13 މާޗް

March 13, 2018 40
ދެ ބިލް ބާތިލް ކުރަން އިދިކޮޅުން ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި ބިލާއި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ މަގާމުން ވަކިވާ ގޮތަށް މިއަދު ފާސްކުރި ދެ ބިލް ބާތިލް ކުރުމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

20 ފެބުރުއަރީ

February 20, 2018 34
"ކުއްލި ނުރައްކަލުގެ ހާލަތު ދިގުދެންމީ ގާނޫނާހިލާފަށް"

މި މަހުގެ ފަސް ވަނަ ދުވަހު ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރު ކުރުމަށް...

February 20, 2018 7
ގަރާރު ފާސްކުރި ކޮމެޓީ ސައްހައެއް ނޫން: އިބޫ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރުނު ގަރާރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ފާސް ކުރަން ނިންމި ނިންމުން، ސައްހަ ނުވާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ...

19 ފެބުރުއަރީ

February 19, 2018 13
ގަރާރު ފާސްނުކޮށްފި ނަމަ ހުރިހާކަމެއް ބާތިލް: އިދިކޮޅު

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރު މާދަމާ ރޭ 8ގެ ކުރިން ފާސްނުކޮށްފި ނަމަ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ހިންގި ހުރިހާ ކަމެއް ވެސް ބާތިލްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

18 ފެބުރުއަރީ

February 18, 2018 20
ގޮނޑި ނުގެއްލޭކަން މިރޭގެ އަމުރުން ސާފު: އިދިކޮޅު

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަން މިރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުން ވެސް ސާފު ކަމަށް އިދިކޮޅު ފަރާތްތަކުން މިރޭ ބުނެފި އެވެ.

06 ފެބުރުއަރީ

February 06, 2018 5
"ކުއްލި ހާލަތު އިއުލާނު ކުރީ ގާނޫނުއަސާސީއާ ހިލާފަށް"

ރާއްޖޭގެ ސިޔާސީ ހާލަތު ގޯސްވެ، ކުއްލި ހާލަތު އިއުލާންކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން މިރޭ ބުނެފި އެވެ.

04 ފެބުރުއަރީ

February 04, 2018 2
އޭޖީ/ ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ އަމުރާ ހިލާފުވިކަމަށް ބުނެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޕުރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް، އިދިކޮޅު ފަރާތްތަކުން މިއަދު ހުށަހަޅައިފި އެވެ.

03 ފެބުރުއަރީ

February 03, 2018 44
އަމުރު ތަންފީޒު ކުރުމަށް ބޭރުގެ އެހީއަށް އެދެފި

ސިޔާސީ އެކި ކުށްތަކުގައި ޖަލު ހުކުމުގައި ތިބި މީހުންނާއި ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލަން ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށް ބޭރުގެ އެހީތެރިކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެދިވަޑައިގެންފި އެވެ.

28 ޖެނުއަރީ

January 28, 2018 21
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ފަރުވާއެއް ނުލިބިގެން

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން، އެމަނިކުފާނު މަގާމުން ދުރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެހެން ތަނަކުން އެކަމުގެ ފަރުވާއެއް ލިބެން ނެތުމުން ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

26 ޖެނުއަރީ

January 26, 2018 51
މައުމޫންގެ ވާހަކަފުޅަށް ހޫނު ރައްދެއް

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން ބޭނުންފުޅުވާކަން ދޭހަވާ ގޮތަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވާހަކަފުޅު...

January 26, 2018 50
ސަރުކާރު ވައްޓާލަން ފުރުސަތެއް ނުދޭނަން: އާދަމް ޝަރީފް

ސަރުކާރު ވައްޓާލަން އުޅޭ ކޮންމެ ބަޔަކާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމްޑީޕީގެ...

08 ޖެނުއަރީ

January 08, 2018 51
ލީޑަރުންނަށް އެއްބަސް ނުވެވޭ ވަރުގެ ކަމެއް ނެތް: އިބޫ

އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރުމާ ގުޅޭ ގޮތުން އިދިކޮޅު ލީޑަރުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު އެއްބަސް ނުވެވޭ ވަރުގެ ހުށަހެޅުމެއް ނެތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހިންވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

03 ޖެނުއަރީ

January 03, 2018 43
އެއް ކެންޑިޑޭޓާ ގުޅޭ މަޝްވަރާ ކޮމެޓީގެ ޗެއާމަނަކަށް އިބޫ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާ ކޮމެޓީގެ ޗެއާމަނަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި ވައިސް ޗެއާމަނަކަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް އިއްޔެ ހަމަޖައްސައިފި އެވެ.

27 އޮކްޓޯބަރ

October 27, 2017 30
ޕާޓީތަކުގެ ފައިސާ ބޭނުންކުރި ބަޔަކު ހޯދަން ގޮވާލައިފި

ދައުލަތުގެ ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް މި އަހަރަށް ކަނޑައެޅި ފައިސާ ބޭނުންކުރި ބަޔަކު ހޯދައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނަށް އިދިކޮޅު ޕާޓީތަކުން އިއްޔެ ގޮވާލައިފި އެވެ.

26 އޮކްޓޯބަރ

October 26, 2017 8
މި ދައުރު ނިމޭއިރު 20 ބިލިއަނުން ދަރާނެ: އިބޫ

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުން އެކަނި ވެސް ދައުލަތުގެ ދަރަނި 20 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު...

October 26, 2017 25
ބަޖެޓް ފާސްކުރަން ނެގީ ޣައިރު ގާނޫނީ ވޯޓެއް: އިދިކޮޅު

ސަރުކާރުން ހުށަހެޅި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރަން ނެގީ ޣައިރު ގާނޫނީ ވޯޓެއް ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

28 އޯގަސްޓް

August 28, 2017 27
އެއީ އަދިވެސް މެމްބަރުން، އިންތިހާބެއް ނުބޭއްވޭނެ: އިބޫ

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިޔަވަޅު އެޅި އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭކަން ސުޕްރީމް ކޯޓުގެ ނިންމުމުން ވަރަށް ސާފު ކަމަށާއި އެއާ ޚިލާފަށް ބައިއިލެކްޝަނެއް ނުބޭއްވޭނެ ކަަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

27 އޯގަސްޓް

August 27, 2017 13
މަސްއޫލިއްޔަތު އަދާނުކުރެވޭ މެމްބަރުންތަކެއް އެބަތިބި

އެކި ދައުވާތަކާއި ތުހުމަތުތަކުގެ ސަބަބުން ރައްޔިތުން މަޖިލީހުގެ އިދިކޮޅު މެމްބަރުގެ ހަތަރު ބައިކުޅަ އެއްބައި މެމްބަރުން ތިބީ މަސްއޫލިއްޔަތު އަދާނުކުރެވޭ ހާލަތުގައި ކަމަށް...

August 27, 2017 48
"ނިންމީ ރައީސަކަށް އިބޫ، ނައިބަކަށް ފާރިސް ގެންނަން"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކޮށް، އެ މަގާމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހަމަޖެއްސުމަށް ފަހު،...

25 އޯގަސްޓް

August 25, 2017 17
ގާސިމް ޖަލަށްލިޔަސް ލީޑަރުން ހުހެއް ނުވާނެ: އިބޫ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލަށްލިޔަސް އިދިކޮޅު ސިޔާސީ ލީޑަރުން ހުސްވާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

21 އޯގަސްޓް

August 21, 2017 4
ސުޕްރީމް ކޯޓުގެ ހުކުމް އަވަސްކޮށްދެއްވާ: އިބޫ

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އަވަސްކޮށް ދެއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ގޮވާލައްވައިފި އެވެ.

07 އޯގަސްޓް

August 07, 2017 14
ޖަވާބެއް ނުލިބުމުން އިދިކޮޅު ފަރާތްތަކުން ޕީޖީ އޮފީހަށް

ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްއާ ބައްދަލު ކުރުމަށް އިދިކޮޅު ފަރާތްތަކުން ފޮނުވި ސިޓީއަށް މިހާތަނަށް ވެސް ޖަވާބެއް ނުލިބުމުން، އެ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ބައެއް އިސްވެރިން ޕީޖީ އޮފީހަށް މިއަދު ވަޑައިގެންފި އެވެ.

01 އޯގަސްޓް

August 01, 2017 19
ޝާހިދު، އަސްލަމް، ޑީޑީ ފުލުހަށް ހާޒިރުކުރަނީ

ފުލުހުންގެ ސަފުތައް ފަޅާލައި ގަދަކަމުން ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލާގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމު އަދި ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ (ޑީޑީ) ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

30 ޖުލައި

July 30, 2017 8
ޑިކްޓޭޓާޝިޕަކަށް މި ގާނޫނުއަސާސީ ތަނެއް ނުދޭ: އިބޫ

މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީގައި، ޑިކްޓޭޓަޝިޕެއް ހިންގަން ތަނެއް ނެތް ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.