20 ފެބުރުއަރީ

February 20, 2019 11
މާލޭގައި އަނެއްކާވެސް ފައިސާތަކެއް ފޭރިގެންފި

ތޫނު އެއްޗަކުން ބިރު ދައްކައިގެން މިއަދު މެންދުރު މާލޭގައި މީހަކު އަތުން ފައިސާތަކެއް ފޭރިގަތް ދެ މީހަކު ހައްޔަރުކޮށްފި އެވެ.

19 ފެބުރުއަރީ

February 19, 2019 20
އެމްއެމްއޭގެ ގަވަރުނަރު ނަސީރު މަޖިލީހަށް ހާޒިރުކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ހެޑް، އަބްދުﷲ އަޝްރަފް، އެކަށީގެންވާ ސަބަބެއް ނެތި ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައިވާ މައްސަލައިގައި ގަވަރުނަރު އަހުމަދު ނަސީރު މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީ އަށް ހާޒިރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު...

February 19, 2019 85
އެމްއެމްއޭގެ ވެރިންތަކަކަށް ދައުވާކުރަން ފޮނުވަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ދައުލަތަށް ލިބެންޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އިން މަނީ ލޯންޑަރިން ހިންގި...

February 19, 2019 31
މާލޭގައި ވަޅިން ބިރުދައްކައި ބައި މިލިއަން ފޭރިގެންފި

މާލޭގައި ވަޅިން ބިރު ދައްކައި، 560،000 އަށް ވުރެ ގިނަ ރުފިޔާ މިރޭ ފޭރިގެންފި އެވެ.

18 ފެބުރުއަރީ

February 18, 2019 25
ބްރިޖާއި ހައިވޭގައި ފުލުހުން ޗެކް ޕޮއިންޓްތައް ހަދައިފި

ސިނަމާލެ ބްރިޖާއި ހައިވޭގައި ފުލުހުންގެ ޗެކްޕޮއިންޓްތައް ހަދައި، އެ މަގުން ދުއްވާ ވެހިކަލްތައް ބަލާ ފާސްކުރަން ފަށައިފި އެވެ.

February 18, 2019 5
ޖިއާންގެ މަރުގެ މައްސަލަ އޮތީ ޑިއުޓީ ޕްރޮސެކިއުޝަންގައި

ސިމެންތި ބަސްތާއިން ޖެހިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުންދަނިކޮށް މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލަ މިހާރު އޮތީ ޑިއުޓީ ޕްރޮސެކިއުޝަންގައި ކަމަށް ފުލުހުން މިއަދު ބުނެފި...

17 ފެބުރުއަރީ

February 17, 2019 29
ޓެކްސީ ޑްރައިވަރަށް ޖިނާއީ ދައުވާ ކުރަނީ

ސެނަހިޔާ ހޮސްޕިޓަލު ކައިރިން ކަފިހިހުރަހަކުން މަގު ހުރަސްކުރަން އުޅެނިކޮށް އެކްސިޑެންޓުވި އުމުރުން 46 އަހަރުގެ އަންހެނެއްގެ ގައިގައި ކާރަކުން ޖެހުނު މައްސަލައިގައި ޑްރައިވަރަށް...

February 17, 2019 1
ސިމާދުގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

ގއ. ވިލިނގިލީ އޮޑިފަހަރު ބަންނަ ހަރުގެއެއް ކައިރީގައި މަރުވެފައި އޮއްވާ މިއަދު ފެނުނު ހުސެއިން ސިމާދުގެ މަރުގެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް...

14 ފެބުރުއަރީ

February 14, 2019 12
އެކައުންޓް ފްރީޒްކުރި މައްސަލާގެ އަޑުއެހުންތައް ނިމިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓް ފްރީޒްކުރި މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.

February 14, 2019 32
ތިޖޫރި ހިފައިގެން ނިކުމެވުނީ ފުލުހުންގެ ކުރިމައްޗަށް

އއ. މަތިވެރީގައި ރޭ ދަންވަރު ރަށުތެރެ ބަލަން އުޅުނު ފުލުހުންނަށް، އެ ރަށު އެސްޓީއޯ ބޭސް ފިހާރައިގެ ތިޖޫރި ވަގަށް ނަގައިގެން ދެ މީހަކު ދަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

12 ފެބުރުއަރީ

February 12, 2019 116
ކަފިހި ހުރަސްމަތިން އެކްސިޑެންޓުވެ މީހަކު ސީރިއަސްވެއްޖެ

ސެނެހިޔާ ކަައިރީ ހުރި ކަފިހި ހުރަހުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ކާރަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެމީހާ އަށް ސީރިއަސް އަނިޔާތަކެއް މިރޭ ލިބިއްޖެ އެވެ.

February 12, 2019 4
ވެލިދޫ ރިސޯޓުގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ވެލިދޫ އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅެނިކޮށް ޓޫރިސްޓަކު މިއަދު ގެނބިގެން މަރުވެއްޖެ އެވެ.

10 ފެބުރުއަރީ

February 10, 2019 6
ދެ ޕާރުސަލަކުން 575 ގްރާމްގެ ޑްރަގްސް އަތުލައިގެންފި

ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނައި ދެ ޕާރުސަލެއްގެ ތެރެއިން 575 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސް އިން މިއަދު އަތުލައިގެންފި އެވެ.

09 ފެބުރުއަރީ

February 09, 2019 25
މުލިއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް ހައްޔަރުކޮށްފި

މުލިއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ މިއަދު ހައްޔަރުކޮށްފި އެވެ.

06 ފެބުރުއަރީ

February 06, 2019 14
ޔާމިން ވަނީ އެމްއެމްޕީއާރުސީން ފައިސާގެ މަންފާ ހޯދާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެމްއެމްޕީއާރުސީގެ ފައިސާ މާލީ މަންފާ ލިބޭގޮތަށް ބޭނުންކުރައްވާފައި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

05 ފެބުރުއަރީ

February 05, 2019 26
ކުއްޖަކާ ބެހުނު ކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަނީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝްގެ މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

February 05, 2019 24
ކޮންޓްރޯލް ނުވި ސައިކަލެއް މޫންކެފޭގެ ތެރެއަށް

ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، މާލޭގެ ކެފޭއެއްގެ ތެރެއަށް މިއަދު ވަދެ، ސައިކަލަށް އެކި ވަރުގެ ގެއްލުންތަކެއް ވެއްޖެ އެވެ. އެކަމަކު މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް...

04 ފެބުރުއަރީ

February 04, 2019 16
ކުޑަކުއްޖެއް ގައިގައި އިސްތިރިން ޖެހުނު މައްސަލަ ބަލަނީ

އައްޑޫގައި ކުޑަ އަންހެން ކުއްޖެއްގެ ޖިންސީ ގުނަވަނުގައި އިސްތިރިން ޖެހުނީ މީހެއްގެ އިހުމާލުން ކަމަށް ވާތީ، އެ މައްސަލަ ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފި އެވެ.

February 04, 2019 15
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ޕީޖީ އަށް ފޮނުވަނީ

މޭ ޑޭގެ މުޒާހަރާގައި ފުލުހަކަށް އަނިޔާކުރި މައްސަލާގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު މަރުވި މައްސަލާގައި އިހުމާލުވި ފަރާތްތަކާ ދެކޮޅަށް ދައުވާ...

03 ފެބުރުއަރީ

February 03, 2019 41
އައްޑޫ ޓްރޭނިން ސެންޓަރަށް އިންޑިއާގެ ނުފޫޒެއް ނޯންނާނެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ހަދަމުން އަންނަ ދިވެހި ފުލުހުންގެ ޓްރޭނިން ސެންޓަރަށް އިންޑިއާގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށާއި އެކަމާ ކަންބޮޑުވާން ނުޖެހޭ ކަމަށް އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ) މިއަދު ވިދާޅުވެއްޖެ އެވެ.

02 ފެބުރުއަރީ

February 02, 2019 22
ހައިވޭ އެކްސިޑެންޓްގައި މީހެއްގެ ބޯފަޅައިގެން ހިނގައްޖެ

ސިނަމާލޭ ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ އެވެ.

February 02, 2019 8
ރިސޯޓެއްގައި އިމާރާތަކުން ވެއްޓި ދިވެއްސަކު މަރުވެއްޖެ

ސިއްރުފެންފުށި ރިސޯޓުގައި އިމާރާތަކުން ވެއްޓި ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.

01 ފެބުރުއަރީ

February 01, 2019 32
ބޮޑު އަމުރުން ވެރިކަމުގެ މައިބަދަ ބިނދުނު

މިދިޔަ އަހަރުގެ ފެބްރުއަރީ 1ގައި ސުޕްރީމް ކޯޓުން ނެރުނު ވަރުގަދަ އަމުރަކީ ހުދުމުހުތާރު ވެރިކަމެއްގެ މައިބަދަ ބިންދައިގެން ދިޔަ ތާރީހީ އަމުރެއް ކަމަށް ކުރީގެ ރައީސް މައުމޫން...

February 01, 2019 15
ދުވަސްވީ މީހާއަށް ހަމަލާދިން މައްސަލަ ފުލުހުން ބަލަނީ

އައްޑޫ ހިތަދޫ ހޮޓަލެއްގެ ތެރޭގައި ހުއްޓައި އުމުރުން ދުވަސްވީ މީހާއަށް ހަމަލާދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

31 ޖެނުއަރީ

January 31, 2019 7
ވަގު ޑޮލަރު މާރުކުރި ބަޔަކު ހޯދަން ވީޑިއޯ އާއްމުކޮށްފި

ސައްހަ ނޫން އެމެރިކާ ޑޮލަރުތަކެއް މާރުކުރި މައްސަލައެއްގައި ދެ މީހަކު ހޯދަން ފުލުހުން ވީޑިއޯ އާއްމުކޮށް އާއްމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

30 ޖެނުއަރީ

January 30, 2019 22
ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށައިފި: ޝާހިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީިންގެ ސަރުކާރުގައި، ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ އަށް ކުރިމަތިވި އެކަހެރި ކަމަށް ފަހު ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށާފައިވާ ކަމަށް...

January 30, 2019 16
ސައިކަލު މަޑި ކަފާ މީހަކު ހޯދަން އިއުލާންކޮށްފި

ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގެ މަޑި ކަފާލި މީހަކު ހޯދަން ފުލުހުން މިއަދު ވީޑިއޯއެއް އާންމުކޮށްފި އެވެ.

28 ޖެނުއަރީ

January 28, 2019 71
ބަރު ހިތެއް ނެތް، އެންމެންނަށް މާފުކޮށްފިން: ނާޒިމް

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށުގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު ނުހައްގުން ޖަލުގައި އޮންނަން ޖެހި އަނިޔާތަކެއް ލިބިވަޑައިގަތަސް، އެއްވެސް މީހަކާ ދޭތެރޭގައި ބަރު...

January 28, 2019 7
ޕެރަޑައިސް ރިސޯޓުގައި ޓޫރިސްޓަކު މަރުވެއްޖެ

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އައި ޗައިނާގެ ޓޫރިސްޓަކު އޭނާގެ ކޮޓަރީގައި މަރުވެފައި އޮއްވައި ރޭ ފެނިއްޖެ އެވެ.

27 ޖެނުއަރީ

January 27, 2019 7
މާލޭގައި ވަޅިން ބިރުދައްކައި ފައިސާތަކެއް ފޭރިއްޖެ

މާލޭގެ ފިހާރަ އަކަށް މިއަދު ވަދެ، އެތަނުގެ ސޭޓަށް ވަޅިން ބިރު ދައްކައި، ފައިސާތަކެއް ފޭރުނު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.