07 ޖުލައި

July 07, 2020 21
ބަލީގެ އަލާމާތްތަކާ އެކު ކުޅޭށާއި ކޮފީއަށާއި އޮފީހަށް

ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ފެށުމުން ވެސް ބައެއް މީހުން ކުޅޭށާއި ކޮފީތަކުގެ އިތުރުން އޮފީހަށް ވެސް ނުކުމެ އެހެން މީހުންނާ ބައްދަލުކުރާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ރޭ ވިދާޅުވެއްޖެ އެވެ.

23 ޖޫން

June 23, 2020 9
ޑރ. އަފްޒަލް: ގިނަ މީހުންގެ އާދަތައް ރަނގަޅު

ބޭރަށް ނުކުންނަން ދިން ލުއިތަކުގެ ބޭނުން އާންމުން ހިފަމުން އަންނަ އިރު ގިނަ ބައެއްގެ ކިބާގައި ރަނގަޅު އާދަތަކެއް ހުރުމާ އެކު، އަލުން ލޮކްޑައުންއަކަށް ދާން ޖެހޭ ފަދަ މަންޒަރެއް އަދި ނުފެންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

17 ޖޫން

June 17, 2020 27
މުވައްޒަފަކު ޕޮޒިޓިވް ވިޔަސް މަޖިލިސް ކުރިއަށް ގެންދާނެ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓވް ވެފައި ވިޔަސް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމުކޮށްފައިވާ އުސޫލާ އެއްގޮތަށް ފިޔަވަޅުތައް އަޅައިގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުން މިއަދު ބުނެފި އެވެ.

10 ޖޫން

June 10, 2020 181
ހެލްތު އިމަޖެންސީއަށް ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަނީ

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރާތާ 48 ގަޑި އިރުގެ ތެރޭގައި އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުުން ހޯދަން ހުށަހަޅަަން ޖެހޭ ގޮތަށް، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ...

June 10, 2020 11
ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު މައްޗަށް

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު އެ ބަލީގައި ތިބި މީހުންނަށް ވުރެން ރަނގަޅުވި އަދަދު ފުރަތަމަ ފަހަރަށް އިތުރުވެއްޖެ އެވެ.

09 ޖޫން

June 09, 2020 12
ލުއިދިން ފަހުން ބަލި ފެތުރުނު މިންވަރު ބަލަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން މާލެ އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އެޅި ފިޔަވަޅުތައް ލުއިކުރި ފަހުން މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުނު މިންވަރު ދެނެގަތުމަށް ހާއްސަ މަސައްކަތެއް ފަށަން އުޅޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

31 މެއި

May 31, 2020 15
ކްލަސްޓާތަކާ ގުޅުމެއް ނެތް ކޭސްތައް މަދު: އެންއީއޯސީ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެ މިހާތަނަށް ރަނގަޅު ނުވެ ތިބި މީހުންގެ ތެރެއިން ކްލަސްޓާއަކާ ގުޅުމެއް ނެތް ވަކިވަކި ކޭސްތަކުގެ ގޮތުގައި ތިބީ އެންމެ 87 މީހުން ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ން މިރޭ ބުނެފި އެވެ.

30 މެއި

May 30, 2020 3
ޖުލައިގައި ޓޫރިޒަމް ހުޅުވާލާއިރު އިތުރު ފީއެއް ނުނަގާނެ

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިސްޓުން އައުން ހުއްޓުމަކަށް ގެނައުމަށް ފަހު ޖުލައި މަހު އަލުން ފަށާއިރު އަންނަ ޓޫރިސްޓުން ރާއްޖެ އެތެރެވާން އިތުރު އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

25 މެއި

May 25, 2020 10
ސިއްހީ ހިދުމަތުގެ ކޮމިޝަނަރު އައްޔަން ނުކޮށް 4 އަހަރު

ސިއްހީ ހިދުމަތުގެ ފެންވަރު ބެލުމުގެ އެންމެ އިސް ފަރާތުގެ ގޮތުގައި "ކޮމިޝަނާ އޮފް އެޝުއަރެންސް" އައްޔަންކުރަން ގާނޫނަކުން ލާޒިމްކުރިތާ ހަތަރު އަހަރު ވީއިރު ވެސް އެ މަގާމަށް ބޭފުޅަކު...

May 25, 2020 54
މަޖިލީހުގެ ޗެމްބަރުގައި ޖަލްސާތައް ފަށަން ނިންމައިފި

ކޮވިޑް-19 ފެތުރޭތީ ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި ޖަލްސާތައް ބޭއްވުން މެދުކަނޑާލާފައި އޮތުމަށް ފަހު، ހާއްސަ އިންތިޒާމުތަކަކާ އެކު މާދަމާ އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.

24 މެއި

May 24, 2020 15
ކޮވިޑާ ދެކޮޅަށް ރާއްޖެ-ޗައިނާ މަޝްވަރާކޮށްފި

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށާއި އެ މަސައްކަތްކުރާނެ އޮނިގަނޑެއް ރޭވުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރާއްްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލޮޖޮންގް މަޝްވަރާކުރައްވައިފިއެވެ.

15 މެއި

May 15, 2020 16
"ކޮވިޑްގެ ސާޖް ދަށްކުރެވޭނެ ކަމަށް އުއްމީދު ކުރެވޭ"

ކޮވިޑް-19 ގެ ސާޖް (ކުއްލި އިތުރުވުމެއް) އަންނަ މިންވަރު ކުރިން ލަފާކުރި ވަރަށް ވުރެ ދަށް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

10 މެއި

May 10, 2020 21
އައްޑޫގައި ޕީޕީއީގެ ދަތިކަމެއް ނެތް: ސަރުކާރު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އައްޑޫގައި ކުރާ މަސައްކަތަށް ބޭނުންވާ ރައްކާތެރި ކަމުގެ ތަކެތި އައްޑޫގައި އެކަށީގެންވާ ވަރަށް އެބަހުރި ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

06 މެއި

May 06, 2020 21
ސަރުކާރު ބިންތަކުގެ ކުލި މާފުކޮށްދޭން ހުށަހަޅައިފި

ދައުލަތުގެ ކުންފުނިތަކުން ފަރުދުންނާއި ވިޔަފާރިތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި އެ ކުންފުނިތަކުގެ ގާބިލުކަން ހުރި މިންވަރަކުން މައާފްކޮށްދިނުން ހިމެނޭ ގޮތަށް،...

May 06, 2020 12
މަރުވި ބިދޭސީ މީހާގެ 66 ކޮންޓެކްޓެއް ހޯދައިފި

ކޮވިޑް-19ގެ ރާއްޖޭގެ ދެ ވަނަ މަރުގެ ގޮތުގައި ބަލާ ބަންގްލަދޭޝްގެ އުމުރުން 33 އަހަރުގެ މީހާއާ ކޮންޓެކްޓްވެފައިވާ 66 މީހަކު މިހާތަނަށް ދެނެގަނެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން...

05 މެއި

May 05, 2020 24
މިއަދު މަރުވީ ކޭކޭގައި މަސައްކަތް ކުރާ މީހެއް

ފިޓްޖެހިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެނިކޮށް، މިއަދު މަރުވި ބަންގްލަދޭޝް މީހާ އަކީ އެމްއެންޑީއެފްގެ ކަޅުތުއްކަލާކޮށި (ކޭކޭ) ގައި މަސައްކަތް ކުރާ މީހެއްކަން އެނގިއްޖެ...

May 05, 2020 21
ބަލި އައި ގޮތެއް ނޭޭނގޭ 39 މީހަކު އެބަތިބި:އެޗްޕީއޭ

ކޮވިޑް-19 އަށް ކުރިން ޕޮޒިޓިވް ވި އެއްވެސް މީހަކާ ކޮންޓެކްޓްވި ކަމެއް ނޭނގި 39 މީހަކަށް އެ ބަލި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

04 މެއި

May 04, 2020 13
"އާ ގާނޫނަކުން ކައުންސިލްގެ ދައުރު ދިގެއް ނުކުރެވޭނެ"

ގާނޫނުއަސާސީގައި ލޯކަލް ކައުންސިލްތަކުގެ ދައުރު ގާނޫނުއަސާސީގައި ކަނޑައަޅާފައި އެބައޮތް ކަމަށާއި އެކަން އެގޮތަށް ނުވާ ހާލަތުގައި އާއްމު ގާނޫނަކުން އެ ދައުރު ދިގު ދަންމައި ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްް މިއަދު ވިދާޅުވެއްޖެ އެވެ.

02 މެއި

May 02, 2020 13
ކޮވިޑް ފެތުރޭތީ އެމްބިއުލާންސްގެ ދަތިކަން އެބައޮތް

ކޮވިޑް-19 ފެތުރޭތީ ރައްކާތެރިކަމުގެ ގޮތުން އަމަލުކުރަން ޖެހޭ އުސޫލުތަކުގެ ސަބަބުން ހޭދަވާ ވަގުތާ އެކު، އެމްބިއުލާންސްގެ ހިދުމަތް ދިނުމުގައި ދަތިތަކެެެއް އެބަހުރި ކަމަށް އައިޖީއެމްއެޗުނަ މިއަދު ބުނެފި އެވެ.

01 މެއި

May 01, 2020 9
މަނަދޫން ގެނައި މީހަކު ޕޮޒިޓިވްވެއްޖެ

ނ. މަނަދޫން އިތުރު ފަރުވާ އަށް ރޭ މާލެ ގެނައި އުމުރުން ދުވަސްވީ މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

May 01, 2020 16
ކޭސްތައް ގިނަޔަސް ކޮންޓްރޯލް އަދި ނުގެއްލޭ: އެޗްޕީއޭ

ކޮވިޑް-19ގެ ކޭސްތައް ފެންނަ އަދަދު އިތުރުވެފައި ވިޔަސް، އަދި މި ފެންނަނީ އަންދާޒާކޮށްފައިވާ ހާލަތެއް ކަމަށާއި ކޮންޓްރޯލުން އަދި ނުނެއްޓޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ...

30 އެޕްރީލް

April 30, 2020 14
ޕޮޒިޓިވްވި ވިޔަފާރިވެރިޔާ އައީ ޕާކިސްތާނުގައި ހުރެފައި

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން، ހާލު ބޮޑުވެގެން ދަރުމަވަންތަ ހޮސްޕިޓަލްގެ "ޑީއެޗް11" އައިސީޔޫގައި ފަރުވާ ދެމުން އަންނަ ޕާކިސްތާންގެ އުމުރުން 48 އަަހަރުގެ މީހާ ރާއްޖެ އަަށް އައީ ދުބާއީ އަށް ދިއުމަށް ފަހު ޕާކިސްތާނުގައި ހުރެފައި ކަމަށް އޭނާގެ ކުންފުނީގެ މީހަކު ބުނެފި އެވެ.

28 އެޕްރީލް

April 28, 2020 5
ދުބާއީގައި އޮތް ފެއާއަކަށް ދިޔަ މީހުން ހޯދަނީ

މިދިޔަ ފެބްރުއަރީ މަހު ދުބާއީގައި ބޭއްވި ފެއާއަކަށް ދިޔަ މީހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓް ކުރަން އެ އެޖެންސީން ރޭ އެދިއްޖެ އެވެ.

April 28, 2020 23
ބޮޑެތި ކްލަސްޓާތައް ގުޅެނީ ބާޒާރުމައްޗާ: އަފްޒަލް

މާލޭގައި ކޮވިޑް-19 ގެ ކޭސްތަކުގެ އެންމެ ބޮޑު ކްލާސްޓާތައް ގުޅިފައި ވަނީ ބާޒާރުމައްޗާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

27 އެޕްރީލް

April 27, 2020 8
ދެ މިނިސްޓަރަކު ކޮންޓެކްޓުންނަށް ވެ އައިސޮލޭޝަންގައި

ކޮވިޑް-19 އަށް ޕޮޒިޓިވް ވި ބައެއްގެ ސެކަންޑަރީ ކޮންޓެކްޓުންނަށް ވުމުން ދެ މިނިސްޓަރަކު ވެސް އައިސޮލޭޓް ވެވަޑައިގެންފި އެވެ.

April 27, 2020 20
ބަލި ކޮންޓްރޯލްކޮށް، ހާލަތު މެނޭޖްކުރެވޭނެ:ސަރުކާރު

ކޮވިޑް-19 ގެ ބަލިމަަޑުކަމުން ރާއްޖެ ސަލާމަތްކޮށް، ހާލަތު މެނޭޖް ކުރެވޭނެ ކަމަށް ސަަރުކާރުން މިއަދު ބުނެފި އެވެ.

25 އެޕްރީލް

April 25, 2020 18
މާލެއިން ރަށްރަށަށް ނުދޭ، ޕޮޒިޓިވްވެފައި ހުރެދާނެ!

މާލޭގައި މިހާރު އުޅޭ ކޮން މީހަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ހުރެދާނެ ކަމަށާއި އެހެންވެ، މާލޭގައި ތިބި އެއްވެސް މީހަކު މިވަގުތު އެހެން ރަށަކަށް ދިިއުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

April 25, 2020 48
ރަށްރަށުން ހަރުކަށިކޮށް އަމަލު އެބަކުރޭ: މައިމޫނާ

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުންނަ މީހަކު މާލެ ފިޔަވައި އެހެން ރަށަކުން ފެންނަ ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާ ފިޔަވަޅުތަކަށް ވުރެ ހަރުކަށި...

April 25, 2020 18
ހޯމް ކަރަންޓީނަށް ދާން ޖެހެނީ ކޮންޓެކްޓް ގިނަ ވީމާ

މާލޭގައި ކޮވިޑް-19 ގެ ކޭސްތައް އިންތިހާއަށް ގިނަވެ، އެއް ބަޔަކު ހޯމް ކަރަންޓީންގައި ބައިިތިއްބަން ޖެހޭ ހިސާބަށް ގޮސްފައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓްސް...