04 ޖެނުއަރީ

January 04, 2017 31
ޓެކްސީ ބޯޑުތައް، ތޮއްޖެހުން ބޮޑުކުރުމުގެ އާ ފުރުސަތު

މާލޭގެ މަގެއްގެ މައްޗަށް ނިކުމެއްޖެ މީހަކު މިނިޓެއްގެ ތެރޭގައި ބޯހާސްވާނެ އެވެ؛ ވެހިކަލްތަކުން މަގުތައް އޮންނަނީ ފުރި ބާރުވެފަ އެވެ. ވެހިކަލް ކިއޫއެއްގައި ސިކުންތެއް މަޑުކުރަން...

January 04, 2017 71
ހުރިހާ ކަމަކަށް ހެޔޮވަރު "ޅަދަރިމައިންގެ ކޮޓަރި"

ރާއްޖޭގެ މައި އެއާޕޯޓަށް މި ފަހުން ބޮޑެތި ބަދަލުތަކެއް ގެނެސް އެތައް ކަމެއް ރަނގަޅުކޮށްފި އެވެ. ކުރިއަށް ހުރި ބަދަލުތައް އަދި އެއަށް ވުރެ މާ ބޮޑެވެ. އެކަމަކު މި ތަރައްގީއާ ނުބައްދަލު...

03 ޖެނުއަރީ

January 03, 2017 37
ހެލިކޮޕްޓަރު އެކްސިޑެންޓް: ބަނޑަށް 22 އެތިކޮޅު!

އާދައިގެ މަތިން އެ ދުވަހު ވެސް އަސްރު ނަމާދުން ފައިބައިގެން އޭނާ ބޭރުގައި މަޑުކޮށްލީ އެއްކޮށް މަސައްކަތް ކުރާ ބަޔަކާ ވާހަކަ ދައްކާލާށެވެ. އެއާޕޯޓުގެ މުވައްޒަފުންނަށް ހާއްސަކޮށް...

January 03, 2017 21
އީސީ އަށް ހުރަހެއް ނެތް އިރު އިއުލާންނުކުރަނީ ކީއްވެ؟

މި މަހު 14 ގައި ބާއްވަން ކުރިން ނިންމި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިތުރު ދެ މަހަށް ފަސްކުރަން މިދިޔަ މަހު ސިވިލް ކޯޓުން ކުރި ހުކުމާ އެކު އެ އިންތިޚާބު މި މަހު ނުބޭއްވޭނެ ކަން...

02 ޖެނުއަރީ

January 02, 2017 48
ޓެކްސީ ހިދުމަތަށް ބޮޑު ބަދަލުތަކެއް، އެކަމަކު ޝަކުވާ

މާލޭގައި ޓެކްސީއެއް ހޯދުމަކީ ވަރަށް ދަތި ކަމެކެވެ. މިއީ އިއްޔެ ނުވަތަ މިއަދު ދިމާވެފައިވާ މައްސަލައެއް ނޫނެވެ. އެތައް އަހަރެއް ވީ ބޮޑު މައްސަލައެކެވެ. މި ކަމަށް އެދެވޭ ހައްލެއް ނުހޯދި ދިޔައީ ބޮޑުވަމުންނެވެ.

01 ޖެނުއަރީ

January 01, 2017 1
85 އަހަރުގެ ދުވުންތެރިޔާ، ސައިންސްވެރިންނަށް ރަނެއް

އޭނާގެ ފައިގެ ބާރާއި ފުއްޕާމޭގެ ވަރުގަދަކަމުން ސައިންސްވެރިން ތިބީ ހައިރާންވެފަ އެވެ. އުމުރުން 85 އަހަރުގެ މީހަކާ އަޅާބަލާ އިރު އެޑް ވައިޓްލޮކްގެ ދުވުން ހިމަނަން ޖެހެނީ އާދަޔާ ޚިލާފު ކަމެއްގެ ގޮތުގަ އެވެ. މިދިއަ އޮކްޓޯބަރު މަހު 85 އަހަރު ފުނުއިރު ޓޮރޮންޓޯ ވޯޓާފްރޮންޓް މެރެތަން ރޭސް ތިން ގަޑިއިރާއި 56 މިނިޓް، 34 ސިކުންތުން ނިންމުމަކީ...

31 ޑިސެމްބަރ

December 31, 2016 10
2016: ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑު ލޮޅުމެއް

ރާއްޖޭގައި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން މިހާރު އޮތް ހިސާބު ވަރަށް ކުރުކޮށް މި ދަންނަވާލަނީ އެވެ؛

30 ޑިސެމްބަރ

December 30, 2016 16
މި ވެސް، އެ ވެސް ކަނަމަދު ކޭކު، ތަފާތީ އަގު

މުޅިން ތަފާތު ޚިދުމަތްތަކާއި އާ ތަންތަނާ އެކު މާލޭގެ ކެފޭ/ ރެސްޓޯރެންޓް ވިޔަފާރި ކުރިއަށް ވުރެ ވެސް ފުޅާވެ ކުރިއަރަމުން އަންނަ އިރު އެއް ބާވަތެއްގެ މަގްބޫލުކަން މި ދުވަސްކޮޅު ވަކިން ބޮޑުވެއްޖެ އެވެ؛ ކަނަމަދު ކޭކެވެ. އެއް ތަނެއްގެ ފަހަތުން އަނެއް ތަނަކުން މި ކޭކު ތައާރަފްކުރަމުން އައިސް، ނަން ހިނގާ ގިނަ ކެފޭތަކުން މިހާރު މި ލިބެ...

29 ޑިސެމްބަރ

December 29, 2016 55
ދައްކަން އުނދަގުލަސް މި ވާހަކަ މުހިއްމު، ކީއްވެ؟

ޖިންސީ ދުޅަހެޔޮކަމާއި އުފަންވެނި ސިއްހަތަކީ މީހެއްގެ ދިރިއުޅުމުގެ އެންމެ މުހިއްމު އެއް ބައި ކަމަށް ވިޔަސް، ބައެއް ގައުމުތަކުގައި، މިއީ ދައްކަން ނުކެރޭ ނުވަތަ ދައްކައިގެން ނުވާނެ ކަމަށް ގަބޫލުކުރެވިފައި އޮންނަ ވާހަކައެކެވެ. ރާއްޖޭގައި ވެސް މި ކަން އޮތީ މި ގޮތަށެވެ. އެކަމަކު މި މައުލޫމާތުތަކަކީ ކޮންމެ މީހަކަށް ވެސް ލިބެން ޖެހޭ...

28 ޑިސެމްބަރ

December 28, 2016 4
ޖޫރިމަނާއިން ރެކުން ނިމުމަކަށް އަންނަނީ

"އުމުރަށް ޖަލަށް ލާފައި ހުންނަ މީހަކު ޖޫރިމަނާ ދެއްކުމުގެ ބޭނުމަކީ ކޮބާ؟ ކާކު ދައްކާނީ؟." މިއީ މަސްތުވާތަކެތީގެ މައްސަލައެއްގެ ޚަބަރަކަށް މީހަކު ފާޅުކުރި ޚިޔާލެކެވެ.

December 28, 2016 7
2016ގެ ބޮޑު ފަހެއް

އަހަރު ނިމިގެން މި ދިޔައީ ވަރަށް ބޮޑެތި ކަންތައްތަކެއް ހިނގުމަށް ފަހު އެވެ. ސިޔާސީ މަސްރަހާއި، ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ބައެއް ހައްގުތައް އުނިވުމުގެ...

December 28, 2016 49
މި ދިވެހިންގެ ޗުއްޓީ މުޅިން ތަފާތު

ޒަމާނުއްސުރެ ދިވެހިން އެންމެ ގިނައިން ދަތުރުކޮށް އުޅެނީ އަވައްޓެރި ސްރީ ލަންކާ އަށާއި އިންޑިއާ އަށެވެ. އެއީ ބޭސްފަރުވާގެ ބޭނުންތައް ވެސް ބޮޑުވީމަ އެވެ. މި ފަހުގެ އަހަރުތަކުގައި...

27 ޑިސެމްބަރ

December 27, 2016 137
މި ހާލުގައި ވަރުބަލިވެއްޖެ، އެހެން ގޮތެއް ހޯދައިިދީ!

އައިޝަތު ނަޝީދާ، 42،ގެ ވެސް އުއްމީދަކީ މި އެވެ؛ ދިރިއުޅުމުގެ ނަމުގައި ގަނަތެޅުން ހުއްޓާލާފައި ހިތްހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތެއް ފަހިވުމެވެ. އެކަމަކު މި ހުވަފެނުގައި ކުލަ ނުޖެހި، އޭނާ އަށް ލިބޭ ހިތްދަތިކަން ހައްތަހާ ވަނީ ބޮޑެވެ.

26 ޑިސެމްބަރ

December 26, 2016 119
ދިވެހިން ދަތުރު ދާ ހުރިހާ ރަށެއް ވިއްކައި ހުސްކޮށްފި

މާލޭގައި ދިރިއުޅޭ މީހުން ކުޑަބަނޑޮހަށާއި ފޭދޫފިނޮޅު ފަދަ ރަށްރަށަށް ބަންދު ދުވަސްތަކުގައި ދަތުރު ދިއުމަކީ އާއިލީ ގުޅުމާއި ރަހުމަތްތެރިކަމުގެ ގުޅުމުގެ ތެރޭގައި ހިމެނިގެން ކުރިންސުރެ އުފެދިފައި އޮތް މުހިންމު އާދައެކެވެ. ނަމަވެސް އިގުތިސާދީ އެދުންވެރިކަމުގެ ތެރޭގައި އެ ފުރުސަތު ވަނީ އާންމު ރައްޔިތުންގެ ކިބައިން ނިގުޅައިގެންފަ...

25 ޑިސެމްބަރ

December 25, 2016 8
އީކުއޭޓަ ވިލެޖް މުޅިން އާ ބަދަލުތަކެއްގެ ތެރެއަށް

އައްޑޫ ގަމުގެ ސިޓީ ހޮޓާ، އީކުއޭޓަ ވިލެޖް ހިންގާތާ މިހާރު 18 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ކައިމޫ އިން ހިންގާ މި ހޮޓާ ހުންނަނީ އެއާޕޯޓް އޮތް ގަމުގައި ކަމަށް ވާތީ، އީކުއޭޓަ ވިލެޖަށް ރަނގަޅު މުސްތަގުބަލެއް އޮތް ކަމަށް އައްޑޫގެ އެތައް ބަޔަކު ގަބޫލުކުރެ އެވެ.

23 ޑިސެމްބަރ

December 23, 2016 27
އެންމެ މީރު އެއް މަސްރޮށީގެ އެންމެ ބޮޑެތި ސިއްރުތައް

ދެބަސްވާނެ ހެނެއް ހިއެއް ނުވެ އެވެ؛ މާލެ އިން މި ވަގުތު ލިބެން ހުރި އެންމެ މީރު އެއް މަސްރޮއްޓަކީ މި އެވެ. މީގެ ރަހަ ހެޔޮވަރެވެ. އެތަނަށް ދާ ގިނަ މީހުން، ދެ ވަނަ ފަހަރަށް ވެސް ދާހިތްވެ އެވެ.

22 ޑިސެމްބަރ

December 22, 2016 62
ހަތަރު ލައްކަ ރުފިޔާ ހޯދައިދީބަލަ!

"ވެށިފަހި މާލެ" މަޝްރޫއުގެ ދަށުން ސަރުކާރުން އިއުލާން ކުރި ފްލެޓަށް މީގެ އަހަރުތަކެއް ކުރިން ފޯމް ހުށަހެޅީ ދާއިމީ ބޯހިޔާވަހިކަމެއް ނެތިގެން ފްލެޓެއް ހޯދުމަށެވެ. ފްލެޓްތައް މިހާރު ހުރީ ނިމި، އެ ތަންތަނަށް މީހުން ވަންނަން ތައްޔާރު ވެފަ އެވެ. ފްލެޓްތައް ލިބޭ މީހުންނަށް ފްލެޓްތައް ދައްކާ ވެސް ލައިފި އެވެ. އެކަމަކު އެމީހުން މި ވަގުތު...

21 ޑިސެމްބަރ

December 21, 2016 93
ފަރަށްއެރިތާ ގަރުނެއް، މި ބޯޓުގެ ހަގީގަތަކީ ކޮބާ؟

ހއ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ އިންނަފިނޮޅު ފަރުމައްޗަށް އެރި އާގުބޯޓެއްގެ ވާހަކަ މި ހިސާބުގެ މީހުން އަބަދުވެސް ދައްކަ އެވެ. މިހާރުވެސް ފަރުމަތީ ފެންނަން ހުރި ބޯޓުގެ ބައިތައް އެ ތަނުގައި ނެތް ހަނދާނެއް ހުރި މީހަކު މިހާރު ދުނިޔޭގައި ހުރުން ވެސް ނާދިރެވެ. "ގޮތް ނޭނގޭ" މި ބޯޓުގެ ވާހަކަ އެކި މީހުން އެކި ގޮތަށް ދައްކަ އެވެ. ފެނުން...

20 ޑިސެމްބަރ

December 20, 2016 15
އިންތިހާބުގެ އިސްތިއުނާފްގައި "ބުރެކި" ޖެހިފައި!

ގާނޫނުގައި ބުނާ މުއްދަތަށް ވުރެން އިންތިހާބުތައް ލަސްވުމަކީ ކަށަވަރުކޮށްދީފައި ހުރި ހައްގުތައް ގެއްލޭނެ ކަމެކެވެ؛ ޖެނުއަރީ 14 ގައި ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓުގައި އިސްތިއުނާފްކުރީ ވެސް އެހެންވެ އެވެ. އެ މައްސަލަ އިސްތިއުނާފް...

19 ޑިސެމްބަރ

December 19, 2016 43
މި އަގު ކިހިނެއް؟ ފްލެޓެއް 1.8 މިލިއަނަށް!

ހުޅުމާލެއިން މިވަގުތު ދެ ކޮޓަރީގެ ފްލެޓެއްގެ އަގު ވެސް އުޅެނީ ތިން މިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ. އެއީ އާދައިގެ ބަޔަކަށް ގަނެވޭ ވަރަށް ވުރެ ބޮޑު އަގެކެވެ. އެހެންވެ އެއަށް ވުރެ ހެޔޮ އަގުގައި ލިބޭނެ ތަންތަން ހޯދަން އެތައް ބަޔަކު ތިބީ އިންތިޒާރުގަ އެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) ން އެ ފުރުސަތު މިހާރު ވަނީ...

18 ޑިސެމްބަރ

December 18, 2016 137
ހަސަން ހަމީދުގެ ހައްލު، މާލޭގެ ޕާކިން މައްސަލައަށް

މިހާރު މި އަށް ވުރެ ވަކިން ބޮޑު އުނދަގުލެއް އެބަ އޮތް ހެއްޔެވެ؟ މާލެ އަށް ނުކަތާ ވަރަށް ވެހިކަލްތައް ގިނަވެ ޕާކްކުރާނެ ޖާގަ ނެތިގެން ރެ އާއި ދުވާލު އުޅެން ޖެހެނީ ބޯގޮވައިގެންނެވެ. ދުއްވާ މީހުން އެކަންޏެއް ނޫނެވެ. ހިނގާ މީހުންނަށް ވެސް މަގުމަތިން ތަންކޮޅެއް ނުލިބެ އެވެ. އެއްވެސް ސަރުކާރަކުން އަޅާނުލާ އޮވެ މައްސަލަ ބޮއްސުންލައިގެން...

17 ޑިސެމްބަރ

December 17, 2016 26
ކިޔަވަން ބޫޓާނުން ރާއްޖެއަށް: ނިޑުޕްގެ ވާހަކަ

ތައުލީމް ހޯދަން ދިވެހިން ރާއްޖެ އިން ބޭރަށް ދަނީ އެވެ؛ އެހެން ގައުމުތަކުގެ މީހުން ކިޔަވަން މި ތަނަކަށް ނާދެ އެވެ؛ ނިޑުޕް ގެލްސެން ފިޔަވަ އެވެ.

15 ޑިސެމްބަރ

December 15, 2016 30
ގަދަކަމުން ފިކުރު އެއްގޮތްކުރުން، ވާނެ ކަމެއްތަ؟

ޕީޕީއެމް ދެ ފަޅިވެ، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަކާއި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނެއް ވުޖޫދުވި އެއް ސަބަބަކަށް މަޖިލިހުގެ ތެރެއިން ރައްޔިތުންނާ ގުޅުން ހުރި ގިނަ ގާނޫނުތަކެއް، އަސާސީ ހައްގުތައް ގެއްލޭ ގޮތަށް، ފާސްކުރުން ހިމެނެ އެވެ. އެއް ބަޔަކަށް އެ ގާނޫނުތައް ވީ ގާނޫނުއަސާސީ ހިމާޔަތް ކުރަން ލިބުނު...

13 ޑިސެމްބަރ

December 13, 2016 146
"ގަރުދިޔަ، ރާއްޖެތެރެ، މޯޑިސް": ހަބޭސް ވާހަކައެއް؟

ދިވެއްސަކަށް ވީތީ އެއްވެސް ވަރަކަށް ލަދުގަނޭ ހެއްޔެވެ؟ ދެރަވޭ ހެއްޔެވެ؟ މިއީ ދާދި ފަހުން ޖެހި ފޭސްބުކް ޕޯސްޓަކާ އެކު 22 އަހަރުގެ ޒުވާނަކު އަލިއަޅުވާލި މައުލޫއުއެކެވެ. އޭނާގެ އެ ވާހަކަ ޝައުގުވެރި އެވެ. އޭނާ އެ ވާހަކަ ދައްކަން ޖެހުނު ސަބަބު، ގަބޫލުކުރަން ދަތިވާހާ، ބޮޑެވެ.