20 ސެޕްޓެމްބަރ

September 20, 2020 5
އެދެވޭ ބަދަލު ކޮންމެވެސް ވަރަކަށް އެބަ ފެނޭ: ޓެގް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭގައި އެންމެ ފަހުން އެޅި ފިޔަަވަޅުތަކަށް އާއްމުން އަމަލުކުރަމުން އަންނާތީ ހެޔޮ ބަދަލުތަކެއް އަންނަތަން މިހާރު ފެންނަ ކަމަށް ޓެކްނިކަލް އެޑަވައިޒަރީ ގްރޫޕް (ޓެގް) އިން މިރޭ ބުނެފި އެވެ.

11 ސެޕްޓެމްބަރ

September 11, 2020 29
ނަތީޖާ ނުލިބެނީސް މަނަދޫގައި ނުކުތް މީހާ ޕޮޒިޓިވް!

ނ. މަނަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ނަތީޖާ ނުލިބެނީސް ނުކުމެ އުޅެނިކޮށް، އޭނާގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށް ނުރައްކަލަށް ހުށަހެޅިއްޖެ އެވެ.

September 11, 2020 1
ރާއްޖޭން ލަންކާއަށް ދިޔަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އަވަށްޓެރި ސްރީ ލަންކާއަށް ރާއްޖޭން ދަތުރުކުރި ފަސްމީހަކު އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެެވެ.

10 ސެޕްޓެމްބަރ

September 10, 2020 10
ރުބެއްލާ ނައްތައިލުމުން ޑަބްލިއުއެޗްއޯއިން ތައުރީފްކޮށްފި

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ހިމަބިއްސާއި ރުބެއްލާ ނައްތައިލަން ކަނޑައެޅި މުއްތަދުގެ ތިން އަހަރު ކުރިން ރާއްޖެއިން ރުބެއްލާ ނައްތައިލުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރާއްްޖެއަށް ތައުރީފުކޮށް ސެޓްފިކެޓެއް މިއަދު ދީފި އެވެ.

07 ސެޕްޓެމްބަރ

September 07, 2020 9
ކޮވިޑްގެ ސަންސެޓް ގާނޫނުން ގިނަ ބަޔަކަށް ބޮޑު ލުޔެއް

ކޮވިޑް-19 ފެތުރޭތީ އާއި އެ ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމާއި ގާނޫނީ ގޮތުން ހުރި ގިނަ ހުރަސްތަކަށް އެޑްރެސް ކުރެވޭ ގޮތަށް "އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 2020" ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުން އިއްޔެ ބިލެއް ފާސްކޮށްފި އެވެ.

06 ސެޕްޓެމްބަރ

September 06, 2020 12
ހޯޑެއްދޫގެ ކޭސްތަކުން ކަންބޮޑުވުންތަކެއް

ކޮވިޑްގެ އަލާމާތްތައް ހުރެގެން ގއ. ހޯޑެއްދޫން ދެ މީހަކު ޓެސްޓްކުރި އިރު ބައްޔަށް ފޮޒިޓިވްވުމާ އެކު، އެމީހުންނާ ގުޅުން ހުރި 36 މީހެއްގެ ޓެސްޓް ވެސް ހެދި އެވެ. ނަތީޖާ އައީ އޭގެ ތެރެއިން 19 މީހުން/ކުދިން ޕޮޒިޓިވް ކަމަށެވެ. މިއީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ކަންބޮޑުވުމެއް ނަމަވެސް ރޭ އެތަނުން ބުނީ އެރަށުގައި ކޮމިއުނިޓީ...

03 ސެޕްޓެމްބަރ

September 03, 2020 6
ކޮވިޑް-19: މިއަދު ގިނައީ ބަލިން ރަނގަޅުވި މީހުން

މިދިޔަ 24 ގަޑި އިރުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އަދަދަށް ވުރެ ރަނގަޅުވި މީހުންގެ ގިނަ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ،

21 އޯގަސްޓް

August 21, 2020 32
ދަރުމަވަންތައިގައި އެޑްމިޓްކުރީ ރަނގަޅަށް:އައިޖީއެމްއެޗް

ޓްރީޓޮޕް ހޮސްޕިޓަލްްގައި އެޑްމިޓްކޮށްފައި ތިބި ބަލި ދެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދެމުން އަންނަނީ ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކަމަށާއި އެ ދެ މީހުންނާ އައިޖީއެމްއެޗްގެ ސީއީއޯ ބަންދު އިބްރާހީމް ސަލީމާ ގުޅުމެއް ނެތް ކަމަށް އަައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

20 އޯގަސްޓް

August 20, 2020 13
އިސްމާއިލް ޒަަކަރިއްޔާ ހާލު ބޮޑުވެ ވެންޓިލޭޓަރަށް ލައިފި

ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެމްބަރުކަން ކުރިން ކުރެއްވި އަދި ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއިލްގެ ބައްޕަ، އިސްމާއިލް ޒަކަރިއްޔާއަށް ކޮވިޑް-19 ޖެހި ހާލު ބޮޑުވެގެން ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.

13 އޯގަސްޓް

August 13, 2020 19
ތުހުމަތުތަކާ މެދު ޓެގްގެ ބޮޑެތި ކަންބޮޑުވުންތަކެއް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށާއި ބަލި ޖެހޭ މީހުންނަށް ފަރުވާދޭން މަސައްކަތްކޮށްފައިވާ ގޮތާއި ބެހޭ ގޮތުން ބައެއް ޑޮކްޓަރުންް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ މައުލޫމާތާއި މެދު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިއަދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

11 އޯގަސްޓް

August 11, 2020 19
އެޗްޕީއޭގެ އިރުޝާދަށް އަމަލުނުކުރާ ނަމަ އަންގަން އެދެފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން އަމަލުކުރަން ދީފައިވާ އިރުޝާދުތަކަށް އަމަލުކުރަން، ވަޒީފާ އަދާކުރާ އެއްވެސް ތަނަކުން ހުރަސް އަަޅާ ނަމަ އެކަން އެޗްޕީއޭ އަށް އަންގަން މިރޭ އެދެފި އެވެ.

10 އޯގަސްޓް

August 10, 2020 1
ސަރަހައްދީ ބަނދަރުތަކުން ހިދުމަތްތައް ދޭން ގޮވާލައިފި

ކޮވިޑް-19 ފެތުރޭތީ ރައްކާތެރިވާން އަޅާ ފިޔަވަޅެއްގެ ގޮތުގައި މާލެ ލޮކްޑައުން ކުރަން ޖެހޭ ހާލަތެއްގައި މާލޭގެ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް އުތުރާއި ދެކުނުގެ ބަނދަރުތަކުން ލިބޭނެ...

August 10, 2020 31
ކޮވިޑް ކޮންޓްރޯލް ކުރާގޮތް ރަނގަޅު: އެސޯސިއޭޝަން

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު ކަމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ރޭ ބުނެފި އެވެ.

06 އޯގަސްޓް

August 06, 2020 4
ހުޅުދުއްފާރުގައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރ.ހުޅުދުއްފާރަށް މާލެެއިން ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

14 ޖުލައި

July 14, 2020 11
ޝިޔާ ސެލޫނުން ދެނީ ރައްކާތެރިކަމުގެ ޔަގީންކަން

ކޮވިޑް-19 ފެތުރޭ މި ހާލަތުގައި ރައްކާތެރި މާހައުލެއް ގާއިމްކުރަން އެންމެ އުނދަގޫ ތަންތަނަކީ ކަސްޓަމަަރުންނާއި ހިދުމަތްތެރިން ވަރަށް ގާތުން މަސައްްކަތް ކުރަން ޖެހޭ ސެލޫންތަކެވެ. އެކަމަކު ސޯސަން މަގުގެ ދެކުނު ކޮޅުން އެމަގަށް ވަންނަން ލަނބާލާ ހިސާބުގައި ހުންނަ ޝިޔާ ސެލޫންގެ ވެރިޔާ އަހުމަދު ޝަރީފް ވިދާޅުވާ ގޮތުގައި އޭނާގެ...

12 ޖުލައި

July 12, 2020 15
މައުލޫމާތުނުދޭތީ ކޮންޓެކްޓް ޓްރޭސިން އުނދަގޫ: އެޗްޕީއޭ

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ބައެއް މީހުން ފުރިހަމަ މައުލޫމާތު ނުދޭތީ ކޮންޓެކްޓް ޓްރޭސްކުރަން އުނދަގޫވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެެޗްޕީއޭ) އިން ރޭ ބުނެފި އެވެ.

July 12, 2020 10
ހުޅުދުއްފާރުން ވެސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރ.ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށް ފަހު ޓެސްޓްކުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

July 12, 2020 40
ހާލަތު ދަށް، އެކަމަކު ދެން ވެސް އޮތީ ރައްކާތެރިވުން

މިވެނިކަމެއް ކުރާ އިރު، ކޮވިޑް-19 އިން ރައްކާތެރިވާން ކުރަންވީ ކީއްތޯ އަހައިދޭން އެކަކު ބުންޏެވެ. އަނެެކަކު އެދުނީ މިވެނި މީހަކު އަމަލުކުރާ ގޮތުގެ ސަބަބުން ނުރައްކަލެއް ނުވާނެތޯ...

07 ޖުލައި

July 07, 2020 21
ބަލީގެ އަލާމާތްތަކާ އެކު ކުޅޭށާއި ކޮފީއަށާއި އޮފީހަށް

ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ފެށުމުން ވެސް ބައެއް މީހުން ކުޅޭށާއި ކޮފީތަކުގެ އިތުރުން އޮފީހަށް ވެސް ނުކުމެ އެހެން މީހުންނާ ބައްދަލުކުރާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ރޭ ވިދާޅުވެއްޖެ އެވެ.

23 ޖޫން

June 23, 2020 9
ޑރ. އަފްޒަލް: ގިނަ މީހުންގެ އާދަތައް ރަނގަޅު

ބޭރަށް ނުކުންނަން ދިން ލުއިތަކުގެ ބޭނުން އާންމުން ހިފަމުން އަންނަ އިރު ގިނަ ބައެއްގެ ކިބާގައި ރަނގަޅު އާދަތަކެއް ހުރުމާ އެކު، އަލުން ލޮކްޑައުންއަކަށް ދާން ޖެހޭ ފަދަ މަންޒަރެއް އަދި ނުފެންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

17 ޖޫން

June 17, 2020 27
މުވައްޒަފަކު ޕޮޒިޓިވް ވިޔަސް މަޖިލިސް ކުރިއަށް ގެންދާނެ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓވް ވެފައި ވިޔަސް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމުކޮށްފައިވާ އުސޫލާ އެއްގޮތަށް ފިޔަވަޅުތައް އަޅައިގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުން މިއަދު ބުނެފި އެވެ.

10 ޖޫން

June 10, 2020 181
ހެލްތު އިމަޖެންސީއަށް ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަނީ

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރާތާ 48 ގަޑި އިރުގެ ތެރޭގައި އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުުން ހޯދަން ހުށަހަޅަަން ޖެހޭ ގޮތަށް، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ...

June 10, 2020 11
ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު މައްޗަށް

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު އެ ބަލީގައި ތިބި މީހުންނަށް ވުރެން ރަނގަޅުވި އަދަދު ފުރަތަމަ ފަހަރަށް އިތުރުވެއްޖެ އެވެ.

09 ޖޫން

June 09, 2020 12
ލުއިދިން ފަހުން ބަލި ފެތުރުނު މިންވަރު ބަލަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން މާލެ އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އެޅި ފިޔަވަޅުތައް ލުއިކުރި ފަހުން މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުނު މިންވަރު ދެނެގަތުމަށް ހާއްސަ މަސައްކަތެއް ފަށަން އުޅޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

31 މެއި

May 31, 2020 15
ކްލަސްޓާތަކާ ގުޅުމެއް ނެތް ކޭސްތައް މަދު: އެންއީއޯސީ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެ މިހާތަނަށް ރަނގަޅު ނުވެ ތިބި މީހުންގެ ތެރެއިން ކްލަސްޓާއަކާ ގުޅުމެއް ނެތް ވަކިވަކި ކޭސްތަކުގެ ގޮތުގައި ތިބީ އެންމެ 87 މީހުން ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ން މިރޭ ބުނެފި އެވެ.