28 ޖޫން

June 28, 2019 23
ޕިކަޕެއް ޓޯކުރަން އުޅުމުން ފުލުހަކަށް އަނިޔާކޮށްފި

ރ. މަޑުއްވަރީގައި، ރަޖިސްޓަރީ ބޯޑު ހަރުނުކުރާ "ރަށު ޕިކަޕެއް" ލައިސަންސް ނެތް މީހުން ދުއްވާތީ އެ ޓޯކުރުމުން ފުލުހެއްގެ ކަރުގައި ހިފައި މިއަދު މާރާމާރީ ހިންގައިފި އެވެ.

24 މެއި

May 24, 2019 16
މީދުއްޕަރު ރިސޯޓުން ގިނަ ބަޔަކު ކާނާ ވިހަވެއްޖެ

ރ. މީދުއްޕަރު ރިސޯޓުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބަޔަކު ކާނާ ވިހަވެ، އޭގެތެރެއިން 11 ދިވެއްސަކު އެ އަތޮޅު މީދޫ ހެލްތު ސެންޓަރުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.

24 އެޕްރީލް

April 24, 2019 6
ކަންކަން ރަނގަޅުވާނީ ފަރުދީ ޒިންމާއިން: އިމްރާން

ސުލްހަ މަސަލަސްކަމާއި އާއިލާތަކުގެ ބަދަހިކަމާއި އިގުތިސާދު ވެސް ރަނގަޅުވުން ބިނާވާނީ ރައްޔިތުން ފަރުދީ ޒިންމާ އަދާކުރާ މިންވަރުގެ މައްޗަށް ކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

23 މާޗް

March 23, 2019 21
ވަގުކަލޭގެއަށް ތިޖޫރި ނުހުޅުވުނު، ފުލުހުން އެ ހޯދައިފި

ރ. އުނގޫފާރުގައި 500،000ރ. އާ އެކު ވަގަށް ނެގި ތިޖޫރި އެ ރަށުގެ ފަޅު ގޯއްޗެއްގެ ތެރެއިން ފުލުހުން މިއަދު ހޯދައިފި އެވެ.

19 މާޗް

March 19, 2019 10
އެންމެ ބޮޑު ކަމަކީ މަޖިލީހުގެ އަގު އެރުވުން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން ނުކުންނަން ބެލި އިރު އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮތީ ރައްޔިތުންގެ ކުރިމަތީގައި މަޖިލީހުގެ އަގު އަލުން އެރުވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

14 ފެބުރުއަރީ

February 14, 2019 3
އިންނަމާދޫ ބަޔަކު ހޮވި އެކަތި މާވަހަރަކަށް ނުވި

ރ. އިންނަމާދޫގައި މަހަށް ގޮސް އުޅެނިކޮށް ބަޔަކަށް ފެނުނު ދޭތީގެ ތެރެއިން އެކަތި ޓެސްޓުކުރި އިރު އެއީ މާވަހަރެއް ނޫން ކަމަށް ހޮވި މީހުން މިއަދު ބުނެފި އެވެ.

26 ޖެނުއަރީ

January 26, 2019 6
މާކުރަތުގައި ތިން ތަނެއް ފަޅާލި ބަޔަކު ހައްޔަރުކޮށްފި

ރ. މާކުރަތު ކައުންސިލް އިދާރާ އާއި ހެލްތު ސެންޓަރާއި ކޯޓު ފަޅާލައި އެ ތިން ތަނުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

26 ޑިސެމްބަރ

December 26, 2018 1
ކޮކޫންގެ ދެވަނަ ރިސޯޓް އަންނަ ފެބްރުއަރީ މަހު ހުޅުވަނީ

ކޮކޫން މޯލްޑިވްސް އިން ތަރައްގީ ކުރާ "ޔޫ އެންޑް މީ" ރިސޯޓް އަންނަ އަހަރު ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި އެވެ.

December 26, 2018 11
ސުނާމީއަކީ އިމްތިހާނެއް، ކާމިޔާބުވީ އަގީދާ ވަރުގަދަވީމަ

ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ ދިވެހިންނާ ބައްދަލުކުރި އިމްތިހާނެއް ކަމަށާއި އެ އިމްތިހާނުގައި ލިބުނު ކާމިޔާބީގެ ސިއްރަކީ ދިވެހިންގެ އަގީދާގެ ވަރުގަދަކަމާއި ސާފު...

25 އޯގަސްޓް

August 25, 2018 48
މިނިވަންކަމަށް ބުރޫ އަރާ ކަމަކަށް ޖާގަ ނުދޭނަން: އިބޫ

އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބު މިނިވަންކަމާ އެކު ބޭއްވުމަށް ބޭރުގެ ފަރާތްތަކުން މަސައްކަތް ކުރަން ވާނީ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށާއި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް...

August 25, 2018 16
އިބޫ ރައީސް ޔާމީނަށް: މިވަގުތަށް ލޯން ނެގުން ހުއްޓާލާ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިތުރަށް ލޯން ނަގަމުން އަންނަ ކަމަށާއި އެކަން ހުއްޓާލަން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)...

August 25, 2018 55
އިބޫއަށް ދުވާފަރުގެ އެތައް ސަތޭކަ ބައެއްގެ މަރުހަބާ!

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރ. އަތޮޅު ދުވާފަރަށް ވަޑައިގެންނެވުމުން އެރަށުގެ އެތައް ސަތޭކަ ބަޔަކު ނިކުމެ އޭނާ އަށް އިއްޔެ މަރުހަބާ...

24 އޯގަސްޓް

August 24, 2018 20
ގިނައިން ބާތިލްކުރީ އެމްޑީޕީ މީހުންގެ ފޯމު: އިބޫ

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށަކަށް ވޯޓުލުމަށް ވޯޓުލުމަށް ހުށަހެޅި 5،000 އަށް ވުރެ ގިނަ މީހުންގެ ފޯމު، މައުލޫމާތުގެ ސައްހަކަން ކަށަވަރުނުވާ ކަމަށް ބުނެ ބާތިލްކޮށްފައިވާއިރު،...

August 24, 2018 22
ބޭރު ކުންފުނިތަކަށް އެކަނި މަޝްރޫއު ހަވާލު ނުކުރާނަން

އިދިކޮޅު އިއްތިހާދުގެ ސަރުކާރެއްގައި، ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދިވެހި ކުންފުންޏެއްގެ ބައިވެރިވުމެއް ނެތި ބޭރުގެ ބަޔަކާ ހަވާލު ނުކުރައްވާނެ ކަމަށް...

23 އޯގަސްޓް

August 23, 2018 8
ރަށްތަކުން އިބޫ އަށް އީދުގެ ކުލަ މަރުހަބާތައް

"އަޅުގަނޑު މޫނުގައި ކުލަ އެބަ ހުރިތޯ."

August 23, 2018 8
"އަޅުގަނޑުގެ ސަރުކާރެއްގައި ކޯލިޝަން ދެމި އޮންނާނެ"

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރެއްގައި ކޯލިޝަން ދެމި އޮންނާނެ ކަމުގެ ޔަގީންކަން އޭނާ މިއަދު ދެއްވައިފި އެވެ.

19 އޯގަސްޓް

August 19, 2018 1
ޖޯއަލި މޯލްޑިވްސް އަންނަ އޮކްޓޯބަރު 1 ގައި ހުޅުވަނީ

ރ. މުރަވަންދޫގައި އަލަށް ތަރައްގީކުރާ މަތީ ފެންވަރުގެ "ޖޯއަލި މޯލްޑިވްސް" ރިސޯޓު އަންނަ އޮކްޓޯބަރު 1 ގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

17 ޖުލައި

July 17, 2018
ކޮކޫންގެ ދެވަނަ ރިސޯޓު ޑިސެމްބަރު މަހު ހުޅުވަނީ

ކޮކޫން މޯލްޑިވްސްގެ ދެވަނަ ރިސޯޓު، "ޔޫ އެންޑް މީ" އަންނަ ޑިސެމްބަރު 1 ގައި ރ. އަތޮޅުގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

11 ޖޫން

June 11, 2018 47
ފައިނުގައި އެއާޕޯޓު އަޅަން ގިނަ ބަޔަކު ބޭނުންވޭ

ރ. ފައިނުގައި އެއާޕޯޓު އެޅުމަކީ ރަށުގެ ގިނަ ބަޔަކު ނިހާޔަތަށް ބޭނުންވާ ކަމެއް ކަމަށް އެ ރަށަށް އުފަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެއްޖެ އެވެ.

10 ޖޫން

June 10, 2018 32
ފައިނުގައި ހަދާ އެއާޕޯޓާ މެދު ވެސް ކަންބޮޑުވުންތަކެއް

ރ. ފައިނުގައި ސަރުކާރުން ހަދަން ނިންމާފައިވާ ޑޮމެސްޓިކް އެއާޕޯޓު އަދި ސިޓީ ހޮޓަލުގެ މަޝްރޫއާ މެދު އެ ރަށުގެ ރައްޔިތުންގެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

06 ޖޫން

June 06, 2018 11
ތިން މަހުގެ ކުއްޖާ މަރުވުމުން ބައްޕައާ ސުވާލުކޮށްފި

ރ. އުނގޫފާރުގައި ތިން މަހުގެ އަންހެން ކުއްޖަކު މިދިޔަ ހޯމަ ދުވަހު ކުއްލި ގޮތަކަށް މަރުވި މައްސަލައިގައި އެ ކުއްޖާގެ ބައްޕައާ ފުލުހުން ސުވާލުކޮށް، ކަން ހިނގި ގޮތުގެ ބަޔާން ނަގައިފި އެވެ.

04 ޖޫން

June 04, 2018 13
އުނގޫފާރުގައި ތިން މަހުގެ ކުއްޖަކު މަރުވެއްޖެ

ރ. އުނގޫފާރުގައި ތިން މަހުގެ އަންހެން ކުއްޖަކު ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެ އެވެ.

31 މެއި

May 31, 2018 15
ރަށްރަށުގައި އެއާޕޯޓް އަޅަނީ ވަރަށް ރަނގަޅު މޮޑެލަކަށް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރަށްރަށުގައި އެއާޕޯޓުތައް އަޅަނީ ވަރަށް ރަނގަޅު މޮޑެލްއަކަށް ކަމަށް، ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަަމަށްވާ ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެ އެވެ.