03 ޖެނުއަރީ

January 03, 2017 9
ނިއު އާއި މާޒިޔާ އިން ދަގަނޑޭއާ ވާހަކަދައްކަނީ

މާޒިޔާގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ލައްވާ އަންނަ ސީޒަނުގައި ކުޅުވަން އެ ކްލަބުންނާއި އޭނާގެ ކުރީގެ ކްލަބް ނިއު ރޭޑިއަންޓުން މަޝްވަރާކުރަމުން އެބަދެ އެވެ.

28 ޑިސެމްބަރ

December 28, 2016 6
ލިލީ ވެސް އެނބުރި ނިއު އަށް

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްްސް ކްލަބަށް ކުޅުނު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އޭނާގެ ކުރީގެ ކްލަބް ނިއު ރޭޑިއަންޓާ އަލުން ގުޅިއްޖެ އެވެ.

25 ޑިސެމްބަރ

December 25, 2016 4
ނިއު އަކީ އަބަދުވެސް ހާއްސަ ކްލަބެއް: ސެންޓޭ

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި އަލީ ފާސިރު (ސެންޓޭ) ނިއު ރޭޑިއަންޓަށް ބަދަލުވެފައިވާއިރު، މިއީ އޭނާ އެ ޓީމަށް ކުޅެން ސޮއިކުރި ތިން ވަނަ ފަހަރެވެ. ކުރިއަށް އޮތީ ސެންޓޭ ނިއު އަށް ކުޅޭނެ ފަސް ވަނަ ސީޒަނެވެ.

21 ޑިސެމްބަރ

December 21, 2016 9
އިމްރާނާއި ސެންޓޭ އެނބުރި ނިއު ރޭޑިއަންޓަށް

ނިއު ރޭޑިއަންޓުން 2013 ވަނަ އަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު މުުހިއްމު ދައުރެއް އަދާކުރި ގޯލްކީޕަރު އިމްރާން މުހައްމަދާއި އަލީ ފާސިރު (ސެންޓޭ) އަލުން އެ ކްލަބާ ގުޅިއްޖެ އެވެ.

19 ޑިސެމްބަރ

December 19, 2016 2
ނިއުގެ އިންތިހާބު އަންނަ މަހުގެ 6 ވަނަ ދުވަހުގެރޭ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަނާއި އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން އިސްތިއުފާ ދެއްވާފައިވާތީ މަގާމްތަކަށް މެމްބަރުން އިންތިހާބުކުރުމަށް އަންނަ މަހުގެ 6 ވަނަ ދުވަހުގެރޭ އިންތިހާބީ ކޮންގްރެސްއެއް ބާއްވަން އެ ކްލަބުން ނިންމައިފި އެވެ.

17 ޑިސެމްބަރ

December 17, 2016
ނިއުގެ ޖެނެރަލް ސެކްރެޓަރީއަކަށް ނިޔާޒް ހަމަޖައްސައިފި

އާ އިންތިހާބަކަށް މަގުފަހިކުރުމަށްޓަކައި ނިއު ރޭޑިއަންޓުގެ ޗެއާމަން ޔާމީން އާދަމް އިސްތިއުފާ ހުށަހަޅުއްވައި، އިންތިހާބަކާ ހަމަޔަށް ކްލަބް ގެންދިއުމަށްޓަކައި ޖެނެރަލް...

December 17, 2016 4
އަކްރަމް ނިއު ރޭޑިއަންޓަށް ސޮއިކޮށްފި

ކުރިއަށް އޮތް ސީޒަނަށް ވަރުގަދަ ޓީމެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވެލެންސިއާގެ މިޑްފީލްޑަރު އަކްރަމް އަބްދުލްގަނީގެ ސޮއި ހޯދައިފި އެވެ.

15 ޑިސެމްބަރ

December 15, 2016
އިންތިހާބަށް މަގުފަހިކުރަން ނިއުގެ ބޯޑް އިސްތިއުފާ ދެނީ

އާ އިންތިހާބަކަށް މަގުފަހިކުރުމަށްޓަކައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ބޯޑުގެ ނުވަ މެމްބަރުންގެ ތެރެއިން އަށް މެމްބަރަކު އިސްތިއުފާ ދޭން ނިންމައިފި އެވެ.

07 ޑިސެމްބަރ

December 07, 2016 27
ވިޔަފާރިވެރިންގެ ގްރޫޕަކުން ނިއު ރޭޑިއަންޓާ ހަވާލުވަނީ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންގެ ގްރޫޕަކުން ހަވާލުވާން އުޅޭ ކަމަށް "މިހާރަ"ށް އިތުބާރުހުރި ގޮތަކަށް ކަށަވަރުވެއްޖެ އެވެ.

21 ނޮވެމްބަރ

November 21, 2016 1
ހަތަރު ލަނޑުން ނިއު ބަލިކޮށް ޓީސީ ސެމީ އަށް

ނިއު ރޭޑިއަންޓް 4-0 އިން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގެ ސެމީ ފައިނަލުގެ ފަހު ޖާގަ ޓީސީ ސްޕޯޓްސް ކްލަބް މިއަދު ހޯދައިފި އެވެ.

15 ނޮވެމްބަރ

November 15, 2016
ނިއު ބަލިކޮށް އީގަލްސް ސެމީގެ ފުރުސަތު ބޮޑުކޮށްފި

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް އޭ ގެ ފުރަތަމަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ކްލަބް އީގަލްސް މިއަދު ބޮޑުކޮށްފި އެވެ.

11 ނޮވެމްބަރ

November 11, 2016 1
އެފްއޭ ކަޕުގެ ތިން ވަނަ މަގާމް ނިއު ހޯދައިފި

ޔުނައިޓެޑް ވިކްޓަރީ 2-1 އިން ބަލިކޮށް އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ މަގާމް ނިއު ރޭޑިއަންޓް މިރޭ ހޯދައިފި އެވެ.

10 ނޮވެމްބަރ

November 10, 2016 2
ނިއު، އީގަލްސް އަދި ޓީސީ އެއް ގްރޫޕަކަށް

އަންނަ އަންގާރަ ދުވަހު ފަށާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި 2013 ވަނަ އަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާއި ކްލަބް އީގަލްސް އަދި ޓީސީ ސްޕޯޓްސް ކްލަބް އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

07 ނޮވެމްބަރ

November 07, 2016 7
ނިއު ބަލިކޮށް ޓީސީ ފުރަތަމަ ފަހަރަށް ފައިނަލަށް

އެފްއޭ ކަޕުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ނިއު ރޭޑިއަންޓް 3-0 އިން ބަލިކޮށް މުބާރާތުގެ ފައިނަލުން ޓީސީ ސްޕޯޓްސް ކްލަބް ފުރަތަމަ ފަހަރަށް މިރޭ ޖާގަ ހޯދައިފި އެވެ.

06 ނޮވެމްބަރ

November 06, 2016 1
އެފްއޭ ކަޕުގެ އެކުވެރިޔާއާ ދެކޮޅަށް ޓީސީ ނުކުންނަނީ

އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ނިއު ރޭޑިއަންޓް ނުކުންނާނީ ސެމީ ފައިނަލުގައި އަލަށް ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

31 އޮކްޓޯބަރ

October 31, 2016 4
ޕެނަލްޓީ ޖަހައިގެން ބީޖީ ބަލިކޮށް ނިއު ސެމީ އަށް

ޕެނަލްޓީ ޖަހައިގެން ބީޖީ ސްޕޯޓްސް ކްލަބް 4-3 އިން ބަލިކޮށް ނިއު ރޭޑިއަންޓް އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

22 އޮކްޓޯބަރ

October 22, 2016 4
ބޮޑު ތިން ކްލަބަށް ދިމާވީ ކޮން މައްސަލައެއް؟

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު ކޮންމެ މުބާރާތެއްގެ ގަދަ ތިނެއްގައި ނުވަތަ ގަދަ ހަތަރެއްގައި ނިއު ރޭޑިއަންޓް، ވިކްޓަރީ އަދި ވެލެންސިއާ އޮވެ އެވެ. އޭގެ ފަހުން ވެސް އަބަދުވެސް...

October 22, 2016
ނިއު އަތުން ބަލިވިޔަސް ޔ. ވިކްޓަރީ ގަދަ ހަތަރަކަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް އަތުން 3-2 އިން ބަލިވިޔަސް ލީގުގެ ގަދަ ހަތަރަކުން ޔުނައިޓެޑް ވިކްޓަރީ ޖާގަ ހޯދައިފި އެވެ.

21 އޮކްޓޯބަރ

October 21, 2016
ތިން ޓީމުގެ ރޭހެއް، ސަލާމަތްވާނީ ކޮން ދެ ޓީމެއް؟

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފަހު ހަތަރު މެޗާ ކުރިމަތިލާއިރު ލީގު ޗެމްޕިއަންކަން މާޒިޔާ އަށް ވަނީ ޔަގީންވެފަ އެވެ. އެންމެ ފަހުން ކުޅުނު މެޗަށް ފަހު ބީޖީ ރެލިގޭޓްވެފައިވާއިރު، މިވަގުތު ފޯރިގަދަވެފައިވަނީ ގަދަ ހައެއް ކަށަވަރުކުރުމުގަ އެވެ. ގަދަ ހައެއްގައި ނުހިމެނި ހަތް ވަނަ އަށްދާ ޓީމެއް ޖެހޭނީ ދެ ލެގު އުސޫލުން ދެ ވަނަ ޑިވިޝަންގެ...

20 އޮކްޓޯބަރ

October 20, 2016 3
ނިއު ރޭޑިއަންޓް އަތުގައި އޮތް ރެކޯޑް ބެންގަލޫރަށް

އޭއެފްސީ ކަޕުގެ ފައިނަލުން އިންޑިއާގެ ބެންގަލޫރު އެފްސީ ޖާގަ ހޯދުމާ އެކު މުބާރާތުގައި އެންމެ ބޮޑު ކާމިޔާބެެއް ހޯދި ދެކުނު އޭޝިއާގެ ޓީމުގެ ޝަރަފް ރާއްޖޭގެ ނިއު ރޭޑިއަންޓް އަތުން ގެއްލިއްޖެ އެވެ.

18 އޮކްޓޯބަރ

October 18, 2016 11
ހަތަރު އަހަރަށް ފަހު ބީޖީ ރެލިގޭޓްވެއްޖެ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާ 1-1 އިން އެއްވަރުވެ، ގަދަ ހަތެއްގެ ފުރުސަތު ނުލިބި ބީޖީ ސްޕޯޓްސް ހަތަރު އަހަރަށް ފަހު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވިއިރު، މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަނުޖެހުން ހިނގައިފި އެވެ.

11 އޮކްޓޯބަރ

October 11, 2016
ޔޫތު ޗެމްޕިއަންޝިޕް: ސެމީގެ ފަހު ޖާގަ ވެލެންސިއާ އަށް

ޔޫތު ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު މެޗުގައި މިއަދު ވިކްޓަރީ އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗު 3-3 އިން އެއްވަރުވެ، ސެމީގެ ފަހު ޖާގަ ވެލެންސިއާ އަށް ލިބިއްޖެ އެވެ.