26 ފެބުރުއަރީ

February 26, 2020 12
ބޭހަށް ފޮނުވި ނަވާޒް ޝަރީފް "ފިއްލައިފި": ޕާކިސްތާން

އިސްލާމްއާބާދު (ފެބްރުއަރީ 26) - ޖަލުގައި ހުންނަވަނިކޮށް ހިތްޕުޅުގެ އާލާސްކަންފުޅެއް ދިމާވެގެން، ލާހޯރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް ގައުމުން ބޭރަށް މިދިޔަ އަހަރު ފޮނުވި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް "ފިއްލަވައިފި" ކަމަށް ޕާކިސްތާން ސަރުކާރުން ބުނެފި އެވެ.

19 ނޮވެމްބަރ

November 19, 2019 1
އެއާ އެމްބިއުލެންސެއްގައި ނަވާޒް ޝަރީފް ލަންޑަނަށް

ލާހޯރު (ނޮވެމްބަރު 19) - ހަތް އަހަރުގެ ހުކުމެއް ތަންފީޒް ކުރަން ޖަލުުގައި ހުންނަވަނިކޮށް ވަރަށް ބޮޑަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު ގެއަށް ބަދަލުކޮށްފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް އިތުރު ފަރުވާ ދިނުމަށް، އެއާ އެމްބިއުލެންސެއްގައި ލަންޑަށް މިއަދު ފޮނުވައިފި އެވެ.

16 ނޮވެމްބަރ

November 16, 2019 1
ނަވާޒް ޝަރީފްއާ މެދު ޒާތީ ކަމެއް ނެތް: އިމްރާން ޚާން

އިސްލާމްއާބާދު (ނޮވެމްބަރު 16) - ނަވާޒް ޝަރީފްއާ މެދު ޒާތީ އެއްވެސް ހަސަދަވެރިކަމެއް ނެތް ކަމަށާއި ސިޔާސީ ކަންކަމަށް ވުރެ ކުރީގެ ބޮޑު ވަޒީރުގެ ސިއްހީ ހާލަތު މާ މުހިންމު ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

11 ނޮވެމްބަރ

November 11, 2019 3
އިތުރު ފަރުވާއަށް ނަވާޒް ޝަރީފް ގައުމުން ބޭރަށްގެންދަނީ

ލާހޯރު (ނޮވެމްބަރު 7) - ހަތް އަހަރުގެ ހުކުމެއް ތަންފީޒް ކުރަން ޖަލުުގައި ހުންނަވަނިކޮށް ވަރަށް ބޮޑަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު ގެއަށް ބަދަލުކޮށްފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް އިތުރު ފަރުވާ ދިނުމަށް ގައުމުން ބޭރަށް ފުރުމުގެ ހުއްދަ ދީފައިވާ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ޝާހު...

07 ނޮވެމްބަރ

November 07, 2019 1
ގޭގައި އައިސީޔޫއެއް ހަދައި ނަވާޒް ޝަރީފް ގެއަށް

ލާހޯރު (ނޮވެމްބަރު 7) - ހަތް އަހަރުގެ ހުކުމެއް ތަންފީޒް ކުރަން ޖަލުުގައި ހުންނަވަނިކޮށް ވަރަށް ބޮޑަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދެ ހަފުތާގެ މުއްދަތަށް ފަރުވާ ދިނުމަށް ފަހު ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ގޭގައި ފަރުވާ ދޭނެ އައިސީޔޫއެއް ހެދުމަށް ފަހު އިއްޔެ ގެއަށް ބަދަލުކޮށްފި އެވެ.

30 އޮކްޓޯބަރ

October 30, 2019
ނަވާޒް ޝަރީފުގެ ހާލު ވަރަށް ގޯސް: ޑޮކްޓަރު

ލާހޯރް (އޮކްޓޯބަރު 30) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ސިއްހީ ހާލު ވަރަށް ގޯސް ކަމަށް އެ މަނިކުފާނުގެ ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.

27 އޮކްޓޯބަރ

October 27, 2019 1
ހާޓް އެޓޭކެއް ޖެހުމާ އެކު ނަވާޒް ޝަރީފް މިނިވަންކޮށްފި

ލާހޯރު (އޮކްޓޯބަރު 27) - ޖަލުގައި އޮންނަވަނިކޮށް ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ދަށްވުމުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް ހާޓް އެޓޭކެއް ޖެހުމާ ގުޅިގެން، ކަފާލާތުގެ ދަށުން އެމަނިކުފާން ވަގުތީ ގޮތުން މިނިވަންކޮށްފި އެވެ.

23 އޮކްޓޯބަރ

October 23, 2019
ޖަލުގައި ނަވާޒް ޝަރީފުގެ ހާލު ގޯސްވެގެން ހޮސްޕިޓަލަށް

އިސްލާމްއާބާދު (އޮކްޓޯބަރު 23) - ކޮރަޕްޝަނުގެ ކުށުގައި ޖަލުގައި ބަންދުކޮށްފައި ހުރި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ސިއްހީ ހާލަތު ގޯސްވީ ޖަލުގައި ވިހަދީގެން ކަމަށް އެމަނިކުފާނުގެ ދަރިކަލުން ހުސައިން ނަވާޒް ތުހުމަތު ކުރައްވައިފި އެވެ.

08 އޯގަސްޓް

August 08, 2019
ނަވާޒް ޝަރީފުގެ ދަރިކަނބަލުން މަރިޔަމް ހައްޔަރުކޮށްފި

ލާހޯރް (އޮގަސްޓް 8) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ދަރިކަނބަލުން އަދި އިދިކޮޅު ލީޑަރު މަރިޔަމް ނަވާޒް މިއަދު ހައްޔަރުކޮށްފި އެވެ.

13 ޖުލައި

July 13, 2019 2
ނަވާޒް ޝަރީފަށް ހުކުމްކުރި ފަނޑިޔާރު ވަކިކޮށްފި

އިސްލާމްއާބާދު (ޖުލައި 13) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ މައްޗަށް، ކޮރަޕްޝަނުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވި ފަނޑިޔާރު މަގާމުން ދުކުރުކޮށްފައިވާ ކަމަށް ލޯ މިނިސްޓްރީން ބުނެފި އެވެ.

10 ޖުލައި

July 10, 2019 1
އެކައުންޓެބިލިޓީ ކޯޓަށް މަރިޔަމް ނަވާޒް ހާޒިރު ކުރަނީ

އިސްލާމްއާބާދު (ޖުލައި 10) - ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯ (އެންއޭބީ) އިން ހުށަހެޅި މައްސަލައަކާ ގުޅިގެން، ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ދަރިކަނބަލުން މަރިޔަމް ނަވާޒް އެކައުންޓެބިލިޓީ ކޯޓަށް ހާޒިރު ކުރަން އަމުރު ނެރެފި އެވެ.

07 ޖުލައި

July 07, 2019
"ނަވާޒް ޝަރީފަށް ހުކުމްކުރި ފަނޑިޔާރަށް ބިރު ދެއްކި"

އިސްލާމްއާބާދު (ޖުލައި 7) - ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް ހުކުމްކުރި އެކައުންޓެބިލިޓީ ކޯޓުގެ ފަނޑިޔާރަށް ވަނީ ކޮންމެވެސް ފަރާތަކުން ބިރުދައްކާފައި ކަމަށް ނަވާޒް ޝަރީފުގެ ދަރިކަނބަލުން އަދި ޕާކިސްތާން މުސްލިމް ލީގު-ނަވާޒްގެ ލީޑަރު މަރިޔަމް ނަވާޒް ވިދާޅުވެއްޖެ އެވެ.

26 މާޗް

March 26, 2019 1
ފަރުވާ ހޯދަން ހަ ހަފުތާ އަށް ނަވާޒް ޝަރީފް މިނިވަންކޮށްފި

އިސްލާމްއާބާދު (މާޗް 26) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ހިތްޕުޅުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ޓަކައި ހަ ހަފުތާގެ މުއްދަތަށް ޖަލުން މިނިވަންކޮށްފި އެވެ.

02 ފެބުރުއަރީ

February 02, 2019 1
ޖަލުގައި ހުންނެވި ނަވާޒް ޝަރީފް ހޮސްޕިޓަލަށް

ލާހޯރް (ފެބްރުއަރީ 2) - ކޮރަޕްޝަނުގެ ކުށުގައި ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންގެންދާ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މިއަދު ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.

10 ޖެނުއަރީ

January 10, 2019 1
ޖަލުގައި ނަވާޒް ޝަރީފްގެ ހާލު ސީރިއަސް ވެއްޖެ: ރިޕޯޓް

އިސްލާމްއާބާދު (ޖެނުއަރީ 10) - ހަތް އަހަރު ދުވަހުގެ ހުކުމެއްގައި ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

24 ޑިސެމްބަރ

December 24, 2018 1
ނަވާޒް ޝަރީފަށް އިތުރު ހަތް އަހަރުގެ ޖަލު ހުކުމެއް

އިސްލާމްއާބާދު (ޑިސެމްބަރު 24) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ މައްޗަށް ކޮރަޕްޝަނުގެ ކުށުގައި ހަތް އަހަރުގެ އިތުރު ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.

10 އޮކްޓޯބަރ

October 10, 2018
ޕާޓީގެ ލީޑަރު ހައްޔަރު ކުރުމުގެ ޒިންމާ އިމްރާން ޚާނަށް

އިސްލާމްއާބާދު (އޮކްޓޯބަރު 10) - ޕާކިސްތާން މުސްލިމް ލީގު- ނަވާޒް (ޕީއެމްއެލް) ގެ ލީޑަރު ޝަހުބާޒް ޝަރީފް ހައްޔަރު ކުރުމުގެ ޒިންމާ ނަންގަވަން ޖެހޭ ފަރާތަކީ ބޮޑު ވަޒީރު އިމްރާން ޚާން ކަމަށް ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

28 ސެޕްޓެމްބަރ

September 28, 2018 9
ނަވާޒް ޝަރީފް ގެންގުޅުއްވި ގެރިތައް ނީލަން ކިޔައިފި

އިސްލާމްއާބާދު (ސެޕްޓެމްބަރު 28) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ގެންގުޅުއްވި ގެރިތައް ވެސް އިމްރާން ޚާންގެ ސަރުކާރުން ނީލަން ކިޔައިފި އެވެ.

24 ސެޕްޓެމްބަރ

September 24, 2018
ޖަލުން ދޫކޮށްލި ނަވާޒް ޝަރީފް ކޯޓަށް ދާން އަންގައިފި

ލާހޯރް (ސެޕްޓެމްބަރު 24) - ކޮރަޕްޝަނުގެ ކުށުގައި އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމް ސަސްޕެންޑްކޮށް، މިނިވަންކޮށްފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ލާހޯރުގެ ހައި ކޯޓަށް ހާޒިރުވާން އަމުރު ނެރެފި އެވެ.

23 ސެޕްޓެމްބަރ

September 23, 2018
މަންމައާ ބައްދަލުވި ވަގުތު ނަވާޒް ޝަރީފަށް އުފަލުގެ ކަރުނަ

ލާހޯރު (ސެޕްޓެމްބަރު 23) - ކޮރަޕްޝަނުގެ ކުށުގައި 10 އަހަރަށް ޖަލަށްލާފައި ހުރި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ޖަލު ހުކުމް ސަސްޕެންޑްކޮށް، ޖަލުން ނެރުނު ފަހުން މަންމައާ ބައްދަލުވި ވަގުތު އުފަލުން ކަރުނަ ހިލުނު ކަމަށް އޮފިޝަލުން ބުނެފި އެވެ.