17 ޖެނުއަރީ

January 17, 2017 8
އަށް ބިލިއަނަރުންނާ 3.6 ބިލިއަން މީހުންނާ އެއްވަރު

ދުނިޔޭގެ އެންމެ މުއްސަނދި އަށް މީހުންގެ މިލްކިއްޔާތު، މުޅި ދުނިޔޭގެ ހުރިހާ ފަގީރުންގެ ދެ ބައިކުޅަ އެއްބައި ކަމަށްވާ 3.6 ބިލިއަން މީހުންގެ މިލްކިއްޔާތާ އެއްވަރު ކަމަށް އެހީގެ ޖަމިއްޔާއެއް ކަމަށްވާ އޮކްސްފަމް އިން ބުނެފި އެވެ.

22 ނޮވެމްބަރ

November 22, 2016 7
މުދަލު ޒަކާތް ބަހަން ފަށައިފި، މީހަކަށް 900ރ.

ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީހަކަށް 900ރ.ގެ މަގުން މުދަލު ޒަކާތް ބަހަން ފަށައިފި އެވެ.

11 ނޮވެމްބަރ

November 11, 2016 4
އަނބިމީހާގެ ގަބުރާ އެކު މަގުމަތީ އެއް ދުވަސް

ލެޕްރަސީ ޖެހިފައިވާ، އުމުރުން 53 އަހަރުގެ ފަގީރަކު އަނބިމީހާގެ މަރުވެފައިވާ ހަށިގަނޑު އުފުލަން އެމްބިއުލާންސެއް ނުލިބިގެން އެ ހަށިގަނޑު ގާޑިޔަލަކަށް ލައިގެން 24 ގަޑިއިރު ތެރޭ 80 ކިލޯ މީޓަރަށް ހިނގައިފި އެވެ. އި

06 ނޮވެމްބަރ

November 06, 2016 6
ގެދޮރުނެތް ފަގީރަކު ފަސް އަހަރުތެރޭ މިލިއަނަރަކަށް

އުމުރުން 46 އަހަރު ވެފައިވާ ޚަލީލް ރަފީތީ އަކީ މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން، ގެދޮރު ނެތް ފަގީރު ނިކަމެއްޗެކެވެ. މިހާރު އޭނާ ހުރި ގޮތުން މިއީ ރަނގަޅު ވާހަކައެއް ނޫނޭ ހީވެދާނެ އެވެ. އެކަމަކު އޭނާގެ އިންސްޓަގްރާމް އެކައުންޓަށް ބެލުމުން، އޭނާ ދިރިއުޅުނު ހާލަތު ވަރަށް ރަނގަޅަށް ހާމަވެގެން ދެ އެވެ.

18 ސެޕްޓެމްބަރ

September 18, 2016 4
ފަގީރަކަށް ކާންދިން ކުއްޖަކަށް އެތައް ބައެއްގެ ލޯބި

އެމެރިކާގެ ކެލިފޯނިއާގައި، ގެދޮރު ނެތި މަގުމަތިވެފައިވާ ފަގީރަކަށް ކާއެތިކޮޅެއް ދިން ކުޑަ ކުއްޖަކު އެތައް މިލިއަން ބައެއްގެ ލޯބި ހޯދައިފި އެވެ.

09 ސެޕްޓެމްބަރ

September 09, 2016 6
ފަގީރު ކުއްޖާ އަކީ ފްރާންސްގެ އެޑިއުކޭޝަން މިނިސްޓަރު

މިއީ ފްރާންސްގެ އެންމެ ފުރަތަމަ މުސްލިމް މިނިސްޓަރުގެ ގޮތުގައި އެންމެންނަށް އެނގުނު ނަޒާތު ވަލާއުދު ބަލްކަސިމް އެވެ. އުމުރުން 36 އަހަރުގައި 2014 ވަނަ އަހަރު އޭނާ އަށް ފްރާންސްގެ ވިމެން މިނިސްޓަރުކަން ލިބިވަޑައިގެން ނަމަވެސް އޭރު އެއީ މުސްލިމެއް ކަމަށް ބުނާ ވާހަކަ ނޫނީ މާބޮޑަށް މީޑިއާގައި ދެކެވިފައެއް ނުވެ އެވެ. މީޑިއާ އިން ބުނާ...

31 އޯގަސްޓް

August 31, 2016 6
ގަބުރު އުފުލި މީހާއަށް ބަހުރޭންގެ ބޮޑުވަޒީރު އެހީވަނީ

އިންޑިއާގެ އެންމެ ފަގީރު އެއް ޑިސްޓްރިކްޓް ކަމަށްވާ އޮޑިއްޝާގައި އަނބިމީހާގެ ގަބުރު ގެޔަށް ގެންދަށް ކޮނޑަށް ލައިގެން 10 ކިލޯމީޓަރަށް ހިނގި މީހާ އަށް އެހީވާން ބަހުރެއިންގެ ބޮޑުވަޒީރު ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ ނިންމަވައިފި އެވެ.

26 އޯގަސްޓް

August 26, 2016 5
އަނބިމީހާގެ ގަބުރާ އެކު 10 ކިލޯމީޓަރަށް ހިނގައިފި

އިންޑިއާގެ އެންމެ ފަގީރު އެއް ޑިސްޓްރިކްޓް ކަމަށްވާ އޮޑިޝާގައި ފިރިހެނަކު އޭނާގެ މަރުވެފައިވާ އަނބިމީހާގެ ހަށިގަނޑު ހޮސްޕިޓަލުން ގެޔަށް ގެންދަން ކޮނޑަށް ލައިގެން 10 ކިލޯމީޓަރަށް ވުރެ ދުރަށް ހިނގައިފި އެވެ. އޭނާއާ އެކު 12 އަހަރުގެ އަންހެންދަރިފުޅު ރޮމުން ހިނގާފައި އަންނަ މަންޒަރު ވެސް ފެނެ އެވެ.

05 ޖުލައި

July 05, 2016 8
ޒަކާތް ބެހުމުން އޭދަފުށީ ކޮންމެ ފަގީރަކަށް 12000ރ

ފިތުރު ޒަކާތުގެ ގޮތުގައި ބ. އޭދަފުށީގެ ކޮންމެ ފަގީރަަކަށް މިފަހަރު 12000ރ. އަށް ވުރެ ގިނައިން ލިބުނު ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

09 ޖޫން

June 09, 2016 10
ފަގީރުކަމާ ދެކޮޅަށް ގޭޓްސްގެ ކުކުޅު ޕްލޭން ލޯންޗްކޮށްފި

ނިއު ޔޯކް (ޖޫން 9) - ސަބް-ސަހަރާ އެފްރިކާ އިން ފަގީރުކަން ނައްތާލަން މައިކްރޯސޮފްޓުގެ ފައުންޑާ ބިލް ގޭޓްސްގެ "ކުކުޅު ކެމްޕޭން" ނިއު ޔޯކުގައި ލޯންޗުކޮށްފި އެވެ.