03 ޖޫން

June 03, 2017 31
ތައިލެންޑަށް ކަނޑައަޅާ ސަފީރަކަށް ނަޝީދު އައްޔަންކުރަނީ

ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

25 މެއި

May 25, 2017 24
އާސަންދަ ކުންފުނީގެ އެމްޑީ އަކަށް ހަސަން އަލީ

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް، ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ އަދި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ މިއަދު އައްޔަން ކުރައްވައިފި އެވެ.

May 25, 2017 13
އާސަންދައިގެ އެމްޑީ މައުމޫން ހައުސިންއަށް ބަދަލުކޮށްފި

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދު މިއަދު އެ މަގާމުން ވަކިކޮށް، ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ބަދަލުކޮށްފި އެވެ.

14 މެއި

May 14, 2017 46
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝިފާގް

ހިއުމަން ރައިޓްސް ކޮމިޝަނަ އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުކަމުން މިދިޔަ ބުރާސްފަތިދުވަހު އިސްތިއުފާ ދެއްވި ޝިފާގް މުފީދު (ހިސްޓޯ) ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

13 އެޕްރީލް

April 13, 2017 5
އަބުހަރީ ޒުހައިރު ފެނަކައިން ވަކިކޮށް ހައުސިން އަށް

ސ. ހިތަދޫ ފެނަކަ ބްރާންޗުގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި އެ ތަނުގައި އެންމެ އިސްކޮށް ހުންނެވި އަބްދުﷲ ޒުހައިރު (އަބުހަރީ ޒުހައިރު) އެ މަގާމުން ވަކިކޮށް، ހައުސިން މިނިސްޓްރީ އަށް މިއަދު ބަދަލުކޮށްފި އެވެ.

12 އެޕްރީލް

April 12, 2017 15
މެމްބަރު ސައުދުގެ ޅިޔަނަކު މަގާމުން ވަކިކޮށްފި

ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރެއްވުން ހުއްޓާލައްވައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނާ ދާދި ފަހުން ގުޅިވަޑައިގެންނެވި، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު...

April 12, 2017 7
ދިޓީވީގެ ސީއީއޯ ރައީސް އޮފީހުގެ ޑިރެކްޓަރަކަށް

މިހާރު ހުއްޓާލާފައިވާ ދިޓީވީގެ ސީއީއޯ އަދި ނިއުސްހެޑް މިދުހަތު އާދަމަށް ރައީސް އޮފީހުގެ ޑިރެކްޓަރެއްގެ މަގާމު ދީފި އެވެ.

13 މާޗް

March 13, 2017 33
މެމްބަރު ރަޝީދުގެ އަންހެނުން އެޑިއުކޭޝަންގެ ނައިބަކަށް

ރައްޔިތުންގެ މަޖިލިހުގެ ގައްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ރަޝީދު (ގައްދޫ ރަޝީދު) ގެ އަނބިކަނބަލުންނަށް އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ކަން މިއަދު ދެއްވައިފި އެވެ.

09 މާޗް

March 09, 2017 71
މެމްބަރު ވަހީދުގެ ދަރިފުޅު ރައީސް އޮފީހުން ވަކިކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެކި ސިޔާސަތުތަކާ ދެކޮޅު ހައްދަވައި، އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި އިސްކޮށް ހުންނެވި، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ގެ ދަރިފުޅު ރައީސް އޮފީހުގެ މަގާމުން މިއަދު ވަކިކޮށްފި...

01 މާޗް

March 01, 2017 15
އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ނިމާލް

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނިމާލު މިއަދު ހަމަޖައްސައިފި އެވެ.

March 01, 2017 32
އެމްޕީއެލްގެ ސީއީއޯއަކަށް ހަލީމް ހަމަޖައްސައިފި

އެމްޕީއެލްގެ ސީއީއޯއަކަށް އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ދެންމެ ހަމަޖައްސައިފި އެވެ.

28 ފެބުރުއަރީ

February 28, 2017 48
އެމްޕީއެލްގެ ސީއީއޯ ޖުނެއިދު އިސްތިއުފާ ދެއްވައިފި

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނެއިދު ދެންމެ އިސްތިއުފާ ދެއްވައިފި އެވެ.

14 ފެބުރުއަރީ

February 14, 2017 13
ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް

ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަކީ ސިޔާސީ މަގާމެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ހަމަޖައްސަވައިފި އެވެ.

13 ފެބުރުއަރީ

February 13, 2017
ޔޫއޭއީގެ ސަފީރު ކަމަށް ނިޔާޒް އައްޔަންކުރަން ފާސްކޮށްފި

ޔޫއޭއީ އަށް ރާއްޖޭން ކަނޑައަޅާ ސަފީރު ކަމަށް ހ. ނިޔާސާ ޑރ. ހުސައިން ނިޔާޒް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

07 ފެބުރުއަރީ

February 07, 2017 25
ހީނާ ވަލީދު ފޮރިން މިނިސްޓްރީގެ ސިޔާސީ މަގާމަކަށް

ޓީވީއެމްގައި 17 އަހަރު ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު މިދިޔަ ބުރާސްފަތިދުވަހު އެ ތަނުން އިސްތިއުފާދެއްވި ހީނާ ވަލީދު ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އައްޔަންކުރައްވައިފި އެވެ.

01 ފެބުރުއަރީ

February 01, 2017 10
މަހުދީ ޓްރާންސްޕޯޓަށް، ނާފިޒު އިކޮނޮމިކް މިނިސްޓްރީއަށް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި މަހުދީ އިމާދު، ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަނަކަށް އަދި އެ މަގާމުގައި ކުރިން ހުންނެވި އަބްދުއް ރަޝީދު ނާފިޒު އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ސަރުކާރުން ބަދަލުކޮށްފި އެވެ.

31 ޖެނުއަރީ

January 31, 2017 6
ޖެންޑަ މިނިސްޓްރީގެ ޝަކީބް ހޯމް މިނިސްޓްރީ އަށް

ވ. ރަކީދޫގައި އަނިޔާކޮށް މަރައިލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އިހުމާލުވި ކަމުގެ ދައުވާ ލިބޭ ޖެންޑަ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޝަކީބު ހޯމް މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ.

11 ޖެނުއަރީ

January 11, 2017 3
ސަރުކާރުގެ ދެ މަގާމަކަށް ބަދަލު ގެނެސްފި

ސަރުކާރުގެ ދެ މަގާމަކަށް ރައީސް އަބްދުﷲ ޔާމީން މިއަދު ބަދަލު ގެންނަވައިފި އެވެ.

09 ޖެނުއަރީ

January 09, 2017 14
ސަރުކާރުގެ ބައެއް މަގާމުތަކަށް ބަދަލު ގެންނަވައިފި

ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ތިއްބެވި ބައެއް ބޭފުޅުންގެ މަގާމުތަކަށް، ރައީސް އަބްދުﷲ ޔާމީން މިއަދު ބަދަލު ގެންނަވައި، ފިޝަރީޒަށް އާ ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކުރައްވައިފި އެވެ.

05 ޖެނުއަރީ

January 05, 2017 92
ހެލްތުގެ ސްޓޭޓް މިނިސްޓަރަކަށް ދުންޔާ

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ދުންޔާ މައުމޫން މިއަދު އައްޔަން ކުރައްވައިފި އެވެ.

22 ޑިސެމްބަރ

December 22, 2016 11
ފިނޭންސް މިނިސްޓްރީގެ ނައިބަކަށް އާ ބޭފުޅެއް

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އާ ބޭފުޅަކު މިއަދު އައްޔަންކުރައްވައިފި އެވެ.

19 ޑިސެމްބަރ

December 19, 2016 15
އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރަކަށް ސިނާން

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަަކަށް ސިނާން އަލީ ބަދަލުކޮށްފި އެވެ.

December 19, 2016 5
ޖަމީލާ، ހަމްދޫން، މުންދު ސަފީރު ކަމަށް އައްޔަންކޮށްފި

ރާއްޖެ އިން ތިން ގައުމަކަށް މިއަދު ސަފީރުން އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ރައީސް އަބްދުﷲ ޔާމީން ދެއްވައިފި އެވެ.

December 19, 2016 9
މަޖިލިހުގެ އަމީން އާންމުގެ އެހީތެރިންނަށް ދެބޭފުޅެއް

ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމުގެ އެހީތެރިންނަށް ދެ ބޭފުޅަކު، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް އައްޔަން ކުރައްވައިފި އެވެ.

08 ޑިސެމްބަރ

December 08, 2016 25
ސިޔާސީ ބޭފުޅުން ވަކިކުރާ ހާއްސަ ސަބަބެއް ނެތް: މުއާޒް

ރައީސް އަބްދުﷲ ޔާމީން، ސަރުކާރުގެ ބައެއް އިސްވެރިން މަގާމުތަކުން ވަކިކުރެއްވުމުގައި ހާއްސަ ސަބަބެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.