03 އެޕްރީލް

April 03, 2017 38
މަޝްވަރާ އަށް ގޮވާލަން ސަރުކާރުން ލަދުގަންނަން ޖެހޭނެ

އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރުމުގެ ހިތްވަރެއް ސަރުކާރުގެ ކިބައިގައި ނެތް ކަމަށާއި މަޝްވަރާގެ މޭޒަށް ދިއުމަށް ގޮވާލަން ސަރުކާރު ލަދުގަންނަން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ...

April 03, 2017 110
އިދިކޮޅު ފަރާތްތަކުން މަސައްކަތުގައި، އުމަރު ކޮބާ؟

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދެވި ޕީޕީއެމުން އެމަނިކުފާނު "ބޭރުކޮށްލީ" އެވެ؛ ގާނޫނާ ހިލާފުވެވަޑައިގަތުމާއި ޕާޓީގެ އަސާސީ ގަވާއިދު...

02 އެޕްރީލް

April 02, 2017 49
މައުމޫންގެ އިސްލާހީ މަސައްކަތާ ސައުދު ގުޅިއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގައުމު އިސްލާހު ކުރައްވަން ފައްޓަވާފައިވާ މަސައްކަތްޕުޅާ ވިލިގިނގީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ސައުދު ހުސެއިން މިރޭ ގުޅިވަޑައިގެންފި...

April 02, 2017 64
ފަރުދާގެ ފުރަގަހުން ނުކުމެ ފާރިސް ކުރީ ސަފުގައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިދިޔަ ބުދަދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުކުރުމާ ގުޅިގެން، އެމްއެމްއޭ ސަރަހައްދަށް އެއްވި މީހުންގެ ތެރެއިން އެއް ބަޔަކު އެންމެ...

01 އެޕްރީލް

April 01, 2017 62
ވަކި ބޭފުޅަކު ނެތަސް ހީނަރުކަމެއް ނާންނާނެ: ޕީޕީއެމް

ވަކި ބޭފުޅަކު ޕީޕީއެމްގައި ނެތުމަކީ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީ އަށް ރައްޔިތުން ކުރާ ތާއީދަށް އެއްވެސް ހީނަރު ކަމެއް އަންނާނެ ކަމަށް ނޫން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

31 މާޗް

March 31, 2017 12
"ސަރުކާރުން ދަނީ ލީޑަރުންނަށް ޖެއްސުން ކުރަމުން"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ސަރުކާރުން އިދިކޮޅު ލީޑަރުންނަށް ބިރު ދައްކައި، ޖެއްސުން ކުރަމުން ދާ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.

March 31, 2017 33
ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓަންޖެހޭ: މައުމޫން

ސިޔާސީ ބޭނުމަށްޓަކައި ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށާއި އެކަން ވަގުތުން ހުއްޓާލަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

March 31, 2017 33
ސަރުކާރުގެ ގާނޫނީ ސައްހަކަމެއް މިހާރު ނެތް: ގާސިމް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތެއް މިހާރު ނެތް ކަމަށާއި އެ މަނިކުފާނު އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ...

30 މާޗް

March 30, 2017 57
ފުލުހުންނާ ކުރިމަތިލާން ގޮވާލުމަކީ ގޮންޖެހުމެއް: ރައީސް

ދިވެހި ފުލުހުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ޒިންމާދާރު ބައެއް ފަރާތްތަކުން ފުލުހުންނާ ކުރިމަތިލުމަށް ގޮވައިލާ ގޮވައިލުންތަކާއި ފުލުހުންގެ މުއައްސަސާ އަށް އިހުތިރާމް ކުޑަވާ ގޮތަށް ކުރެވޭ ކަންކަން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

March 30, 2017 38
މައުމޫން އަމަލުކުރައްވަނީ ޑިމޮކްރަސީއަކަށް ނޫން: ޝައިނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން މިހާރު އަމަލުކުރައްވަމުން ގެންދަވަނީ ޑިމޮކްރަސީގެ ރީތި ސިފަތަކާ އެއްގޮތަށް ނޫން ކަމަށް ފިޝަރީޒް...

March 30, 2017 49
ވަކިކުރި ކަމަށް ބުނީ ދަންނަ ބައެއް ނޫން: ނިހާން

ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އެ ޕާޓީން "ވަކިކުރި" ވާހަކަ އެނގިވަޑައިގަތީ މީޑިއާތަކުން ކަމަށާއި އެކަން ކުރީ ދަންނަ ބައެއް ނޫން ކަމަށް އޭނާ...

29 މާޗް

March 29, 2017 20
"މަޖިލިސް ގެންދާނެ ގޮތުގެ އިރުޝާދެއް ރައީސް ނުދެއްވާ"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދެއް ރައީސް އަބްދުﷲ ޔާމީން ނުދެއްވާ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

March 29, 2017 11
ޗިޓް ހަވާލު ނުކުރެވޭތީ ނަޝީދުގެ ޝަރީއަތް ނުފެށުނު

މިހާރުގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މިއަދު ފަށަން ހަމަޖެއްސި ނަމަވެސް ކޯޓަށް...

March 29, 2017 49
ދައުވާކުރަނީ ގަދަބާރުން ވެރިކަން ދަމަހައްޓަން:އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ބަރިބަރި އަށް ޓެރަރިޒަމްގެ ދައުވާ އުފުލަނީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ މަގްބޫލްކަމާއި ރައްޔިތުންގެ އިތުބާރު ގެއްލެމުންދާތީ،...

28 މާޗް

March 28, 2017 47
ރިޔާޒުގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކޮށްފި

ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. އަދި އޭނާގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކުރައްވާ ކަމަށް ވެސް ކިނބިދޫ ދާއިރާގެ މެމްބަރުކަން ކުރައްވާ ރިޔާޒު ވިދާޅުވި އެވެ.

March 28, 2017 113
ނަޝީދަށް ޓެރަރިޒަމްގެ ދައުވާކޮށް، ކޯޓަށް ފޮނުވައިފި

މިހާރުގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، ދައުލަތުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

March 28, 2017 79
"ކޮންމެ ގޮތަކުން" ވެސް ވޯޓު ނަގަން ރައީސް އެންގެވި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު "ކޮންމެ ގޮތަކުން" ނަމަވެސް އިއްޔެ ނިންމުމަށް ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ...

27 މާޗް

March 27, 2017 22
ޕީޕީއެމުން މައުމޫން ވަކިކުރުމާމެދު މިރޭ ގޮތެއް ނިންމަނީ

ޕީޕީއެމްގެ މެމްބަރުކަމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަކި ކުރަން ޕާޓީގެ ކައުންސިލުން ހުށަހެޅި މައްސަލާގައި މިރޭ ގޮތެއް ނިންމާނެ ކަމަށް ސުލޫކީ ކޮމެޓީން ބުނެފި އެވެ.

25 މާޗް

March 25, 2017 65
ޔާމީނަށް ވޯޓު ކާމިޔާބު ވާނެ އެއްގޮތެއް ވެސް ނެތް

ސިޔާސީ ގޮތުން އެކި ފިކުރުގެ ލީޑަރުން އެއް މޭޒަކަށް އަރާވަޑައިގަތީ ސިޔާސީ ވަރަށް ގިނަ ތަޖުރިބާތަކަކާ އެކު، ހުރިހާ ޙިލާފުތައް ދޫކޮށްލެއްވުމަށް ފަހު ކަމަށާއި ރައީސް އަބްދުﷲ ޔާމީން ބަލިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި ބޮޑު ތަފާތަކުން މޮޅުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު...

March 25, 2017 70
"މައުމޫނަކީ ފަނާކުރަނިވި ފިކުރުގެ ބޭފުޅެއް"

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ޕީޕީއެމް ފިކުރުގެ ބޭފުޅެއް ނޫން ކަމަށާއި މައުމޫން ހުންނެވީ ފަނާކުރަނިވި ފިކުރާ އެއްގޮތަށް ކަމަށް އެ ޕާޓީގެ ނައިބު...

March 25, 2017 25
ރައްޔިތުންނަށް ދަރައިފި، ދެން ގޯހެއް ނުހަދާނެ: ގާސިމް

ސިޔާސީ ލީޑަރުންތައް އެއްގަލަކަށް އަރައި 2013 ގައި ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ހޯދައިދިނުމުން، ރައްޔިތުންނަށް ދަރަނިވެރިވެ "ހިތި ތަޖުރިބާ" ކުރެވިފައިވާ ކަމަށާއި އެެ ގޯސް ދެން...

24 މާޗް

March 24, 2017 27
ޔާމީން ވެރިކަމަށް ވަޑައިގަތީ ބަދަލު ހިއްޕަވަން: ވައްޑެ

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ބަދަލުހިއްޕެވުމަށް ކަމަށް ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) މިރޭ ވިދާޅުވެއްޖެ އެވެ.

March 24, 2017 49
މާޗު 27: އެންމެ ބޮޑު އިމްތިހާނަށް ތައްޔާރުވަނީ!

ރާއްޖޭގެ ސިޔާސީ މަސްރަހު މި އޮތީ އެންމެ މީހެއްގެ ވޯޓަށް އަމާޒު ވެފަ އެވެ. އަންނަ ހޯމަ ދުވަހު ނަގާ އެ ވޯޓު ވެގެން މިދަނީ، މުޅި ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެގެން ހިނގައިދާނެ...

22 މާޗް

March 22, 2017 91
ޖާބިރުގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ

މިހާރު ރައީސް ކަމުގައި ހުންނެވީ އޭނާ "ދަންނަ" އަބްދުﷲ ޔާމީން ނޫން ކަމަށް ވިދާޅުވެ، ޔޮޓް ޓުއާޒްގެ ވެރިޔާ އަބްދުﷲ ޖާބިރު ރައީސް ޔާމީނަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

20 މާޗް

March 20, 2017 64
މަސީހުގެ ވޯޓާ ގުޅިގެން ރައީސް ޔާމީންގެ ބައްދަލުވުމެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް އާއި އެމްޑީއޭގެ މެމްބަރުންނާ މިރޭ މަޝްވަރާ ކުރައްވައިފި އެވެ.

March 20, 2017 13
ކުދި ވިޔަފާރިތަކަށް ހާއްސަ ކުންފުންޏެއް އުފައްދަވައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުންފުންޏެއް ރައީސް އަބްދުﷲ ޔާމީން މިއަދު އުފައްދަވައިފި އެވެ.

March 20, 2017 57
ޖޭޕީ/އެމްޑީޕީން ވަކިވި މެމްބަރުންނަށް ގާސިމްގެ އާދޭސް

ގައުމު ހަމަ މަގަށް އެޅުވޭނީ ޖޭޕީ އާއި އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލިހަށް ހޮވުމަށް ފަހު، ޕާޓީ ބަދަލު ކުރެއްވި މެމްބަރުން އަލުން އެ ޕާޓީތަކާ ގުޅިވަޑައިގަތުމުން ކަމަށް...

17 މާޗް

March 17, 2017 64
ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރުމުން މަރުހަބާ ކިޔައިފި

ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މާދަމާ ރާއްޖެ އަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ފަސްކުރެއްވުމުން އިދިކޮޅު އެމްޑީޕީން މިއަދު މަރުހަބާ ކިޔައިފި އެވެ.

March 17, 2017 172
ސައޫދީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރައްވައިފި

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މާދަމާ ރާއްޖެ އަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު މިއަދު ފަސް ކުރައްވައިފި އެވެ.

16 މާޗް

March 16, 2017 136
މިހިރީ ފ. ގައި، ވިއްކާލަން އުޅޭހެން ހީ ވެސް ނުވޭ!

އެއް އަތޮޅެއްގައި 10 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަކީ އާދައިގެ ކަމެއް ނޫނެވެ. ރާއްޖޭގެ ނިސްބަތުން ބެއްޔަސް، އެއީ ތާރީޚީ ކަމެކެވެ. އެއީ މުޅި ރާއްޖެ އަށް، ވަކިން ޚާއްސަކޮށް އެ އަތޮޅެއްގެ ބަޔަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ އެވެ. ވަޒީފާގެ ފުރުސަތުތައް އިތުރުވެ އާމްދަނީ ލިބޭނެ މަގުތައް ތަނަވަސް ވާނެ ކަމެކެވެ.

15 މާޗް

March 15, 2017 60
މިއީ ރައީސް ޔާމީނާއި މައުމޫންގެ ކުރިމަތިލެއްވުމެއް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓާއެކު، ޝައުގުވެރި އެތައް ބަދަލެއް ސިޔާސީ މަސްރަހުން ފެނުން އެކަށީގެންވެ އެވެ. ފޯރީގައި ހިނގާ އެ މަސައްކަތުގެ ތެރެއިން، މަޖިލީހަށް އެ މައްސަލަ ހުށަހެޅިޔަސް، އާއްމުންނަށް މި ފެނުނީ އޭގެ ތެރެއިން ވަރަށް ކުޑަ މަންޒަރެކެވެ.

14 މާޗް

March 14, 2017 72
މިއީ ހަމައެކަނި މަސީހާ ދެކޮޅު ވޯޓެއް ނޫން: ރައީސް

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މައްޗަށް ނަގަން އުޅޭ އިތުބާރު ނެތް ކަމުގެ ވޯޓަކީ ހަމައެކަނި މަސީހާ ދެކޮޅަށް ނަގާ ވޯޓެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

10 މާޗް

March 10, 2017 162
"ސައޫދީ ސަރުކާރުން ރާއްޖޭގެ އަތޮޅެއް ގަންނާކަށް ނޫޅޭ"

ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖޭގެ އެއްވެސް އަތޮޅެއް ނުވަތަ ބިމެއް ގަންނަން ނޫޅޭ ކަމަށާއި އެފަދަ ބޮޑު މަޝްރޫއަކަށް އިންވެސްޓް ކުރަން ވެސް ނިންމާފައި ނުވާ ކަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީން ރޭގައި ބުނެފި އެވެ.

09 މާޗް

March 09, 2017 40
ޖޭޕީގެ ދިދަ ބޭނުންކުރެވޭނެ ކަމާ މެދު ސުވާލު އުފެދިއްޖެ

އަލަށް އެކުލަވާލައި އިއްޔެ ގެޒެޓްކުރި، ދިވެހި ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލްގެ ދަށުން، ޖުމްހޫރީ ޕާޓީގެ ދިދަ ބޭނުންކުރެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.