19 އެޕްރީލް

April 19, 2018 13
"ދީނަށް ނިކަމެތިވާ ގޮތަށް ހަދާ ޖަމާއަތްތަކުން ވަކިވޭ"

އިސްލާމްދީނަށް ނިކަމެތިވާ ގޮތަށް ކަންކަން ކުރަން ގޮވާލާ ޖަމާއަތްތަކުން ވަކިވާން ޖެހޭ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއިން މިއަދު ބުނެފި އެވެ.

April 19, 2018 65
"ދީނީ މިނިވަންކަން ފިޔަވައި ހުރިހާ ކަމެއް ބަލައިގަނޭ"

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން، އިސްލާހު ކުރަން ދިވެހި ސަރުކާރަށް ހުށަހެޅި ކަންތައްތަކުގެ ތެރެއިން ދީނީ މިނިވަންކަން ލިބޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައުމަށް ބުނާ ބަދަލު ފިޔަވައި...

30 ޑިސެމްބަރ

December 30, 2017 77
"ޝަހިންދާގެ ދިފާއުގައި ނަޝީދު ތެދުވުމުން ކަންބޮޑުވޭ"

ޑިމޮކްރަސީ ނެޓްވޯކްގެ ރައީސް ޝަހިންދާ އިސްމާއިލް، އިސްލާމް ދީނާ ޚިލާފް ޓްވީޓެއް ކުރި ކަމަށް ތުހުމަތުކޮށް، ފުލުހުން އެ މައްސަލަ ބަލަން ފެށުމުން އެކަމާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދެއްކެވުމުން ޕީޕީއެމުން އެކަން ކުށްވެރިކޮށްފި އެވެ.

28 ޑިސެމްބަރ

December 28, 2017 28
އެހެން ދީންތަކަށް މަގުފަހިވާ ވާހަކަ ނުފަތުރަން އެދެފި

އިސްލާމްދީން ނޫން އެހެން ދީންތަކަށް ދިވެހިރާއްޖޭގައި ޖާގަ ހޯދުމަށް މަގުފަހިވާ ފަދަ ބޭކާރު ވާހަކަތައް މުޖުތަމައުގެ ތެރޭގައި ނުފެތުރުމަށް އިސްލާމިކް މިނިސްޓްރީން މިރޭ...

December 28, 2017 134
ދީނާ ގުޅޭގޮތުން ޝަހިންދާގެ ޓުވީޓެއްގެ މައްސަލަ ބަލަނީ

އިސްލާމް ދީނާ ޚިލާފުވާގޮތަށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުގެ ރައީސް ޝަހިންދާ އިސްމާއިލް ޓުވީޓެއް ކުރައްވާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ފުލުހުން ތަހުގީގުކުރަން...

30 ޑިސެމްބަރ

December 30, 2016 19
ދީނީ މައްސަލާގައި ރާއްޖެއާ މެދު ތަފާތުކުރޭ: ރައީސް

ރާއްޖޭގައި ހުރިހާ ދީނަކަށް އުޅުމުގެ މިނިވަންކަން ނެތުމުން، ރާއްޖެއާ ދޭތެރޭގައި ބައެެއް ފަރާތްތަކުން ބައެއް ކަންކަމުގައި ތަފާތުތައް ގެންގުޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

18 އޯގަސްޓް

August 18, 2016 24
އަބުރުގެ ގާނޫނުގެ ބޭނުން ކުރީގެ ދެ ރައީސުން ނުހިފާނެ

އަބުރު ރައްކާތެރިކޮށްދިނުމަށް ކަމަށް ބުނެ ހިޔާލުފާޅު ކުރުން ހަނިކޮށްފައިވާ ގާނޫނުގެ ބޭނުން ނުހިއްޕަވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

10 އޯގަސްޓް

August 10, 2016 22
ބިލު ތަސްދީގު ނުކުރުމަށް އދ. އިން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ހިޔާލުފާޅުކުރުން ހުއްޓުވާ ބިލު ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމަށް އދ. އިން ރައީސް އަބްދުﷲ ޔާމީނަށް މިއަދު ގޮވާލައިފި އެވެ.

09 އޯގަސްޓް

August 09, 2016 18
ނަޝީދާ އެކު ތިން މެމްބަރެއްގެ ވޯޓު ބިލާ ދެކޮޅަށް

ސަރުކާރުން ހުށަހަޅައިގެން މިއަދު ފާސްކުރި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަންނަ ބިލަށް ޕީޕީއެމްގެ މުހައްމަދު ނަޝީދުގެ އިތުރުން ތިން މެމްބަރަކު ދެކޮޅަށް ވޯޓު ލައްވައިފި އެވެ. މިއީ ސަަރުކާރު ކޯލިޝަންގެ މިހާ ގިނަ މެމްބަރުންތަކެއް ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅާ ދެކޮޅަށް ވޯޓު ލެއްވި ފުރަތަމަ ފަހަރެވެ.

08 އޯގަސްޓް

August 08, 2016 11
މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ބިލް ބަދަލުކޮށްފި

މަސްދަރު ސިއްރު ކުރުމުގެ ހައްގު ގާނޫނުއަސާސީގައި ދީފައިވީ ނަމަވެސް، ޚިޔާލުފާޅުކުރުން ހުއްޓުވާ ބިލްގެ އާ ޑްރާފްޓްގައި މަސްދަރު ހާމަކުރަން ޖެހޭ ހާލަތެއް ހިމަނައިފި އެވެ.

07 އޯގަސްޓް

August 07, 2016 12
ހިޔާލުފާޅުކުރުން ހަނިކުރާ ބިލް ދިރާސާ ކުރަން ފަށަނީ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ދިރާސާ ކުރުމުގެ އަމަލީ މަސައްކަތް މިރޭ ފެށުމަށް ނިންމައިފި އެވެ.

05 އޯގަސްޓް

August 05, 2016 41
އަބުރުގެ ބިލަށް ލިބުނު އާންމު ޚިޔާލުތައް ބާތިލުކޮށްފި

އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް ދިރާސާ ކުރާ ކޮމެޓީ އަށް އާންމުންގެ ފަރާތުން އެއްވެސް ޚިޔާލެއް ލިބިފައިވާ ނަމަ އެ ހިޔާލުތަކަކީ "ބާތިލް" އެއްޗެއްގެ ގޮތުގައި ކޮމެޓީން މިއަދު ނިންމައިފ އެވެ.

02 އޯގަސްޓް

August 02, 2016 17
އަބުރުގެ ބިލަށް ހިޔާލު ހޯދަން ހުޅުވާލައިފި

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމެޓީން އާންމުކޮށް މިއަދު ހުޅުވާލައިފި އެވެ.

31 ޖުލައި

July 31, 2016 37
އަބުރުގެ ބިލް މާދަމާ އަށް އެޖެންޑާ ކޮށްފި

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށް ބަހުސް ފަށަން ތައްޔާރުވެއްޖެ އެވެ.

28 ޖުލައި

July 28, 2016 23
"އަބުރުގެ ބިލަކީ އިލްމުވެރިންނަށް ވެސް ހުރަހެއް"

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ގާނޫނަކަށްވެއްޖެނަމަ، ދީނީ އިލްމުވެރިންނަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބައެއް އިލްމުވެރިން މިއަދު ވިދާޅުވެއްޖެ އެވެ.

20 ޖުލައި

July 20, 2016 6
އަބުރުގެ ބިލުގައި މިފަހަރު ވެސް ކަންބޮޑުވުންތައް!

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ ގޮތުން ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުށަހެޅުއްވި ބިލް އަނބުރައި ގެންދެވީ، އެ ބިލާ މެދު މީޑިއާގެ ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ދެކޮޅު ހެދުމުންނެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން އެ ބިލް މިހާރު މަޖިލީހަށް އަލުން ފޮނުވާފައިވާ އިރު،...