25 ޖުލައި

July 25, 2018 4
އިތުރު ހަ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމައިފި

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިތުރު ހަ ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން، އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ނިންމައިފި އެވެ.

July 25, 2018 2
ދޮރަގަލި ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރާކަށް ނުޖެހޭ

ސީއެސްއާރު މަޝްރޫއުގެ ދަށުން ރިސޯޓެއްގައި ގޮތުގައި ރ. ދޮރަގަލި ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އަމިއްލަ ފަރާތަކާ އެކު ސޮއިކުރަން ދައުލަތުގެ މައްޗަށް ލާޒިމްނުވާ ކަމަށް ހައި...

23 ޖުލައި

July 23, 2018 16
"ވޯޓު ފޮށި ބަހައްޓަން ރިސޯޓުތަކުން ދެކޮޅެއް ނޫން"

ވޯޓު ފޮށި ބަހައްޓަން ގިނަ ރިސޯޓުތަކުން ދެކޮޅު ހަދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުންޏަސް، އެއީ ދޮގު ވާހަކައެއް ކަމުގެ މައުލޫމާތު އެ ކޮމިޝަންގެ ތެރެއިން ލިބިފައިވާ ކަމަށް އިިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

July 23, 2018 27
ގިނަ ރިސޯޓުތަކުން އެދެނީ ވޯޓު ފޮށި ނުބަހައްޓަން: އީސީ

އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިއާސީ އިންތިޚާބުގައި ވޯޓުލުމަށް ރިސޯޓްތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް މައުލޫމާތު ހޯދުމުން، ގިނަ ރިސޯޓްތަކުން ބޭނުންވީ ވޯޓު ފޮށި ނުބަހައްޓަން...

July 23, 2018 9
ރިސޯޓުތަކުގެ އެނދުތައް ފުރުން އެއާޕޯޓާ ގުޅިފައި

ރާއްޖޭގައި ހުޅުވާ ރިސޯޓުތައް އަންނަނީ އިތުރުވަމުންނެވެ. އެއާ އެކު ޓޫރިސްޓުންނަށް ވިއްކަން ޖެހޭ އެނދުގެ އަދަދު ވަނީ 42،800 އަށް ވުރެ މަތިވެފަ އެވެ.

21 ޖުލައި

July 21, 2018 3
މިދިޔަ މަހު އޮކިއުޕަންސީ ހުރީ 43 ޕަސެންޓްގައި

މިދިޔަ މަހު ރާއްޖެއައި ޓޫރިސްޓުންގެ އަދަދު އިތުރުވި ނަމަވެސް، ޖޫން މަހު ރިސޯޓުތަކުގެ އޮކިއުޕަންސީ ހުރީ 43 ޕަސެންޓްގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި...

July 21, 2018 2
ފާރުފުށި ރިސޯޓު ޑިސެމްބަރު މަހު ހުޅުވަނީ

ރ. ފާރުފުށީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ރިސޯޓު އަންނަ ޑިސެމްބަރު މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

19 ޖުލައި

July 19, 2018 5
ގިނަ ރިސޯޓްތަކެއްގައި ވޯޓު ފޮށި ބެހެއްޓުމަކީ ކާމިޔާބެއް

ރިސޯޓެއްގައި ވޯޓު ލާން 100 މީހުން ރަޖިސްޓްރީކޮށްފި ނަމަ އެ ރަށެއްގައި ވޯޓު ފޮއްޓެއް ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

16 ޖުލައި

July 16, 2018 8
ވީހާ ގިނަ ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަށް ގޮވާލައިފި

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރިސޯޓުތަކުގައި އެންމެ ހަތް ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބަދަލުކޮށް ވީހާ ގިނަ...

July 16, 2018 36
އެންމެ 7 ރިސޯޓުގައި ވޯޓުފޮށި ބަހައްޓާތީ ކަންބޮޑުވެއްޖެ

ދިވެހިން ވަޒީފާ އަދާކުރާ އެތައް ބައިވަރު ރިސޯޓެއް އޮތް އިރު މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭގެ ތެރެއިން އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން...

11 ޖުލައި

July 11, 2018 2
މަތީ ފެންވަރުގެ ވެސްޓިން އޮކްޓޯބަރު 1 ގައި ހުޅުވަނީ

އެންމެ މަތީ ފެންވަރުގެ 70 ވިލާއާއެކު ބ. މިރިޔަންދޫގައި ހަދާ ވެސްޓިން ރިސޯޓު އަންނަ އޮކްޓޯބަރު 1 ގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

10 ޖުލައި

July 10, 2018 1
އެނބޫދޫފަޅުގެ ފުރަތަމަ ފިޔަވަހި މިއަހަރުގެ ނިޔަލަށް

ކްރޮސްރޯޑްސްގެ ނަމުގައި ކ. އެނބޫދޫ ފަޅުގައި ހިއްކައިގެން ތަރައްގީކުރާ އިންޓަގްރޭޓެޑް ރިސޯޓުގެ ފުރަތަމަ ފިޔަވަހި ނިމޭނީ މިއަހަރުގެ ނިޔަލަށް ކަމަށް އެ މަޝްރޫއު ހިންގާ ތައިލެންޑްގެ...

July 10, 2018 3
ނޮކޫ މޯލްޑިވްސްގެ ނަމުގައި ކުޑަފުނަފަރު ހުޅުވަނީ

މަރާމާތަށް ފަހު ނ. ކުޑަފުނަފަރު، "ނޮކޫ މޯލްޑިވްސް"ގެ ނަމުގައި އަންނަ މަހު އެއްވަނަ ދުވަހު އަލުން ހުޅުވަން ނިންމައިފި އެވެ.

08 ޖުލައި

July 08, 2018 3
ޖޭ ޑަބްލިއު މެރިއޮޓް ހުޅުވުން ޖެނުއަރީއަށް ފަސްކޮށްފި

ށ. ވަގަރުގައި ހަދާ ޖޭ ޑަބްލިއު މެރިއޮޓް ރިސޯޓު ހުޅުވުން އަންނަ އަހަރުގެ ޖެނުއަރީ މަހަށް ފަސްކޮށްފި އެވެ.

04 ޖުލައި

July 04, 2018 48
މާލެ އަތޮޅު ފުރިއްޖެ، ދުރު ހިސާބުތައް ފަޅަށް!

މިހާރު މާލެ ކައިރީގައި ހުރި ހުރިހާ ފަޅު ރަށެއް ހެން ރިސޯޓު ހަދަން ކުއްޔަށްދީފި އެވެ. އޭގެ އިތުރުން ހިއްކައިގެން ރިސޯޓެއް ހެދޭނެ ހެން ހީވާ ހުރިހާ ފަޅެއްހެން ވެސް ވަނީ ރިސޯޓު ހަދަން އެކި ފަރާތްތަކަށް ވަނީ ދޫކޮށްފަ އެވެ.

02 ޖުލައި

July 02, 2018 10
މާލެ އަތޮޅުގައި އިތުރު އާ ރިސޯޓެއް ހުޅުވައިފި

މާލެ އަތޮޅުގައި އިތުރު އާ ރިސޯޓެއް އިއްޔެ ހުޅުވައިފި އެވެ.

July 02, 2018 11
ހަތަރު ރިސޯޓެއް ހަދަން މާވަރު ފަޅު ހިއްކަނީ

މާލެ އަތޮޅު މާވަރު ފަޅުގައި މަތީ ފެންވަރުގެ ހަތަރު ރިސޯޓު ހަދަން، ބިން ހިއްކަން އެމްޓީސީސީއާ މިދިޔަ ހަފުތާގައި ހަވާލުކޮށްފި އެވެ.

30 ޖޫން

June 30, 2018 4
ވޮށްމުލި ރިސޯޓުގައި އަލިފާންރޯވެ ގެއްލުންވެއްޖެ

ދ. އަތޮޅު ވޮށްމުލި ރިސޯޓުގެ ވޯޓާ ސްޕާގައި މިއަދު އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

27 ޖޫން

June 27, 2018 1
ރިސޯޓްތައް ހަދަން ދޭ މުއްދަތު އިތުރުކުރަން ފީއެއް

ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރާ ރިސޯޓާއި ހޮޓާ ފަދަ ތަންތަނުގެ އިމާރާތް ކުރަން ދޭ މުއްދަތު އިތުރުކުރަން ފީއެއް ނަގާ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

26 ޖޫން

June 26, 2018 9
އޮޅުންބޮޅުން: ކީއްވެ؟ ކީއްވެތޯ؟

މިއީ އަޅުގަނޑުގެ ބޮޑު ސުވާލެވެ. އަބަދުވެސް ކުރަމުން އަންނަ ސުވާލެކެވެ. ފަތުރުވެރިކަމުގެ ފައިދާގެ ކުޑަ ވެސް މިންވަރެއް ސީދާ ރައްޔިތުންނަށް ލިބޭނޭ ގޮތަކަށް ހަމަނުޖެހިގެން އުޅެނީ ކީއްވެ ބާވަ އެވެ؟ ޕީޕީއެމް ވެރިކަމަށް އަންނަން މަސައްކަތް ކުރި އިރު ނެރުނު "ވަޢުދުނާމާ" (މެނިފެސްޓޯ) ގައި ވެސް، ފަތުރުވެރިކަމުގައި ރައްޔިތުންގެ ޙިއްޞާ...

25 ޖޫން

June 25, 2018 7
އަކިރިފުށީގައި ހަދާ ރިސޯޓު އާދިއްތަ ދުވަހު ހުޅުވަނީ

ކ. އަކިރިފުށީގައި ހަދާ 137 އެނދުގެ ރިސޯޓު އަންނަ އާދިއްތަ ދުވަހު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

20 ޖޫން

June 20, 2018 5
މިދިޔަ މަހު ވެސް ރާއްޖޭގެ ޓޫރިޒަމް ދަށަށް

މިދިޔަ މަހު ޗައިނާ އިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 27 ޕަސެންޓް ދަށްވެ، މިދިޔަ މަހު ވެސް ރާއްޖޭގެ ޓޫރިޒަމް ދަށަށް ހިނގައްޖެ އެވެ.

18 ޖޫން

June 18, 2018 8
އެނބޫދޫފަޅު ތަރައްގީކުރާ ކުންފުނިން ކޮނޮއްޓާ ގަނެފި

މަތީ ފެންވަރުގެ ރިސޯޓުތަކާއި ރީޓެއިލް ވިޔަފާރިއާ އެކު ކ. އެނބޫދޫފަޅު ތަރައްގީކުރާ ތައިލެންޑްގެ ސިންހަ އެސްޓޭޓް ކުންފުނިން އެމެރިކާގެ ހަވާއީގެ ކުންފުންޏެއް ކަމަށްވާ އައުޓްރިގާގެ ހަ ރިސޯޓެއް، 310 މިލިޔަން ޑޮލަރަށް ގަނެފި އެވެ.

13 ޖޫން

June 13, 2018 5
ބައެއް ރިސޯޓުތަކާއި ގެސްޓްހައުސްތައް އީދަށް ފުރިއްޖެ

މާލެ ކައިރި ބައެއް ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ ޑިމާންޑް އީދު ޗުއްޓީ އަށް ބޮޑުވެ، ގިނަ ތަންތަން އެއްކޮށް ފުލްވެއްޖެ އެވެ.

05 ޖޫން

June 05, 2018 3
އޮފް ސީޒަނާއެކު ރިސޯޓުތަކުގެ ސާވިސް ޗާޖު ދަށަށް

މި އަހަރުގެ ޓޫރިޒަމްގެ އޮފް ސީޒަނާ އެކު ރިސޯޓުތަކުގެ ސާވިސް ޗާޖު ދަށަށް ހިނގައްޖެ އެވެ.