20 އެޕްރީލް

April 20, 2019 1
ދެމަފިރިން ކޯރަށް ވެއްޓުނަސް، ބޭނުންވާ ފޮޓޯ ލިބިއްޖެ

މިދިޔަ އަހަރު، އިންޑިއާގެ ކެރެލާގައި އަލަށް ކައިވެނިކުރި ދެމަފިރިއެއްގެ ފޮޓޯ ތަފާތު ގޮތަކަށް ނަގަން ފޮޓޯގްރާފަރަކު ގަހެއްގައި ބޯކޮޅުވަތަށް އެލިގެން އޮތް މަންޒަރު ފެންނަ ވީޑިއޯ އަށް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓުނެވެ. މިފަހަރު ވެސް ކެރެލާގެ މިފަދަ ހާދިސާއެކެވެ.

20 ޖެނުއަރީ

January 20, 2019 5
އެންމެ ބޮޑު މިޔަރާ އެކު ވަގުތުކޮޅެއް

ތިޔަ ފެންނަނީ ދުނިޔޭގެ އެންމެ ބޮޑު މިޔަރާ އެކު ފުންކަނޑުގެ ތެރޭގައި، މަޝްހޫރު އަންހެން ފޮޓޯގްރާފަރު ކިމްބަލީ ޖެފްރީޒް ކުރި ހިތްގައިމު ތަޖުރިބާ އެވެ. "ޑީޕް ބްލޫ" ގެ ނަން ދީފައިވާ މި ބިޔަ މިޔަރުގެ އުމުރުން 50 އަހަރު ވެއްޖެ އެވެ. އޭގެ ދިގު މިނުގައި ހަ މީޓަރު ހުންނަ އިރު، ބަރުދަނުގައި 2.5 ޓަނު ހުންނަ ކަމަށް އަންދާޒާ ކުރެވިފައިވެ އެވެ.

08 ނޮވެމްބަރ

November 08, 2018 2
ޑީއެސްއެލްއާރް ލެންސް އެޅުވޭ ފޯނެއް ހަދަނީ

ސްމާޓްފޯނެއް އޮތިއްޔާ ކޮންމެހެން މޮޅު ކެމެރާއެއް ބޭނުމެއް ނުވެއެވެ. އެކަމަކު މަތީ ފެންވަރުގެ ފޮޓޯ ނަގަން ބޭނުމިއްޔާ ލެންސް ބޮޑުވި ވަރެއް ރަނގަޅުވާނެ އެވެ. އެކަމަށް ފުރުސަތުދޭނެ ކެމެރާ ފޯނެއް ބާޒާރަށް ނެރެން ތައްޔާރުވަނީ އެވެ.

24 ސެޕްޓެމްބަރ

September 24, 2018
ކެމެރާއިން މޮޅު ވީޑިއޯ ނަގާނެ ފަސޭހަ ގިމްބަލްއެއް

ސްމާޓްފޯން ބޭނުންކޮށް އުޅޭ ގިނަ މީހުންނަކީ މިހާރު ފޯނުގެ މޮޅުކަމާހުރެ ފޮޓޯގްރާފަރުންނޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. ފޯނުން ފޮޓޯ ނެގޭނެ މޮޅު ގޮތް ގޮތް ހޯދައި، އެކަންކަމުގެ އަޖުމަ ބަލާ މީހުން ވެސް މަދެއް ނޫނެވެ.

19 ސެޕްޓެމްބަރ

September 19, 2018
މިއީ އެންމެ ފަސޭހަ ޓްރައިޕޮޑް

މިހާރު ކޮންމެ މީހަކީ ވެސް ކޮންމެވެސް ފެންވަރެއްގެ ފޮޓޯގްރާފަރެކެވެ. އަތުގައި އޮންނަ ސްމާޓްފޯނުން ފޮޓޯ ނުނަގާ މީހަކު މަދުވާނެއެވެ. މިކަމަށް ވަކި އުމުރެއް، ވަކި ޖިންސެއް، ވަކި ފަންތިއެއް ނޯވެއެވެ. ނަމަވެސް ކޮންމެ ކޮންމެ މީހަކީ އެންމެ މޮޅު ފެންވަރުގެ ފޮޓޯ ނެގޭނެ ހުރިހާ އާލާތެއް ހަމަކުރާނެ މީހަކަށް ނުވެދާނެއެވެ. ހަމަކުރަން...

18 އޯގަސްޓް

August 18, 2018 56
އިބޫގެ ހިމޭން ދުނިޔެ، މި ފޮޓޯތަކުން!

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖޭގެ ސިޔާސީ މައިދާނަށް ކުރިމަތިވި ހަލަބޮލިކަމާ އެކު، އެ މައިދާނުގައި ބޮޑަށް ހަރަކާތްތެރިވާތަން ފެންނަނީ ހަލަބޮލި ސިޔާސީ ލީޑަރުންނެވެ. މަގުމަތީގެ ހަރަކާތްތަކުގައި އަޑުއުފުލައި ޖޯޝް ހުރި ވާހަކަތަކުން ރައްޔިތުންނަށް ހިތްވަރު ގެނެސްދިނުމަކީ އެފަދަ ބައެއް ލީޑަރުންގެ ހާއްސަ ސިފަތަކެވެ.

12 ޖޫން

June 12, 2018 3
ފޮޓޯ ނަގާ މީހުންނަށް ރަންގަނޑެއް

ސްމާޓްފޯނުގެ މިޒަމާނުގައި ކޮންމެ މީހަކީ ވެސް ފޮޓޯގްރާފަރެކެވެ. ތަފާތަކީ ބޭނުންކުރާ އިތުރު ސާމާނު އެންމެންގެ އަތުގައި ނުހުންނަ ކަމެވެ.

29 މެއި

May 29, 2018 4
ޑިއުޓީގައި ތިބޭ އިޒްރޭލް ސިފައިންގެ ފޮޓޯ ނެގުން މަނާ

ތެލް އަވީވް (މެއި 29) - ޑިއުޓީގައި ތިބޭ އިޒްރޭލް ސިފައިންގެ ފޮޓޯ ނަގައި ވީޑިއޯ ކުރުން މަނާކުރަން ހުށަހެޅި ބިލަށް ފަލަސްތީނުގެ ޖާނަލިސްޓްސް ޔޫނިއަން އިން ފާޑު ކިޔައިފި އެވެ.

02 މެއި

May 02, 2018
ފޮޓޯ ނެގުމުން އެކަނިވެރިކަން ފިލުވައި ދޭނެ

ފަހުގެ ދިރާސާއެއްގައި ބުނާ ގޮތުން ކޮންމެ ދުވަހަކު ފޮޓޯ ނެގުމަކީ މީހާގެ އެކަނިވެރިކަން ފިލުވައި ދޭނެ ކަމެކެވެ.

24 އެޕްރީލް

April 24, 2018 3
ފޮޓޯ ނަގަން ގަހެއްގައި ބޯކޮޅުވަތަށް

އަތުގައި އޮންނަ ފޯނުން ސެލްފީއެއް ނަގަން މީހުން ޖައްސާ ވައްތަރުތަކަކީ މިހާރު އެއްވެސް މީހަކަށް އާ ކަމަކަށް ނުވާނެ އެވެ. އެހެންވިއްޔާ އެއަށް ވުރެ ބޮޑު ކަމެއްގެ ފޮޓޯއެއް ނަގާއިރު އަދި ކިހާ ވަރެއް ވާނެހެއްޔެވެ؟ ހާއްސަކޮށް، ކައިވެނީގެ ފޮޓޯއެކެވެ.

14 މާޗް

March 14, 2018
އެކްޝަން ކެމެރާއަކަށް ފުދޭ ފޯނު ކަވަރެއް

ހަނދާންތައް ފަހަށް ރައްކާކުރުމަށް ރަނގަޅު ފެންވަރެއްގައި ފޮޓޯ ނަގާފައި ބަހައްޓަން ބޭނުން މީހުން ވަރަށް ގިނަ އެވެ. އެކަން ކުރެވޭނީ ރަނގަޅު، މޮޅު ސާމާނު ހުރެގެންނެވެ. މިފަދަ ސާމާނަކީ ކޮންމެ ފަހަރަކު އެހާ އަގުބޮޑު ތަކެއްޗެއް ނޫނެވެ. އެންމެ 28 ޑޮލަރަށް ވިއްކާ ޕެރިސްކޯޕް ސްމާޓްފޯން އެކްޝަން ކެމެރާ ކޭހަކީ މިކަމަށް އެކަށީގެންވާ...

07 މާޗް

March 07, 2018
ބޭނުންވާ ހުރިހާ ފޮޓޯތަކެއް އެއްތާކުން

ފޮޓޯ ބެލުމާއި ސޯޝަލް މީޑިއާގައި ފޮޓޯ ބެހުމަކީ ނުވަތަ ޝެއާކުރުމަކީ މިހާރަކަށް އައިސް ވަރަށް މަގުބޫލުކަމެކެވެ. ލޫޕް ޕާސަނަލް ފޮޓޯ ޑިސްޕްލޭއަކީ އެކިފަހަރުމަތިން އެކި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ނަގާފައިވާ ފޮޓޯތައް ބަރިބަރިއަށް ބަލައިލެވޭ ފޮޓޯ ފްރޭމެއް ވަރުގެ ޑިސްޕްލޭއެކެވެ.

04 މާޗް

March 04, 2018 2
ސެލްފީ ރީތިވާނީ ނޭފަތް ފޮރުވައިގެން

ސެލްފީއެއް ނަގަން އުޅޭ މީހަކު އެކި ގޮތްގޮތަށް އެނބުރި، މޫނަށް ވައްތަރުޖައްސަނިކޮށް ފެނުނަސް އެއްޗެކޭ ހީނުކުރާށެވެ. ސެލްފީއާ ބެހޭ ގޮތުން ކުރި ދިރާސާއަކުން ދައްކަނީ ރީތި ސެލްފީއެއް ނެގުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ސަބަބެއް ކަމަށް ވާނީ ނޭފަތެވެ.

07 ޑިސެމްބަރ

December 07, 2017
މަންމައަށް ފޮޓޯގްރާފަރެއްގެ ތަފާތު ހަދިޔާއެއް

އިޓަލީއަށް އުފަން ފޮޓޯގްރާފަރެއް ކަމަށްވާ ޓޯނީ ލޫސިއާނީގެ މަންމަ އީލިއާ އަށް ޑެމެންޝިއާ ނުވަތަ ހަނދާން ނެތޭ ބަލި ޖެހުން ވެގެން ދިޔައީ ދިރިއުޅުމާ މެދު އޭނާ ދެކެމުން އައި ގޮތް ބަދަލުވެގެން ދިޔަ ކަމަކަށެވެ.

25 ސެޕްޓެމްބަރ

September 25, 2017 10
400 އަށް ވުރެ ގިނަ ފޮޓޯގްރާފަރުން ތަމްރީނު ކޮށްފި

ހަމައެކަނި ދިވެހިންނަށް ވަޒީފާ އަދާކުރެވޭ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ފޮޓޯގްރަފީ އަށް 400 އަށް ވުރެ ގިނަ މީހުން ތަމްރީނު ކޮށްފި އެވެ.

24 ސެޕްޓެމްބަރ

September 24, 2017 31
މަސައްކަތް ކުރަމުން ކިޔަވަން ދަސްކުރަން ޖެހޭ: ރައީސް

ދިރިއުޅުމަށްޓަކައި މަސައްކަތް ކުރަމުން ކިޔަވަން ދިވެހި ޒުވާނުން ދަސްކުރަން ޖެހިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

29 ޖުލައި

July 29, 2017 47
ތަލްއަތުގެ ކެމެރާއިން ރާއްޖޭގެ އުޑުމަތީގެ ރީތިކަން

ތަރިތަކާއި ޕްލެނެޓްތަކާއި ޖައްވީ ދުނިޔެއާ މެދު މުހައްމަދު ތަލްއަތުގެ ޝައުގުވެރިކަން އުފެދުނީ 1998ގައި ނިކުތް ފިލްމު، "އާމަގަޑަން" އިންނެވެ. ދުނިޔެއަށް ވެއްޓެން އަންނަ ގިނިހިލައަކުން ސަލާމަތްވާން މަސައްކަތް ކުރާ ތަން ދައްކާ މި ފިލްމަށް ފަހު، ގިނިހިލަ އާއި ތަރިތަކާ މެދު އުފެދުނު ސުވާލުތައް ހޯދަން ދެން އޭނާ ކިޔަން ފެށީ އެކަމާ ގުޅޭ...

14 ޖޫން

June 14, 2017 5
1000 ފޮޓޯގްރާފަރުން ޕްރޮގްރާމަށް ހުޅުވާލައިފި

ވަޒީފާއަށް ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ދަށުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިން އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) އިން ހިންގާ 1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

22 މާޗް

March 22, 2017 1
ބަދަލުތަކަކާއެކު "ކެނޮން" ފިހާރަ އަލުން ހުޅުވައިފި

ސިމްޑީ ކޮމްޕެނީން ހިންގާ ކެމެރާ ޝޯރޫމް ބޮޑެތި ބަދަލުތަކަކާ އެކު "ކެނޮން އިމޭޖް ސްކެއާ"ގެ ނަމުގައި އަލުން ހުޅުވައިފި އެވެ.

25 ފެބުރުއަރީ

February 25, 2017 6
1000 ފޫޓު މަތީ އެލިގެން އޮވެ ނެގި ފޮޓޯ

ރަޝިއާގެ މޮޑެލްއެއް ކަމަށްވާ ވިކީ އޮޑިންކޮވާ، ޑުބާއިގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ ކާޔަން ޓަވަރަށް އަރައި ސަލާމަތީ ގޮތުން އެއްވެސް އެއްޗެއް ބޭނުން ނުކޮށް އިމާރާތުގެ މަތިން އެލިގެން އޮވެ ފޮޓޯއެއް ނެގި މައްސަލަ ވަނީ ހޫނުވެފަ އެވެ. އޭނާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.