29 ޖޫން

June 29, 2020 5
ކަރާޗީ ސްޓޮކް އެކްސްޗޭންޖަށް ހަމަލާދީ ހަތް މީހުން މަރު

ކަރާޗީ (ޖޫން 29) - ޕާކިސްތާނުގެ ދެކުނުގެ ކަރާޗީގެ ސްޓޮކް އެކްސްޗޭންޖަށް ހަތިޔާރު ހިފައިގެން ތިބި ބަޔަކު މިއަދު ދިން ހަމަލާގައި ހަތް މީހުން މަރުވެއްޖެ އެވެ.

26 ޖޫން

June 26, 2020 10
ބިން ލާދިން އަކީ ޝަހީދެއް ކަމަށް ބުނުމުން ހޫނު ފެނަށް

އިސްލާމްއާބާދު (ޖޫން 26) - އަލްގައިދާ ޖަމާއަތުގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން އަކީ އެމެރިކާ އިން "ޝަހީދުކޮށްލި" މީހެއް ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ޕާލަމެންޓުގައި...

June 26, 2020 7
ޕީއައިއޭގެ ގިނަ ޕައިލެޓުންގެ އަތުގައި ފޭކް ލައިސަންސް

އިސްލާމްއާބާދު (ޖޫން 26) - ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ 150 އަށް ވުރެ ޕައިލެޓުންގެ އަތުގައި ފޭކް ލައިސަންސް އޮތްކަން އެނގުމާ އެކު އެ މީހުން މަގާމުން ދުރުކޮށްފި...

24 ޖޫން

June 24, 2020 1
ޖާސޫސްކުރާތީ ޕާކިސްތާނުގެ ޑިޕްލޮމެޓުން އިންޑިއާއިން ފޮނުވާލަނީ

ނިއު ދިއްލީ (ޖޫން 24) - ޖާސޫސްކުރާ ކަމުގެ ތުހުމަތާ އެކު، ނިއު ދިއްލީގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުގައި މަސައްކަތް ކުރާ ދެބައިކުޅަ އެއްބައި ޑިޕްލޮމެޓުން ފޮނުވާލަން އިންޑިއާ އިން ނިންމައިފި އެވެ.

19 ޖޫން

June 19, 2020 13
މަލާލާ އޮކްސްފޯޑްގައި ޑިގްރީ ފުރިހަމަކޮށްފި

މިހާތަނަށް އެންމެ ހަގު އުމުރެއްގައި ނޯބެލް ޕީސް ޕްރައިޒް ހާސިލުކުރި ޕާކިިސްތާންގެ މަލާލާ ޔޫސުފްޒާއީ އޭނާ ތައުލީމު ހާސިލުކުރަމުން ދިޔަ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން ޑިގްރީ ފުރިހަމަކޮށްފި އެވެ.

15 ޖޫން

June 15, 2020 9
އެމްބަސީ އަޅަން ޕާކިސްތާނަށް ވެސް ބިމެއް ދީފި

ބޭރު ގައުމުތަކުގެ އެމްބަސީތައް އެއް ތަނެއްގައި އަޅަން ހުޅުމާލޭގެ ދެވަނަަ ފިޔަވަހިން ކަނޑައެޅި "ޑިޕްލޮމެޓިކް އެންކްލޭވް" އިން ޕާކިސްތާނަށް މިއަދު 12،000 އަކަފޫޓުގެ ބިމެއް ދީފި އެވެ.

June 15, 2020
ޕާކިސްތާނުން ބަލި ޖެހޭ މީހުން މިލިއަނަކަށް އަރައިފާނެ

އިސްލާމްއާބާދު (ޖޫން 15) - ޕާކިސްތާނުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުން މި މަސް ނިމޭއިރު ދެ ގުނައަށް އަރައި މަހެއްހާ ދުވަސް ފަހުން މިލިއަނަކަށް ވުރެ މައްޗަށް އަރައިފާނެ ކަމަށް އެ...

06 ޖޫން

June 06, 2020 5
އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝްގައި ބަލި އިތުރުވަނީ

ނިއު ދިއްލީ (ޖޫން 6) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުން އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝްގައި އިތުރުވަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

24 މެއި

May 24, 2020
ވެއްޓުނު ބޯޓުގެ ކަޅުފޮށި ހޯދައިފި

ކަރާޗީ (މެއި 24) - ލާހޯރުން ފުރައިގެން ކަރާޗީ އަށް ޖައްސަނިކޮށް ހުކުރު ދުވަހު ވެއްޓުނު ޕާކިސްތާނުގެ ގައުމީ އެއާލައިނުގެ މަތިންދާ ބޯޓުގެ ޑޭޓާ ރެކޯޑަރާއި ކޮކްޕިޓް ވޮއިސް ރެކޯޑަރު ހޯދައިފި އެވެ.

23 މެއި

May 23, 2020 7
ފެނުނު އެއްޗަކީ ހަމައެކަނި އަލިފާން: ސަލާމަތްވި މީހެއް

ކަރާޗީ (މެއި 23) - ކަރާޗީ އަށް ޖައްސަނިކޮށް އިއްޔެ ވެއްޓުނު ޕާކިސްތާނުގެ ގައުމީ އެއާލައިނުގެ ބޯޓުން ސަލާމަތްވި ދެ މީހުންގެ ތެރޭން އެކަކު ބުނި ގޮތުގައި އޭނާ އަށް ފެނުނު ހަމައެކަނި އެއްޗަކީ އަލިފާނެވެ.

22 މެއި

May 22, 2020 5
ޕާކިސްތާނުގެ ބޯޓެއް އިމާރާތްތަކެއްގެ މައްޗަށް ވެއްޓިއްޖެ

ކަރާޗީ (މެއި 22) - ސަތޭކަ އަށް ވުރެ ގިނަ މީހުންނާ އެކު ދަތުރުކުރި ޕާކިސްތާނުގެ ގައުމީ އެއާލައިނުގެ މަތިންދާ ބޯޓެއްގެ ކަރާޗީގައި އާއްމުން ދިރިއުޅޭ އިމާރާތްތަކެއްގެ މައްޗަށް މިއަދު ވެއްޓިއްޖެ އެވެ.

20 މެއި

May 20, 2020 7
މެޑިކަލް ޓީމަށް ތޯރިގު ދެއްވީ 100

އުމުރު ދެ ބައި ވަނީ އެވެ. ކޮވިޑް-19 ގައި އެޅި ވޭނާއި އެ ހިތްދަތި ތަޖުރިބާ މުހައްމަދު ތޯރިގް މީގެ ކުރިން ކުރައްވާފައެއް ނުވެ އެވެ. ނިއުމޯނިޔާގެ ސަބަބުން ފުއްޕާމެޔަށް ލިބުނު ގެއްލުމުގެ ބޮޑުކަމުން ހާލަތު ވަރަށް ބޮޑަށް ނާޒުކުވެ، 12 ދުވަހު އައިސީޔޫގައި ބޭއްވި އެވެ. މީގެ ކުރިން ސިއްހީ އެއްވެސް މައްސަލައެއް ދިމާނުވިއަސް ކޮވިޑް-19 އިން...

17 މެއި

May 17, 2020 6
ބޭސް އުފައްދަން އިންޑިއާ، ޕާކިސްތާން ކުންފުނިތަކަށް

ކެލިފޯނިއާ (މެއި 17) - ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބައެއް ގައުމުތަކުގައި މިހާރު ބޭނުން ކުރާ ރެމްޑެސެވިއާ ބޭސް އުފައްދަން އިންޑިއާ އާއި ޕާކިސްތާނުގެ ފަސް ކުންފުންޏަކަށް އެމެރިކާގައި އެ ބޭސް އުފައްދާ ފާމަޝޫޓިކަލް ކުންފުނިން ހަވާލުކޮށްފި އެވެ.

13 މެއި

May 13, 2020
ޑިޒްނީން އީދު ތީމަށް ފިލްމެއް ގެނެސްދެނީ

ރޯދަ މަސް ނިންމާލައި މުސްލިމުން ކުރިމަތިލާ ފިތުރު އީދާ ދިމާކޮށް ޑިޒްނީމް އީދު ތީމަކަށް ފިލްމެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފި އެވެ.

30 އެޕްރީލް

April 30, 2020 14
ޕޮޒިޓިވްވި ވިޔަފާރިވެރިޔާ އައީ ޕާކިސްތާނުގައި ހުރެފައި

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން، ހާލު ބޮޑުވެގެން ދަރުމަވަންތަ ހޮސްޕިޓަލްގެ "ޑީއެޗް11" އައިސީޔޫގައި ފަރުވާ ދެމުން އަންނަ ޕާކިސްތާންގެ އުމުރުން 48 އަަހަރުގެ މީހާ ރާއްޖެ އަަށް އައީ ދުބާއީ އަށް ދިއުމަށް ފަހު ޕާކިސްތާނުގައި ހުރެފައި ކަމަށް އޭނާގެ ކުންފުނީގެ މީހަކު ބުނެފި އެވެ.

28 އެޕްރީލް

April 28, 2020 4
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހަަކަށް އޮކްސިޖަން ދެނީ

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކަަށް ފުރަތަމަ ފަހަރަށް އޮކްސިޖަން ދީގެން ފަރުވާދޭން މިއަދު ފަށައިފި އެވެ.

20 އެޕްރީލް

April 20, 2020 15
ޕްރެޝަރު ބޮޑުވެ ޕާކިސްތާނުގެ މިސްކިތްތައް ހުޅުވަނީ

އިސްލާމްއާބާދު (އެޕްރީލް 20) - ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ޕާކިސްތާން ލޮކްޑައުންކޮށް މިސްކިތްތައް ބަންދުކުރި ނަމަވެސް އެ ގައުމުގެ ނުފޫޒްގަދަ ދީނީ ލީޑަރުންގެ ޕްރެޝަރާ ހެދި އެންމެ ފަހުން މިސްކިތްތައް ރޯދަ މަހު ހުޅުވަން ޖެހިއްޖެ އެވެ.

17 އެޕްރީލް

April 17, 2020 19
ޕާކިސްތާނުގައި ހުކުރުކުރީ ސޯޝަލް ޑިސްޓެންސިން ހަދައިގެން

ކަރާޗީ (އެޕްރީލް 17) - ކޮރޯނާވައިރަސް ފެތުރިދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ ބަޔަކު އެއްތަނަކަށް އެއްނުވުމަށް އަންގާފައި ވަނިކޮށް ޕާކިސްތާނުގެ ދީނީ އިލްމުވެރިންތަކެއް ނުކުމެ ސޯޝަލް ޑިސްޓެންސިން ހަދައިގެން ޕާކިސްތާނުގައި މިއަދު ހުކުރުކޮށްފި އެވެ.

14 އެޕްރީލް

April 14, 2020 6
އިންޑިއާގެ ފަންނާނުންނަށް އެ ގައުމުން އިންޒާރެއް

ޕާކިސްތާންގެ އެއްވެސް ފަންނާނަކާ އެކު އިންޑިއާގެ ފަންނާނުން މަސައްކަތްކޮށްގެން ނުވާނެ ކަމަށާއި އެކަން އެގޮތަށް ކުރާ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއާ ސިނެ އެމްޕްލޮޔީސް (އެފްޑަބްލިއުއައިސީއީ) އިން ދީފި އެވެ.

08 އެޕްރީލް

April 08, 2020 1
އެސްޑީއެފުން ސާކަށް 5 މިލިއަން ޑޮލަރު ދެނީ

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ސާކް ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް) އިން މެންބަރު ގައުމުތަކަށް ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ދޭން ނިންމައިފި އެވެ.

07 އެޕްރީލް

April 07, 2020 3
މިސްކިތު އިވެންޓަށް ދިޔަ 20000 މީހުން ކަރަންޓީނަށް

ލާހޯރު (އެޕްރީލް 7) - ލާހޯރުގެ މިސްކިތެެއްގައި މިދިޔަ މަހު ބޭއްވި އިވެންޓަކަށް ދިޔަ ކަމަށް ބެލެވޭ 20،000 މީހުން ޕާކިސްތާނުން ކަރަންޓީންކޮށްފި އެވެ.

28 މާޗް

March 28, 2020 29
ވައިރަސް ފެތުރޭއިރު ޕާކިސްތާނުގެ މިސްކިތްތައް ހުޅުވާފައި

އިސްލާމްއާބާދު (މާޗް 28) - އާއްމު ސިއްހަތުގެ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެތީ ގިނަ ބަޔަކު އެއްތަނަކަށް އެއްނުވަން ތަކްރާރުކޮށް އިންޒާރުތައް ދިން ނަމަވެސް އިއްޔެގެ ހުކުރު ނަމާދަށް މީހުން ގޮސް ޕާކިސްތާނުގެ މިސްކިތްތައް ވަނީ ފުރާލައިފަ އެވެ.