07 ނޮވެމްބަރ

November 07, 2019 1
ގޭގައި އައިސީޔޫއެއް ހަދައި ނަވާޒް ޝަރީފް ގެއަށް

ލާހޯރު (ނޮވެމްބަރު 7) - ހަތް އަހަރުގެ ހުކުމެއް ތަންފީޒް ކުރަން ޖަލުުގައި ހުންނަވަނިކޮށް ވަރަށް ބޮޑަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދެ ހަފުތާގެ މުއްދަތަށް ފަރުވާ ދިނުމަށް ފަހު ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ގޭގައި ފަރުވާ ދޭނެ އައިސީޔޫއެއް ހެދުމަށް ފަހު އިއްޔެ ގެއަށް ބަދަލުކޮށްފި އެވެ.

31 އޮކްޓޯބަރ

October 31, 2019 2
ޕާކިސްތާނުގެ ޕަސިންޖާ ރޭލެއްގައި ރޯވެ 65 މީހުން މަރު

އިސްލާމްއާބާދު (އޮކްޓޯބަރު 31) - ޕާކިސްތާނުގެ މެދުތެރޭ ސަރަހައްދެއްގައި ދަތުރުކޮށްފައި ދިޔަ ރޭލެއްގައި މިއަދު އަލިފާން ރޯވުމުގެ ސަބަބުން މަދުވެގެން 65 މީހުން މަރުވެ 45 މީހުން ޒަޚަމްވެފައިވާ ކަމަށް ޕްރޮވިންޝަލް މިނިސްޓަރަކު ވިދާޅުވެއްޖެ އެވެ.

30 އޮކްޓޯބަރ

October 30, 2019
ނަވާޒް ޝަރީފުގެ ހާލު ވަރަށް ގޯސް: ޑޮކްޓަރު

ލާހޯރް (އޮކްޓޯބަރު 30) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ސިއްހީ ހާލު ވަރަށް ގޯސް ކަމަށް އެ މަނިކުފާނުގެ ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.

27 އޮކްޓޯބަރ

October 27, 2019 1
ހާޓް އެޓޭކެއް ޖެހުމާ އެކު ނަވާޒް ޝަރީފް މިނިވަންކޮށްފި

ލާހޯރު (އޮކްޓޯބަރު 27) - ޖަލުގައި އޮންނަވަނިކޮށް ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ދަށްވުމުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް ހާޓް އެޓޭކެއް ޖެހުމާ ގުޅިގެން، ކަފާލާތުގެ ދަށުން އެމަނިކުފާން ވަގުތީ ގޮތުން މިނިވަންކޮށްފި އެވެ.

23 އޮކްޓޯބަރ

October 23, 2019
ޖަލުގައި ނަވާޒް ޝަރީފުގެ ހާލު ގޯސްވެގެން ހޮސްޕިޓަލަށް

އިސްލާމްއާބާދު (އޮކްޓޯބަރު 23) - ކޮރަޕްޝަނުގެ ކުށުގައި ޖަލުގައި ބަންދުކޮށްފައި ހުރި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ސިއްހީ ހާލަތު ގޯސްވީ ޖަލުގައި ވިހަދީގެން ކަމަށް އެމަނިކުފާނުގެ ދަރިކަލުން ހުސައިން ނަވާޒް ތުހުމަތު ކުރައްވައިފި އެވެ.

20 އޮކްޓޯބަރ

October 20, 2019 3
ޓެރަރިޒަމަށް ޚަރަދުކުރުމުން ޕާކިސްތާން ސަލާމަތްވެއްޖެ

އިސްލާމްއާބާދު (އޮކްޓޯބަރު 20) - މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ބްލެކްލިސްޓުން ފާކިސްތާން ސަލާމަތްވެއްޖެ އެވެ.

09 އޮކްޓޯބަރ

October 09, 2019
ބިންލާދިން ހޯދަން އެހީވި ޑޮކްޓަރުގެ ޝަކުވާ ބަލަނީ

އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން ޕާކިސްތާނުގައި ފިލައިގެން އުޅުނު ތަން ދެނެގަތުމަށް އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އަށް އެހީތެރިވި ޕާކިސްތާނުގެ ޑޮކްޓަރު ޝަކީލް އަލް އަފްރީދީ މިނިވަންކޮށްދޭން އެދި އޭނާ ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުމެއްް މިއަދަށް ތާވަލްކޮށްފި އެވެ.

08 އޮކްޓޯބަރ

October 08, 2019 20
ބޯޓުން ފެނުނު މަަސްތުވާތަކެތި 150 ކިލޯއަކަށް ނާރާ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ބޯޓުގައި 150 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރި ނަމަވެސް މިހާތަނަށް އެއިން ފެނުނު މަސްތުވާތަކެތީގެ...

October 08, 2019 1
އިސްކޮޅުގައި ދެ ފޫޓު ހުންނަ މީހާ ކައިވެނިކޮށްފި

ބޯބޯގެ ނަމުން މަޝްހޫރު އަދި ނޯވޭގެ ވެރިރަށް އޮސްލޯގައި ދިރިއުޅޭ، އިސްކޮޅުގައި ދެ ފޫޓް ހުންނަ ޕާކިސްތާނުގެ ބުރުހާން ކްރިސްތީ ކައިވެނިކޮށްފި އެވެ.

07 އޮކްޓޯބަރ

October 07, 2019
މަރާލި މޮޑެލްގެ ބޭބެ ފިލައިގެން އުޅެނިކޮށް އަތުލައިފި

ލާހޯރު (އޮކްޓޯބަރު 7) - ޕާކިސްތާނުގައި މޮޑެލް ކުރުމަށް މަޝްހޫރު އަންހެން ކުއްޖެއް ކަމަށްވާ ކަންދީލް ބަލޫޝްގެ މަރުގެ ތުހުމަތުކޮށްފައިވާ އޭނާގެ ބޭބެއެއް ކަމަށްވާ މުހައްމަދު އާރިފް ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

06 އޮކްޓޯބަރ

October 06, 2019 3
އީރާނާއި ސައުދީ ސުލްހަ ކުރެވޭތޯ ބަލަނީ

ރިޔާޒް (އޮކްޓޯބަރު 6) - ސައުދީ އަރަބިއާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ނުތަނަސްކަން ހައްލު ކުރުމަށް ނުރަސްމީ ސިފައެއްގައި މަސައްކަތް ކުރަމުންދާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.

28 ސެޕްޓެމްބަރ

September 28, 2019 2
ފަވާދު ޚާން: ބޮލީވުޑުން ގެއްލުނަސް ނުފޫޒު ގަދަ

ޕާކިސްތާނުގެ އެކްޓަރު ފަވާދު އަފްޒަލް ޚާނަކީ ބޮލީވުޑްގެ ފިލްމުތައް ކުޅެން ފެށުމުގެ ކުރިން ވެސް ބައެއް ދިވެހިންގެ ތެރޭގައި ފަރިތަ މޫނެކެވެ. ހާއްސަކޮށް، އޭނާ ކުޅެފައިވާ ސިލްސިލާތައް ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލެވެ.

27 ސެޕްޓެމްބަރ

September 27, 2019 3
ދައްތަ މަރާލި ކޮއްކޮ އަށް އުމުރު ދުވަހުގެ ޖަލު ހުކުމް

އިސްލާމްއާބާދު (ސެޕްޓެމްބަރު 27) - ޕާކިސްތާނުގައި މޮޑެލް ކުރުމަށް މަޝްހޫރު އަންހެން ކުއްޖެއް ކަމަށްވާ ކަންދީލް ބަލޫޝް މަރާލިކަން އޭނާގެ ފިރިހެން ކޮއްކޮ ވަސީމް ބަލޫޝްގެ މައްޗަށް ސާބިތުވެ އޭނާ އަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.

25 ސެޕްޓެމްބަރ

September 25, 2019 1
ޕާކިސްތާނުން އޮސްކާ އަށް "ލާލު ކަބޫތަރު"

އަންނަ އަހަރު ބާއްވާ 92 ވަނަ އޮސްކާ އެވޯޑަށް ޕާކިސްތާނުން "ލާލް ކަބޫތަރު" ހުށަހަޅަން ނިންމައިފި އެވެ.

24 ސެޕްޓެމްބަރ

September 24, 2019 5
ޕީއައިއޭގެ 64 ފްލައިޓް ޕަސިންޖަރަކު ނެތި އޮޕަރޭޓްކުރި

އިސްލާމްއާބާދު (ސެޕްޓެމްބަރު 24) - ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) އިން އެއްވެސް ޕަސިންޖަރަކު ނެތި ވެރިރަށް އިސްލާމްއާބާދުން 64 ފްލައިޓް 2016-2017 އާ ދެމެދު އޮޕަރޭޓް ކުރި ކަމަށް މީޑިއާ ރިޕޯޓެއްގައި ބުނެފި އެވެ.

19 ސެޕްޓެމްބަރ

September 19, 2019 11
މޯދީގެ ބޯޓަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދު

އިސްލާމްއާބާދު (ސެޕްޓެމްބަރު 19) - އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެމެރިކާ އަށް ދަތުރުކުރައްވާ މަތިންދާ ބޯޓު ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނުން މަނާކޮށްފި އެވެ.

08 ސެޕްޓެމްބަރ

September 08, 2019 10
ޕާކިސްތާނުގެ ތަރައްގީއަށް ޗައިނާއިން 1 ބިލިއަން ޑޮލަރު

އިސްލާމްއާބާދު (ސެޕްޓެމްބަރު 8) - ޕާކިސްތާނުގެ ތަރައްގީގެ މަޝްރޫއުތަކުގައި ބެއިޖިން އިން އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށް ޗައިނާ ސަފީރު ވިދާޅުވެއްޖެ އެވެ.

03 ސެޕްޓެމްބަރ

September 03, 2019 1
ޕާކިސްތާނަށް ކަރަންޓް ރިކްޝާ ތައާރަފުކުރަނީ

ތިމާވެށި ހިމާޔަތްކުރަން ޕާކިސްތާނުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ގައުމުގައި ކަރަންޓް ރިކްޝާ އާއި ސައިކަލް ތައާރަފުކުރަން ނިންމައި އޭގެ މޮޑެލްތަކެއް ދައްކާލައިފި އެވެ.

01 ސެޕްޓެމްބަރ

September 01, 2019 33
ރާއްޖޭގެ މަޖިލިހުގައި ޕާކިސްތާނާއި އިންޑިއާގެ ޒުވާބެއް!

ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި މިހާރު ކުރިއަށް ދާ ސާކް ސްޕީކާސް ސަމިޓްގައި އިންޑިއާ އާއި ޕާކިސްތާނުގެ ވަފުދުގެ ދެމެދު، ކަޝްމީރުގެ މައްސަލާގައި، ބޮޑު ޒުވާބެއް ހިނގައިފި އެވެ.

25 އޯގަސްޓް

August 25, 2019 3
އިންޑިއާ-ޕާކިސްތާން ވައިގެ ހަމަލާ އަށް ފިލްމެއް ހަދަނީ

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކުން ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕުލްވާމާ އަށް ދިން ހަމަލާ އާއި އެކަމާ ގުޅިގެން އެ ގައުމުން ޕާކިސްތާނާ ދެކޮޅަށް ކުރިއަށް ގެންދިޔަ އަސްކަރީ ވައިގެ އޮޕަރޭޝަނަށް ބިނާކޮށް ވިވެކް އޮބެރޯއީ ފިލްމެއް ހަދަން ނިންމައިފި އެވެ.

23 އޯގަސްޓް

August 23, 2019 2
ދައްތަ މަރާލި ދެ ކޮއްކޮއިން ސަލާމަތްކުރެވޭ ގޮތެއް ނުވި

އިސްލާމްއާބާދު (އޮގަސްޓް 23) - ޕާކިސްތާނުގައި މޮޑެލް ކުރުމަށް މަޝްހޫރު އަންހެން ކުއްޖެއް ކަމަށްވާ ގަންދީލް ބަލޫޗު މަރާލި އޭނާގެ ފިރިހެން ދެ ކޮއްކޮއިން ސަލާމަތް ކުރުމަށް އާއިލާ އިން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ.