24 މާޗް

March 24, 2017
އެއް ފައި ނެތަސް މިއީ ހިތްވަރު ހުރި މީހެއް

އެންމެ ފަޔެއް ހުރި، ފިލިޕީންސް މީހެއް ކަމަށްވާ އެލަން އެގިއުލާ އަކީ މިސާލެކެވެ. އޭނާގެ އާދަޔާޚިލާފު މި ވާހަކަ، ލޮޑަލީނާ ޓޮމޮން ކިޔާ މީހަކު ފޭސްބުކްގައި ޝެއާކޮށްފައިވެ އެވެ.

22 މާޗް

March 22, 2017 1
30 އަހަރުގެ ދަރިފުޅު އަބަދު މަންމަގެ ބުރަކަށިމަތީގައި

ދަރިންނަށް މައިންބަފައިން ވާ ގުރުބާނީގައި މިއީ މިސާލެކެވެ. މިއި ފިލިޕީންސްގައި އުޅޭ މަންމައެއްގެ މިފަދަ ވާހަކައެކެވެ.

16 މާޗް

March 16, 2017 2
ބަޑީގެ ވަޒަނަކުން ޑްރަގު ނުހުއްޓުވޭނެ

މެނީލާ (މާޗް 16) - ބަޑީގެ ވަޒަން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އަށް އެ ގައުމުގެ ނައިބް ރައީސް ލެނީ ރޮބްރެޑޯ ފާޑު ވިދާޅުވެއްޖެ އެވެ.

01 މާޗް

March 01, 2017 13
ފިލިޕީންސަށް ލެއްގި "ކަނޑުފުރޭތަ"އިގެ ހަގީގަތް

ފިލިޕީންސަށް ދާދިފަހުން ލެއްގި ހުދުކުލައިގެ ބޮޑު "ކަނޑުފުރޭތަ" އިގެ ހަގީގަތް ސައިންސްވެރިން ހޯދައިފި އެވެ. އޭތި ގޮނޑުދޮށަށް ލައްގާފައި އޮއްވާ ފެނުމުން މީހުން ހީކުރީ އެއީ ކަނޑުފުރޭތައެއްގެ ބައެއް ކަމަށެވެ.

23 ފެބުރުއަރީ

February 23, 2017
ޑުޓާޓެ އަށް ފާޑުކިޔާ މީހާ ހައްޔަރު ކުރަން އަމުރުނެރެފި

މެނީލާ (ފެބްރުއަރީ 23) - ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އަށް އެންމެ ބޮޑަށް ފާޑުކިޔާ ސެނެޓުގެ މެންބަރު ލެއިލާ ޑި ލީމާ ހައްޔަރު ކުރަން ކޯޓު އަމުރެއް ނެރެފި އެވެ.

18 ފެބުރުއަރީ

February 18, 2017 1
ޑުޓާޓެ އަށް ފާޑުކިޔާ މީހާ އަށް ޑްރަގުގެ ދައުވާ ކޮށްފި

މެނީލާ (ފެބްރުއަރީ 18) - ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އަށް އެންމެ ބޮޑަށް ފާޑުކިޔާ ސެނެޓުގެ މެންބަރު ލެއިލާ ޑި ލީމާގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރިވެރިންގެ އަތުން ފައިސާ ހޯދާ ކަމުގެ ދައުވާ ކޮށްފި އެވެ.

07 ފެބުރުއަރީ

February 07, 2017 12
ފަގީރު ދެބެއިންގެ އަސަރުން ފުރިގެންވާ މަންޒަރެއް

އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ފިލިޕިންސްގައި، މަގުމަތީ ސަލާންޖަހަން އުޅޭ ކުއްޖެއްގެ އަސަރުގަދަ ހާދިސާއެއް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ސޯޝަލް މީޑިއާގައި ބަޔަކު ހިއްސާކޮށްފަ އެވެ.

30 ޖެނުއަރީ

January 30, 2017 2
ފުލުހުންގެ ތެރެ ސާފުވަންދެން ޑްރަގު ހަނގުރާމަ މަޑުޖައްސާލަނީ

މެނީލާ (ޖެނުއަރީ 30) - ފުލުހުންގެ ތެރޭގައި ތިބި ކޮރަޕްޓް އޮފިޝަލުން ސާފުކޮށް ނިމެންދެން ޑްރަގާ ދެކޮޅު ހަނގުރާމަ މަޑުޖައްސާލުމަށް އެ ގައުމުގެ ފުލުހުން ނިންމައިފި އެވެ.

04 ޖެނުއަރީ

January 04, 2017
ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 ގައިދީން ފިލައިފި

މެނީލާ (ޖެނުއަރީ 4) - ފިލިޕީންސްގެ ދެކުނުގެ ޖަލަކަށް ހަތިޔާރު ހިފައިގެން ތިބި ބަޔަކު ހަމަލާ ދިނުމުން އެ ޖަލުން 150 އަށް ވުރެ ގިނަ ގައިދީން ފިލައިފި އެވެ.

29 ޑިސެމްބަރ

December 29, 2016 7
ކޮރަޕްޓް އޮފިޝަލަކު ހެލިކޮޕްޓަރުން ވައްޓާލިން: ޑުޓާޓެ

މެނީލާ (ޑިސެމްބަރު 29) - ސަރުކާރުގެ ފައިސާ އަށް ޚިޔާނާތްތެރިވާ މީހުން ހެލިކޮޕްޓަރުން ވައްޓާލާނެ ކަމަށާއި ކުރިން ވެސް އެގޮތަށް ކަންތައްކޮށްފައިވާނެ ކަމަށް ވިދާޅުވެ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އިންޒާރު ދެއްވައިފި އެވެ.

28 ޑިސެމްބަރ

December 28, 2016 1
147 މިލިއަން ޑޮލަރުގެ ޑްރަގު ފިލިޕީންސް އިން އަތުލައިފި

މެނީލާ (ޑިސެމްބަރު 28) - މަސްތުވާތަކެތި އަތުލައިގަތުމަށް ފިލިޕީންސް ފުލުހުން ހިންގި ތަފާތު އޮޕަރޭޝަންތަކުގައި އެއް ޓަނުގެ މެތަމްފެޓަމިން އަތުލައިގެންފި އެވެ.

25 ޑިސެމްބަރ

December 25, 2016
ބާރުގަދަ ތޫފާނެއް ފިލިޕީންސަށް އަރައިފި

މެނީލާ (ޑިސެމްބަރު 25) - ގަޑިއަކު ގާތްގަނޑަކަށް 255 ކިލޯމީޓަރުގެ ބާރު މިނުގައި ވައިޖެހެމުން ދިޔަ ތޫފާން ފިލިޕީންސްގެ އިރުމަތީގެ ހިސާބުތަކަށް މިއަދު އަރައިފި އެވެ.

23 ޑިސެމްބަރ

December 23, 2016 1
ފިލިޕީންސްގެ ރައީސް މީހުން މެރި މައްސަލަ ބަލަނީ

މެނީލާ (ޑިސެމްބަރު 23) - ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ޑަވާއޯ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސް ވަރު އޭނާ އަމިއްލަ އަށް ތިން މީހުން މެރި ކަމަށް އެއްބަސްވެޑައިގެންފައިވާ މައްސަލަ ބަލާނެ ކަމަށް އެ ގައުމުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.

21 ޑިސެމްބަރ

December 21, 2016 4
ޑުޓާޓެ މީހުން މެރި މައްސަލަ ބަލަން އދ. އިން ގޮވާލައިފި

ޖެނީވާ (ޑިސެމްބަރު 21) - ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ޑަވާއޯ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސް ވަރު އޭނާ އަމިއްލަ އަށް ތިން މީހުން މެރި ކަމަށް އެއްބަސްވެޑައިގެންފައިވާ މައްސަލަ ބެލުމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނާ ގޮވާލައްވައިފި އެވެ.

16 ޑިސެމްބަރ

December 16, 2016 3
ތިން މީހުން މަރާލިން: ފިލިޕީންސްގެ ރައީސް

މެނީލާ (ޑިސެމްބަރު 16) - ޑާވާއޯ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އަމިއްލަ އަށް ބަޑިޖަހާ ތިން މީހުން މަރާލި ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އެއްބަސްވެވަޑައިގެންފި އެވެ.

13 ޑިސެމްބަރ

December 13, 2016 4
ޑްރަގާ ދެކޮޅު ހަނގުރާމައިގައި 6000 މީހުން މަރައިފި

މެނީލާ (ޑިސެމްބަރު 13) - މަސްތުވާތަކެއްޗާ ދެކޮޅަށް ފިލިޕީންސް އިން ހަނގުރާމަ އިއުލާންކުރި ފަހުން މިދިޔަ ޖުލައި މަހުގެ ފަހުން އެ ގައުމުން 5،927 މީހުން މަރާފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

04 ޑިސެމްބަރ

December 04, 2016
ޑްރަގާ ދެކޮޅު ހަނގުރާމަ އަށް ޓްރަމްޕް ތާއީދު: ޑުޓާޓެ

މެނީލާ (ޑިސެމްބަރު 4) - ޑްރަގާ ދެކޮޅަށް ފިލިޕީންސް އިން މިހާރު ކުރިއަށް ގެންދާ ހަނގުރާމަ އަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ތާއީދު އެބައޮތް ކަމަށް ރައީސް ރޮޑްރިގޯ ޑުޓާޓެ ވިދާޅުވި އެވެ.

05 ނޮވެމްބަރ

November 05, 2016 4
ޑްރަގާ ގުޅުންހުރި މޭޔަރަކަށް ބަޑިން ހަމަލާދީ މަރާލައިފި

މެނީލާ (ނޮވެމްބަރު 5) - މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުން ހުރި ފިލިޕީންސްގެ މޭޔަރެއްގެ ގަޔަށް ފުލުހުން ޖަލުގައި ބަޑިޖަހާ މަރާލައިފި އެވެ.

26 އޮކްޓޯބަރ

October 26, 2016 4
މިއީ ބައިނަލްއަގުވާމީ ދުނިޔޭގެ ފައިފުއްސެއް ނޫން:ޑުޓާޓެ

މެނީލާ (އޮކްޓޯބަރު 26) - ފިލިޕީންސްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ އަށް ކިތަންމެ ވަރަކަށް ފާޑުކީ ނަމަވެސް ބައިނަލްއަގުވާމީ މުޖްތަމައުގެ ފައިފުއްސަކަށް ނުވާނެ ކަމަށް ރައީސް ރޮޑްރިގޯ ޑުޓާޓެ ވިދާޅުވެއްޖެ އެވެ.

05 އޮކްޓޯބަރ

October 05, 2016
އޮބާމާގެ ހަލާކަށް ފިލިޕީންސްގެ ރައީސް ގޮވާލައްވައިފި

މެނީލާ (އޮކްޓޯބަރު 5) - މަސްތުވާތަކެއްޗާ ދެކޮޅަށް ފިލިޕީންސް އިން ފަށާފައިވާ ކެމްޕޭނަށް ފާޑުކިޔަމުންދާތީ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ހަލާކަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ގޮވާލައްވައިފި އެވެ.