16 އެޕްރީލް

April 16, 2017 4
ވިސާމަށް ކުރި ހުކުމް އިސްތިއުނާފްކޮށްފި

ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމަށް ކުރި ދެވަނަ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

15 އެޕްރީލް

April 15, 2017 28
އަބުރުގެ މައްސަލާގައި އިތުރުބަޔަކު ޒިންމާވާންޖެހޭ: އާލާ

ރާއްޖެ ޓީވީން މީހެއްގެ އަބުރާ ބެހުނު ކަމަށް ބުނެ، އެ ސްޓޭޝަންގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހިމްގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ކަން ހިނގި ގޮތް އޮޅުންފިލުވުމަށް އެއްވެސް ބަހެއް ހޯދުމަކާ ނުލައި ކަމަށާއި މިއީ ހަމަ އެކަނި އާލާ ޒިންމާވާންޖެހޭ...

14 އެޕްރީލް

April 14, 2017 30
ޖޫރިމަނާކުރި ނޫސްވެރިޔާ އަށް ދައުވާކުރަން ފޮނުވައިފި

ހިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކޮށްދިނުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުގެ ދަށުން ޖޫރިމަނާކުރި، ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާގެ މައްޗަށް ޖިނާއީ ދައުވާކޮށްދޭން ބްރޯޑްކާސްޓިން ކޮމިޝަނުން ފުލުސް އޮފީހުގައި އެދިއްޖެ އެވެ.

13 އެޕްރީލް

April 13, 2017 26
ރާއްޖެ ޓީވީ ފަންޑަށް ދެ މެމްބަރަކު 100،000ރ.

ދައުލަތުގެ އެކި މުއައްސަސާތަކުން ރާއްޖެ ޓީވީ ޖޫރިމަނާކުރާތީ، ހުޅުވާފައިވާ "އަބުރު ފަންޑް" އަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ އަބްދުލްޣަފޫރު މޫސާ 100،000ރ. ހަދިޔާކުރައްވައިފި އެވެ.

10 އެޕްރީލް

April 10, 2017 11
ބްރޯޑޮކޮމް އިން މީޑިއާތަކާ މެދު ތަފާތުކުރޭ: ޓީއެމް

ބްރޯޑްކާސްޓިން ކޮމިޝަނުން މިނިވަން މީޑިއާގެ މާހައުލެއް ގާއިމުކުރުމުގެ ބަދަލުގައި، ވަކިވަކި މީޑިއާގެ މަސައްކަތަށް ހުރަސްއަޅާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން އެކަން ކުށްވެރިކޮށްފި އެވެ.

09 އެޕްރީލް

April 09, 2017 60
އެއް މިލިއަންގެ ޖޫރިމަނާއާ އެކު ކޮމިޝަން ސިޔާސީ ވެފައި

ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ގޮތަށް ރާއްޖެ ޓީވީން ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ، އެ ޓީވީ ސްޓޭޝަން އެއް މިލިއަން ރުފިޔާ އިން ކުރި ޖޫރިމަނާ ދިވެހި ތާރީޚުގައި ވެސް މީޑިއާއަކަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އަދަބެވެ. އެހެން މައްސަލައަކާ ގުޅިގެން އައި 250،000ރ. ގެ ޖޫރިމަނާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް...

07 އެޕްރީލް

April 07, 2017 19
ނިޒާރުގެ މުސާރައިން 50،000ރ. ރާއްޖެ ޓީވީ އަށް

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޒާރަށް ލިބިވަޑައިގަންނަވާ އާމްދަނީގެ ތެރެއިން އެއް މަހުގެ މުސާރައިން 50،000ރ. ރާއްޖެ ޓީވީގެ "އަބުރު ފަންޑް" އަށް ހަދިޔާ ކުރުމަށް ނިންމަވައިފި އެވެ.

06 އެޕްރީލް

April 06, 2017 10
ބްރޯޑްކޮމްގެ މެމްބަރުން އިސްތިއުފާ ދޭންޖެހޭ: އެމްޑީޕީ

ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރީ...

April 06, 2017 74
ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ރާއްޖެ ޓީވީ އަށް ކުރިން އައި 250،000ރ. ޖޫރިމަނާ މިއަދު ދައްކާފައި ވަނިކޮށް، އެހެން މައްސަލައެއްގައި އެއް މިލިއަން ރުފިޔާ އިން އެތަން ޖޫރިމަނާ ކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން...

25 މާޗް

March 25, 2017 83
އަޒްމޫނުގެ ސުވާލާ ގުޅިގެން ނިހާންގެ އިންޒާރެއް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކަންތައްތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ މަދު މެމްބަރެއް ފިޔަވައި އެހެން ހުރިހާ މެމްބަރުންނަށް ރަށްތައް ދޫކޮށްފައިވާ ކަމުގެ ތުހުމަތު ކުރާ ކަމަށް ބުނެ، ރާއްޖެ ޓީވީގެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން އޭނާގެ މައްޗަށް އަބުރުގެ ދައުވާ ކުރާނެ ކަމުގެ އިންޒާރު މިއަދު ދީފި އެވެ.

15 މާޗް

March 15, 2017 1
ޒަރީރަށް ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި

ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރު ފުލުހުންނަށް ހުރަސް އެޅިކަން ސާބިތުވާ ކަމަށް ނިންމައި، އޭނާ ޖޫރިމަނާ ކުރަން ކުރި ހުކުމް ޒަރީރުގެ ފަރާތުން އިސްތިއުނާފްކޮށްފި އެވެ.

10 މާޗް

March 10, 2017 47
ރާއްޖެ ޓީވީން "އަބުރު ފަންޑު" ހުޅުވައިފި

ރާއްޖެ ޓީވީ އާއި އެތަނުގެ ނޫސްވެރިން ޖޫރިމަނާ ކުރަމުންދާތީީ "އަބުރު ފަންޑު"ގެ ނަމުގައި އެ ސްޓޭޝަނުން މިއަދު ފަންޑެއް ހުޅުވައިފި އެވެ.

09 މާޗް

March 09, 2017 1
ނޫސްވެރިޔާ ވިސާމަށް ހުކުމް ކުރުން ފަސްކޮށްފި

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ކުރާ ދެވަނަ ދައުވާގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން މިއަދު ފަސްކޮށްފި އެވެ.

07 މާޗް

March 07, 2017 18
ރާއްޖެ ޓީވީ އާއި ނޫސްވެރިއަކަށް ބޮޑު ޖޫރިމަނާއެއް

ރޭޕްގެ މައްސަލައަކާ ގުޅޭ ޚަބަރެއް ލިޔެގެން، މީހެއްގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ ހިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީ އާއި އެ ސްޓޭޝަނުގެ ނޫސްވެރިއަކު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.

06 މާޗް

March 06, 2017 5
ރާއްޖެ ޓީވީގެ ފައިރޫޒާއި އަޒްމޫން ފުލުހަށް ހާޒިރުކުރަނީ

ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ އަހުމަދު ފައިރޫޒާއި އަޒްމޫން އަހުމަދު ފުލުސް އޮފީހަށް މާދަމާ ހާޒިރުވާން އަންގައިފި އެވެ.

05 މާޗް

March 05, 2017 1
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް ބުރާސްފަތިދުވަހު

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް މައްޗަށް ކުރާ ދެވަނަ ދައުވާގެ ހުކުމް އިއްވުން އަންނަ ބުރާސްފަތިދުވަހަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

27 ފެބުރުއަރީ

February 27, 2017 6
ކެމެރާމަން ޒަރީރު 3،000ރ. އިން ޖޫރިމަނާކޮށްފި

ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރިކަން ސާބިތުވެ، އޭނާ 3،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

26 ފެބުރުއަރީ

February 26, 2017 2
ރާއްޖެ ޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން މާދަމާ

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރަށް ކުރާ ދައުވާގެ ހުކުމް އިއްވުން މާދަމާ އަށް ތާވަލްކޮށްފި އެވެ.

08 ފެބުރުއަރީ

February 08, 2017
ވިސާމާއި ލީވާނަށް ކުރި ހުކުމް އިސްތިއުނާފްކޮށްފި

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން ނަސީރު ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެ ދެ ނޫސްވެރިންގެ ފަރާތުން މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ.

25 ޖެނުއަރީ

January 25, 2017 12
ވިސާމާއި ލީވާންގެ ހުކުމަށް ޔޫކޭ ސަފީރު ފާޑުވިދާޅުވެެއްޖެ

ރާއްޖެ ޓީވީގެ ދެ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނަސީރުގެ މައްޗަށް ދައުވާ އުފުލައި، ހުކުމް ކުރުމާ ގުޅިގެން، އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

24 ޖެނުއަރީ

January 24, 2017 31
ރާއްޖެޓީވީގެ ދެ ނޫސްވެރިން ޖަލު ހުކުމުން ސަލާމަތްވެއްޖެ

ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރު ޖަލު ހުކުމުން ސަލާމަތްވެ، 28،800ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.