01 އޯގަސްޓް

August 01, 2017 4
ޕީއެސްޖީގެ މައްސަލަ ބާސާ އިން ޔުއެފާ އަށް ހުށަހަޅަނީ

ބާސެލޯނާ (އޮގަސްޓް 1) - ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ އަށް ޕީއެސްޖީން ކޮށްފައިވާ 220 މިލިއަން ޔޫރޯގެ ބިޑަކީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވައިދުތަކާ ހިލާފަށް ކޮށްފައިވާ ބިޑެއް ކަމަށް ބުނެ ޕީއެސްޖީގެ މައްސަލަ ބާސެލޯނާ އިން ޔުއެފާ އަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

29 ޖުލައި

July 29, 2017 13
މެސީގެ ހިޔަނީގައި ކުޅެން ނޭމާ ބޭނުމެއްނުވޭ: ރިޕޯޓް

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 29) - ބާސެލޯނާ ދޫކޮށްލަން ބްރެޒިލްގެ ތަރި ނޭމާ ބޭނުންވަނީ ލިއޮނަލް މެސީގެ ހިޔަނީގައި ހުރެގެން އިތުރަށް ކުރިއަށް ނުދެވޭނެތީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

28 ޖުލައި

July 28, 2017 4
ފަހު ގޮތް ނިންމާނީ ނޭމާ: ބާސާގެ ރައީސް

ބާސެލޯނާ (ޖުލައި 28) – ބާސެލޯނާ އިން ނޭމާ މަޑުކުރުވަން ބޭނުންވާ ކަމަށާއި އެކަމަކު ކުރިމަގާ މެދު ގޮތެއް ނިންމާނީ ސީދާ އޭނާ ކަމަށް ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއޫ ވިދާޅުވެއްޖެ އެވެ.

27 ޖުލައި

July 27, 2017
ބާސެލޯނާ ކުޅުންތެރިން އެދެނީ ނޭމާ މަޑުކުރަން

ބާސެލޯނާ (ޖުލައި 27) - ޕީއެސްޖީގެ ހުށަހެޅުމަށް ނޫނެކޭ ބުނެ ބާސެލޯނާގައި މަޑުކުރުމަށް ނޭމާ ގާތުގައި އެ ޓީމުގެ ގިނަ ކުޅުންތެރިތަކެއް އެދިއްޖެ އެވެ.

25 ޖުލައި

July 25, 2017 2
ބްރެޒިލް ދެ ތަރިން ގެންނާނެ ކަމަށް ބާސާ ވައުދުވެއްޖެ

ބާސެލޯނާ (ޖުލައި 25) – ޕީއެސްޖީ އަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާ އެ ކްލަބުގައި މަޑުކުރޭތޯ ބާސެލޯނާ އިން އަންނަނީ ލައްކަ މަސައްކަތްކުރަމުންނެވެ. އެގޮތުން އޭނާއާ އެކު ބްރެޒިލް ގައުމީ ޓީމަށް ކުޅޭ ދެ ކުޅުންތެރިއަކު ގެންނަން ބާސެލޯނާ އިން ނޭމާ ގާތު ވައުދުވެދައިވާ ކަމަށް...

24 ޖުލައި

July 24, 2017 2
ޕީއެސްޖީ އަށް ނުގޮސް ޔުނައިޓެޑުގެ އޮފާއަކަށް މަޑުކުރަން ރޮނާލްޑޯ އެދިއްޖެ

މެޑްރިޑް (ޖުލައި 24) – ޕީއެސްޖީ އަށް ބަދަލުނުވެ މެންޗެސްޓާ ޔުނައިޓެޑުގެ ފުރުސަތަކަށް މަޑުކުރުމަށް ބާސެލޯނާގެ ފޯވާޑް ނޭމާ ގާތު ވާދަވެރި ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެދިއްޖެ ކަމަށް ސްޕެއިނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

23 ޖުލައި

July 23, 2017 2
ނޭމާ ހޯދަން 220 މިލިއަަން ޔޫރޯ ހޭދަކުރެވޭނެތަ؟

ޕެރިސް (ޖުލައި 23) - ބާސެލޯނާ އިން ނޭމާއާ އެކު އެންމެ ފަހުން ހެދި ކޮންޓްރެކްޓްގައި އޭނާ ވިއްކާލަން އެއްބަސްވާ އަގަކަށް ހަމަޖައްސާފައިވަނީ 220 މިލިއަން ޔޫރޯ އެވެ. ރިޕޯޓްތައް ބުނާގޮތުން ނޭމާ އަށް ފްރާންސްގެ ޕީއެސްޖީން އެ އަގު ހުށަހަޅަން އޮތީ ތައްޔާރަށެވެ. އެހެން ނަމަވެސް ސުވާލު އުފެދިފައިވަނީ ޕީއެސްޖީން ނޭމާ އަށް މި އަގު ދޭނީ...

21 ޖުލައި

July 21, 2017 1
އެއްވެސް އަގެއްގައި ނޭމާ ނުވިއްކާނަން: ބާޓޮމެއު

ބާސެލޯނާ (ޖުލައި 21) - އެއްވެސް އަގެއްގައި ބްރެޒިލްގެ ތަރި ނޭމާ ނުވިއްކާނެ ކަމަށް ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވިދާޅުވެއްޖެ އެެވެ.

19 ޖުލައި

July 19, 2017 1
ނޭމާގެ ބިޑަކީ ވެރާޓީ މައްސަލައިގެ ބަދަލު ހިފުމެއް

ބާސެލޯނާ (ޖުލައި 19) - ޕީއެސްޖީން ބާސެލޯނާގެ ތަރި ނޭމާ ގެންނަން އޭނާގެ ކޮންޓްރެކްޓްގައި ބުނާ 220 މިލިއަން ޔޫރޯ ހުށަހެޅީ އިޓަލީގެ މާކޯ ވެރާޓީ ގަންނަން ބާސެލޯނާ އިން ކުރާ މަސައްކަތުގެ ބަދަލު ހިފުމެއްގެ ގޮތުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

21 އެޕްރީލް

April 21, 2017 2
ނޭމާގެ އެޕީލް ކާމިޔާބެއް ނުވި، ކްލަސިކޯގައި ނުކުޅެވޭނެ

މެޑްރިޑް (އޭޕްރިލް 21) - އަންނަ އާދިއްތަ ދުވަހު ސްޕެނިޝް ލީގުގައި އޮންނަ އެލް ކްލަސިކޯ މެޗުގައި ކުޅުމުގެ ފުރުސަތު ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ އަށް ގެއްލިއްޖެ އެވެ.

12 އެޕްރީލް

April 12, 2017 5
ސަސްޕެންޝަނާ ގުޅިގެން ނޭމާއަށް ރެއާލް މެޗު ގެއްލިއްޖެ

ބާސެލޯނާ (އޭޕްރިލް 12) – ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ބާސެލޯނާގެ ފޯވާޑް ނޭމާ ތިން މެޗަށް ސަސްޕެންޑްކުރުމާ ގުޅިގެން އޭނާ އަށް ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

21 މާޗް

March 21, 2017 3
އިނގިރޭސި ޕްރިމިއާ ލީގަށް ނޭމާ ޝައުގުވެރިވޭ

ބާސެލޯނާ (މާޗް 21) - މުސްތަގުބަލުގައި އިނގިރޭސި ކްލަބަކުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ ބުނެފި އެވެ.

23 ނޮވެމްބަރ

November 23, 2016 6
ނޭމާ ދެ އަހަރަށް ޖަލަށް ލާން ކޯޓުގައި އެދިއްޖެ

ބާސެލޯނާ (ނޮވެމްބަރު 23) – ބްރެޒިލްގެ ފޯވާޑް ނޭމާ ސްޕެއިނުގެ ބާސެލޯނާ އަށް ބަދަލުވި ޓްރާންސްފާގައި ހިމެނޭ ކޮރަޕްޝަނުގެ އަމަލުގައި ނޭމާ ބައިވެރިވެފައިވާތީ އެކަމުގެ އަދަބެއްގެ ގޮތުން އޭނާ ދެ އަހަރަށް ޖަލަށްލައި 10.6 މިލިއަން ޖޫރިމަނާކުރަން ޕްރޮސެކިއުޓަރުން ކޯޓުގައި އެދިއްޖެ އެވެ.

12 ސެޕްޓެމްބަރ

September 12, 2016
ނޭމާ އަށް ޕީއެސްޖީން 190 މިލިއަން ޔޫރޯ ހުށަހެޅި

ބާސެލޯނާ (ސެޕްޓެމްބަރު 11) - ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާ ގަތުމަށް ފްރާންސުގެ ޕީއެސްޖީން 190 މިލިއަން ޔޫރޯ ހުށަހެޅި ކަމަށް އޭނާގެ އޭޖެންޓް ވެގްނާ ރިބެއިރޯ ބުނެފި އެވެ.

18 އޯގަސްޓް

August 18, 2016
ނޭމާގެ ރެކޯޑް ލަނޑާ އެކު ބްރެޒިލް ފައިނަލަށް

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 18) - އޮލިމްޕިކްސްގެ ފުޓްބޯޅައިގެ ތާރީހުގައި ޖެހި އެންމެ އަވަސް ލަނޑު ނޭމާ ކާމިޔާބުކުރިި މެޗުން ހޮންޑިއުރަސް އަތުން 6-0 އިން މޮޅުވެ ބްރެޒިލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

14 އޯގަސްޓް

August 14, 2016 2
ނޭމާގެ ލަނޑާ އެކު ބްރެޒިލް ސެމީ އަށް

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 14) - އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ރޭ ކެޕްޓަން ނޭމާގެ ލަނޑާ އެކު 2-0 އިން ކޮލަމްބިއާ ބަލިކޮށް ބްރެޒިލް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

05 އޯގަސްޓް

August 05, 2016
ދެކުނު އެފްރިކާ އިން ބްރެޒިލް ހިފަހައްޓައިފި

ބްރެސިލިއާ، ބްރެޒިލް (އޮގަސްޓް 5) - އޮލިމްޕިކް ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވިޔަނުދީ ދެކުނު އެފްރިކާ އިން ހިފަހައްޓައިފި އެވެ.

03 އޯގަސްޓް

August 03, 2016
ނޭމާގެ އެހީގައި ބްރެޒިލަށް ރަން މެޑަލް ހޯދޭނެ: ކޯޗު

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 3) - އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ނުކުރެވުނު ނަމަވެސް އަމިއްލަ ގައުމުގައި ބާއްވާ އޮލިމްޕިކްސްގެ ފުޓްބޯޅައިން ބްރެޒިލަށް ނޭމާގެ އެހީގައި ރަން މެޑަލް ހޯދޭނެ ކަމަށް ބްރެޒިލް ޓީމުގެ ކޯޗު ރޮޖެރިއޯ މައިކަލް ބުނެފި އެވެ.

01 ޖުލައި

July 01, 2016 1
ބާސެލޯނާގައި މަޑުކުރަން ނޭމާ ނިންމައިފި

ބާސެލޯނާ (ޖުލައި 1) - ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ނޭމާ އެ ޓީމުގައި މަޑުކުރަން ނިންމައިފި ކަމަށް ކްލަބްގެ ރައީސް ޖޯސެފް ބާޓޮމެއު ވިދާޅުވެއްޖެ އެވެ.

17 މެއި

May 17, 2016 1
އޮލިމްޕިކް ގޯލްޑް ހޯދުން މާ މުހިންމު: ނޭމާ

އަންނަ މަހު އެމެރިކާގައި ފަށާ ކޮޕާ އެމެރިކާ އަށް ވުރެ އޯގަސްޓް މަހު އޮލިމްޕިކް ގޯލްޑް، ބްރެޒިލް އަށް ހޯދައި ދިނުމުގެ ފުރުސަތު މާ މުހިންމު ކަމަށް ނޭމާ ބުނެފި އެވެ.