26 ޑިސެމްބަރ

December 26, 2019
ބާރުގަދަ ތޫފާނުގައި ފިލިޕީންސުން 16 މީހުން މަރުވެއްޖެ

މެނީލާ (ޑިސެމްބަރު 26) - ބާރުގަދަ ތޫފާން "ފާންފޯން" އެރުމުގެ ސަބަބުން ފިލިޕީންސުން 16 މީހުން މަރުވެ، ބޮޑެތި ގެއްލުންތައް ވެއްޖެ އެވެ.

10 ނޮވެމްބަރ

November 10, 2019 1
އީރާނުން ހޯދާ ރީތީގެ ރާނީ އަށް ފިލިޕީންސްއިން ހިމާޔަތް

މެނީލާ (ނޮވެމްބަރު 10) - ޖިނާއީ ކުށްތަކެއްގެ ތުހުމަތުގައި އީރާނުން ހޯދަމުންދާ އެ ގައުމުގެ ކުރީގެ ރީތީގެ ރާނީއެއް ކަމަށްވާ ބަހާރާ ޒާރޭ ބަހާރީ އަށް ފިލިޕީންސް އިން ހިމާޔަތްދީފި އެވެ.

16 ޖުލައި

July 16, 2019
ކުނި ހަވާލުކުރުމުން މެނީލާގައި ކާނާ ދެނީ

ފިލިޕީންސްގެ ވެރިރަށް މެނީލާ އަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ކުނީގެ ބަދަލަށް ކާނާ ލިބޭ ކޫޕަނެއް ދޫކުރާ ގޮތަށް ނިންމައިފި އެވެ.

09 ޖުލައި

July 09, 2019 3
ފިލިޕީންސްގެ ނޫސްވެރިޔާގެ ގާނޫނީ ޓީމަށް އަމާލް ކްލޫނީ

ލަންޑަން (ޖުލައި 9) - ފިލިޕީންސްގެ ނޫސްވެރިޔާ މާރިއާ ރެއްސާގެ ގާނޫނީ ވަކީލުންގެ ޓީމުގައި ބައިވެރިވާނެ ކަމަށް މަޝްހޫރު ވަކީލް އަމާލް ކްލޫނީ ވިދާޅުވެއްޖެ އެވެ.

28 ޖޫން

June 28, 2019 10
މަގާމުން ދުރުކުރަން އުޅޭ މީހުން ޖަލަށްލާނަން: ޑުޓާޓެ

މެނީލާ (ޖޫން 28) - މަގާމުން ދުރުކުރަން އުޅޭ އިދިކޮޅު ކޮންމެ މީހަކު ޖަލަށްލާނެ ކަމުގެ އިންޒާރު ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ދެއްވައިފި އެވެ.

11 ޖޫން

June 11, 2019 13
ފިލިޕިންސްގައި ދެ މިލިއަން ކިލޯ އަނބު އުކާލަންޖެހިދާނެ

މޫސުމީ ބަދަލެއްގެ ސަބަބުން ފިލިޕިންސްގައި އާދަޔާ ހިލާފަށް އަނބު ގިނަވެ، ބޭނުންވާ ވަރަށް ވުރެ އިތުރަށް ދެ މިލިއަން ކިލޯ އެބަހުރި ކަމަށް އެ ގައުމުން ބުނެފި އެވެ.

11 މެއި

May 11, 2019
ނެތިމޮށުން ހުއްޓުވަން ފިލިޕިންސްގައި ގާނޫނެއް

ނެތިމޮށުމުގެ ސަބަބުން މުޖުތަމައުގައި ފިތުނަ އުފެދޭތީ އެކަން ހުއްޓުވުމުގެ ބޭނުމުގައި ފިލިޕީންސްގެ އަވަށެއްގައި ގާނޫނެއް ހަދައިފި އެވެ.

27 އެޕްރީލް

April 27, 2019 3
ކާޑިފްގެ ކީޕަރު އެތެރިޖަށް ރާއްޖޭން ލިބުނީ ފިލާވަޅެއް

ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕަށް ފިލިޕީންސްއާ އެކު މިހާރު އިނގިރޭސި ޕްރިމިއާ ލީގުގައި ކާޑިފް ސިޓީ އަށް ކުޅެމުން އަންނަ ނީލް އެތެރިޖް އައީ ޓީމުގެ އެއް ވަނަ ކީޕަރުގެ ގޮތުގަ އެވެ. އޭރު އެތެރިޖް ހުރީ އޯލްޑްހަމް ޔުނައިޓެޑްގެ ދެ ވަނަ ކީޕަރުގެ ގޮތުގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އެތެރިޖަށް ކުޅުމުގެ ފުރުސަތު...

18 މާޗް

March 18, 2019 3
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ފިލިޕީންސް ވަކިވެއްޖެ

މެނީލާ (މާޗް 18) - ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) އިން ރަސްމީކޮށް ފިލިޕީންސް ވަކިވެއްޖެ އެވެ.

28 ފެބުރުއަރީ

February 28, 2019 2
މި ކުއްޖާ ކުރާ ހަމައެކަނި ކަމަކީ ވީޑިއޯ ގޭމް ކުޅުން

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިދިޔަ އަހަރު ވަނީ ވީޑިއޯ ގޭމް ކުޅެން ދެވި ހިފުމަކީ ނަފުސާނީ ބައްޔެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އެހެންވެ މިފަދަ ގޭމުތަކުގެ ދުނިޔެ އަށް ގެއްލިފައި ތިބޭ ކުދިންގެ މައިންބަފައިން ވެސް މިކަމަށް ހާއްސަ ސަމާލުކަމެއް މި ވަނީ ދޭން ޖެހިފަ އެވެ.

16 ފެބުރުއަރީ

February 16, 2019 1
ފުލުހެއްގެ ގަޔަށް ޕުޑިން ޖެހި މީހަކު ޑީޕޯޓްކޮށްލަނީ

ޕުޑިން ތައްޓާ އެކު ރޭލަށް ނޭރޭނެ ކަމަށް އަންގައި، އެކަން ހުއްޓުވި ފުލުހެއްގެ ގަޔަށް ސޯޔާބީން ޕުޑިން ތައްޓެއް ޖެހި ޗައިނާގެ ޒުވާން އަންހެނަކު ފިލިޕީންސުން ހައްޔަރުކޮށްފި އެވެ.

30 ޖެނުއަރީ

January 30, 2019
ފިލިޕީންސްގެ މިސްކިތަކަށް ބޮމުގެ ހަމަލާދީފި

މެނީލާ (ޖެނުއަރީ 30) - ފިލިޕީންސްގެ ދެކުނުގެ ހިސާބެއްގައިވާ މިސްކިތަކަށް މިއަދު ދިން އަތުބޮމުގެ ހަމަލާއެއްގައި ދެ މީހުން މަރުވެ ހަތަރު މީހުން ޒަޚަމްވެއްޖެ އެވެ.

25 ޖެނުއަރީ

January 25, 2019 6
މިންޑަނާއޯގައި މުސްލިމުންނަށް ބާރު ދޭން ތާއީދުކޮށްފި

މެނީލާ (ޖެނުއަރީ 25) - ފިލިޕީންސްގެ ދެކުނުގެ ހަމަނުޖެހުން ބޮޑު މިންޑަނާއޯ ޖަޒީރާތަކުގައި މުސްލިމުންގެ ބާރު އޮންނަ ގޮތަށް ޚިޔާލު ހޯދުމުގެ ވޯޓުގައި ފާސްކޮށްފި އެވެ.

20 ޖެނުއަރީ

January 20, 2019 5
މަރުވި ދެމަފިރިންގެ ހަށިގަނޑު ފިލިޕިންސަށް ގެންގޮސްފި

ހަނީމޫނަށް ރާއްޖެ އައިސް އުޅެނިކޮށް ގެނބިގެން މަރުވި ފިލިޕިންސް ދެމަފިރިންގެ ހަށިގަނޑު އިއްޔެ އެ މީހުންގެ ގައުމަށް ގެންގޮސްފި އެވެ.

15 ޖެނުއަރީ

January 15, 2019 12
މަރުވި ދެމަފިރިންނާ ފިލިޕިންސް ސަރުކާރުން ހަވާލުވެއްޖެ

ކ. ދިއްފުށީގައި މޫދަށް އެރި އުޅެނިކޮށް އާދީއްތަ ދުވަހު ގެނބިގެން މަރުވި ފިލިޕީންސް ދެމަފިރިންގެ ހަށިގަނޑު އެ ގައުމަށް ފޮނުވުމުގެ ޚަރަދު ފިލިޕީންސް ފޮރިން މިނިސްޓްރީން ކުރާ ގޮތަށް...

January 15, 2019
ދަރިވަރުންގެ ސޫރަ ކުރަހައި ސަޕްރައިޒެއް ދީފި

ކްރިސްމަސް ޗުއްޓީ އަށް ފަހު ފިލިޕީންސްގެ ސްކޫލެއްގެ ދަރިވަރުން ސްކޫލަށް ދިޔަ ފުރަތަމަ ދުވަހު ޓީޗަރަކު ތަފާތު ގޮތަކަށް ސަޕްރައިޒެއް ދީފި އެވެ.

14 ޖެނުއަރީ

January 14, 2019 16
ހުވަފެނީ ހަނީމޫން މަރުގެ ދަތުރަކަށް

އެރިކާ ލެގްރިޑިލިއާ އާއި ލިއޯމާ ލެގްރަޑިއަލާ މިދިޔަ މަހު ކުރި އަލަތު ކައިވެންޏަށް ފަހު މި މަހުގެ ނުވަ ވަނަ ދުވަހު ފިލިޕިންސްގެ މެނީލާއިން ރާއްޖެއަށް ފުރީ އެ މީހުންގެ ހުވަފެނީ ހަނީމޫނަށެވެ. ކައިވެންޏަށް ފަހު އެކުގައި ކުރި ފުރަތަމަ ދަތުރު އެ މީހުންގެ ހަޔާތުގެ ފަހު ދަތުރަށްވީ އެވެ.

13 ޖެނުއަރީ

January 13, 2019 25
ޓޫރިސްޓު ދެމަފިރިއަކު ގެނބިގެން މަރުވެއްޖެ

ކ. ދިއްފުށީގައި ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ފިލިޕިންސްގެ ދެމަފިރިޔަކު މިއަދު ގެނބިގެން މަރުވެއްޖެ އެވެ.

01 ޖެނުއަރީ

January 01, 2019 6
މެއިޑް ގައިގައި "އަތްލުމުން" ޑުޓާޓެ އަށް ފާޑުކިޔުން

މެނީލާ (ޖެނުއަރީ 1) - ގޭގައި ގެންގުޅުނު މެއިޑަކަށް ޖިންސީ ގޯނާކުރި ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އަމިއްލަފުޅަށް އިއުތިރާފްވުމާ ގުޅިގެން އޭނާ އަށް ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.

29 ޑިސެމްބަރ

December 29, 2018 3
ފިލިޕީންސަށް އައި ބިންހެލުމާ އެކު ކުޑަ ސުނާމީއެއް

މެނީލާ (ޑިސެމްބަރު 29) - ފިލިޕީންސްގެ މިންޑަނާއޯ ޖަޒީރާގެ ބޭރުން ކަނޑު އަޑިއަށް 6.9 ގެ ބާރު މިނުގައި މިއަދު އައި ބިންހެލުމުގައި ކުޑަ ސުނާމީއެއް އުފެދިއްޖެ އެވެ.

22 ޑިސެމްބަރ

December 22, 2018 6
ފިލިޕީންސްގެ ކުއްޖަކު ޖޯޖް ބުޝް ސްޕޮންސާ ކުރެއްވި

މެނީލާ (ޑިސެމްބަރު 22) - ދާދި ފަހުން އަވަހާރަވި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް ފިލިޕީންސް އިން ކުޑަ ކުއްޖަކު ސްޕޮންސާ ކުރައްވައިގެން ޚަރަދު ކުރެއްވިކަން ހާމަވެއްޖެ އެވެ.