20 މެއި

May 20, 2017
ނިއު އޮތް ހާލަތު މުހިއްމެއް ނޫން، ބޭނުންވަނީ މޮޅެއް

އެސްޓީއޯ މާލޭ ލީގުގައި މިރޭ ނިއު ރޭޑިއަންޓާ ދެކޮޅަށް ނުކުންނައިރު އެ ޓީމު އޮތް ހާލަތާ މެދު ވެލެންސިއާ އިން ނުވިސްނާ ކަމަށާއި ބޭނުންވަނީ މޮޅެއް ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

19 މެއި

May 19, 2017 44
17 އަހަރަށް "ޝުކުރެއް ނެތް"، "ބޮޑުވީ އަދަބު"

އެސްޓީއޯ މާލޭ ލީގުގައި ކްލަބް އީގަލްސް އަތުން 1-0 އިން ނިއު ރޭޑިއަންޓް ބަލިވި މެޗަށް ފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ދިން އަދަބަށް އިހުތިރާމްކުރާ ކަމަށާއި އެކަމަކު އެއީ އޭނާގެ އަމަލުތަކަށް ބިނާކޮށް ދީފައިވާ ސަސްޕެންޝަނެއް ކަމަށް ގަބޫލުކުރަން އުނދަގޫ ކަމަށް ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.

18 މެއި

May 18, 2017 8
ނިއު އަށް ދިން އަދަބު ދަމަހައްޓަން ނިންމައިފި

އެސްޓީއޯ މާލޭ ލީގުގައި މި މަހުގެ 7 ވަނަ ދުވަހު އީގަލްސް އަތުން ނިއު ރޭޑިއަންޓް 1-0 އިން ބަލިވި މެޗަށް ފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ނިއުގެ ކުޅުންތެރިންނަށް ދިން އަދަބު އެ ކްލަބުން އެޕީލްކުރި ނަމަވެސް، އަދަބު ލުއިނުކުރަން އެފްއޭއެމްގެ އެޕީލް ކޮމިޓީން ނިންމައިފި އެވެ.

17 މެއި

May 17, 2017 27
އިމްރާން، ގަލާޑޯ، ޖަމީލް އަދި މުއްކި ސަސްޕެންޑްކޮށްފި

އެސްޓީއޯ މާލޭ ލީގުގައި މި މަހު ހަތް ވަނަ ދުވަހު ނިއު ރޭޑިއަންޓް އަތުން އީގަލްސް 1-0 އިން މޮޅުވި މެޗަަށް ފަހު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެފްއޭއެމުން އެ މައްސަލަތައް ބެލުމަށް ފަހު އެ ދެ ކްލަބަށް އަދަބުދީފި އެވެ.

14 މެއި

May 14, 2017 10
އޮއްޕޮ ނިއުގެ ފަރިތަކުރުންތަކަށް ނުކުމެއްޖެ

ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) ވޭލްސްގައި ކުޅުމަށް ފަހު އެނބުރި ރާއްޖެ އައިސް ކުރީގެ ކްލަބް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޕްރެކްޓިހާ މިރޭ ގުޅިއްޖެ އެވެ.

08 މެއި

May 08, 2017 15
ނިއު ބަލިކޮށް އީގަލްސް މުހިއްމު ތިން ޕޮއިންޓް ހޯދައިފި

ޖެހިޖެހިގެން ދެ މެޗުން ބަލިވެ ފޯމުން ކަޓާފައިވާ ކްލަބް އީގަލްސް އިން އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓް 1-0 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގައި މިރޭ މުހިއްމު މޮޅެއް ހޯދައިފި އެވެ.

07 މެއި

May 07, 2017 1
އީގަލްސްގެ ފޯމް ރަނގަޅު ކުރަން ނިއުއާ ދެކޮޅަށް

އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެފައިވާތީ އެސްޓީއޯ މާލޭ ލީގުގައި މިރޭ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗު ކްލަބް އީގަލްސް ފޯމަކަށް އެޅެން ބޭނުން ހިފިދާނެ ކަަމަށް އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

04 މެއި

May 04, 2017 1
ނިއުގެ ޔޫތު ޓީމު ސިލެކްޝަނަށް ބޮޑު ތަރުހީބެއް

ނިއު ރޭޑިއަންޓްގެ ޔޫތު ޓީމުތަކަށް ކުޅުންތެރިން ހޮވުމަށް ރޭ ފެށި ސިލެކްޝަނުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެ ސިލެކްޝަނަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

29 އެޕްރީލް

April 29, 2017 15
ގްރީން ސްޓްރީޓްސްގެ މައްޗަށް ނިއު ކުރި ހޯދައިފި

އެސްޓީއޯ މާލޭ ލީގުގައި މިރޭ ފޯރިގަދަ މެޗަކަށް ފަހު ގްރީން ސްޓްރީޓްސްގެ މައްޗަށް 2-1 އިން ނިއު ރޭޑިއަންޓުން ކުރި ހޯދައިފި އެވެ.

28 އެޕްރީލް

April 28, 2017
"އެއް ކުޅުންތެރިއަކަށް ބަރޯސާވެގެން ކުރިއަށް ނުދެވޭނެ"

އެއްވެސް ފުޓްބޯޅަ ޓީމަކަށް އެއް ކުޅުންތެރިއަކަށް ބަރޯސާ ވެގެން ކުރިއަށް ނުދެވޭނެ ކަމަށާއި މަސައްކަތްކުރަން ޖެހޭނީ އެކުގައި ޓީމެއްގެ ގޮތުގައި ކަމަށް ނިއު ރޭޑިއަންޓްގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނެފި އެވެ.

25 އެޕްރީލް

April 25, 2017 9
ޓީސީ ބަލިކޮށް ނިއު އެއް ވަނަ އަށް އަރައިފި

ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ އެއް ވަނަ މަގާމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މިރޭ އަރައިފި އެވެ.

24 އެޕްރީލް

April 24, 2017 6
މިހާރު އެ އޮތީ އަސްލު ނިއު ރޭޑިއަންޓް: ނިޒާމްބެ

މި ސީޒަނުގައި ފެނިގެންދަނީ އަސްލު ނިއު ރޭޑިއަންޓް ކަމަށް އެސްޓީއޯ މާލޭ ލީގުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

23 އެޕްރީލް

April 23, 2017 5
ރެޑިން އެކަޑަމީއަށް ނިއު އިން ދެ ކުޅުންތެރިން ފޮނުވަނީ

އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ރެޑިން އެފްސީގެ އެކަޑަމީގައި ތަމްރީން ހެދުމަށް ދިވެހި ދެ ކުޅުންތެރިން ފޮނުވަން އެ ކްލަބުން ނިއު ރޭޑިއަންޓަށް ފުރުސަތު ދީފި އެވެ.

13 އެޕްރީލް

April 13, 2017 17
ވާދަވެރި ނިއުގެ މައްޗަަށް މާޒިޔާ ކުރި ހޯދައިފި

ފަހަތުން އަރައި ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ މަގާމަށް މާޒިޔާ އަރައިފި އެވެ.

12 އެޕްރީލް

April 12, 2017 5
އިތުރު ތިން އަހަރު ނިއު އަށް ކުޅެން ސެންޓޭ ސޮއިކޮށްފި

ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެ ކްލަބުގައި ކުރިއަށް އޮތް ތިން އަހަރު މަޑުކުރަން ނިންމައިފި އެވެ.

April 12, 2017 10
މާޒިޔާގެ ޑިފެންސާ މެދު ސަމާލުވާން ޖެހޭ: ނިއު

ރާއްޖޭގެ މެޗެއްގައި މާޒިޔާ ކޮޅަށް ލަނޑެއް ވަދެފައިނުވުމަކީ އެ ޓީމާ ދެކޮޅަށް މާދަމާ ހަވީރު ނިއު ރޭޑިއަންޓުން ނުކުންނައިރު އިތުރަށް ހިތްވަރުކުރަން ލިބޭ ފުރުސަތެއް ކަމަށް ނިއުގެ ކޯޗު...

08 އެޕްރީލް

April 08, 2017 9
ގަލާޑޯގެ ލަނޑުން ނިއު އެއް ވަނައިގައި ލީޑުފުޅާކޮށްފި

ދެ ވަނަ ހާފުގައި އެޑްރިއަން ގަލާޑޯ ވައްދާލި ލަނޑާ އެކު ކްލަބް ވެލެންސިއާ އަތުން 1-0 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ އެއް ވަނައިގައި ނިއު ރޭޑިއަންޓުން ލީޑު ފުޅާކޮށްފި އެވެ.

06 އެޕްރީލް

April 06, 2017 5
ނިއުގެ އެކަޑަމީ ހޮނިހިރު ދުވަހު ފަށަނީ

ނިއު ރޭޑިއަންޓުގެ ސީނިއާ ޓީމުގެ ފިޓްނަސް ކޯޗު އަދި ޔުއެފާ ބީ ލައިސަންސް ފުޓްބޯޅަ ކޯޗު ޕޯޗުގަލްގެ ޔަކީމް ވެލިންހޯގެ ބެލުމުގެ ދަށުން އެ ކްލަބުގެ އެކަޑަމީ އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމައިފި އެވެ.

19 މާޗް

March 19, 2017 17
މި ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތެއް ނެތް؟!

ގައުމީ ފުޓްބޯޅަ ޓީމު މި އަހަރު ކުޅޭ ފުރަތަމަ މެޗަށް ކޯޗު ޑަރެން ސްޓެވާޓް އެކުލަވާލި 29 ކުޅުންތެރިންގެ ސްކޮޑުން ވަނީ ޒުވާން ހުނަރުވެރި ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އެކަމަކު ފަލަސްތީނާ ދެކޮޅަށް ކުޅެން ނެގި ސްކޮޑުން ފާހަގަކޮށްލެވޭ ބައެއް ނަންތަކެއް ވަނީ އުނިވެފަ އެވެ. މިދިޔަ އަހަރާއި މި އަހަރު ތަފާތު ދެއްކި ބައެއް...

13 މާޗް

March 13, 2017 9
އެންމެ ހައިރާންވީ އިމްރާނުގެ ހުނަރު ފެނިފައި: ކޯޗު

ނިއު ރޭޑިއަންޓާ ހަވާލުވާން ރާއްޖެ އައިސް އެންމެ ހައިރާންކުރުވަނިވި ކަމަކަށް ފެނުނީ ގޯލްކީޕަރު އިމްރާން މުހައްމަދުގެ ހުނަރާއި ފެންވަރު ކަމަށް އެ ޓީމުގެ ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް ބުނެފި އެވެ.

09 މާޗް

March 09, 2017 6
ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ނިއު ކުރިއަށް

އެކަކު މަދުކޮށް ކުޅެ ނިއު ރޭޑިއަންޓުން މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ އަތުން 3-0 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.