18 ފެބުރުއަރީ

February 18, 2018 34
ނޫސްވެރިޔާ ހުސެއިން އެއާޕޯޓުން ހިފަހައްޓަން އުޅެފި

އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުން ކަވަރުކުރަން އުޅެނިކޮށް، ހުރަސްއަޅައި ފުލުހުން އަނިޔާކުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން ރާއްޖެ އިން ބޭރަށް ފުރިޔަނުދީ ހިފަހައްޓަން މިއަދު އުޅެފި އެވެ.

16 ފެބުރުއަރީ

February 16, 2018 95
މީޑިއާތަކަށް ފިޔަވަޅު އަޅަން ގޮވާލައިފި

އާންމުން ނުތަނަވަސްވާ ގޮތަށް އަމަލުކުރާ މީޑިއާތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ގޮވާލައްވައިފި އެވެ.

11 ފެބުރުއަރީ

February 11, 2018 51
ރާއްޖެ ޓީވީގެ ޕްރޮގްރާމްތައް އަލުން ފަށައިފި

މުވައްޒަފުންނަށް ލިބެމުން ދިޔަ އިންޒާރުތަކުގެ ސަބަބުން މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން މެދުކަނޑާފައިވާ، ރާއްޖެ ޓީވީގެ ޕްރޮގްރާމްތައް މިއަދު އަލުން ފަށައިފި އެވެ.

10 ފެބުރުއަރީ

February 10, 2018 10
ރާއްޖެ ޓީވީ މެދުކަނޑާލުމުން އެމެރިކާ ކަންބޮޑުވެއްޖެ

ރާއްޖެ ޓީވީ އަށް ލިބުނު އިންޒާރުތަކާ ގުޅިގެން އެ ސްޓޭޝަނުގެ ބްރޯޑްކާސްޓިން މެދުކަނޑާލުމާ ގުޅިގެން އެމެރިކާ އިން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

09 ފެބުރުއަރީ

February 09, 2018 76
ރާއްޖެޓީވީ މެދުކަނޑާލީ ގޯސް ހެދުނުކަން ގަބޫލްކުރެވިގެން

ރާއްޖެ ޓީވީގެ ބްރޯޑްކާސްޓިން މެދުކަނޑާލާފައި ވަނީ ގޯސް ހެދުނުކަން، އެ ސްޓޭޝަންގެ ވެރިންނަށް އަމިއްލަ އަށް ގަބޫލު ކުރެވިގެން ކަމަށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ރޭ ބުނެފި އެވެ.

08 ފެބުރުއަރީ

February 08, 2018 47
ނޫސްވެރިކަމަށް މާހައުލު ނެތުމުން ރާއްޖެޓީވީ ހުއްޓާލައިފި

މުވައްޒަފުންނަށް ލިބެމުން ދިޔަ އިންޒާރުތަކުގެ ސަބަބުންނާއި ފުލުހުން ރާއްޖެ ޓީވީ އަށް ދެމުން ދިޔަ ހިމާޔަތް މެދުކަނޑާލާފައިވާތީ، މިނިވަން ނޫސްވެރިކަމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ ރާއްޖެ ޓީވީގެ އާއްމު ބްރޯޑްކާސްޓިން މި ރެ އިން ފެށިގެން މެދުކަނޑާލައިފި އެވެ.

04 ފެބުރުއަރީ

February 04, 2018 8
"މިއީ، ނޫސްވެރިންނަށް ދިން ބިރުވެރި އިންޒާރެއް"

ރާއްޖެ ޓީވީ ވަގުތުން ބަންދުކުރަން ގޮވާލައި، ވެރިކަން ކުރާ ޕީޕީއެމުން މިއަދު ދިން އިންޒާރަކީ މިނިވަން ނޫސްވެރިކަން ނައްތާލުމަށް ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް ދިން އިންޒާރެއް...

February 04, 2018 34
ރާއްޖެ ޓީވީ ބަންދުކުރަން ޕީޕީއެމުން ގޮވާލައިފި

ގައުމުގައި ފިތުނަފަސާދަ އުފައްދަމުންދާ ކަމަށް ބުނެ ރާއްޖެ ޓީވީ ބަންދުކުރަން ސަލާމަތީބާރުތަކަށް ޕީޕީއެމުން މިއަދު ގޮވާލައިފި އެވެ.

02 ޖެނުއަރީ

January 02, 2018 145
ޕޯލްގައި ނަޝީދު ބަލިވުމުން، ބޮޑު ޒުވާބަަކަށް!

ރިޔާސީ އިންތިހާބަށް ނެރެން އެންމެ އެކަށީގެންވާ އިދިކޮޅު ކެންޑިޑޭޓެއް ބެލުމަށް ރާއްޖެ ޓީވީން ނެގި ޕޯލްގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ވާދަ ކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބަލިވުމުން، ދެ ޕާޓީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މެދުގައި ހޫނު ޒުވާބެއް އުފެދިއްޖެ އެވެ.

24 ނޮވެމްބަރ

November 24, 2017 31
އިހްތިޖާޖްކުރި މައްސަލަ ނުބެލުމުން އަސްއަދު ކޯޓަށް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފްލާގައި ރާއްޖެ ޓީވީން އިހްތިޖާޖްކުރި މައްސަލަ ނުބަލަން އެމްއެމްސީން ނިންމުމުން އެމްއެމްސީގެ މެމްބަރު އަސްއަދު ޝަރީފް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވައިފި އެވެ.

05 ނޮވެމްބަރ

November 05, 2017 23
ރާއްޖެ ޓީވީން ފަސް ލައްކަ ރުފިޔާ ދައްކައިފި

ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ، ރާއްޖެ ޓީވީ އަށް ޖޫރިމަނާ ގޮތުގައި ދައްކަން އެންގި ފަސް ލައްކަ ރުފިޔާ އެ ސްޓޭޝަނުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު ދައްކައިފި އެވެ.

18 އޮކްޓޯބަރ

October 18, 2017 5
ބަދަލު ހޯދަން ރާއްޖެ ޓީވީން ކުރި ދައުވާ ބަލައެއްނުގަތް

ރާއްޖެ ޓީވީ ރޯކޮށްލި މައްސަލާގައި ދައުލަތުގެ އިހުމާލު އޮތް ކަމަށް ބުނެ ގެއްލުމުގެ ބަދަލަށް 11.6 މިލިއަން ރުފިޔާ ހޯދަން އެ ސްޓޭޝަނުން ދައުލަތާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.

16 އޮކްޓޯބަރ

October 16, 2017 9
ރާއްޖެޓީވީގެ 1މިލިއަންގެ ޖޫރިމަނާ މައްސަލަ ޝަރީއަތަށް

ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި މައްސަލަ، ސިވިލް ކޯޓުގެ ޑިސްޕިއުޓު މަރުހަލާއިން ހައްލުނުވުމުން ޝަރީއަތަށް ދާން ޖެހިއްޖެ އެވެ.

15 އޮކްޓޯބަރ

October 15, 2017 6
ރާއްޖެ ޓީވީގެ ޖޫރިމަނާ ފަސް ކުރުމުގެ އަމުރަކަށް އެދެފި

ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި، ޖޫރިމަނާ ފައިސާ ދެއްކުން ފަސް ކުރުމުގެ އަމުރަކަށް ރާއްޖެ ޓީވީން މިއަދު އެދެފި އެވެ.

13 އޮކްޓޯބަރ

October 13, 2017 16
ޝަހީބަށް ދައުވާ ކުރަން ރާއްޖެ ޓީވީން ނިންމައިފި

ބްރޯޑްކާސްޓަރުންނާ މެދު ގާނޫނާ ހިލާފަށް ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މުހައްމަދު ޝަހީބުގެ މައްޗަށް ދައުވާ ކުރަން ރާއްޖެ ޓީވީން ނިންމައިފި އެވެ.

12 އޮކްޓޯބަރ

October 12, 2017 27
އެވޯޑު ހަފުލާގައި ބްރޯޑްކޮމްއާ ދެކޮޅަށް އިހްތިޖާޖުކޮށްފި

މީޑިއާ ކައުންސިލުން އިންތިޒާމްކޮށްގެން ރޭ ބޭއްވި ނޫސްވެރިންގެ އެވޯޑު ހަފުލާގައި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އާ ދެކޮޅަށް ރާއްޖެ ޓީވީން ހިމޭން އިހްތިޖާޖެއްކޮށްފި އެވެ.

10 އޮކްޓޯބަރ

October 10, 2017 8
"އަބުރުފުޅު ފަންޑު" އަނެއްކާވެސް ހުޅުވައިފި

ރާއްޖެ ޓީވީ 500،000ރ. އިން ޖޫރިމަނާކޮށްފައިވާތީ އެ ފައިސާ ހޯދަން "އަބުރުފުޅު ފަންޑު" ނަމުގައި އަނެއްކާވެސް މިއަދު ފަންޑެއް ހުޅުވައިފި އެވެ.

09 އޮކްޓޯބަރ

October 09, 2017 7
ރާއްޖެ ޓީވީ ރޯކޮށްލުމުން ދައުލަތާ ދެކޮޅަށް ކޯޓަށް

ރާއްޖެ ޓީވީ ރޯކޮށްލީ ދައުލަތުން ދޭން ޖެހޭ ހިމާޔަތް ދީފައިނުވާތީ ކަމަށް ބުނެ ރާއްޖެ ޓީވީން ދައުލަތާ ދެކޮޅަށް ދައުވާކުރަން ސިވިލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

08 އޮކްޓޯބަރ

October 08, 2017 34
ރާއްޖެޓީވީން ދެއްކީ ގައުމީ ސަލާމަތަށް ނުރައްކާ އެއްޗެއް

ރާއްޖެ ޓީވީ 500،000ރ. އިން ޖޫރިމަނާ ކުރީ ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއް ދައްކައިގެން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ބުނެފި އެވެ.

October 08, 2017 39
ރާއްޖެ ޓީވީ 500،000ރ. އިން ޖޫރިމަނާކޮށްފި

ރައީސް އަބްދުﷲ ޔާމީނަށް ފާޑުކިޔާފައިވާ ކޮންޓެންޓެއް ދައްކައިގެން ރާއްޖެ ޓީވީ އަނެއްކާވެސް 500،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

October 08, 2017 8
"ނޯޓީ 40" ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދެނީ

މި ފިލްމް ރާއްޖެ ޕްލަސް އިން ދައްކާނީ 13 އެޕިސޯޑްގެ ޑްރާމާ ސިލްސިލާއެއްގެ ގޮތުގައި.

14 ސެޕްޓެމްބަރ

September 14, 2017 15
ފަންޑަށް ލިބުނު 5 މިލިއަން ރެޑްކްރެސެންޓާ ހަވާލުކޮށްފި

ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖެ ޓީވީން އިސްނަގައިގެން ހުޅުވި ފަންޑަށް ލިބުނު 5.1 މިލިއަން ރުފިޔާ ދިވެހި ރެޑް ކްރެސެންޓާ މިރޭ ހަވާލުކޮށްފި އެވެ.

September 14, 2017 16
ފާރިސް އާއި ޔާމީންގެ ޝަރީއަތް ލައިވް ކުރަން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެެމްބަރު އަހުމަދު ފާރިސް މައުމޫންގެ ޝަރީއަތާއި ޔާމީން ރަޝީދުގެެ މަރުގެ މައްސަލައިގެ ޝަރީއަތް ވަގުތުން ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ އަށް...