17 ޖެނުއަރީ

January 17, 2018 7
"ރެއާލުން ނޭމާ ގަންނާނީ ރޮނާލްޑޯ ވިއްކާލާފައި"

މެޑްރިޑް (ޖެނުއަރީ 17) - ރެއާލް މެޑްރިޑުން ބްރެޒިލްގެ ތަރި ނޭމާ ގަންނާނީ ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލާފައި ކަމަށް އެ ކްލަބްގެ ކުރީގެ ރައީސް ރާމޮން ކަލްޑެރޯން ބުނެފި އެވެ.

15 ޖެނުއަރީ

January 15, 2018 8
މެޑްރިޑުން ރޮނާލްޑޯ އާއި ނޭމާ ބަދަލުކުރަނީ؟

މެޑްރިޑް (ޖެނުއަރީ 15) – ރެއާލް މެޑްރިޑުން އެ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕީއެސްޖީގެ ނޭމާ ބަދަލުކުރަން ހުށަހަޅާފާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

13 ޖެނުއަރީ

January 13, 2018 4
"ބާސެލޯނާ ދޫކޮށްލުމަކީ ނޭމާ ފަހަތަށް އެޅި ފިޔަވަޅެއް"

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ޖެނުއަރީ 13) - މި ސީޒަނުގައި ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީއާ ގުޅުމަކީ ފުޓްބޯޅަ ކެރިއަރުގައި ނޭމާ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑޯ ބުނެފި އެވެ.

25 ޑިސެމްބަރ

December 25, 2017 6
ރެއާލް މެޑްރިޑަށް ނޭމާ ނުވިއްކާނަން: ޕީއެސްޖީ

ޕެރިސް (ޑިސެމްބަރު 25) - މި ސީޒަނުގައި ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީއާ ގުޅުނު ބްރެޒިލްގެ ތަރި ނޭމާ ރެއާލް މެޑްރިޑަށް ނުވިއްކާނެ ކަމަށް ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެއްލާފީ ވިދާޅުވެއްޖެ އެވެ.

17 ޑިސެމްބަރ

December 17, 2017 6
"ނޭމާގެ ސަބަބުން ޕީއެސްޖީގެ ސަޕޯޓަރުން ގިނަވެއްޖެ"

ޕެރިސް، ފްރާންސް (ޑިސެމްބަރު 17) - މި ސީޒަނުގައި ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ބަދަލުވި ބްރެޒިލްގެ ތަރި ނޭމާގެ ސަބަބުން އެ ޓީމުގެ ސަޕޯޓަރުން ގިނަވެއްޖެ ކަމަށް ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

11 ނޮވެމްބަރ

November 11, 2017 2
މީޑިއާގެ ވާހަކަތަކުގެ ސަބަބުން ނޭމާ އަށް ރޮވިއްޖެ

ލިއްލޭ، ފްރާންސް (ނޮވެމްބަރު 11) - ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ އާއި ފޯވާޑް އެޑިސަން ކަވާނީއާ މައްސަލަ ޖެހިފައިވާ ކަމަށް ބުނެ އެ ޓީމަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާއާ ގުޅުވައިގެން މީޑިއާގައި ދައްކާ ވާހަކަތަކުގެ ސަބަބުން އޭނާ ހިތަށް އަސަރުކޮށްފައިވާ ކަމަށް ބުނެފި އެވެ.

10 ނޮވެމްބަރ

November 10, 2017 5
ނޭމާ އަށް މެޑްރިޑުން މަރުހަބާ ކިޔާނެ: ރާމޯސް

މެޑްރިޑް (ނޮވެމްބަރު 10) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ދުނިޔޭގެ ރެކޯޑް އަގަކަށް ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ނޭމާ ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވެއްޖެ ނަމަ އެ ޓީމުން އޭނާ އަށް މަރުހަބާ ކިޔާނެ ކަމަށް ރެއާލުގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފި އެވެ.

31 އޮކްޓޯބަރ

October 31, 2017 5
"ބާސާއާ އަލުން ގުޅުމުގެ ފުރުސަތު ނޭމާ އަށް އެބައޮތް"

އެތަންސް، ގްރީސް (އޮކްޓޯބަރު 31) - މި ސީޒަން ފެށުމުގެ ކުރިން ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ދުނިޔޭގެ ރެކޯޑް އަގަކަށް ބަދަލުވި ބްރެޒިލްގެ ނޭމާ އެ ޓީމާ އަލުން ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

23 އޮކްޓޯބަރ

October 23, 2017 8
ނޭމާ އަށް ރަތެއް، ޕީއެސްޖީ ސަލާމަތްކޮށްދިނީ ކަވާނީ

މާސޭ، ފްރާންސް (އޮކްޓޯބަރު 23) - ފްރެންޗް ލީގުގައި ރޭ ޕީއެސްޖީ ކުޅުނު މެޗުގައި އެ ޓީމުގެ ތަރި ނޭމާ އަށް ރަތެއް ދެއްކިއިރު، އިތުރު ވަގުތުގައި އެޑިސަން ކަވާނީ ވައްދާލި ހިލޭ ޖެހުމަކުން 2-2 އިން މާސޭއާ ޕީއެސްޖީން އެއްވަރުކޮށްފި އެވެ.

22 ސެޕްޓެމްބަރ

September 22, 2017 15
ފީފާ އެވޯޑަށް މެސީ، ރޮނާލްޑޯ އަދި ނޭމާ ވާދަކުރަނީ

ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 22) - ފީފާ އިން މިދިޔަ އަހަރު އަލަށް ތައާރަފްކުރި ފީފާ ބެސްޓް އެވޯޑްގެ އެންމެ މޮޅު ކުޅުންތެރިއަކަށް މި ފަހަރު ބާސެލޯނާގެ ލިއޮނަލް މެސީ އާއި އެންމެ ފަހުން އެ އެވޯޑް ހޯދި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ޕީއެސްޖީގެ ނޭމާ ޝޯޓްލިސްޓްކޮށްފި އެވެ.

18 ސެޕްޓެމްބަރ

September 18, 2017 8
"ނޭމާ އާއި ކަވާނީއާ ދެމެދުގައި މައްސަލައެއް ނެތް"

ޕެރިސް (ސެޕްޓެމްބަރު 18) - ޕީއެސްޖީގެ ކުރިއަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ އެޑިސަން ކަވާނީ އާއި ނޭމާގެ ދެމެދުގައި މައްސަލައެއް ނެތް ޖެހިފައިނުވާ ކަމަށް އެޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

23 އޯގަސްޓް

August 23, 2017 3
ނޭމާ އަށް ދިން ބޯނަސް އަނބުރާ ހޯދަނީ

ބާސެލޯނާ (އޮގަސްޓް 23) – ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވެފައިވާ ބްރެޒިލް ފޯވާޑް ނޭމާ އަތުން 8.5 މިލިއަން ޔޫރޯ ހޯދަން ބާސެލޯނާ އިން މަސައްކަތް ފަށައިފި އެވެ.

21 އޯގަސްޓް

August 21, 2017 10
ބާސާގެ ބޯޑް މެމްބަރުންނަށް މައާފެއް ނެތް: ނޭމާ

ޕެރިސް (އޮގަސްޓް 21) - ބާސެލޯނާ ދޫކޮށްލީ ކްލަބާ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށާއި އެހެން ނަމަވެސް އެ ކްލަބް ބޯޑް މެމްބަރުންނަށް މައާފް ނުކުރާނެ ކަމަށް އެ ޓީމު ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ބްރެޒިލްގެ ތަރި ނޭމާ ބުނެފި އެވެ.

14 އޯގަސްޓް

August 14, 2017 9
ފުރަތަމަ މެޗުގައި ވެސް ނޭމާގެ ފަރާތުން މޮޅު ކުޅުމެއް

ގުއިންގޭމްޕް، ފްރާންސް (އޮގަސްޓް 14) – ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް ޕީއެސްޖީން ގަތް ބްރެޒިލް ފޯވާޑް ނޭމާ އެ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ރޭ ލަނޑު ޖަހައިފި މޮޅު ކުޅުމެއް ދައްކައިފި އެވެ.

09 އޯގަސްޓް

August 09, 2017 2
ނޭމާގެ ޓްރާންސްފާ ޔުއެފާ އިން ތަހުގީގު ކުރާނެ

ޒިއުރިކް، ސްވިޒަލެންޑް (އޮގަސްޓް 9) - ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ބަދަލުވި ބްރެޒިލްގެ ނޭމާގެ ޓްރާންސްފާ ކަންތައްތައް ދިޔައީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވައިދުތަކާ އެއްގޮތަށްތޯ ބެލުމަށް ޔުއެފާ އިން އެކަން ތަހުގީގުކުރާނެ ކަމަށް ބުނެފި އެވެ.

06 އޯގަސްޓް

August 06, 2017 3
ނޭމާ އަށް ރޭގެ މެޗުގައި ކުޅެވޭ ގޮތެއް ނުވި

ޕެރިސް (އޮގަސްޓް 6) – ނޭމާގެ އިންޓަނޭޝަނަލް ޓްރާންސްފާ ސެޓިފިކެޓް ޕީއެސްޖީ އަށް ގަޑިއަށް ހުށަހެޅިފައިނުވާތީ، އޭނާ އަށް ރޭ ޕީއެސްޖީ އަށް ފުރަތަމަ މެޗު ކުޅެވޭ ގޮތެއް ނުވި އެވެ.

05 އޯގަސްޓް

August 05, 2017 12
ފައިސާގެ ދަހިވެތިކަމެެއް ނެތް: ނޭމާ

ޕެރިސް (އޮގަސްޓް 5) - ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވީ ފައިސާގެ ބޭނުމުގައި ނޫން ކަމަށާއި ކެރިއަރުގައި އާ ފެށުމަކާ އެކު ޕީއެސްޖީ އަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށް އެ ޓީމާ ދާދި ފަހުން ދުނިޔޭގެ ރެކޯޑް އަގަކަށް ގުޅުނު ބްރެޒިލްގެ ތަރި ނޭމާ ބުނެފި އެވެ.

04 އޯގަސްޓް

August 04, 2017 7
ނޭމާ 222 މިލިއަން ޔޫރޯގެ އަގަކަށް ބާސާ ދޫކޮށްލައިފި

ބާސެލޯނާ (އޮގަސްޓް 4) – ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް އެންމެ އަގުބޮޑުކޮށް ކްލަބް ބަދަލުކުރި ކުޅުންތެރިއާގެ ގޮތުގައި ބްރެޒިލްގެ ނޭމާ ސްޕެއިނުގެ ބާސެލޯނާ ދޫކޮށް ފްރާންސުގެ ޕީއެސްޖީ އަށް ބަދަލުވެއްޖެ އެވެ.

03 އޯގަސްޓް

August 03, 2017 16
ބާސެލޯނާ އިން ހަތިޔާރު ބަހައްޓައިފި، ނޭމާ ޕެރިހަށް!

ޕެރިސް (އޮގަސްޓް 3) – ބްރެޒިލްގެ ތަރި ނޭމާ މަޑުކުރުވުމުގެ މަސައްކަތުގައި ބާސެލޯނާ އިން އިއްޔެ ބަލި ގަބޫލުކޮށްފައިވާއިރު ދުނިޔޭގެ ރެކޯޑް އަގަކަށް އޭނާ ފްރާންސުގެ ޕީއެސްޖީއާ ގުޅި ކުރިއަށް އޮތް ހަފުތާ ބަންދުގައި އެ ޓީމުން އޭނާ ރަސްމީކޮށް އިއުލާންކުރާނެ އެވެ.

02 އޯގަސްޓް

August 02, 2017 1
ނޭމާގެ ބޯނަސް ހިފަހައްޓަން ބާސެލޯނާ އިން ނިންމައިފި

ބާސެލޯނާ (އޮގަސްޓް 2) - ޕީއެސްޖީ އަށް ބަދަލުވާން އުޅޭކަމުގެ އަޑު ފެތުރިފައިވާ ބާސެލޯނާގެ ތަރި ނޭމާ އަށް އެ ޓީމުން ދޭން ޖެހޭ ބޯނަސް ހިފަހައްޓަން އެ ކްލަބްގެ ބޯޑުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.