ

October 22, 2019 7
ދިވެހި ފިލްމު އެވޯޑްސްގެ ޖޫރީން ކަނޑައަޅައިފި

އަންނަ މަހު ބާއްވާ ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ފިލްމުތައް ޖަޖްކުރާ ޖޫރީ ޕެނަލް ކަނޑައަޅައި އެ މީހުންގެ ވަނަވަރު އިއުލާނުކޮށްފި އެވެ.

15 އޮކްޓޯބަރ

October 15, 2019 1
ފިލްމު އެވޯޑްސް: 12 ފީޗާ އާއި ކުރު ފިލްމެއް

އަންނަ މަހު ބާއްވާ 9 ވަނަ ދިވެހި ފިލްމު އެވޯޑްސް އަށް ފިލްމުތައް ހުށަހަޅަން ހުޅުވާލައި ސުންގަޑި ހަމަވި އިރު، ހުށަހަޅާފައި ވަނީ 12 ފީޗާ އާއި ކުރު އެއް ފިލްމު ކަމަށް ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.

01 އޮކްޓޯބަރ

October 01, 2019 1
ދިވެހި ފިލްމު އެވޯޑްސް އަންނަ މަހު

މި އަހަރަށް ފަސްކުރި ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސް އަންނަ މަހު ބާއްވަން ނިންމައި، ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

24 ސެޕްޓެމްބަރ

September 24, 2019
ދިވެހި ފިލްމު އެވޯޑްސް މި އަހަރު ބާއްވަނީ

ވާދަކުރާ ވަރަށް ފިލްމުތައް ނެތުމުން މިދިޔަ އަހަރު ނުބާއްވަން ނިންމި ނުވަ ވަނަ ދިވެހި އެވޯޑްސް މި އަހަރު ބާއްވަން ނިންމައިފި އެވެ.

07 ނޮވެމްބަރ

November 07, 2018 6
މިއަހަރުގެ ދިވެހި ފިލްމު އެވޯޑް ހަފުލާ ކެންސަލްކޮށްފި

އަންނަ މަހު ބާއްވަން ނިންމި 9 ވަނަ ދިވެހި ފިލްމު އެވޯޑްސް މި އަހަރު ނުބާއްވަން ނިންމާފައިވާ ކަމަށް ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.

31 ޖުލައި

July 31, 2018 27
ރިޝްމީ އަށް ގައުމީ އިނާމު ނުލިބުނީ ކީއްވެ؟

ސާކް ފިލްމް ފެސްޓިވަލްގައި 2014 ގައި "އިނގިލި" އިން އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުމުން، ރާއްޖެ އަށް ރީތި ނަން ހޯދައިދޭ މީހުންގެ ކެޓަގަރީން އޭނާ އަށް ގައުމީ އިނާމު ލިބުނެވެ. އެކަމަކު މިދިޔަ އަހަރު ސާފް ފިލްމް ފެސްޓިވަލްގައި "ވިޝްކާ" ބައިވެރިކޮށްގެން ބަތަލާ އައިޝަތު ރިޝްމީ ސަރަހައްދުގެ އެންމެ...

24 ޖުލައި

July 24, 2018 2
އެވޯޑްސްގައި ފިލްމްތައް ބައިވެރިކުރަން ހުޅުވާލައިފި

މި އަހަރު ބާއްވާ ނުވަ ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ފިލްމްތައް ބައިވެރިކުރަން މިއަދު ހުޅުވާލައިފި އެވެ.

31 މާޗް

March 31, 2018 13
ކާމިޔާބު ނޫން ދިވެހި ފިލްމެއް ނެތް؟

މިއީ ވަރަށް ތަފާތު ފިލްމެކެވެ. މި އަހަރު ނުކުންނާނެ އެންމެ މޮޅު ފިލްމެވެ. މިއީ މާސްޓަޕީސްއެކެވެ. ބެންޗްމާކް ގާއިމުކުރާނެ ފިލްމެކެވެ. މި ވަރުގެ ފިލްމެއް ދެން އެހެން ބަޔަކަށް ނެހެދޭނެ އެވެ. މިއީ ފިސާރި ފިލްމެކެވެ؛ މި ހުރީ މުޅިން ވެސް ދިވެހި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ އެންމެ އާންމު އަތްމަތީ ބަސްތަކެވެ.

07 މާޗް

March 07, 2018 21
ޒީނަތުގެ އުމުރުން ކިހާވަރެއް؟

ބަތަލާ ޒީނަތު އައްބާސް މިހާރު ހުރި ގޮތާއި ފިލްމީ ދާއިރާ އަށް އޭނާ ނުކުތް އިރު ހުރި ގޮތް އަޅާބަލާއިރު އަދިވެސް މާ ބޮޑު ތަފާތެއް ނެތެވެ. ހީވަނީ މިހާރު ކުރިއަށް ވުރެ ވެސް ޒުވާންވެފައި ލޫޅާފަތި ކަމަށެވެ.

27 ޖެނުއަރީ

January 27, 2018 3
މި އަހަރުގެ ފިލްމް އެވޯޑްސް ހަފުލާ ވަރަށް މުހިއްމު

ދިވެހި ފިލްމް އެވޯޑްސް ހަފުލާ މިއަހަރު ބޭއްވިއްޖެ ނަމަ ބޮޑު ބަދަލަކާ އެކު ތަފާތުކަމެއް ފެންނާނެ އެވެ. ސަރުކާރުގެ ހިއްސާއާ އެކު ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން މި އަހަރު ބާއްވަން މަސައްކަތްކުރަމުން އަންނަ ނުވަ ވަނަ ދިިވެހި ފިލްމް އެވޯޑްސް ހާއްސަކޮށްފައި ވަނީ އެންމެ އަަހަރެއްގެ ފިލްމުތައް ބައިވެރިކުރާ ގޮތަށެވެ. އެހެން...

09 ޖެނުއަރީ

January 09, 2018 2
މިއަހަރު އަމްޖޭގެ އުންމީދަކީ އެނބުރިއައުން

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ފިލްމް ޑައިރެކްޓް ކުރުމުގެ ރެކޯޑް އޮތީ އަމްޖަމަދު އިބްރާހީމް (އަމްޖޭ) ގެ އަތުގަ އެވެ. އޭނާ މިހާތަނަށް 49 ފިލްމް ގެނެސް ދީފައިވާ އިރު، އަމްޖޭގެ ފިލްމެއް އެންމެ ފަހުން ސިނަމާ އަށް އައީ 2011 ގަ އެވެ. އެއީ "ހިތޭދޭމީ" އެވެ.