05 އޮކްޓޯބަރ

October 05, 2016 9
"ޕާޓީ ހިންގަންވީ ގޮތް ސަރުކާރުން ކިިޔައިދޭކަށް ނުޖެހޭ"

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހިންގުމާ ބެހި، ކަންކަން ކުރަންވީ ގޮތް ސަރުކާރުން ކިޔައިދޭން ނުޖެހޭ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

October 05, 2016 23
މަންދޫބުން ބަދަލުކުރަން ޕީޕީއެމުން އެއްބަހެއް ނުވި!

ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބައިވެރިވާނެ މަންދޫބުން ކައުންސިލުން ކަނޑައެޅެން ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީނަށް، ކުރީގެ ރައީސް އަދި...

October 05, 2016 2
އދ. އިން މަޝްވަރާ ކުރިއަށް ގެންގޮސްދޭން އެދިއްޖެ

ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އދ. އިން މެދުވެރިއެއްގެ ރޯލު އަދާކޮށްދިނުމަށް އަދާލަތު ޕާޓީން ހުށަހަޅައިފި އެވެ.

03 އޮކްޓޯބަރ

October 03, 2016 6
އަލްހާން އެމްޑީޕީން ވަކިކުރުމަށް ހުށަހަޅައިފި

އެމްޑީޕީގެ މަސްލަހަތަށާއި ޕާޓީއަށް ގެއްލުން ލިބޭ ގޮތަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބުނެ، އެ ޕާޓީން އަލްހާން ފަހުމީ ވަކިކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 މެމްބަރުން ސޮއިކޮށް ހުށަހަޅައިފި އެވެ.

01 އޮކްޓޯބަރ

October 01, 2016 28
ސަބްސިޑީގެ ކުރިން ހުއްޓަންވީ ބޭކާރު ޚަރަދު: އެމްޑީޕީ

ކާޑުގެ ބާވަތްތަކުގެ ސަބްސިޑީ ކަނޑާލަން ސަރުކާރަށް ޖެހުނީ ބޭކާރު ޚަރަދުތައް ގިނަވެގެން ކަމަށާއި ސަބްސިޑީ ކަނޑާލުމުގެ ބަދަލުގައި ހުއްޓާލަންވީ ސަރުކާރުގެ ބޭކާރުގެ ޚަރަދުތައް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

28 ސެޕްޓެމްބަރ

September 28, 2016 21
ކޮމަންވެލްތުން ވަކިވާ އިންޒާރަކީ ދަށު ދަރަޖައިގެ ކަމެއް

ކޮމަންވެލްތު މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ރާއްޖެ އަށް ހުށަހެޅި ކަންކަން އިސްލާހުނުކޮށް އެ ޖަމާއަތުން ވަކިވާން އިންޒާރު ދިނުމަކީ ސަރުކާރުގެ އިސް ބޭފުޅުން ކުރައްވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަަމަށް އަދާލަތު ޕާޓީގެ ރައީސް އަލީ ޒާހިރު އިއްޔެ ވިދާޅުވެއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2016 18
ލީޑަރުން މިނިވަންކުރުމަކީ އެމްޑީޕީ/އަދާލަތުގެ އަމާޒެއް

ސަރުކާރާ އެކު ފަށާ މަޝްވަރާތަކުގައި، ޓެރަރިޒަމްގެ ހުކުމް އިއްވާފައިވާ ސިޔާސީ ލީޑަރުން މިނިވަންކުރަން އަމާޒު ހިފާނެ ކަމަށް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

September 27, 2016 21
ސީމެގްގެ ހުށަހެޅުމާ އެއްގޮތަށް އެމްޑީޕީ މަޝްވަރާ ކުރަނީ

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ހުށަހެޅުމާ އެއްގޮތަށް މައްސަލަތަކަށް ހައްލު ހޯދަން، ސަރުކާރުން ކަނޑައަޅާ ތާރީހެއްގައި މަޝްވަރާ އަށް ދާނެ ކަމަށް އިދިކޮޅު...

25 ސެޕްޓެމްބަރ

September 25, 2016 57
ކޮމަންވެލްތުން ވަކިވުމަކީ ވިސްނުމެއް ނޫން: ޝައިނީ

ކޮމަންވެލްތުން ރާއްޖެ ވަކިވުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި ހުރިހާ ފަރާތްތަކުގެ މަޝްވަރާ އަށް މި ހަފުތާގައި އަނެއްކާވެސް ގޮވާލާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ....

September 25, 2016 2
މަހްލޫފްގެ އިސްތިއުނާފް ޝަރީއަތް އަވަސްކޮށްދޭން އެދެފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިއްވާފައިވާ ހަ މަހުގެ ޖަލު ހުކުމް އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ...

24 ސެޕްޓެމްބަރ

September 24, 2016 31
އިސްލާހުވާން ރާއްޖެއަށް އޮތީ ހަނި ފުުރުސަތެއް: ޖަމީލް

ރާއްޖޭގެ ކަންކަން އިސްލާހު ކުރަން ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް(ސީމެގް) އިން ރާއްޖެއަށް ދީފައިވަނީ ހަނި ފުރުސަތެއް ކަމަށާއި އިސްލާހު ނުވެއްޖެ ނަމަ ރާއްޖެ ބާކީވެގެންދާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

22 ސެޕްޓެމްބަރ

September 22, 2016
އެމްޑީޕީ ގައުމީ މަޖިލީހުގެ ތިން މެމްބަރުން ދޫކޮށްލައިފި

އިދިކޮޅު ކޯލިޝަނުން މިމަހު މާލޭގައި ބޭއްވި މުޒާހަރާގައި ހައްޔަރުކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތިން މެމްބަރުން މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

14 ސެޕްޓެމްބަރ

September 14, 2016 114
މައުމޫނަށް މާފުކޮށްފިން، ގުޅެން ވާހަކަދައްކަން: ނަޝީދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މާފުކުރައްވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ކުރާ މަސައްކަތުގައި މައުމޫނާ ގުޅެން މަޝްވަރާކުރަމުން އަންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.

11 ސެޕްޓެމްބަރ

September 11, 2016 37
އިދިކޮޅު އިއްތިހާދު: ރުހުމާއި ނުރުހުމުގެ ލޮލަކުން

"ވަތަން އެދޭ ގޮތަށް" ނަމުގައި ކުރީގެ ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރަން ބޮޑު އިއްތިހާދެއް އެކުލަވާލި އެވެ. ޖީއެމްއާރު އަތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ހޯދަން "23 ޑިސެމްބަރު އިއްތިހާދުގެ ނަމުގައި ސިޔާސީ ބޭފުޅުން އެއް ވަލެއްގައި ހިއްޕެވި އެވެ. ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމަށް ވަޑައިގަތީ...

08 ސެޕްޓެމްބަރ

September 08, 2016 34
ރާއްޖެ ސަލާމަތް ކުރަން ޖެހޭ، މަސައްކަތް އެބަކުރަން

ރާއްޖެ ސަލާމަތްކުރަން ޖެހޭ ކަމަށާއި އިދިކޮޅު އިއްތިހާދުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

07 ސެޕްޓެމްބަރ

September 07, 2016 36
ރައީސްގެ ތަހުގީގެއް ހިންގާނެ ކަމަށް ބެލެވޭ: ޖަމީލް

ރައީސް އަބްދުﷲ ޔާމީންގެ ބައިވެރިވެވަޑައިގަތުމާ އެކު ދިވެހި ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަނާއި ޖަރީމާތަކަށް އަލް ޖަޒީރާ އިން ތައްޔާރުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން ބައިނަލްއަގުވާމީ އަމުރެއް ނެރެ ރައީސް ހައްޔަރުކޮށް ޖިނާއީ ތަހުގީގެއް ހިންގާނެ ކަމަށް ބެލެވޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް...

September 07, 2016 146
ރައީސާ ދެކޮޅަށް ހެއްކާއި ގަރީނާއެއް ނެތް: ތަރުޖަމާން

އަލް ޖަޒީރާގެ ޑޮކިޔުމެންޓަރީގައި ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ އެއްވެސް ތުހުމަތެއްގައި ހެއްކާއި ގަރީނާއެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ...

September 07, 2016 6
ގާނޫނާ ހިލާފު ކަމެއް މައުމޫން ނުކުރައްވާނެ: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން އިދިކޮޅު އިއްތިހާދުން ކުރާ މަސައްކަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅިވަޑައިގެން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް...

06 ސެޕްޓެމްބަރ

September 06, 2016 94
މައުމޫން ވެސް އިންތިގާލީ ސަރުކާރުގައި ހިމެނޭނެ: ނަޝީދު

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކޮށް، ދެން އުފައްދާ އިންތިގާލީ ސަރުކާރުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

September 06, 2016 86
ވަރަށް އަވަހަށް އެނބުރި ރާއްޖެ ދާނަން: ނަޝީދު

ވަރަށް އަވަހަށް އަނެއްކާވެސް ސްރީ ލަންކާ އަށް ވަޑައިގަންނަވާނެ ކަމަށާއި އެ ދަތުރުފުޅުގައި އެނބުރި ރާއްޖެ އަށް ވެސް ވަޑައިގެންނެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް...

September 06, 2016 145
އާ ޑޮކިއުމެންޓްރީ ދެކެ ސަރުކާރު ބިރުން، ކީއްވެ؟

ރާއްޖެއާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި "ސްޓީލިން ޕެރަޑައިސް"އާ އެކު ސަރުކާރުގެ އެޖެންޑާގެ އެންމެ ކުރީގައި މިހާރު އޮތީ ޑިފެންސަށް ކުޅުމެވެ. ކޮރަޕްޝަނާއި ޖަރީމާތައް އެ...

05 ސެޕްޓެމްބަރ

September 05, 2016 35
ނަޝީދު ލަންކާއިން ފުރާވަޑައިގެންފި

ރާއްޖެއާ ގުޅޭ މުހިއްމު ބައްދަލުވުންތަކަކަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސްރީ ލަންކާ އަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެ ގައުމުން ފުރާވަޑައިގެންފި އެވެ.

31 އޯގަސްޓް

August 31, 2016 25
އިލްޔާސަށް ކުރަނީ ސަރުކާރު ވައްޓާލަން ރާވާ ކަމުގެ ތުހުމަތު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބް ހައްޔަރުކުރަން ފުލުހުން ކްރިމިނަލް ކޯޓުން އަމުރު ހޯދާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ރާވާކަމުގެ ތުހުމަތުކޮށްފައި ކަމަށް އިލްޔާސްގެ ވަކީލް ނާޒިމް ސައްތާރު މިރޭ ވިދާޅުވެއްޖެ އެވެ.

August 31, 2016 5
އިލްޔާސް ޕޮލިހަށް ހާޒިރުކޮށް ފޯނު އަތުލައިފި

ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބް ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށް މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރުކޮށް ފޯނު އަތުލައިފި އެވެ.

August 31, 2016 90
ނަޝީދު ކުރަނީ ޑިމޮކްރެސީގެ މަސައްކަތް، ކަންބޮޑެއް ނުވޭ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގައި ކުރައްވަނީ ޑިމޮކްރެސީގެ މަސައްކަތްޕުޅު ކަމަށާއި އެހެންވެ އެ ކަމާ ކަންބޮޑު ނުވާ ކަމަށް ލަންކާ ސަރުކާރުން މިއަދު ބުނެފި އެވެ.

30 އޯގަސްޓް

August 30, 2016 18
މަހުލޫފްގެ މެސެޖް: "ހިތްވަރުގަދަކުރޭ، ވެއްޓެނީ"!

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން ކުރާ މަސައްކަތުގައި ވަރަށް އަވަހަށް ކާމިޔާބީ ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެ ރައްޔިތުން ހިތްވަރުގަދަކުރުމަށް، ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އިއްޔެ އެދިވަޑައިގެންފި އެވެ.

August 30, 2016 38
ނަޝީދު ލަންކާގައި، ޖަމީލް އަދި ވަޑައެއްނުގަންނަވާ!

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ މުހިއްމު ބައްދަލުވުންތަކަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާގައި އަދިވެސް ހުންނެވިއިރު ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު އިއްތިހާދުގެ...

August 30, 2016 54
"ރައްޔިތުންގެ މީޑިއާ" އަބަދުވެސް ސަރުކާރު ކޮޅުގައި!

ހިޔާލުފާޅުކުރުން ހުއްޓުވުގެ ގާނޫނު ތަސްދީގުކުރުމާ އެކު، ރާއްޖޭގެ ވެރިކަން ކުރެއްވި ދެ ރައީސެއްގެ "އަބުރު ކަތިލައި" ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމުން) ގެނެސްދިން ރިޕޯޓުން...

26 އޯގަސްޓް

August 26, 2016 72
އިދިކޮޅު ޓީމު މޮޅުވާން ޖެހޭނީ ކުޅެގެން: މަސީހު

ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި އޮތީ މޮޅަށް ކުޅޭ ޓީމު ކަމަށާއި އިދިކޮޅު ޓީމު މޮޅުވާން ޖެހޭނީ ކުޅެގެން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިދިކޮޅު...

August 26, 2016 43
ބާރުވެރިންނަކީ ރައްޔިތުން، ރައީސެއް ނޫން: ޖަމީލް

ބާރު އަބަދުވެސް އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަތްޕުޅުގައި ބާރެއް ނެތް ކަމަށް އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު...

25 އޯގަސްޓް

August 25, 2016 116
"ދުވަސްކޮޅެއްގެ ތެރޭގަ ސަރުކާރު ވައްޓާލަން ރާވާފައިވޭ"

ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދިވެހި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން މިއަދު ބުނެފި އެވެ.

12 އޯގަސްޓް

August 12, 2016 8
ހުރިހާ މިނިވަންކަމެއް ލިބުނީ ޚިޔާލުފާޅުކުރީތީ

ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުން ލިބުނު މިންވަރެއްް ލިބުނީ ހިޔާލުފާޅުކުރީތީ ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ޔުނައިޓެޑް އޮޕޮޒިޝަންގެ ޝެޑޯ މިނިސްޓަރު މުހައްމަދު ޝިފާޒް މިރޭ ވިދާޅުވެއްޖެ އެވެ.

11 އޯގަސްޓް

August 11, 2016 7
އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރަކު ހައްޔަރުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި އެ ޕާޓީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމް ހައްޔަރުކޮށްފި އެވެ.