26 މެއި

May 26, 2020
ސައިން ލެންގްއޭޖް ރަސްމީކުރަން ރަންވީރުގެ ޕެޓިޝަނެއް

އިންޑިއާގައި މިހާރު ރަސްމީ ބަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބަސްތަކުގެ ތެރެއަށް އިންޑިއަން ސައިން ލެންގްއޭޖް (އައިއެސްއެލް) ހިމަނަން ގޮވާލައި، އެކަމަށް ހާއްސަ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް ފަށައިފި އެވެ.

15 އެޕްރީލް

April 15, 2020 5
އިނގިރޭސި އެމްޕީންގެ އެލަވަންސާ ދެކޮޅަށް ޕެޓިޝަނެއް

ކޮރޯނާވައިރަހާ ހެދި އެތައް ބައެއްގެ ވަޒީފާ ގެއްލިއްޖެ އެވެ. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދަން ވެސް މިކަމުގެ ސަބަބުން ދަނީ ހުރަސްއެޅެމުންނެވެ. އަދި ވަޒީފާގައި ތިބި ގިނަ ބަޔަކަށް މިހާރު ޖެހިފައި ވަނީ ގޭގައި ތިބެގެން އެ މީހުންގެ ރަސްމީ މަސައްކަތްކުރާށެވެ. މި ބަދަލުތަކާ އެކު ގައުމުތަކުގެ ސަރުކާރުތަކުން އަންނަނީ ލުއިތަކެއް...

21 މާޗް

March 21, 2020
މެކްޑޮނަލްޑްސް އިން ދޭ ކުޅޭ އެއްޗެހި ބަދަލުކުރަނީ

އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ކުންފުނި މެކްޑޮނަލްޑްސް އިން ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކުރާ ހެޕީ މީލްސްއާ އެކު ޕްލާސްޓިކް ކުޅޭ ސާމާނުދޭތީ އެކަން ހުއްޓައިލުމަށް ގޮވާލައި އިނގިރޭސިވިލާތުގެ ދަރިވަރުންތަކެއް ކުރި ކެމްޕޭނަކާ ގުޅިގެން އެ ކުންފުނިން އެކަން ހުއްޓައިލަން ނިންމައިފި އެވެ.

29 ޖެނުއަރީ

January 29, 2020
އެމްބީއޭގެ ލޯގޯގައި ކޯބީ ހިމަނަން ޕެޓިޝަނެއް

ހެލިކޮޕްޓަރެއް ވެއްޓުނު ހާދިސާގައި އާދީއްތަ ދުވަހު މަރުވި އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ލެޖެންޑް ކޯބީ ބްރަޔަންޓްގެ ސޫރަ އެމެރިކާގެ ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ) ގެ ލޯގޯ އަށް ގެންނަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

21 ޖެނުއަރީ

January 21, 2020 28
ހުޅުދޫ/މީދު އަށް ރަށު ކައުންސިލެއް ހޮވުމުގެ ޕެޓިޝަނެއް

އައްޑު އަށް ސިޓީގެ ދަރަޖަ ދީފައި އޮތަސް ސިޓީއެއްގެ ގޮތުގައި ނުހިނގާތީ، އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ހުޅުދު އާއި މީދު އަށް ބޭނުން ވަނީ ރަށު ކައުންސިލެއް ކަމަށް ބުނެ، ރަށު ކައުންސިލެއް އިންތިހާބު ކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

19 ނޮވެމްބަރ

November 19, 2019
ކުޑަކުއްޖަކު ޕްލާސްޓިކް ކުލަ ފަންސުރާ ދެކޮޅަށް

ތިމާވެއްޓާ ރައްޓެހި ރިސައިކަލް ކުލަފަންސުރު އިނގިރޭސިވިލާތުގެ ކްރޭޔޯލާ އިން އުފައްދަން ގޮވާލައި 7 އަހަރުގެ ކުއްޖަކު ޕެޓިޝަނެއްގައި ސޮއިކުރުވަން ފަށައިފި އެވެ.

10 ނޮވެމްބަރ

November 10, 2019 1
ޕެޑުން ނަގާ ޓެކްސް ޖަރުމަނުން އުވާލައިފި

އަންހެނުންގެ މައްސަރު މައްސަލަތަކަށް ބޭނުންކުރާ ސެނިޓަރީ އުފެއްދުންތައް "ލަގްޒަރީ" އައިޓަމްތަކެއްގެ ގޮތުގައި ހިމަނާފައި އޮތް އޮތުން ބާތިލުކޮށް، އެފަދަ ބާވަތްތަކުން ނަގަމުން ދިޔަ ޓެކްސް އަންނަ އަހަރުން ފެށިގެން ނުނަގަން ޖަރުމަނުން ބުރާސްފަތި ނިންމައިފި އެވެ.

09 އޮކްޓޯބަރ

October 09, 2019 3
ރޮބަޓް ޑައުނީ ޖޫނިއާ އަށް އޮސްކާ ހޯދައިދޭން ޕެޓިޝަނެއް

އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ހޯދި ފިލްމުގެ ރެކޯޑް އޮތް މާވެލްގެ "އެވެންޖާޒް: އެންޑްގޭމް" އިން އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ރޮބަޓް ޑައުނީ ޖޫނިއާ އަށް، އަންނަ އަހަރު ބާއްވާ 92 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީ އަށް ނޮމިނޭޓްކުރަން ގޮވާލައި ފޭނުންތަކެއް އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން...

06 ޖޫން

June 06, 2019 1
ޖަޕާނު އަންހެނުން ހައި ހީލްސްއާ ދެކޮޅަށް ތެދުވެއްޖެ

ޖަޕާނުގެ ރަސްމީ ޑްރެސް ކޯޑްގައި އަންހެން މުވައްޒަފުން ހައި ހީލްސް އަށް އަރަން ޖެހޭތީ އެކަމާ ދެކޮޅަށް އަންހެނުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

19 މެއި

May 19, 2019
ގޭމް އޮފް ތުރޯންސްގެ ފަހު ސީޒަން އަލުން ހަދަން އެދެނީ

އެޗްބީއޯގެ ސިލްސިލާ "ގޭމް އޮފް ތުރޯންސް" 8 ވަނަ އަދި ފަހު ސީޒަން ނިންމައިލި އިރު، އެޕިސޯޑްތައް ފީކަޅާކަމުން ހިތްހަމަނުޖެހުން ފާޅުކޮށް، ފަހު ސީޒަން އަލުން ހެދުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

12 މެއި

May 12, 2019
ފޭސްބުކްގެ ވެރިޔާގެ އިސްތިއުފާ އަށް އެދި ޕެޓިޝަނެއް

އެތައް ބައެއްގެ ޒާތީ ހައްގުތަކަށް އަރައި ގަނެ، މީސްމީހުންގެ ޒާތީ މައުލޫމާތުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށް ބުނެ، ފޭސްބުކްގެ ބާނީ މާކް ޒުކަބާގްގެ އިސްތިއުފާ އަށް ގޮވާލައި ޕެޓިޝަނެއް އާންމުކޮށްފި އެވެ.

10 މެއި

May 10, 2019
ރާހުލްއާ ދެކޮޅަށް ހުށަހެޅި ޕެޓިޝަން ބޭރުކޮށްލައިފި

ނިއު ދިއްލީ (މެއި 10) - އިންޑިއާގެ އާއްމު އިންތިޚާބުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ އެންމެ ބޮޑަށް ވާދަކުރައްވައި ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީ އަކީ އިނގިރޭސި ރައްޔިތެއް ކަމަށް ބުނެ އޭނާ އިންތިޚާބުން ޑިސްކޮލައިފައި ކުރުމަށް ހުށަހެޅި ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި އެވެ.

14 އެޕްރީލް

April 14, 2019 1
"މީޓްލެސް" ބާގާ ނެރެން ގޮވާލައި ޕެޓިޝަނެއް

އެމެރިކާގެ މަޝްހޫރު ފާސްޓް ފުޑް ޗެއިން މެކްޑޮނަލްޑްސް އިން މީޓްލެސް ނުވަތަ އެއްގަމު މަސް ނުހިމެނޭ ބާގާގެ ވައްތަރުތައް ނެރެން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

24 ޑިސެމްބަރ

December 24, 2016 44
ފްލެޓު ޕެޓިޝަނަށް ހަފުތާއެއް ވީއިރު ވެސް ޖަވާބެއް ނެތް

މާލޭ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތަކަށް ދައްކަން ޖެހޭ ބޮޑު ޑައުން ޕޭމަންޓަށް ލުއި ގޮތެއް ހަދައިދޭން އެދި ކަމާ ގުޅޭ އިދާރާތަކަށް ޕެޓިޝަނެއް ހުށަހެޅިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވީ އިރު ވެސް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް އެ މީހުން ބުނެފި އެވެ.

18 ނޮވެމްބަރ

November 18, 2016 28
ދެކޮޅު ހަދަމުން ދަނިކޮށް މީދޫ ފަރު ގޮއްވަން ފަށައިފި

އައްޑޫ މީދޫ ކައިރީ އޮންނަ އިސްމެހެލާހެރަ އާއި މީދު އާ ދޭތެރޭ ނެރު ކަނޑަން ފަރު ގޮއްވާލުމުގެ ހުއްދަ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދިނުމުން އެކަމާ ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް ފަރު ގޮއްވުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.