02 އޯގަސްޓް

August 02, 2016 63
ހައްޖު ކޯޓާގެ މައްސަލަ، މިނިސްޓްރީގެ ބޮޑު އިހުމާލެއް؟

ހައްޖުގެ މަތިވެރި އަޅުކަމަށް ތައްޔާރުވެ އެތައް ބަޔަކު އެތިބީ ފޮނި އުއްމީދުގަ އެވެ. މި މަހު 15 ގައި ފުރަން ގިނަ ބަޔަކު ފޮށިތަންމަތި ބަނދެފި އެވެ. ޖަހަން ޖެހޭ ވެކްސިންތަކާއި ފުރިހަމަ ކުރަން ޖެހޭ ތަމްރީންތައް ވެސް ބައެއް ކުންފުނިތަކުން ނިންމައިފި ކަމަށްވެ އެވެ. އެކަމަކު ފުރަން ދެ ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް، ރާއްޖެ އިން 1،000...

01 އޯގަސްޓް

August 01, 2016 187
ދުވާ ޓްރެކާއި ޑރ. ހަސަން ހަމީދުގެ އާ ވާހަކަ

މި ފަހަރު ރަސްފަންނުގެ ވާހަކައެއް ނޫނެވެ. މިހާރު ގިނަ ބަޔަކު ޝައުގުވެރިވެގެން އުޅެނީ ދުވާ މީހުންނަށް ހާއްސަކޮށްގެން ރަސްފަންނުގައި ހަދަމުން އަންނަ ޖޮގިން ޓްރެކަށެވެ. އަލަށް ހެދި...

August 01, 2016 2
ދަރިވަރުންނަށް ލުއި ކާނާ ދިނުމަކީ ބޮޑުގޯހެއް

ސްކޫލުތަކުގެ އިންޓަވަލް ގަޑީގައި ދަރިވަރުންނަށް ލުއި ކާނާ ދިނުމަކީ ތިޔަ ހީކުރާ ވަރަށް ވުރެ ނުރައްކާ އަދި އޭގެ ސަބަބުން އެ ދަރިވަރުންނަށް ނުހަނު ގެއްލުންތަކެއް ލިބޭނެ ކަމެކެވެ....

31 ޖުލައި

July 31, 2016 23
ބޭރަށް ބަރޯސާ ނުވެ ހަމަ އެއްގޮތެއް ވެސް ނެތް!

މިއުޅެނީ ރާއްޖެއަށް ބޭނުންވާ ވަރަށް ފިޔާކޮޅެއް ވެސް ނުހެއްދިގެންނެވެ. ކާލަން ބޭނުންވާ މިންވަރުގެ ފިޔާކޮޅު ވެސް ޖެހެނީ އަވަށްޓެރި އިންޑިއާއިން ގެންނާށެވެ. ރާއްޖެއަށް ފުދޭ މިންވަރާ...

July 31, 2016 29
އެހެން މާއްދާތަކުގެ ހިޔަނީގައި ހަގީގަތެއް ނުފޮރުވޭނެ

"ކޮބާ ގާނޫނުއަސާސީގެ ދެން ހުރި މާއްދާތައް،" އަބުރުގެ ބިލަށް ތާއީދު ކުރަމުން ގެންދާ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ލިޔަމުން ގެންދެ އެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީގެ 33 ވަނަ...

30 ޖުލައި

July 30, 2016 23
ސިފައިންނާއި ފުލުހުންނަށް ފުރުސަތު ދިނުން: ރަނގަޅު!؟

ދިވެހި ފުޓްބޯޅަ މިހާރު އޮތީ ފުންވަޅުގަނޑަކަށް ވެއްޓިފަ އެވެ. ސަޕޯޓަރުން ދަނޑަށް ނުވަނުމުން ފެށިގެން ކްލަބްތަކުގެ މާލީ ހާލަތު ވެސް ދަށެވެ. ގައުމީ ޓީމަށް ވެސް ސަރަހައްދީ މުބާރާތްތަކުގައި އެކަށީގެންވާ ނަތީޖާ ނުނެރެވޭތީ ސަޕޯޓަރުން ތިބީ ހިތްހަމަނުޖެހިފަ އެވެ. މި ވަޅުގަނޑުން އަރައިގަތުމަށް، ކޮންމެ މީހަކު އަތްދިއްކޮށްލި ނަމަވެސް...

28 ޖުލައި

July 28, 2016 17
މަގު ބަންދު، ހައްގު ހޯދުމުގެ މިނިވަންކަމެއް ނެތް!

ތިބީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކެއް ހިފައިގެންނެވެ. އެ ބޯޑުތައް ހިފަހައްޓައިގެން ތިބެ، މަޑު ހިނގުމެއްގައި ގޮސް، ފުލުހުން ހުއްޓެން ބުނި ހިސާބުގައި އިރުކޮޅަކު ތިބީ އެވެ. އަނބުރާލާފައި ގޮސް ސޯސަން މަގުން ވަކި ހިސާބަކަށް ދެވުނުތަނާ ފުލުހުން ހުއްޓުވި އެވެ. އެންގީ ޕޭވްމަންޓު މައްޗަށް އަރާށެވެ. ޕޭވްމަންޓު މަތިން ހިނގަން ފެށުމުން...

July 28, 2016 17
ރައްޔިތުންގެ މަޖިލިހެކޭ ކިޔާވަރެއް ނުވޭ

ދެ މިސާލެއް ފާހަގަކޮށްލާނަމެވެ. އެކިއެކި މިނިސްޓްރީތަކުގެ މިނިސްޓަރުންގެ ލަފައާއެކު ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރުމަށް ސިވިލް ސާވިސް ގާނޫނަށް ސަރުކާރުގެ މެމްބަރަކު...

July 28, 2016 94
"ކީއް ކުރާނީ، އަހަރެމެންނަށް މި ނޫން ގޮތެއް ނެތް"

ރާއްޖޭގެ މިނިވަން ރަން ޔޫބީލްގެ އަހަރު ބަނަވާނެކަމުގެ ކުޑަކުޑަ ނިޝާންތަކެއް 2014 ގެ ފަހުކޮޅު ފެންނަން ފެށި އެވެ. އެކަމަކު 2015 ގައި މުޅި ގައުމު އެހާ ބޮޑެތި މައްސަލަތަކެއްގެ ތެރެއަށް...

27 ޖުލައި

July 27, 2016 5
ޕަބްލިކް ޑިފެންޑާސް އޮފީސް: ބޭނުންތެރި ކަމެއް

ދައުލަތުގެ ޚަރަދުގައި ވަކީލުން ހަމަޖައްސަން އުޅެ، އެކަން ހަމަ ނުޖެހިގެން އެތައް ދުވަސްތަކެއް ވަންދެން ތިބެންޖެހޭ ޖެހުމަކީ މިއަދާ ހަމައަށް ވެސް ހައްލެއް ނުލިބިފައި އޮތް ކަމެކެވެ....

July 27, 2016 15
އިހުމާލަކާ އެކު ސިއްހީ ބިރުވެެރިކަމެއް، ސަމާލުވޭ!

މުއްދަތު ހަމަވާން ކައިރިވުމުން އުކާލުމުގެ ބަދަލުގައި އެ އެއްޗެހިން ކޮންމެެވެސް ބޭނުމެއް ހިފޭތޯ ބަލަނީ އެވެ. ވިޔަފާރީގެ ގޮތުން ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށް އެ އެއްޗެހި...

26 ޖުލައި

July 26, 2016 5
ޓޫރިޒަމަށް ޔޫރަޕްވަރެއް އަދިވެސް ނެތް!

ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން ގާތްގަނޑަކަށް 30 ޕަސެންޓް ހިއްސާކުރަނީ ޗައިނާއިންނެވެ. ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް...

July 26, 2016 25
ގައުމޭ، ރައްޔިތުންނޭ މި ކިޔަނީ ގައުމުދެކެ ލޯބިވާތީތަ؟

ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި އިދިކޮޅު ފަރާތްތަކުން ވެސް ހުރިހާ ކަމެއް ކުރަނީ "ގައުމު" ނިވާފަތްގަނޑެއްގެ ގޮތުގައި ދައްކައިގެންނެވެ. އެކި ނިންމުންތައް ނިންމާއިރު ހަރުއަޑުން...

25 ޖުލައި

July 25, 2016 71
ކޭބަލް ޓީވީ ވާދަވެރި މާކެޓަކަށް: ދެން އަގު ހެޔޮވާނެ!

މީގެ 10 ވަރަކަށް އަހަރު ކުރި އެވެ. އެއީ ރާއްޖޭގައި މުއާސަލާތީ ހިދުމަތް އެންމެ ކުންފުންޏަކުން ދިން ދުވަސްވަރެވެ. ކައިރި ރަށެއްގައި ހުންނަ މީހަކަށް ގުޅައި "ހަލޯ" އޭ ބުނެ ނިމޭ އިރު ފޯނު ބިލަށް ހައެއްކަ ރުފިޔާ އަރަ އެވެ. ބޭރު ގައުމަކަށް ގުޅާލައިފި ނަމަ މަހު މުސާރަ އެއްކޮށް ހެން ހުސްވެ އެވެ.

24 ޖުލައި

July 24, 2016 1
ކެންސަރަށް ދުވާލަކު ދެ ލައްކައެއްހާ ރުފިޔާ!

ރާއްޖޭގައި އެންމެ ނުރައްކާތެރި އަދި އެންމެ އާއްމު އެއް ބައްޔަކީ ކެންސަރޭ ބުނެފި ނަމަ އެއީ އާ ވާހަކައަކަށް ނުވެދާނެ އެވެ. އެކި ފަަހަރު މަތިން، އެކި ރަސްމިއްޔާތުތަކުގައި ކަމާ ބެހޭ...

July 24, 2016 35
އާދޭސް ކުރީމަ ވެސް ކަންތައް ވީ މާ ގޯސްކޮށް!

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް ރައްޔިތުންގެ މަޖިލިހަށް ފުރަތަމަ ފޮނުއްވި ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ...

23 ޖުލައި

July 23, 2016 23
މިހިރި ބޮޑު އިމާރާތަށް މިވަނީ ކިހިނެއް؟

ފޮޓޯއިން ތިޔަ ފެންނަ ބިޔަ އިމާރަތަކީ ކޮން އިމާރާތެއްކަން ގިނަ ބަޔަކަށް ނޭނގިދާނެ އެވެ. އެކަމަކު އެއީ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ހުޅުމާލޭގައި ހަދަން ފެށި 250...

July 23, 2016 13
ގައުމީ ޓީމަށް އާ ކޯޗެއް ހޯދުން، ސަމާލުވާން ޖެހޭ

ގައުމީ ފުޓްބޯޅަ ޓީމާ ކޮންމެ ކޯޗަކު ހަވާލުވާނީ ވެސް ސަޕޯޓަރުންނަށް ބޮޑު އުއްމީދެއް ދިނުމަށް ފަހު އެވެ. އެކަމަކު މާގިނަ ދުވަސްތަކެއް ނުވަނީސް، ފެންނަނީ ކޮންމެވެސް ސަބަބަކާ ހުރެ އެ...

22 ޖުލައި

July 22, 2016 15
ފުރަތަމަ މަސައްކަތު މީހަކަށް، މިހާރު ޖީކޭޓީގެ ދިރުން

ރާއްޖޭގައި އެންމެ ގިނަ ދުވަސް ވީ އަމިއްލަ ފާމަސީއަކީ ކޮބައިކަމެއް ގިނަ މީހުން މިހާރު ހަނދާނެއް ނުހުންނާނެ އެވެ. އެހާވެސް ފާމަސީތައް މާލޭގައި ގިނަވެއްޖެ އެވެ. އެކަމަކު އެ ފާމަސީ އާއި...

July 22, 2016 65
މަހްލޫފް ގޮތްދޫނުކޮށް ޖަލަށް، ހިތްވަރުގަދަ

ބައެއް މީހުން ސިފަކުރާ ގޮތުގައި މި ފަހުން ރާއްޖެ އިން ފެނުނު އެންމެ ހިތްވަރުގަދަ، އެންމެ ކެރޭ ސިޔާސީ ބޭފުޅަކީ އަހުމަދު މަހުލޫފެވެ. ފުލުހުންގެ ދައުރަށް ހުރަސްއެޅުމުގެ ކުށް ސާބިތުވެ...

21 ޖުލައި

July 21, 2016 36
އަނދަމުންދާ ޕީޕީއެމް، އެޕިސޯޑް 2: ލޭގެ ގުޅުން

އެކުގައި ވަރަށް ގުޅިގެން ކުރި މަސައްކަތުން އިންތިހާބު ކާމިޔާބުވެ ވެރިކަން ވެސް ލިބުނެވެ. އެ ވެރިކަމަށް ދެ އަހަރު ވެގެން ދިޔަ އިރު، އެ ގުޅުން ހީނަރުވާން ފެށި އެވެ. ތިން އަހަރު ފުރެން ދާއިރު، ޕާޓީގެ ރައީސާއި ޕާޓީގެ މުސްތަޝާރާ ދެމެދު ގުޅުން މި އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. މަޝްވަރާ ކުރައްވަން ޕާޓީގެ ރައީސް އެދިވަޑައިގަންނަވާތާ...

20 ޖުލައި

July 20, 2016 7
ކުޑަކުދިންނާ ބެހުމުން އަދަބު ދޭ ގާނޫނު ފުރިހަމަބާ؟

މީގެ ހަތް އަހަރު ކުރިން ޖޫން، 2009 އެވެ. މާލޭގައި އެންމެ އަށް މަހުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ސަބަބުން އެ ކުއްޖާ މަރުވުމާ އެކު މުޅި ރާއްޖެ ސިހިގެންދިޔަ އެވެ. ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އެތައް ބަޔަކު ނުކުމެ، އަޑު އުފުލަމުން ދިޔަ އެވެ. އެ ހޫނުކަމުގެ ތެރޭގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ބޮޑެތި...

19 ޖުލައި

July 19, 2016 14
މުދާ ވިއްކުމުގައި މަކަރު: ބޮޑެތި އަދަބު ދޭންޖެހޭ

މުއްދަތު ހަމަވެފައި ހުންނަ ބައެއް މުދަލުގައި އޮޅުވާލައިގެން ލޭބަލް ބަދަލުކޮށްގެން ވިއްކި މައްސަލަތަކެއް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. ގޭގެ އަށް އާންމުކޮށް ބޭނުންކުރާ ބައެއް...

July 19, 2016 69
ބްރިޖް: ހީކުރި ވަރަށް ވުރެ މާ ބޮޑު މަސައްކަތެއް

މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖުގެ މައި ސައިޓުން ފުރަތަމަ ވެސް އަޅައިގަތީ ރާއްޖެ އިން މީގެ ކުރިން ދުވަހަކު ވެސް ނުފެންނަވަރުގެ ބިޔަ މެޝިންތަކާއި ކްރޭންތަކާއި އެކި ވައްތަރުގެ...

18 ޖުލައި

July 18, 2016 2
ޑެންގީގެ ބިރުވެރިކަން އަދިވެސް ބޮޑު

ކޮންމެ އަހަރެއްގެ މި ދުވަސްވަރާ ދިމާކޮށް ޑެންގީ ހުން ފެތުރޭކަން މިހާރު އެންމެންނަށް ވެސް އެނގެ އެވެ. ރައްކާތެރިވާން އަޅަންވީ ފިޔަވަޅާއި ރައްކާތެރިވާން ޖެހޭ ގޮތް ވެސް ގިނަ މީހުންނަށް އެނގެ އެވެ. އެކަމަކު ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ކޮންމެ އަހަރަކު ވެސް އިތުރުވަމުން އަންނައިރު، ހުމުގެ ބިރުވެރިކަން ވެސް ދަނީ ބޮޑުވަމުންނެވެ.

16 ޖުލައި

July 16, 2016 7
ބިދޭސީ ކުޅުންތެރިންގެ މުއްސަނދި ސަގާފަތް މިހާރު ކޮބާ؟

ނިއު ރޭޑިއަންޓަށް 1994 ވަނަ އަހަރު ގެނައި ކޮންގޯގެ ޕެޓްރިކް ޗިކާޔާގެ ކުޅުން ދެކިލަން ގިނަ ބަޔަކު އޭރު ދަނޑަށް ވަނެވެ. ވިކްޓަރީ އަށް މޮރޮކޯގެ ފިދާދީ މުހައްމަދާއި ނައިޖީރިއާގެ ފްރައިޑޭ ގެބޯން ގެނައުމާ އެކު ދިވެހި ފުޓްބޯޅައިގެ ފެންވަރު މަތިވި އެވެ. އަދި އެ ޓީމަށް ގެނައި ގިނީގެ ސެގްނޯ ރަފޭލާއި ޑެންމާކުގެ ހެންރިކްސަން ބޯއާ އެކު ތަށި...

15 ޖުލައި

July 15, 2016
ކެތްތެރިކަމާއި ނަމާދުން ވާގިވެރިކަން ހޯދުން

ދިރިއުޅުމުގެ ހަޔާތުގައި އިންސާނާ ބޭނުންވާ ހުރިހާ ކަމެއް ނުފުދޭނެ އެވެ. އަދި ދިރިއުޅުމުގައި ތަފާތު ދަތިތަކާއި ހުރަސްތަކާ ކުރިމަތި ނުލައިވެސް ނޫޅެވޭނެ އެވެ. މިފަދަ ދަނޑިވަޅުތަކުގައި ކެތް ކުރުމާއި ގެއްލުން ދެނިވި ކަންކަމުން ދުރުހެލިވެގެން ހުރުން ވަރަށް މުހިންމެވެ. އެހެން ނޫންނަމަ ފަހުން ހިތާމަ ކުރަން ޖެހޭ ފަދަ ކަމެއް ކުރެވިދާނެ...

July 15, 2016 9
އޮންލައިން ވިޔަފާރި މެކުހަށް، ބަލަހައްޓަން ޖެހޭ

ފޭސްބުކަށް ލާފައިވާ ފޮޓޯ އިން އެ ފެންނައިރު ވަރަށް ރީއްޗެވެ. ފޮޓޯއާ އެކު ޕޯސްޓުކޮށްފައިވާ ލިއުންކޮޅު ކިޔާލުމުން އެކަނި ވެސް ހިތް ދަމައިގަތެވެ. އެހެންވެ، ނުގަނެ ނުހުރެވިގެން އެ...

July 15, 2016 35
އިދިކޮޅު ޕާޓީއެއް، އިދިކޮޅު ހަރަކާތަކަށް ޖާގައެއް ނެތް

ކޮންމެ ކަމެއްގައި އިދިކޮޅު ވާންޖެހޭ ހެއްޔެވެ؟ ކޮންމެ ގައުމެއްގައި އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭ ހެއްޔެވެ؟ ކަންކަމާ އިދިކޮޅު ނުހެދިއްޔާ، އެއީ ޑިމޮކްރެޓިކް މުޖްތަމައަކަށް ނުވަނީ...

14 ޖުލައި

July 14, 2016 18
ޕީޕީއެމްގެ ގަވާއިދު ހިފަހައްޓަނީ ކޮން ފެކްޝަނަކުން؟

ޕީޕީއެމްގައި އުފެދިފައިވާ ދެ ފެކްޝަން ވަކިވަކިން މިހާރު ވަނީ ޕާޓީ ހިންގަން ފަށައިފަ އެވެ. ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޯޅުން ބޮޑުވެ ޕާޓީގެ މައްސަލަތައް ފުނިޖެހިފައިވާއިރު، ކަންކަން ރަނގަޅަށް ކުރަނީ ކޮން ފެކްޝަނަކުން ކަން މިހާރު ވަނީ އާއްމު މެމްބަރުންނަށް އޮޅޭ...

13 ޖުލައި

July 13, 2016 23
ގޮތް ނޭނގޭ ކޮންމެ އެއްޗެއް ނުރައްކާ! ހަވާލުނުވާތި!

ދަތުރު ކުރާއިރު މީހުން ދޭ އެއްޗިއްސާ އެއްވެސް ސުވާލެއް ނެތި ގިނަ ދިވެހިން ހަވާލުވެ އެވެ. ދަތުރުފަތުރު ކުރުމުގައި ރާއްޖޭގައި ހުރި އުނދަގޫތަކުގެ ސަބަބުން އެހެން މީހުން ހަވާލުކުރާ އެއްޗެހި ގެންގޮސް ދެނީ އެހީގެ އަތެއް ދިއްކޮށްލުމުގެ ނިޔަތުގަ އެވެ. ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ފުޅާވަމުން އަންނަ މިންވަރަށް ބަލާއިރު...

12 ޖުލައި

July 12, 2016 80
ހުމާމް ނުމެރުން މުހިންމުވާ ސަބަބުތައް، ރިޔާޒުގެ ދުލުން

އުނގޫފާރު ދާއިރާގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ ރަހުމްކުޑަ ގޮތަށް އަވަހާރަކޮށްލީ ހ. ލޮބީ ހުސެއިން ހުމާމް ކަން ޝަރީއަތަށް ސާބިތުވެ، އިސްތިއުނާފްގެ ހުރިހާ މަރުހަލާއަކަށް ފަހު އޭނާ އަށް މަރުގެ ހުކުމް ވަނީ އިއްވައިފަ އެވެ.