17 ޖެނުއަރީ

January 17, 2020 1
ވޮލީބޯޅައިގެ ދެ މުބާރާތުގެ މޮޅު ކުޅުންތެރިން ހޮވައިފި

"މިހާރު އެވޯޑްސް" ގައި ހިމެނޭ 2019 ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާ އާއި ޒުވާން ކުޅުންތެރިޔާ އަށް ގައުމީ ވޮލީބޯޅާ ލީގާއި ގައުމީ ފިރިހެން ވޮލީބޯޅަ މުބާރާތުން ވާދަކުރާ ކުޅުންތެރިން ހޮވައިފި އެވެ.

15 ޖެނުއަރީ

January 15, 2020 1
ގައުމީ އަންހެން މުބާރާތުގެ ގަދަ ފަހެއް ހޮވައިފި

"މިހާރު އެވޯޑްސް" ގައި ހިމެނޭ 2019 ވަނަ އަހަރުގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ އާއި ޒުވާން ކުޅުންތެރިޔާ އަށް ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުން ވާދަކުރާ ކުޅުންތެރިން ހޮވައިފި އެވެ.

13 ޖެނުއަރީ

January 13, 2020 4
އެޑަމް ހުރިހާ ގޮތަކުން ވެސް ތަފާތު ދައްކައިފި

މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގެ ފިރިހެން ޑިވިޝަނުގެ ދެ މުބާރާތް ކަމަށްވާ ގައުމީ ވޮލީބޯޅަ ލީގާއި ގައުމީ ވޮލީބޯޅަ މުބާރާރަށް ޓީމުތަކުން ތައްޔާރުވިއިރު ވަރުގަދަކޮށް ތިން ޓީމެއް އޮތެވެ....

January 13, 2020
ގައުމީ ވޮލީބޯޅަ ތަށި ސިފައިން އުފުލާލައިފި

އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބް އަތުން ފޯރިގަދަ ކުޅުމަކަށް ފަހު 3-2 ސެޓުން މޮޅުވެ ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

10 ޖެނުއަރީ

January 10, 2020
ޕޮލިސް ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ސިފައިންނަށް

ފޯރިގަދަ ކުޅުމަކަށް ފަހު އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބް އަތުން 3-2 ސެޓުން މޮޅުވެ ދިވެހި ސިފައިންގެ ކްލަބް ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

22 ޑިސެމްބަރ

December 22, 2019 1
ވެމްކޯ ބަލިކޮށް ޕޮލިހުން ގައުމީ ތަށި ދިފާއުކޮށްފި

ފައިނަލުގައި ކްލަބް ވެމްކޯ އަތުން ސީދާ ތިން ސެޓުން މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާ އެކު ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތަށި ޕޮލިސް ކްލަބުން ދިފާއުކޮށްފި އެވެ.

20 ޑިސެމްބަރ

December 20, 2019 2
ލޮރެންޒޯ ކަޓުވާލައި ވެމްކޯ ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތިން ވަނަ ސެމީ ފައިނަލުގައި ރޭ ފޯރިގަދަ މެޗަކަށް ފަހު ލޮރެންޒޯ ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް ވެމްކޯ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

19 ޑިސެމްބަރ

December 19, 2019
ފައިނަލުގެ ފުރަތަމަ ޖާގަ ޕޮލިހަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ ސެމީ ފައިނަލުގައި ކްލަބް ވެމްކޯ އަތުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބުން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

17 ޑިސެމްބަރ

December 17, 2019
ވެމްކޯ ބަލިކޮށް ލީގު ބުރުގެ އެއް ވަނަ ޕޮލިހަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ރޭ ކްލަބް ވެމްކޯ އަތުން 3-1 ސެޓުން މޮޅުވެ ލީގު ބުރުގެ އެއް ވަނަ މަގާމު ޕޮލިހުން ހޯދައިފި އެވެ.

16 ޑިސެމްބަރ

December 16, 2019
ވެމްކޯ އާއި ޕޮލިހަށް ދެ ވަނަ މޮޅު

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި އިއްޔެގެ މެޗުތަކުން ކްލަބް ވެމްކޯ އާއި ޕޮލިސް ކްލަބުން މުބާރާތުގައި ދެ ވަނަ މޮޅު ހޯދައިފި އެވެ.

15 ޑިސެމްބަރ

December 15, 2019
ޕޮލިހާއި ވެމްކޯ އަށް ވަރުގަދަ ފެށުމެއް

އިއްޔެ ފެށި 51 ވަނަ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބާއި ވެމްކޯ ފުރިހަމަ މޮޅެއް ހޯދައި ފެށުން ވަރުގަދަކޮށްފި އެވެ.

05 ނޮވެމްބަރ

November 05, 2018 10
ތިން ބެއިންގެ ކާމިޔާބީ: ތަފާތު އިހުސާސްތަކެއް!

ވ. އަތޮޅަކީ ވޮލީ އަށް މަޝްހޫރު އަތޮޅެކެވެ. އާބާދީ މަދުވިޔަސް އަތޮޅުން ގައުމީ ފެންވަރުގެ ގިނަ ވޮލީ ކުޅުންތެރިން ނެރެދީފި އެވެ. ގައުމީ ޓީމުގައި މި ވަގުތުގައި ވެސް ވ އަތޮޅަށް ނިސްބަތްވާ ގިނަ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރެއިން ހާއްސަވާ ތިން ކުޅުންތެރިން އެބަތިއްބެވެ. އެއީ ވ. ފެލިދޫ އަށް އުފަން އެއްބަނޑު އެއްބަފާ ތިން ބެއިން...

01 ނޮވެމްބަރ

November 01, 2018 3
ބަދަލުހިފައި ޕޮލިހުން ގައުމީ ތަށި އުފުލާލައިފި

އެސޯސިއޭޝަން ކަޕުގެ ފައިނަލުން ބަލިވުމުގެ ބަދަލުހިފައި، ސީދާ ތިން ސެޓުން ވާދަވެރި ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ މުބާރާތުގެ ތަށި ރޭ އުފުލާލައިފި އެވެ.

31 އޮކްޓޯބަރ

October 31, 2018
ޕޮލިސް ބަދަލު ހިފުމަކަށް، ސިފައިން ތަށި ދިފާއުކުރަން

ފަންސާސް ވަނަ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ދިވެހި ސިފައިންގެ ކްލަބްގެ އަމާޒަކީ އެ ޓީމުން އެންމެ ސަމާލުކަން ދޭ މުބާރާތުގެ ތަށި ދިފާއުކުރުމެވެ. އަނެއްކޮޅުން ޕޮލިސް ކްލަބް ނުކުންނާނީ އެސޯސިއޭޝަން ކަޕް ފައިނަލުންވި ބަލީގެ ބަދަލުހިފުމަކަށެވެ.

30 އޮކްޓޯބަރ

October 30, 2018
ހުޅުމާލެ ކަޓުވާލައި ޕޮލިސް ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތިން ވަނަ ސެމީ ފައިނަލުގައި ރޭ ހުޅުމާލެ ސްޕޯޓްސް ކްލަބް ކަޓުވާލުމަށް ފަހު ޕޮލިސް ކްލަބުން ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

29 އޮކްޓޯބަރ

October 29, 2018 2
ޕޮލިސް ބަލިކޮށް ސިފައިން ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ސެމީ ފައިނަލުގައި ރޭ ކުޅުނު މެޗުން ޕޮލިސް ކްލަބް ބަލިކޮށް، މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް ހޯދައިފި އެވެ.

27 އޮކްޓޯބަރ

October 27, 2018
ޕޮލިހާއި ސިފައިން ސެމީން ޖާގަ ހޯދައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

26 އޮކްޓޯބަރ

October 26, 2018
ޕޮލިހާއި ސިފައިންނަށް ރަނގަޅު ފެށުމެއް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުތަކުން ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް މޮޅުވެ ފެށުން ރަނގަޅުކޮށްފި އެވެ.

25 އޮކްޓޯބަރ

October 25, 2018
ގައުމީ މުބާރާތަށް ހުޅުމާލޭގެ ކޯޗަކަށް ކާއްޓެ

މިއަދު ފަށާ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރާ ހުޅުމާލެ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ހަމަޖައްސައިފި އެވެ.

18 އޮކްޓޯބަރ

October 18, 2018 2
ފޮނަދޫ ބަލިކޮށް ޕޮލިހުން ގައުމީ ތަށި އުފުލާލައިފި

ފޯރިގަދަ ކުޅުމަކަށް ފަހު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް އަތުން 3-2 ސެޓުން މޮޅުވެ ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި އުފުލާލައިފި އެވެ.

16 އޮކްޓޯބަރ

October 16, 2018
ވެމްކޯ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ފޮނަދޫ އަށް

ކްލަބް ވެމްކޯ ބަލިކޮށް ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގެ ފަހު ޖާގަ ލ. ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.