25 ޑިސެމްބަރ

December 25, 2018 20
މާފަރު އެއާޕޯޓުގެ މަޝްވަރާތަކަށް އައިޝާ އަބޫދާބީ އަށް

ނ. މާފަރުގައި އަޅަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ މަޝްވަރާތަކަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މާދަމާ ފުރާވަޑައިގަތުމަށް ނިންމަވައިފި އެވެ.

23 ޑިސެމްބަރ

December 23, 2018 4
މާފަރު އެއާޕޯޓުގެ ކޮންޓްރެކްޓަރު ގޮވައިގެން ކޯޓަށް

ނ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓް އެޅުމަށް ހަވާލު ކުރި ސިންގަޕޫރުގެ ޓަފް ކުންފުނީގެ އަތުން މިލިއަނަކަށްވުރެ ގިނަ ޑޮލަރު (15 މިލިއަނަށްވުރެ ގިނަ ރުފިޔާ) ހޯދުމަށް އެއާޕޯޓުގެ ރަންވޭ ހަދާ ސަބް ކޮންޓްރެކްޓަރު ޖީކޭޑީ ކުންފުނިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

22 ޑިސެމްބަރ

December 22, 2018 13
މާފަރު އެއާޕޯޓް ހަވާލުކުރި ކުންފުނީގެ މައްސަލަ ޕޮލިހަށް

ނ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓް އެޅުމަށް ހަވާލު ކުރި ސިންގަޕޫރުގެ ޓަފް ކުންފުނިން، އެއާޕޯޓުގެ ރަންވޭ ހަދާ ސަބް ކޮންޓްރެކްޓަރު ޖީކޭޑީ ކުންފުނީގެ ތަކެއްޗަށް ގެއްލުން ދިން ކަމަށް ބުނެ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

16 ޑިސެމްބަރ

December 16, 2018 14
މާފަރު އެއާޕޯޓު މަޝްރޫއުގެ އޮޑިޓެއް ހަދަން ފަށައިފި

ނ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ޓަފް ކުންފުނިން ހިންގާ ބޮޑު މަޝްރޫއާ ގުޅޭ އޮޑިޓެއް ހަދަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

09 ޑިސެމްބަރ

December 09, 2018 11
ރައީސްގެ މަންދޫބެއްގެ ގޮތުގައި ސަމީރު ހެނބަދު އަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ނ. ހެނބަދު އަށް މިއަދު ވަޑައިގެންފި އެވެ.

05 ނޮވެމްބަރ

November 05, 2018 1
މޫވެންޕިކުން ރާއްޖޭގައި ހެދި ރިސޯޓް ހުޅުވައިފި

ސްވިޓްޒަލެންޑްގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ މޫވެންޕިކް ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ހެދި ފުރަތަމަ ރިސޯޓް ނ. ކުރެދިވަރުގައި ހުޅުވައިފި އެވެ.

04 ނޮވެމްބަރ

November 04, 2018 9
މާފަރު އެއާޕޯޓާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަނީ

ނ. މާފަރުގައި ހަދާފައިވާ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުންދާތީ ރީޖަނަލް އެއާޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަހުމަދު މަހްރީން ސަސްޕެންޑު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދެފި އެވެ.

01 ނޮވެމްބަރ

November 01, 2018 5
މާފަރުން ބޭރުކުރަން އުޅުނު ރުއްތައް އަނބުރާ ރަށަށް

ގަވާއިދާ ޚިލާފަށް ނ. މާފަރުން އުފުރައިގެން ހުއްދަ ނެތި އެ ރަށުން ބޭރުކުރަން އުޅުނު ބޮޑެތި ރުއްތައް ކޮޅުވެއްޓިއަކަށް ބަރުކުރިތާ ދެ ދުވަސް ފަހުން އަނބުރާ އެ ރަށަށް މިއަދު ބާލައިފި އެވެ.

10 ސެޕްޓެމްބަރ

September 10, 2018 30
ވޯޓުން ވައްކަން ކުރިޔަ ދީގެން ނުވާނެ: އިބޫ

ސަރުކާރުން ފައިސާ އިން ވައްކަން ކުރިކަމަށް ވިޔަސް، ވޯޓުން ވައްކަން ކުރިޔަ ދީގެން ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

September 10, 2018 14
އިބޫގެ ރައްދު ރައީސަށް: މިއީ ކޮކްޓެއިލް ކޯލިޝަނެއް

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އިދިކޮޅުން ހަދާފައިވާ އިއްތިހާދަކީ "ކޮކްޓެއިލް ކޯލިޝަނެއް" ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވާހަކަފުޅަށް، އެ...

September 10, 2018 13
އިބޫ ށ. އަދި ނ. އަތޮޅަށް، ފައިސަލް ތ. އަތޮޅަށް

މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ށ. އަތޮޅާއި ނ. އަތޮޅަށް އަދި އޭނާގެ ރަނިންމޭޓު ފައިސަލް ނަސީމް ތ. އަތޮޅަށް...

29 އޯގަސްޓް

August 29, 2018 42
ރައީސް ވެލިދުއަށް ވަޑައިގަތުމުން އެމްޑީޕީ ހަރުގެ ބަންދު

ރައީސް އަބްދުﷲ ޔާމީން މިރޭ ވެލިދު އަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ ދަތުރުފުޅާ ދިމާކޮށް، އެ ރަށުގައި ހުންނަ އެމްޑީޕީ ހަރުގޭގެ ބައެއް ސާމާނު ހިފަހައްޓައި، ފުލުހުން އެތަން...

August 29, 2018 62
އިދިކޮޅު ލީޑަރުން ތިބީ ފުޅިއެއްގައި ބަންދުވެފައި:ރައީސް

އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ "ފުޅިއެއް" ގެ ތެރޭގައި ބަންދުވެފައި ކަމަށާއި އެ "ފުޅީގެ" މަތި ނެންގުމުގެ ބާރު އޮތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުގައި އެކަނި...

27 އޯގަސްޓް

August 27, 2018 3
މޫވެންޕިކްގެ ފުރަތަމަ ރިސޯޓު ނޮވެމްބަރު މަހު ހުޅުވަނީ

ސުވިޓްޒަލެންޑްގެ މަޝްހޫރު ހޮޓެލް ޗެއިން، މޫވެންޕިކް ހޮޓެލްސް އެންޑް ރިސޯޓްސްގެ ފުރަތަމަ ރިސޯޓް ނ. ކުރެދިވަރުގައި އަންނަ ނޮވެމްބަރު މަހު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

August 27, 2018 28
ރައީސް ޔާމީން ނ. އާއި ރ. އަތޮޅަށް

ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކެއްގެ ނިމުން ފާހަގަ ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން، ނ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި...

23 އޯގަސްޓް

August 23, 2018 31
އިދިކޮޅުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އާންމުކޮށްފި

އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމުގެ ވައުދާ އެކު، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެންގުޅުއްވާނެ، ބޯހިޔާވަހިކަމުގެ ސިޔާސަތު މިރޭ އާންމު ކުރައްވައިފި އެވެ.

22 އޯގަސްޓް

August 22, 2018 37
ހިޔާނާތުގެ ފައިސާ ހުރިތަނަކުން ހޯދާނަން: އިބޫ

ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުނި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މައުލޫމާތު ދައުލަތުގެ އިދާރާތަކުން ހާމަ ކުރުމަށް ގޮވާލައްވައި އަދި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އެ ފައިސާ އަނބުރާ ދައުލަތަށް ހޯއްދަވައި ދެއްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)...

04 އޯގަސްޓް

August 04, 2018 33
މާފަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަނީ

ނ. މާފަރުގައި ހަދަމުން އަންނަ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމައި، ޓެސްޓު ފްލައިޓު އަންނަ ހަފުތާގައި ޖެއްސުމަށް ތައްޔާރުވެއްޖެ އެވެ.

10 ޖުލައި

July 10, 2018 3
ނޮކޫ މޯލްޑިވްސްގެ ނަމުގައި ކުޑަފުނަފަރު ހުޅުވަނީ

މަރާމާތަށް ފަހު ނ. ކުޑަފުނަފަރު، "ނޮކޫ މޯލްޑިވްސް"ގެ ނަމުގައި އަންނަ މަހު އެއްވަނަ ދުވަހު އަލުން ހުޅުވަން ނިންމައިފި އެވެ.

10 ޖޫން

June 10, 2018 50
ސައިކަލެއް ނެތް ފުރަތަމަ ރަށަކަށް ވާނީ ކުޑަފަރީތަ؟

ހިތްގައިމު ކުޑަ ރަށެކެވެ. މަގުމަތީގައި މިނިވަންކަމާ އެކު ކުޑަކުދިން ކުޅެ އުޅެ އެވެ. އުމުރުން ދުވަސްވީ މީހުން ފިކުރެއް ނެތި ހިނގާބިނގާވެ އުޅެ އެވެ. އެކަމަކު ދުއްވާއެއްޗެހި ގިނަވެ، ނ. ކުޑަފަރީގެ މި އަމާން މާހައުލު ބީވެގެން ހިނގައިދާނެ ކަމުގެ ބިރުހީވާން ވަނީ ފަށައިފަ އެވެ. ކުޑަފަރީއަކީ އާއްމުކޮށް ދުއްވާ އެއްވެސް ވެހިކަލެއް ނެތް...

27 މެއި

May 27, 2018 42
ދެ ޒުވާނުންގެ މަރާއެކު ހޮޅުދު އަށް ހިތްދަތިކަން

އިރުފުށި ރިސޯޓުގެ ދޯންޏެއްގައި މަސައްކަތް ކުރާ، ނ. ހޮޅުދޫ ވިނަރެސް، އަހުމަދު އަދީލް 26، އޭނާގެ ރަށަށް އިއްޔެ ދިޔައީ ލިބުނު ޗުއްޓީ ދުވަހު އާއިލާ އާއި ގާތް އެކުވެރިންގެ ގާތުގައި...

May 27, 2018 41
ސައިކަލާއެކު މޫދަށް ވެއްޓި އަންހެނަކާއި ފިރިހެނަކު މަރު

ނ. ހޮޅުދޫގައި މިރޭ، ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މޫދަށް ވެއްޓި ޒުވާން އަންހެނަކާއި ފިރިހެނަކު މަރުވެއްޖެ އެވެ.

20 އެޕްރީލް

April 20, 2018 31
ކުންނާރު އޮށެއް ކަރުގައި ތާށިވެގެން ކުއްޖަކު މަރުވެއްޖެ

ނ. ކެނދިކުޅުދޫގައި އުމުރުން ހަ އަހަރުގެ ކުއްޖަކު ކެއި ކުންނާރު އޮށެއް ކަރު ތެރޭގައި ތާށިވެގެން އެ ކުއްޖާ މިރޭ މަރުވެއްޖެ އެވެ.

15 މާޗް

March 15, 2018 8
މާފަރު އެއާޕޯޓު ހެދުމުގެ މަސައްކަތް ފަށައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީ ފަންޑުން ނ. މާފަރުގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ.