20 ނޮވެމްބަރ

November 20, 2020 33
ސަރުކާރާއެކު ދެމިއޮންނާނަން: އެމްއާރްއެމް

ގައުމީ މަސްލަހަތާއި ރައްޔިތުންނަށް ޚިދުމަތް ކުރިމަގުގައި މި ސަރުކާރާ އެކު، ދެމިއޮންނާނެ ކަމަށް ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެއް ކަމަށްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.

08 ނޮވެމްބަރ

November 08, 2020 22
ޑީއާރުޕީގެ ދަރަނި: މައުމޫން ކޯޓަށް ހާޒިރުކުރަން އެދެފި

ހަބް ކުންފުންޏަށް ފައިސާ ދައްކަން ޑީއާރުޕީގެ މައްޗަށް ހުކުމް ކޮށްފައިވާ މައްސަލައިގައި އެ ޕާޓީގެ ކުރީގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޯޓަށް ހާޒިރު ކޮށްދޭން ޑީއާރުޕީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސުޕްރީމް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.

03 ނޮވެމްބަރ

November 03, 2020 4
"ނަސްރު ލިބުނީ ރައްޔިތުން ދެއްކި އެއްބައިވަންތަކަމުން"

މީގެ 32 އަހަރު ކުރިން ސްރީ ލަންކާގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ދިން އުދުވާނީ ހަމަލައިން ސަލާމަތްވެ، ދިވެހިންނަށް ނަސްރު ލިބުނީ އެ ދުވަހު ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ދިން އެއްބާރުލުމުގެ ސަބަބުން ކަމަށް އޭރު ރައީސްކަމުގައި ހުންނެވި މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

02 ނޮވެމްބަރ

November 02, 2020 27
ނޮވެމްބަރު ތިނެއް، ނަޝީދުގެ ތައުރީފު ސިފައިންނަށް

ރާއްޖެ އަށް ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރީ ދިވެހި ސިފައިން ކަަމަށްް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފައިންނަށް މިއަދު ތައުރީފުކުރައްވައިފި އެވެ.

13 އޮކްޓޯބަރ

October 13, 2020 15
ދަރަނީގެ މައްސަލާގައި ޑީއާރުޕީން ދައުވާކުރަނީ

ކުރީގެ ރައީސް މައުމޫނު ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ކުރިން އަަދާނުކޮށް ހުރި ދަރަނިތަކުގެ ބިލްތައް މިހާރު ވެސް އަންނާތީ އޭރުގެ ވެރިންނަށް ދައުވާކުރަން ނިންމާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

08 އޮކްޓޯބަރ

October 08, 2020 49
އެމްޑީޕީ ނުކުންނާނެ ގޮތް އަވަހަށް ނިންމަންޖެހޭ: އާޒިމް

ދެން އޮންނަ ރިއާސީ އިންތިހާބަށް އެމްޑީޕީން ނުކުންނާނީ މިހާރު އޮތް ކޯލިޝަނާ އެކުގައިތޯ ނުވަތަ ވަކިންތޯ ވަރަށް އަވަަހަށް ނިންމަން ޖެހޭ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

19 ސެޕްޓެމްބަރ

September 19, 2020 76
ޖަލުގައި ބަޑިޖެހިމައްސަލަ އަދިވެސް ބަލަންޖެހޭ: އެމްޑީޕީ

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 2003 ވަނަ އަަހަރު މާފުށީ ޖަލުގައި ގައިދީންގެ ގަޔަށް ބަޑިޖެހި ހާދިސާގެ ހަގީގަތް ހޯދިފައި ނުވާ ކަމަށާއި އެކަން ރައްޔިތުންނަށް ސާފުވާން ޖެހޭ ކަަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

14 ސެޕްޓެމްބަރ

September 14, 2020 18
ކޮވިޑްގެ ފަރުވާއަށް ފަހު މައުމޫން ދޫކޮށްލައިފި

ކޮވިޑް-19އަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ދޫކޮށްލައިފި އެވެ.

05 ސެޕްޓެމްބަރ

September 05, 2020 57
ރާއްޖޭގެ "އޮޕަރޭޝަން ކެކްޓަސް" ގެ ފިލްމުގައި ޝާހިދު

ރާއްޖޭގެ ބަޔަކު ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގޮވައިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓާލަން 1988 ގައި ދިން ޓެރަރިސްޓް ހަމާލާގައި އިންޑިއާ އިން ރާއްޖެ އަށް އެހީވާން ހިންގި "އޮޕަރޭޝަން ކެކްޓަސް" އަށް ބިނާކޮށް ހަދާ ފިލްމަކަށް ޝާހިދު ކަޕޫރް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

31 އޯގަސްޓް

August 31, 2020 18
މައުމޫން، ނަސްރީނާ އަށް: ވަރަށް އަވަހަށް ބައްދަލުވާނެ

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން، ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ އިބްރާހިމަށް ވީޑިއޯ ކޯލެއް ކުރައްވައިގެން އުފާވެރިކަމާ އެކު ވާހަކަ ދައްކަވަނިކޮށް ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓްކުރައްވައި އެ މަނިކުފާނުގެ ހާލުކޮޅު ވަރަށް ރަނގަޅު...

28 އޯގަސްޓް

August 28, 2020 9
ބައްޕަގެ ހާލު އަންނަނީ ރަނގަޅު ވަމުން: ޔުމްނާ

ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެ މަނިކުފާނުގެ ހާލުކޮޅު އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ރަނގަޅުވަމުން ކަމަށް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

27 އޯގަސްޓް

August 27, 2020 25
ޣައްސާން ކޮވިޑަށް ނެގެޓިވް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫންގެ ކޮވިޑް ޓެސްޓު ނެގެޓިވް ކަމަަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

26 އޯގަސްޓް

August 26, 2020 17
މައުމޫނަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުއާ

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އަވަސް ޝިފާއަކަށް އެދި ގިނަ ބައެއްގެ ހެޔޮ ދުއާ އިން ސޯޝަލް މީޑިއާ ފުރާލައިފި އެވެ.

August 26, 2020 15
ޑީއާރުޕީއަކީ މި ކޯލިޝަންގެ ބައިވެރިއެއް ނޫން: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރުޕީއާ އެކު ކޯލިޝަން އެއްބަސްވުމެއް ނުހަދާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ހިންގެވުމާ...

August 26, 2020 14
މައުމޫންގެ ހާލުކޮޅު ރަނގަޅު: އާއިލާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ރަނގަޅު ކަމަށާއި ކޮވިޑްގެ އަލާމާތް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށް އެ މަނިކުފާނުގެ އާއިލާ އިން މިއަދު ބުނެފި އެވެ.

24 އޯގަސްޓް

August 24, 2020 82
ރިޔާސީ ނިޒާމުގެ ދިފާއުގައި މައުމޫން ނުކުންނަވައިފި

ރާއްޖެ އަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ވިދާޅުވެ، އެ ނިޒާމުގެ ދިފާއުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުކުންނަވައިފި އެވެ.

06 އޯގަސްޓް

August 06, 2020 12
ނަސްރީނާގެ ހާލު އަންނަނީ ރަނގަޅުވަމުން: މައުމޫން

ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ އިބްރާހީމްގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ފިރިކަލުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

26 ޖުލައި

July 26, 2020 52
ދީފައިވާ ލުއިތަކަށް ބަދަލު ގެންނަން ޖެހޭ: އެމްއާރުއެމް

ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ، މިއީ ލޮކްޑައުން އަށް ސަރުކާރުން ދީފަައިވާ ލުއިތަކަށް ބަދަލު ގެންނަންވީ ވަގުތު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މިއަދު ބުނެފި އެވެ.

20 ޖުލައި

July 20, 2020 12
ފިޝަރީޒްގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ސަސްޕެންޑުކޮށްފި

ޒުވާން އަންހެނުންނަށާއި ކުޑަކުދިންނަށް އެކި ކަހަލަ ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތަކާ އެކު، ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަހުމަދު ފަޒީލް މިއަދު ސަސްޕެންޑުކޮށްފި އެވެ.

17 ޖުލައި

July 17, 2020 58
ހައްގު ހަނިކޮށްފައި އޮތީ މަޖިލީހުން ޒިންމާ އަދާނުކުރާތީ

އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފައި އޮތްއޮތުން އުވައިލުމުގައި ރަައްޔިތުންގެ މަޖިލީހުން ޒިންމާ އަދާނުކުރާ ކަމަށް މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.

07 ޖުލައި

July 07, 2020 42
މިފަހަރު ޖާބިރު ބޭނުންވީ ކޯލިޝަނުން މައުމޫން ބޭރުކުރަން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ، އެމްއާރުއެމްގެ ސްލޮޓެއްގައި ވަޒީރުކަމަށް ވަޑައިގެންނެވި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރު ކުރައްވަން ކުރެއްވި މަސައްކަތް މިއަދު ނާކާމިޔާބުވެފައި ވަނިކޮށް، ސަރުކާރުގެ ކޯލިޝަނުން އެ ޕާޓީ ވަކިކުރުމުގެ މަސައްކަތް ޑީއާރުޕީގެ ލީޑަރު...