11 ޑިސެމްބަރ

December 11, 2016 1
ކައްޓި ހިތްވަރު، ޒުވާނުންގެ އާ ހިތްވަރެއް!

ފަންނުވެރިކަމާ ގުޅޭ ގޮތުން މާލޭގައި އެންމެ އާއްމުކޮށް ބާއްވަނީ އެކި ކަހަލަ ކުރެހުންތައް ދައްކާލުމުގެ އާޓް އެގްޒިބިޝަންތަކެވެ. އެކަމަކު ކައްޓި ހިތްވަރުގެ ނަމުގައި 2012 ވަނަ އަހަރު ބާއްވަން ފެށި، ފެސްޓިވަލުން ފަންނުވެރިކަމުގެ ހުރިހާ ހުނަރެއް އެއްތަނަކުން ފެނެ އެވެ. ކުރެހުމާއި ފޮޓޯގްރަފީ އާއި މިއުޒިކާއި ޅެންވެރިކަމާއި...

09 ޑިސެމްބަރ

December 09, 2016 34
ފުވައްމުލަކަށް ފުޅަނގި މޫސުން، ބޮޑު މަޖަލެއް!

އެއީ މީގެ މީގެ ވިއްސަކަށް އަހަރު ކުރި އެވެ. ހުޅަނގު މޫސުން ނިމޭ ދުވަސްވަރާ ދިމާކޮށް ރަށުގެ ހުޅަނގު ފަރާތު ގޮނޑުދޮށުގައި ފުޅަނގި ހޮވަން މީހުން ގޯންޏާއި ތެލި ފަދަ ތަކެތި ހިފައިގެން ނުކުމެ އުޅޭ ހަނދާންވެ އެވެ. އޭރު ފުޅަނގި ހޮވަން އަތިރިމައްޗަށް ނުކުންނަ ކޮންމެ މީހަކު މަދުވެގެން ވިއްސަކަށް ފުޅަނގި ނަގަ އެވެ. އޭރު ވެސް އެއީ...

07 ޑިސެމްބަރ

December 07, 2016 21
ކަންކަން ނުކޮށް ގަސްދުގައި ދޫކޮށްލަނީ، ޒިންމާއެއް ނެތް

އަންނަ ލޯކަލް ކައުންސިލް އިންތިޚާބު އިތުރު ދެ މަހަށް ފަސްކުރަން ކޯޓުން ކުރި އަމުރަކާ އެކު މިދުވަސްވަރު އެންމެ ހޫނު އެއް މައުޟޫއަކަށް ވާނީ ގާނޫނުގައި ބުނާ މުއްދަތަށް ކަންކަަން ނިންމުމުގެ ވާހަކަ އެވެ. އެއީ ލާ މަރުކަޒީ ގާނޫނުގައި، ކައުންސިލަރުން ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އާ ދައުރަށް...

06 ޑިސެމްބަރ

December 06, 2016 26
ގަން އެއާޕޯޓް ދުނިޔެއާ ގުޅާލުމުގެ ދަތުރުތައް

މިއީ އެންމެ ފުރަތަމަ ރާއްޖެ އާއި ދުނިޔެ ގުޅުވައިދިން ވައިގެ ބަނދަރެވެ؛ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން އެކި ތަންތަނަށް ދަތުރުކުރަން ސ. ގަމުގައި ހެދި ވައިގެ ބަނދަރަށް 50 އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު އެތަނުގެ ތަރައްގީއަށް ސަރުކާރުން މާ ބޮޑު މަސައްކަތެއް ނުކުރެ އެވެ.

03 ޑިސެމްބަރ

December 03, 2016 29
ސްޓޫޑިއޯގައި ފޮޓޯ ނެގި ފަހުން ޖެހުނީ ފިޓް، ވިސްނާލާ!

ހަތް މަހުގެ އާނަ ޒައިދު އިބްރާހިމަށް ފިޓު ޖެހުމަކީ އޭނާގެ މައިންބަފައިންނަށް ކުރިމަތިވި އެންމެ ބޮޑު އެއް ހާސްކަމެވެ. އެއް ދުވަހެއްގައި ދެ ފަހަރު ފިޓު ޖެހުނީ އެންމެ 14 ގަޑި އިރު ތެރޭގަ އެވެ. ހުމެއް ނައިސް އިތުރު އެހެން ކަމެއް ވެސް ދިމާނުވެ، ކުއްލިއަކަށް ފިޓު ޖެހުނީމާ އެ މީހުން އެންމެ ބޮޑަށް ބޭނުންވީ އެހެން އެވީ ކީއްވެގެންތޯ ބަލާށެވެ.

02 ޑިސެމްބަރ

December 02, 2016 23
ފުރަތަމަ އެކަނިވެރިކަން، މިހާރު އެންމެންގެ ލޯބި

ދަރިފުޅަށް ޖެހިފައިވާ ހަމުގެ ބައްޔަށް ފަރުވާ ހޯދަން މީގެ އަހަރުތަކެއް ކުރިން ރަމްޒިއްޔާ ހާރޫން އިންޑިއާއަށް ދިޔައީ އެ ގައުމުގައި ދިރިއުޅޭ ދިވެހި ބައެއްގެ ގާތަށެވެ. އެއްވެސް އެހީތެރިޔަކާ ނުލައި ހަތް އަހަރުގެ ދަރިފުޅާ އެކު އިންޑިއާއަށް ދިޔުމުން ކުރިމަތިވި ހިތްދަތިކަން އަދިވެސް އޭނާގެ ހިތަކުން ފިލައިގެންނެއް ނުދެ އެވެ.

01 ޑިސެމްބަރ

December 01, 2016 10
ބިލަބޮންގް: މޮޅު ކަރިކިއުލަމެއް، ގިނަ ފުރުސަތުތަކެއް

ރާއްޖޭގައި ހިންގަމުން އަންނަ އިންޓަނޭޝަނަލް ކޮންމެ ސްކޫލެއްގައި ވެސް ކިޔަވައިދިނުން ތަފާތުވެފައި، އަމިއްލަ ގޮތްތަކެއް ހުރެ އެވެ. އެކަމަކު މި ހުރިހާ ސްކޫލުތަކުގެ ތެރެއިން، މާލޭގެ...

December 01, 2016 40
ޚިޔާނާތުގެ ފައިސާ ހޯދަނީ ކޮން ގޮތަކުން؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިވެގެން، ރާއްޖޭގެ ފަޅުރަށްތަކާއި ފަޅުތަކާއި ފަރުތައް އެކި މީހުންނަށް ވިއްކައިގެން ހިންގި...

30 ނޮވެމްބަރ

November 30, 2016 29
ޕީޕީއެމަށްޓަކައި އިންތިޚާބު ފަސްކުރަން ޖެހޭތަ؟

ސަރުކާރު ހިންގާ ޕީޕީއެމްގެ އެތެރޭގައި ޚިޔާލު ތަފާތުވުން އުފެދި، ޕާޓީ ދެ ބައިވެގެން ހިނގި ކަންކަމުގައި ސިޔާސީ މަސްރަހު ހަލަބޮލި ވެފައި ވަނިކޮށް ދެން މިހާރު މި އޮތީ މާ ބޮޑު މައްސަލައެއް ކުރިމަތިވެފަ އެވެ. ޕީޕީއެމްގެ އެތެރޭގެ ހަމަނުޖެހުމުގެ ސަބަބުން، އަންނަ ޖެނުއަރީ މަހުގެ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ...

29 ނޮވެމްބަރ

November 29, 2016 32
120 މިލިއަން، އައިޖީއެމްއެޗަށް ޒަމާނީ ބޮޑު ބަދަލެއް

މީގެ ކުރިން އެއީ ތޮއްޖެހިފައިވާ ތަނެކެވެ. އަށް އެނދުގައި އެންމެ ހާލު ބޮޑު ބަލި މީހުން ބައިތިއްބާފައި ތިބޭއިރު، އެ މީހުންގެ އެހީތެރިން މަޑުކޮށްލާނެ ވަކި ތަނެއް ވެސް ނުހުރެ އެވެ. އެނދުތައް ހުންނަލެއް ކައިރިކަމުން ބަލި މީހުންނަށް ފަރުވާ ދިނުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހެ އެވެ. ވެންޓިލޭޓަރު ގުޅާފައި އޮންނަ މީހަކަސް، ޑަޔަލިސިސް...

26 ނޮވެމްބަރ

November 26, 2016 160
12 ޑޮލަރަށް ބަދަލުކުރީ ރައީސަށް އެނގިވަޑައިނުގެން!

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ރާއްޖެ އިން ބޭރަށް ފުރާ ދިވެހިންގެ އަތުން އެެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) ގެ ގޮތުގައި 12 ޑޮލަރު އަދި ބިދޭސީންގެ...

November 26, 2016 7
އެފްއޭއެމްގެ ޕްލޭނުގައި ހިމަނަންވީ ކޮން ކަންތައްތަކެއް؟

ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ކަމަށް އެންމެ ފަހުން އިންތިހާބުވި ދެ ރައީސުންގެ ވެސް ފުރަތަމަ ދެއްކި ވާހަކައިގައި އެއް ކަމެއް ފާހަގަކުރި އެވެ. ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް...

24 ނޮވެމްބަރ

November 24, 2016 16
2017ގެ ބަޖެޓް، ރައްޔިތުންގެ ގޮވުމަށް އިޖާބަ ދޭތަ؟

ދައުލަތުގެ ބަޖެޓަކީ އެއިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތު ތަންފީޒު ކުރުމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތާއި ހަރަދު ކުރާނެ ގޮތުގެ ތަފްސީލީ ބަޔާނެކެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި އިދިކޮޅު އަޑު އުފުލަން ފެށުމުގެ ކުރިން، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓާ މެދު މަޖިލީހުގައި މާ ބޮޑު ދެކޮޅުހެދުންތަކެއް ނޯވެ އެވެ....

23 ނޮވެމްބަރ

November 23, 2016 14
ވޯޓު ކަރުދާހުގައި ކުރެހުން: ނުފޫޒު ފޯރުވުމުގެ އުކުޅެއް

ގާނޫނު އަސާސީ އާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު ބުނާ ގޮތުން އިންތިޚާބުތަކާއި ޚިޔާލު ހޯދުމުގެ އާންމު ވޯޓުތައް ވާން ޖެހޭނީ ސިއްރު ވޯޓުތަކަށެވެ. އެކަމަކު ރާއްޖޭގައި އޮންނަ ވޯޓުތަކަށް ނުފޫޒު ފޯރުވުމާއި ވޯޓު ގަތުމުގެ ސަަގާފަތުގެ ތެރެއިން ވޯޓުގެ ސިއްރުކަން ނަގާލުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ހިނގަ އެވެ.

22 ނޮވެމްބަރ

November 22, 2016 60
އަސާސީ ހައްގެއް ހަނިކުރުމުގެ އެހެން ބޮޅެއް

ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. އެއީ ގާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ހައްގެކެވެ. މިހާ ސާފުކޮށް އޮތް ކަމެއްގައި، މި ހައްގު ނިގުޅައިގަނެވޭ ގޮތަށް، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް، ސަރުކާރަށް ތާއީދު ކުރައްވާ...

20 ނޮވެމްބަރ

November 20, 2016 169
ބޮޑު ހިޔާނާތް ފަޅާއަރުވާލެވުނީތީ ފަހުރުވެރިވޭ: ގާސިމް

އޭނާގެ ދިރިއުޅުން ވަރަށް އާދައިގެ އެވެ؛ ވަރަށް ކުޑަކުޑަ، ހަމަ ވަރަށް އާދައިގެ އެޕާޓްމަންޓެއްގައި ތިން ކުދިންނާއި އަނބިމީހާއާ އެކު ދިރިއުޅެމުން ދަނީ، ހާސްކަމުގެ ތެރޭގަ އެވެ. ބީއެމްއެލްގެ މެނޭޖަރެއްގެ ވަޒީފާގައި ހުއްޓާ، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް ފަޅާއަރުވާލަން ހިތަށް ގެނައިއިރު ވެސް، އެ އާއިލާ އަށް...

19 ނޮވެމްބަރ

November 19, 2016 13
ކުދިންގެ ލޮލާއި ދަތްތަކަށް މިވަނީ ކިހިނެއް؟

ކުއްޖެއްގެ ދަތް ފަނިކެއުމަކީ މާ ބޮޑު ކަމެކޭ ހިތަށް ނާރަފާނެ އެވެ. ނުވަތަ، ރަނގަޅަށް ނުފެންނަ ކުއްޖާ އައިނު އެޅުވީމާ ނިމުނީއޭ ހީވެދާނެ އެވެ. އެކަމަކު ރާއްޖޭގެ ސްކޫލްތަކަށް ކިޔަވަންދާ ކުދިންގެ ހެލްތު ސްކްރީނިން އިން ފެންނަނީ ސީރިއަސް މަންޒަރެކެވެ. ލޮލާއި އަނގައިގެ މައްސަލަތަކާއި އެ ނޫން ވެސް ބައެއް ކަންކަން ކަންބޮޑުވާން ޖެހޭ...

17 ނޮވެމްބަރ

November 17, 2016 3
ޖިނާއީ އިޖުރާއާތުގެ ގާނޫނު އިތުރު ހަ މަހަށް ގަރާޖަށް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައި އޮތީ ޖެނުއަރީ 2، 2017ގަ އެވެ. ނަމަވެސް އެ ގާނޫނަށް އަމަލު ކުރުން އިތުރު ހަ...

16 ނޮވެމްބަރ

November 16, 2016 2
ޖިންސީ ގޯނާ ސާބިތުކުރާ މިންގަނޑަށް ރަނގަޅު ބަދަލެއް

މީހުން މެރުމާއި ޓެރަރިިޒަމާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ފިޔަވައި ރާއްޖޭގައި ދެން އެންމެ ބޮޑެތި އަދަބު ދެވޭ ކުށަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކެވެ. ޖިންސީ ގޯނާ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވާ މީހުންނަށް އެ މީހުން ކުރާ އަމަލާއި އަނިޔާ ލިބޭ ކުއްޖާ އާއި އެ މީހަކާ ދެމެދު ހުރި އާއިލީ ގާތް ކަމަށް ބަލައި، 10...

15 ނޮވެމްބަރ

November 15, 2016 52
ދިރިއުޅުމުގެ ހާލަތު ބަދަލުވެއްޖެ، އުސޫލު ބަދަލެއްނުވޭ!

ދިގު ކިޔޫއެއްގައި ޖެހިގެން، ފްލެޓަށް އެދި 15،000 މީހުން ފޯމު ލީތާ ތިން އަހަރު ވަނީ އެވެ. ގެދޮރުވެރިކުރަން މި ސަރުކާރުން ހުޅުވާލި ފުރަތަމަ މަޝްރޫއުއާ އެކު ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ ލަސްތަކެއް ނުވެ ބޯހިޔާވަހިކަން ލިބޭނެ ކަމަށެވެ. ޕޮއިންޓް ދޭން އާއްމުކުރި އުސޫލަށް ބަލައި އޭރު ބައެއް މީހުން ތިބީ ފްލެޓް ގާތްގަނޑަކަށް...

14 ނޮވެމްބަރ

November 14, 2016 8
ހަނދުގައި "އަތްލާން" ބޭނުންތަ؟

ހަނދަކީ ރީތި އަންހެން ކުދިންގެ ޗާލުކަން ބަޔާން ކުރުމަށް މިސާލު ޖަހައި އުޅޭ އެއްޗެކެވެ. އެހެންކަމުން މެދުފޮއި ރޭތަކުގައި ދެ ލޯބިވެރިން ބައްދަލުވެ އުޅުމަކީ އިހުގައި އޮތް އާދައެކެވެ. އެންމެ ރީތި އަލިކަމަކީ ހަނދުވަރެވެ. އެ ހަނދުގެ ފުރިހަމަކަމާއި ބާރުގެ ސަބަބުން، ޖިންނި އަވަލާފައި ތިބޭ މީހުން، ހަނދު ބޮޑުވާ މޫސުމަށް މޮޔަވެޔޭ ވެސް ބުނެ...

13 ނޮވެމްބަރ

November 13, 2016 62
މައުމޫން ވިދާޅުވަނީ ރައީސް ޔާމީން ބަލިކުރެވޭނެ ކަމަށް

ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޯޅުމުގައި އެއް ކަމެއް މިއޮތީ ސާފުކޮށް ފެންނާށެވެ؛ ސިޔާސީ މިސްރާބަކަށް "އެއް އޮޑިއެއްގައި" ދެބެއިން، ދެން ދަތުރުފުޅެއް ނުކުރައްވާނެ އެވެ. އެއީ މިހާރު މި ގައުމުގެ ސިޔާސީ މަސްރަހުން ވެސް އެންމެ ޔަގީންކަން ބޮޑު އެއް ކަންތަކެވެ. ދެ...