11 އެޕްރީލް

April 11, 2017 32
ގާނޫނުއަސާސީ މުގުރާއިރު ވަކީލުން ހަނު ތިބޭތީ ކަންބޮޑުުވޭ

ގާނޫނުއަސާސީ މުގުރަމުން ދާއިރު ގާނޫނީ ވަކީލުން އެއްވެސް އެއްޗެއް ނުބުނެ ތިބޭތީ ކަންބޮޑުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން...

April 11, 2017 16
އިދިކޮޅު ކޯލިޝަނުން އދ. ގެ ކޯޑިނޭޓަރާ ބައްދަލުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ސިޔާސީ އިދިކޮޅު ފަރާތްތައް ބަންދުކޮށްފައިވާ މައްސަލާގައި، އިދިކޮޅު ކޯލިޝަނުން ރާއްޖޭގައި ހުންނަވާ އދ. ރެޒިޑެންޓް ކޯޑިނޭޓަރާ މިއަދު...

07 އެޕްރީލް

April 07, 2017 108
ކުނޫޒު ހުންނަ މަގު ކުއްލިއަކަށް ހަދަން ފަށައިފި

އިދިކޮޅު ހަރަކާތުގެ ޖަލްސާތައް ބާއްވާ މ. ކުނޫޒު ހުންނަ މަގު ކުއްލި ގޮތަކަށް މިރޭ ހަދަން ފަށައިފި އެވެ.

03 އެޕްރީލް

April 03, 2017 38
މަޝްވަރާ އަށް ގޮވާލަން ސަރުކާރުން ލަދުގަންނަން ޖެހޭނެ

އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރުމުގެ ހިތްވަރެއް ސަރުކާރުގެ ކިބައިގައި ނެތް ކަމަށާއި މަޝްވަރާގެ މޭޒަށް ދިއުމަށް ގޮވާލަން ސަރުކާރު ލަދުގަންނަން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

31 މާޗް

March 31, 2017 33
ސަރުކާރުގެ ގާނޫނީ ސައްހަކަމެއް މިހާރު ނެތް: ގާސިމް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތެއް މިހާރު ނެތް ކަމަށާއި އެ މަނިކުފާނު އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

28 މާޗް

March 28, 2017 65
ޕޮލިހަށް ގެންދިޔައީ ސަރުކާރަށް ހަޖަމް ނުވެގެން: ރިޔާޒް

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ރޭ ފުލުހަށް ހާޒިރުކޮށް، ފޯނު އަތުލީ އިސްލާހީ މަސައްކަތް ސަރުކާރަށް ހަޖަމުނުވެގެން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

27 މާޗް

March 27, 2017 29
އިދިކޮޅު ކޯލިޝަންގެ އެއްބަސްވުމަށް ޗަންދްރިކާގެ މަރުހަބާ

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ސޮއި ކުރި އެއްބަސްވުމަށް ސްރީ ލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ކުމާރަތުންގާ މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

13 އޮކްޓޯބަރ

October 13, 2016 8
ފައިސާގެ މައްސަލާގައި ޕީޕީއެމް އިދިކޮޅު ޕާޓީތަކާ އެކު

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައިވާ މައްސަލާގައި، ސަރުކާރު ހިންގާ ޕީޕީއެމް އިން އިދިކޮޅު ޕާޓީތަކާ އެއްގަލަށް އަރައި، އިލެކްޝަންސް ކޮމިޝަނަށް މިއަދު ފާޑު ކިޔައިފި އެވެ.

14 ސެޕްޓެމްބަރ

September 14, 2016 114
މައުމޫނަށް މާފުކޮށްފިން، ގުޅެން ވާހަކަދައްކަން: ނަޝީދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މާފުކުރައްވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ކުރާ މަސައްކަތުގައި މައުމޫނާ ގުޅެން މަޝްވަރާކުރަމުން އަންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.

11 ސެޕްޓެމްބަރ

September 11, 2016 37
އިދިކޮޅު އިއްތިހާދު: ރުހުމާއި ނުރުހުމުގެ ލޮލަކުން

"ވަތަން އެދޭ ގޮތަށް" ނަމުގައި ކުރީގެ ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރަން ބޮޑު އިއްތިހާދެއް އެކުލަވާލި އެވެ. ޖީއެމްއާރު އަތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ހޯދަން "23 ޑިސެމްބަރު އިއްތިހާދުގެ ނަމުގައި ސިޔާސީ ބޭފުޅުން އެއް ވަލެއްގައި ހިއްޕެވި އެވެ. ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމަށް ވަޑައިގަތީ...

05 އޯގަސްޓް

August 05, 2016 4
ކަންބޮޑުވުންތައް އަޑު އިވިއްޖެ: މުޓުންގާ

ރާއްޖޭގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް އެނގިއްޖެ ކަމަށާއި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، ހައްގުތައް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ކޮމަންވެލްތުން ރާއްޖެއަށް ކަނޑައެޅި މަންދޫބު ވިލީ މުޓުންގާ ވިދާޅުވެއްޖެ އެވެ.

24 ޖުލައި

July 24, 2016 20
ސިޔާސީ ހަރަކާތްތަކުން ބަންދުކުރާ މީހުންނަށް އެހީ ދެނީ

އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތެއްގައި ނުވަތަ ހައްގެއް ހޯދުމަށް ކުރާ މަސައްކަތެއްގެ ތެރެއިން ބަންދު ކުރާ މީހުންނަށް ފައިސާގެ އެހީ ދިނުމަށް އިދިކޮޅު އިއްތިހާދުން ނިންމައިފި އެވެ.

22 ޖުލައި

July 22, 2016 20
ރައީސް ޔާމީނަށް ތާއީދުކުރަން ސަބަބެއް ނެތް: ޖަމީލް

ރައީސް އަބްދުﷲ ޔާމީނަކީ ފިނޑިއެއް ކަމަށާއި އެމަނިކުފާނަށް ތާއީދު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އިދިކޮޅު އިއްތިހާދުގެ ރައީސް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިރޭ ވިދާޅުވެއްޖެ އެވެ.

19 ޖުލައި

July 19, 2016 33
ރާއްޖެ އަށް ވުރެ ސިޔާސީ މިނިވަންކަން އޮތް ގައުމެއްނެތް

ރާއްޖެ އަށް ވުރެ ބޮޑަށް ސިޔާސީ ހަރަކާތްތަކަށް ހުޅުވާލެވިފައިވާ އެހެން ގައުމެއް ދުނިޔޭގައި ވެސް ވަކި ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އިއްޔެ ވިދާޅުވެއްޖެ އެވެ.

18 ޖުލައި

July 18, 2016 22
މަހްލޫފަށް ހުކުމް ކުރާ މަޖިލިސް ސިއްރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް ކުރާ ޖިނާއީ ދައުވާއެއްގެ ހުކުމް އިއްވުމަށް މިއަދު ތާވަލްކޮށްފައިވާ މަޖިލިސް ކްރިމިނަލް ކޯޓުން ސިއްރުކޮށްފި އެވެ.

17 ޖުލައި

July 17, 2016 13
މަހްލޫފަށް މާދަމާ ހުކުމް ކުރަނީ

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފުގެ މައްޗަށް ކުރާ ދެ ދައުވާގެ ތެރެއިން އެއް ދައުވާގެ ހުކުމް މާދަމާ އިއްވަން ތާވަލްކޮށްފި އެވެ.

15 ޖުލައި

July 15, 2016 7
އިއްތިހާދުން މިނިސްޓަރު މުއިއްޒަށް ފާޑު ކިޔައިފި

ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އުފައްދާފައިވާ އިދިކޮޅު އިއްތިހާދާ ބެހޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކަށް އެ އިއްތިހާދުން މިރޭ ވަރަށް...

July 15, 2016 33
ހުއްދަ ނުދިނަސް، އަންނަ ހުކުރު ވިލޭރޭ ޖަލްސާ ބާއްވަނީ

އިދިކޮޅު އިއްތިހާދުން ރޭ ބާއްވަން އުޅުނު ޖަލްސާ ފަސް ކުރީ ބަޔަކު ދެކެ ބިރުން ނޫން ކަމަށާއި އަންނަ ހުކުރު ވިލޭރޭ ހުއްދަ ނުދިނަސް ޖަލްސާ ބާއްވާނެ ކަމަށް އެ އިއްތިހާދުން މި ރޭ ބުނެފި...

10 ޖުލައި

July 10, 2016 4
މަހްލޫފަށް ކުރި ފުރަތަމަ ދައުވާގެ އަޑުއެހުން ނިމިއްޖެ

ފިލަން މަސައްކަތް ކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.

03 ޖޫން

June 03, 2016 36
ކޯލިޝަނުގައި އަދީބު ހިމެނޭ ސަބަބު އެނގެން ޖެހޭ

ސިޔާސީ މައިދާނުން އެންމެ ގިނައިން ފެނި ގެއްލެނީ ކޯލިޝަންތައް ކަމަށް ވެދާނެ އެވެ. ސިޔާސީ ބާރުވެރިކަން ހޯދަން އޮންނަ އެންމެ ފަސޭހަ ގޮތަކީ އެންމެން އެއްވެ އެއް މިސްރާބަކަށް ދަތުރު ފެށުން ކަމަށް ވިޔަސް ވަކި ހިސާބަކުން އެކި މީހުން އެކި ދިމާލަށް ދާން ބޭނުންވެ އެންމެ ފަހުން އެއްބަޔަކު ކަނޑަށް ފުންމާލައިގެން ސަލާމަތްވަނީ އެވެ. އަނެއް...

01 ޖޫން

June 01, 2016 20
ހުދުމުހުތާރު ވެރިކަމަކަށް ދެން ފުރުސަތެއް ނެތް: ޖަމީލް

ދައުލަތުގެ ހުރިހާ ބާރުތައް މުށުތެރެއަށް ޖަމާކުރައްވައި ގާނޫނުތައް މުގުރައި ހުދުމުހުތާރުވެރިކަމެއް ކުރެއްވުމުގެ ފުރުސަތެއް އިދިކޮޅު އިއްތިހާދުން ރައީސް އަބްދުﷲ ޔާމީނަށް...

June 01, 2016 33
ރައީސް ޔާމީން މަގާމުން ދުރުކުރަން އެއްބަސްވެއްޖެ

ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކޮށް، 2018 ގެ ކުރިން އިންތިހާބެއް ބޭއްވުމުގެ އުއްމީދާއެކު އިދިކޮޅު އިއްތިހާދެއް އެކުލަވާލައި މިއަދު މަސައްކަތް ފަށައިފި އެވެ.

31 މެއި

May 31, 2016 54
އިދިކޮޅު ލީޑަރަކަށް ޖަމީލް ގެންނަން ނިންމައިފި

ސަރުކާރާ އިދިކޮޅު އިއްތިހާދެއް އެކުލަވާލައި، އެ ކޯލިޝަންގެ ލީޑަރަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އައްޔަންކުރަން ނިންމައިފިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

May 31, 2016 83
ބޭރުގައި އުޅޭކަށް ފަސޭހައެއް ނޫން، އެކަމަކު މަޖުބޫރު!

ފަތިހު 5:30 ގައި ތެދުވެވަޑައިގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އިސްކަން ދެއްވަނީ ދަރިން ސްކޫލަށް ފޮނުވުމަށެވެ. އޭގެ ފަހުން އެއް ގަޑިއިރުގެ ކަސްރަތެވެ. ބައެއް...