18 އެޕްރީލް

April 18, 2017 1
ހަޅުތާލުކުރާ މީހުންނާ މަޝްވަރާ ކުރުމެއް ނެތް: އިޒްރޭލް

ގުދުސް (އެޕްރީލް 18) - އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރި ނަމަވެސް އެ މީހުންނާ މަޝްވަރާ ނުކުރާނެ ކަމަށް އިޒްރޭލުގެ ޕަބްލިކް ސާވިސް މިނިސްޓަރު ގިލާދު އެރްދާން ވިދާޅުވެއްޖެ އެވެ.

17 އެޕްރީލް

April 17, 2017
ފަލަސްތީނުގެ ގައިދީން ބަނޑު ހައިހޫނުކަމުގެ ހަޅުތާލަކަށް

ގުދުސް (އެޕްރީލް 17) - އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި އެވެ.

02 އެޕްރީލް

April 02, 2017 2
އިޒްރޭލުން އުޅެނީ ހަމާސް ލައްވާ ހަނގުރާމައެއް ފަށަން

އިޒްރޭލު ސިފައިންނާއި އިޒްރޭލުގެ ޖާސޫސީ އޭޖެންޓުން މިހާރު ގާޒާގައި ހިންގަމުންދާ ހަރަކާތްތަކުގެ މަގްސަދަކީ ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ހަނގުރާމައެއް ފެށުން ކަމުގައި ގާޒާގެ ރައްޔިތުން ބުނަން ފަށައިފި އެވެ.

31 މާޗް

March 31, 2017
ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް އާ މަޝްރޫއުއެއް

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރަން އާ ގެތައް ހެދުމުގެ މަޝްރޫއު އަށް ކެބިނެޓުން މިއަދު ހުއްދަ ދީފަ އެވެ. މިއީ މިދިއަ 20 އަހަރުގެ ތެރޭގައި ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިވާން ހިންގާ ފުރަތަމަ މަޝްރޫއު އެވެ.

29 މާޗް

March 29, 2017 7
އަރަބި ވެރިން ބޭނުމީ ފަލަސްތީނުގެ މިނިވަން ދައުލަތެއް

އަރަބި ގައުމުތަކުގެ އެންމެ އިސް ވެރިން ޖޯޑަންގައި މިއަދު ބައްދަލު ކުރައްވާއިރު ފަލަސްތީނުގެ މައްސަލަ އަށް އެ ބޭފުޅުން ބޭނުންވަނީ، އިޒްރޭލާއި ފަލަސްތީނުގެ މިނިވަން ދެ ދައުލަތް...

March 29, 2017 3
"ރާއްޖެ އަކީ ފަލަސްތީނުގެ ނަސީބާ ގުޅިފައިވާ ތަނެއް"

އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުން ރާއްޖެ އަތުން 3-0 މޮޅުވުމުން އެނގެނީ ރާއްޖެ އަކީ ފަލަސްތީނުގެ ނަސީބާ ގުޅިފައިވާ ތަނެއް ކަމުގައި ކަމަށް ފަލަސްތީނުގެ ކޯޗު އަބްދުލް ނާސިރު...

11 މާޗް

March 11, 2017 2
ފަލަސްތީނުގެ ރައީސް ވައިޓް ހައުސް އަށް

ވޮޝިންޓަން (މާޗް 11) - ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް "ވަރަށް އަވަށް" ވައިޓްހައުސް އަށް ވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައުވަތު ދެއްވައިފި އެވެ.

09 މާޗް

March 09, 2017 10
ބަންގީގެ އަޑު މަޑުކުރާ ބިލާއެކު ޕާލަމެންޓުގައި ނުރުހުން

ތެލް އަވީވް (މާޗް 9) - ބަންޑީގެ އަޑު މަޑު ކުރަން އިޒްރޭލުން ފާސްކުރަން އުޅޭ ޚިޔާލު ތަފާތުވުން ބޮޑު ބިލުގެ ފުރަތަމަ ކިޔުމުގައި ޕާލަމެންޓުން ރުހުން ލިބުމާ އެކު އަރަބި އިޒްރޭލް މެންބަރުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

06 މާޗް

March 06, 2017 3
އަރަފާތުގެ ނަމުން އިޒްރޭލުގެ މަގަކަށް ނަމެއް ނުކިޔޭނެ

ތެލް އަވީވް (މާޗް 6) - އަރަބި އިޒްރޭލް ޓައުނެއްގެ މަގަށް ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތުގެ ނަމާ ގުޅުވައިގެން ނަން ކިޔުމަކީ ވާނެ ކަމެއް ނޫން ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

05 މާޗް

March 05, 2017 3
ފަލަސްތީނުގެ މީހަކު 69 ވަނަ ދަރި ވިހާފައި މަރުވެއްޖެ

ފަލަސްތީނު އަންހެނަކު 69 ވަނަ ދަރި ވިހެއުމަށް ފަހު ކުރިމަތިވި ސިއްހީ މައްސަލަތަކެއްގައި މަރުވެއްޖެ އެވެ.

27 ފެބުރުއަރީ

February 27, 2017 31
ފަލަސްތީނުގެ ބިމުން އިޒްރޭލު ފައިބަން ގޮވާލައިފި

އިޒްރޭލުން ނުހައްގުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ރާއްޖެ އިން މިއަދު ގޮވާލައިފި އެވެ.

21 ފެބުރުއަރީ

February 21, 2017 6
ފަލަސްތީނުގެ ޒުވާނާ މަރާލި އިޒްރޭލް މީހާ 18 މަހަށް ޖަލަށް

ގުދުސް (ފެބްރުއަރީ 21) - ޒަޚަމްވެފައި އޮތް ފަލަސްތީނުގެ ޒުވާނެއްގެ ބޮލަށް ބަޑިޖަހާ ޝަހީދުކޮށްލި އިޒްރޭލް ސިފައިންގެ މީހާ 18 މަހަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.

16 ފެބުރުއަރީ

February 16, 2017 4
ދެ ދައުލަތް އުފެއްދުން ނޫން ހައްލެއް ނެތް: އދ

ގާހިރާ (ފެބްރުއަރީ 16) - ފަލަސްތީނާއި އިޒްރޭލުގެ ސުލްހަ އަށް އޮތް ހަމައެކަނި ހައްލަކީ ދެ ދައުލަތް އުފެއްދުން ކަމަށް އދ.ގެ ސެކްރެޓަަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.

February 16, 2017 11
ދެ ދައުލަތް އުފެއްދުމުގެ ޚިޔާލު ޓްރަމްޕް ދޫކޮށްލައްވައިފި

ވޮޝިންޓަން (ފެބްރުއަރީ 16) - ދެ ދައުލަތް އުފައްދައިގެން ފަލަސްތީނު- އިޒްރޭލް މައްސަލަ އަށް ހައްލު ހޯދަން އެމެރިކާ އިން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތު ރައީސް ޑޮނަލްޑް ޓްރަމްޕް...

09 ފެބުރުއަރީ

February 09, 2017 1
ޔަހޫދީންނަށް ގެދޮރު އެޅުން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް

ތެލް އަވީވް (ފެބްރުއަރީ 9) - ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް 4،000 ގެ އެޅުމަށް އިޒްރޭލުން ފާސްކޮށްފައިވާ ބިލް ހުއްޓުވުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ދެ ޖަމާއަތަކުން އިޒްރޭލުގެ ސުޕްރީމް ކޯޓަށް ހިނގައްޖެ އެވެ.

01 ފެބުރުއަރީ

February 01, 2017 1
ހުޅަނގު އައްސޭރީގައި 3000 ގެ އިޒްރޭލުން އަޅަނީ

ތެލް އަވީވް (ފެބްރުއަރީ 1) - އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް 3،000 ގެ އަޅަން ނިންމައިފި އެވެ.

24 ޖެނުއަރީ

January 24, 2017 2
ފުރަތަމަ މެޗުގައި ރާއްޖެ އާއި ފަލަސްތީން މާލޭގައި

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި މާޗު 28 ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް މާލޭގައި ކުޅެން ޖެހިއްޖެ އެވެ.

January 24, 2017 8
ފަހު ވަގުތު ވެސް އޮބާމާ ވަނީ ފަލަސްތީނަށް އެހީ ދީފައި

ވޮޝިންޓަން (ޖެނުއަރީ 24) - ވެރިކަމުން ފައިބައިވަޑައިގަތުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި...

20 ޖެނުއަރީ

January 20, 2017 6
ޓްރަމްޕުގެ ޒައާމަތު އެމެރިކާ އަށް ފަސޭހައެއް ނުވާނެ!

އެމެރިކާގެ ޒައާމަތަށް އަންނަ ކޮންމެ ބަދަލަކީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް އޭގެ އަސަރު ކޮންމެވެސް ގޮތަކުން ފޯރާނެ ކަންކަމެވެ. އެމެރިކާގެ އަމިއްލަ މަސްލަހަތަށް ނިންމާ ނިންމުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައަށް ބައެއް ފަހަރު ގެއްލުން ވެސް ލިބިފައި އެބަ ހުއްޓެވެ. ހަރުކަށި ސިޔާސަތެއްގެ ވެރި ޑޮނަލްޑް ޓްރަމްޕު...

16 ޖެނުއަރީ

January 16, 2017 2
މެދުއިރުމަތީގެ ހަމައެކަނި ހައްލަކީ ދެ ދައުލަތް

އިޒްރޭލާއި ފަލަސްތީނުގެ ކޯޅުން ހުއްޓުމަކަށް ގެނެސް، މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރުމަށް މިހާރު އޮތް ހަމައެކަނި މަގަކީ ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުން ކަމަށް ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންޑް ވިދާޅުވެއްޖެ އެވެ.

15 ޖެނުއަރީ

January 15, 2017 4
ބޮޑެތި ބާރުތަކުގެ އިންޒާރެއް ޓްރަމްޕަށް

އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ އިރުމަތީ ގުދުސަށް ބަދަލު ކުރުމަކީ މެދުއިރުމަތީގެ ސުލްހައިގެ ފުރުސަތުތައް ނަގައިލުން ކަމަށް ބުނެ، ދުނިޔޭގެ ބޮޑެތި ގައުމުތަކުން، އެމެރިކާގެ...

January 15, 2017 3
"އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރުމަކީ ގޯހެއް"

އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ އިރުމަތީ ގުދުސަށް ބަދަލުކޮށްފި ނަމަ، މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތްތައް ހުއްޓި ނެތިގެން ދާނެ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު...

09 ޖެނުއަރީ

January 09, 2017 4
އެމެރިކާ އެމްބަސީ ގުދުސަށް: އަލިފާނަށް ތެޔޮ އެޅުމަށް

ވެރިކަމަށް އިންތިހާބުވުމާ އެކު އެންމެން ވެސް އިންތިޒާރު ކުރަމުން އަންނާނީ އިންތިހާބީ ވައުދުތައް ފުއްދާނެ ވަގުތަކަށެވެ. ނަމަވެސް މި މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރިއާސަތާ ހަވާލުވެވަޑައިގަތުމަށް ތައްޔާރުވެފައިވާ ހަރުކަށި ސިޔާސަތުގެ ޑޮނަލްޑް ޓްރަމްޕާ މެދު ދެކޭ ގޮތް މުޅި ތަފާތެވެ.

08 ޖެނުއަރީ

January 08, 2017 1
ލޮރީއަކުން ޖައްސައި އިޒްރޭލުގެ 4 ސިފައިން މަރާލައިފި

ހުޅަނގު ގުދުސްގައި އިޒްރޭލު ސިފައިންގެ ބައެއްގެ ގައިގައި މިއަދު ހަވީރު ލޮރީއަކުން ޖައްސައި ސިފައިންގެ ހަތަރު މީހަކު މަރާލައިފި އެވެ.