14 ނޮވެމްބަރ

November 14, 2018 42
ޚާޝުގްޖީގެ ގާތިލުން ހޯދަން އުގެއިލްގެ އެހީ ހޯދައިފި

ތުރުކީ ވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައޫދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި، ސައޫދީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ގާތިލުން ދެނެގަތުމަށް ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ނޫސްކަމުގައިވާ ނިއު ޔޯކް ޓައިމްސް އިން ކުރި މަސައްކަތުގައި ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގައިލްގެ އެހީތެރިކަން ހޯދައިފި އެވެ.

23 އޮކްޓޯބަރ

October 23, 2018 25
މަރުތަކުގެ ހަގީގަތް ހޯދުމުގައި އެހީވެދޭނަން: އުގެއިލް

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ބްލޮގާ ޔާމީން ރަޝީދުގެ އިތުރުން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގުކޮށް، އެކަން ކުރި ބައެއް ހޯދުމުގައި އެހީތެރިވެދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގައިލް މިއަދު ވިދާޅުވެއްޖެ...

06 އޮކްޓޯބަރ

October 06, 2018 53
ޖާސޫސަށް ޒަހަރުދިން މީހާ އުގައިލްގެ އެހީގައި ދެނެގެންފި

އިނގިރޭސިވިލާތުގައި މަސައްކަތްކުރާ ރަޝިޔާގެ ޖާސޫސަކަށް، ޒަހަރުދިން ކަމަށް ތުހުމަތު ކުރެވޭ މީހާގެ އަސްލު، ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގައިލްގެ ސޮފްޓްވެއާގެ އެހީގައި ދެނެގެންފި އެވެ.

17 ސެޕްޓެމްބަރ

September 17, 2018 98
ވޯޓަށް ހަދާ މަކަރު ޓެކްނޮލޮޖީން ދެނެގަނެވޭނެ: އުގައިލް

ރިޔާސީ އިންތިޚާބުގައި ވޯޓަށް މަކަރު ހަދާ ނަމަ އެކަން، އެމްޑީޕީން ބޭނުންކުރަން ނިންމާފައިވާ މޫނު ދެނެގަންނަ ޓެކްނޮލޮޖީން ހޯދޭނެ ކަމަށް، ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެ އެވެ.

04 ޖުލައި

July 04, 2018 101
ޕްރޮޕެސަރު އުގައިލް އިނގިރޭސި ރައްޔިތުކަން ދޫކޮށްލަނީ

މީގެ 15 އަހަރު ކުރިން އިނގިރޭސިވިލާތުގެ ރައްޔިތަކަށް ވެވަޑައިގެންނެވި ޕްރޮފެސަރު ހަސަން އުގެއިލް އެ ގައުމުގެ ރައްޔިތުކަން ދޫކޮށްލައްވަން ނިންމަވައިފި އެވެ.

01 ޖުލައި

July 01, 2018 73
އިބޫގެ ރަނިންމޭޓަކަށް އަލީ ހުސައިން ރަނގަޅު: އުގައިލް

އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ އިދިކޮޅު ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވާ ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންމޭޓަކަށް އެންމެ އެކަށީގެންވާ ބޭފުޅަކީ، ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ކަމަށް ޕްރޮފެސަރު ހަސަން އުގައިލް މިއަދު ވިދާޅުވެއްޖެ އެވެ.

25 ޖޫން

June 25, 2018 109
ނިހާންގެ އިސްލާހުގެ އަމާޒަކީ ޕްރޮފެސަރު އުގައިލް!

ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، އިދިކޮޅުން ނެރެން އެންމެ ފުރުސަތު ބޮޑު، ގާބިލް ކެންޑިޑޭޓަކީ ޕްރޮފެސަރު ހަސަން އުގައިލް އެވެ؛ މިއީ، އިންތިޚާބަށް އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުމުގެ ވާހަކަ ފެށުމާ އެކު، ފެތުރުނު އަޑެކެވެ.

01 ފެބުރުއަރީ

February 01, 2018 34
ޔާމީންގެ މަރުގެ ތަހުގީގަށް އުގައިލްގެ އެހީބޭނުމެއް ނުވި

އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް އެހީތެރިވުމަށް ހުށަހެޅުއްވި ކަމަށާއި އެކަމަކު އެކަން ސަރުކާރުން ގަބޫލު ނުކުރި ކަމަށް ޕްރޮފެސަރު ހަސަން އުގައިލް މިއަދު ވިދާޅުވެއްޖެ އެވެ.

30 ޖެނުއަރީ

January 30, 2018 25
އުގައިލްގެ ފަހުގެ ޕްރޮޖެކްޓް: މޫނުން އަސަރު ދެނެގަތުން

ވާހަކަ ދައްކާއިރު މީހުންގެ މޫނުމަތިން ފެންނަ އަސަރުތައް ދެނެގަނެވޭނެ ފަދަ ސޮފްޓްވެއާއެއް ރާއްޖޭގެ ޕްރޮފެސަރު ހަސަން އުގައިލް އީޖާދު ކުރައްވައިފި އެވެ.

26 ނޮވެމްބަރ

November 26, 2017 63
އުގެއިލް، ރައީސް ޔާމީނާ ދެކޮޅުވުމަކީ ހިތްވަރެއް:ރިޔާޒް

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް، ޕްރޮފެސަރު ހަސަން އުގެއިލް ތާއީދު ނުކުރައްވަން ނިންމެވުމަކީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރާ އިސްލާހީ މަސައްކަތަށް...

November 26, 2017 246
ޕްރޮފެސަރު އުގެއިލް: އަޅުގަނޑުގެ ވިސްނުމުގައި 2018

ދިވެހިރާއްޖޭގެ މުސްތަގުބަލާ މެދު މިނިވަންކަމާއި ހިތުގައިވާ ލޯތްބާ އެކު ވިސްނުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ޒިންމާއެއް ކަމަށް އަބަދުވެސް ދެކެން ޖެހެ އެވެ. މިގޮތުން، ހިތަށް ވެރިވާ...

14 ނޮވެމްބަރ

November 14, 2017 176
އުގައިލް ސުކޫލްތަކުގައި ލެކްޗާ ދޭން ހުރަސްތަކެއް

ޕްރޮފެސަރު ހަސަން އުގައިލް ރާއްޖޭގެ ސުކޫލުތަކުގައި ލެކްޗަ ދެއްވަން ހުރަަސްތަކަކާ ކުރިމަތިވެއްޖެ އެވެ.

15 ޖޫން

June 15, 2017 23
ގެއްލިފައިވާ މީހުން ހޯދަން އުގޭލްގެ ސިސްޓަމް މާފުރިހަމަ

އުމުރުން ދުވަސްވުމުން މީހުން ހުންނާނެ ގޮތް އަންގައިދިނުމަށް ދިވެހި ސައެންސްވެރިޔާ ހަސަން އުގައިލް އާއި ބްރެޑްފޯޑް ޔުނިވާސިޓީގެ ރިސާޗް ޓީމުން ތައްޔާރުކުރި ސޮފްޓްވެއާ މާ ފުރިހަމަކަން ހާމަވާން ފަށައިފި އެވެ.

02 ޖޫން

June 02, 2017 6
ވިސްނާ ހޯދާށެވެ. ހިކުމަތްތެރިކަން ހާމަ ވާނެ އެވެ.

މި ކައުނާއި ކައުނުގައި މާތްރަސްކަލާނގެ ލައްވާފައިވާ ތަކެއްޗާއި އެތަކެތީގެ ނިޒާމުތަކަށް ވިސްނާ ފިކުރު ހިންގައިފި ކޮންމެ މީހަކަށް ވެސް ހިކުމަތްވަންތަކަމުގެ ނަމޫނާ މިސާލު ފެނިގެންދާނެ ކަމީ ކުޑަ ވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ. ހަމައެހެންމެ، ދުނިޔޭގައިވާ ކުޑަކުޑަ ދިރުމަކަށް ވިއަސް ނަޒަރު ހިންގައި އޭގެ ދިރިއުޅުމާ މެދު...

01 މެއި

May 01, 2017 212
އުގައިލްގެ މަރުކަޒު ހުރި ރަށް ހަވާލުކުރަން އަންގައިފި

ކަނޑުގެ ދިރުންތަކާ ބެހޭ ދިރާސާތައް ކުރަން ކޮރަލިއަން ލެބްގެ ނަމުގައި ޅ. ވައްވަރުގައި، ޕްރޮފެސަރު ހަސަން އުގައިލް ހިންގަވާ މަރުކަޒު ހުއްޓާލައި އެ ރަށް ސަރުކާރާ ހަވާލުކުރަން އަންގައިފި އެވެ.

19 އެޕްރީލް

April 19, 2017 45
ސަގާފީ ދެ މައިޒާނެއް އުގެއިލް ހުޅުވައިދެއްވައިފި

ތ. އަތޮޅުގެ ދެ ރަށެއްގައި ތައްޔާރުކުރި ރާއްޖޭގެ ސަގާފީ ބައެއް ކަންކަން ދައްކުވައިދޭ ދެ މައިޒާނެއް ޕްރޮފެސަރު ހަސަން އުގެއިލް ހުޅުވައިދެއްވައިފި އެވެ.

18 އެޕްރީލް

April 18, 2017 6
ތިނަދޫގައި އުގައިލްގެ ޓޯކް ޝޯއަށް ބޮޑު ތަރުހީބެއް

ޕްރޮފެސަރު ހަސަން އުގެއިލާ އެކު ގދ. ތިނަދޫގައި ރޭ ބޭއްވި ޓޯކް ޝޯއަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ގދ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެފި އެވެ.

16 އެޕްރީލް

April 16, 2017 17
މައިސޫރު ޔުނިވަސިޓީގެ އެންމެ މަތީ ޝަރަފް އުގެއިލަށް

އިންޑިއާގެ ޔުނިވާސިޓީ އޮފް މައިސޫރުގެ އެންމެ މަތީ ޝަރަފް، ދިވެހި ޕްރޮފެސަރު ހަސަން އުގައިލަށް އިއްޔެ ލިިބިވަޑައިގެންފި އެވެ.

08 ޖެނުއަރީ

January 08, 2017 13
މޮޅު ދަރިވަރަކަށް ވާނީ ކިހިނެއް؟ އުގެއިލްގެ 5 ނަސޭހަތް

ތައުލީމީ އާ އަހަރެއް އަބަދުވެސް ފެށެނީ އާ އުއްމީދުތަކަކާ އެކީގަ އެވެ. އެކަމަކު ފުރަތަމަ ދުވަހުގެ އަޒުމުގައި ދެމިތިބެވެނީ ކިތައް ދަރިވަރުންނަށް ހެއްޔެވެ؟

20 ޑިސެމްބަރ

December 20, 2016 10
އުގައިލްގެ ޓީމުން ތައްޔާރުކުރި ނިޒާމްގެ އަޖުމަބަލަނީ

ޕްރޮފެސަރު ހަސަން އުގައިލްގެ ޓީމުން އީޖާދުކުރި ކުށުގެ ތުހުމަތުކުރެވޭ މީހުން ދެނެގަނެވޭ ބާރުގަަދަ ސިސްޓަމް، "ހޭލޯ"، އިނގިރޭސި ފުލުހުން އަޖުމަބެލުމުގެ ގޮތުން ބޭނުންކުރަން ފަށައިފި އެވެ.

24 އޮކްޓޯބަރ

October 24, 2016 3
އުގެއިލްގެ "ސިއްހީ ހަދިޔާ"ގެ އީބުކް "މިހާރު"ގައި

ދިވެހިންނަށް އާއްމުކޮށް ދިމާވާ ސިއްހީ މައްސަލަތަކާއި ދުޅަހެޔޮ ސިއްހަތަކަށް ދިރިއުޅުން ބައްޓަންކުރާނެ ގޮތާ ބެހޭ ގޮތުން ޕްރޮފެސަރު ހަސަން އުގެއިލް ލިއުއްވި "ސިއްހީ ހަދިޔާ"ގެ އީބުކް "މިހާރު" މެދުވެރިކޮށް ނެރެފި އެވެ.