03 ނޮވެމްބަރ

November 03, 2016
ހަލަބުގެ ހަނގުރާމަވެރިން އެ ސިޓީ ދޫކުރަން އިންޒާރުދީފި

ދިމިޝްގު (ނޮވެމްބަރު 3) - ހަލަބު ސިޓީގައި ތިބި ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން ހުކުރު ދުވަހުގެ ހަވީރާ ހަމައަށް އެ ސިޓީން ނުކުމެގެން ދިއުމަށް ރަޝިޔާ އާއި ސީރިއާ ސިފައިން އިންޒާރު ދީފި އެވެ.

24 އޮކްޓޯބަރ

October 24, 2016 3
އެމެރިކާ ކޯލީޝަނުން އިރާގުގައި ހިންގަނީ ޖަރީމާއެއް

މޮސްކޯ (އޮކްޓޯބަރު 24) - އިސްލާމިކް ސްޓޭޓް (އައިއެސް) ފަދަ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކަމަށް ބުނެ އިރާގުގައި އެމެރިކާ ކޯލީޝަނުން ދޭ ހަމަލާތަކަކީ ހަނގުރާމައިގެ ބޮޑު ޖަރީމާއެއް ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

23 އޮކްޓޯބަރ

October 23, 2016 1
ތިން ދުވަހަށް ފަހު ހަލަބުގެ ހަމަލާތައް ފަށައިފި

ދިމިޝްގު (އޮކްޓޯބަރު 23) - ސީރިއާގެ ހަލަބު ސިޓީ އަށް ދެމުންދިޔަ ހަމަލާތައް ތިން ދުވަހަށް ހުއްޓާލުމަށް ފަހު ހޮނިހިރު ދުވަހު ރެއިން ފެށިގެން އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފަ އެވެ.

18 އޮކްޓޯބަރ

October 18, 2016 1
ހަލަބުގެ ހަމަލާތައް އަށް ގަޑިއިރަށް ހުއްޓާލަން އެއްބަސް

މޮސްކޯ (އޮކްޓޯބަރު 18) - ސީރިއާގެ ހަލަބު ސިޓީ އަށް ދޭ ހަމަލާތައް އަށް ގަޑިއިރަށް ހުއްޓާލުމަށް ރަަޝިޔާ އިން އެއްބަސްވެއްޖެ އެވެ.

October 18, 2016 2
ހަލަބަށް ދިން ހަމަލާގައި އެއް އާއިލާއަކުން 14 މަރު

ދިމިޝްގު (އޮކްޓޯބަރު 18) - ސީރިއާގެ ހަލަބު ސިޓީ އަށް ރަޝިޔާ އިން ދިން ވައިގެ ހަމަލާތަކުގައި އެއް އާއިލާއަކުން 14 މީހުން މަރުވެފައިވާ ކަމަށް އިދިކޮޅު އެކްޓިވިސްޓުން ބުނެފި އެވެ.

12 އޮކްޓޯބަރ

October 12, 2016 3
ހަލަބަށް އަނެއްކާވެސް ވަރުގަދަ އަށް ވައިގެ ހަމަލާ ދެނީ

ދިމިޝްގު (އޮކްޓޯބަރު 12) - ސީރިއާގެ ހަލަބު ސިޓީގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ސަރަހައްދުތަކަށް ރަޝިޔާގެ ހަނގުރާމަތީ ބޯޓުތަކުން އަނެއްކާވެސް ބޮން އަޅަން ފަށައިފި އެވެ.

11 އޮކްޓޯބަރ

October 11, 2016 4
ރަޝިޔާ މައްސަލަ އައިސީސީ އަށް ވައްދަފާނެކަމުގެ އިންޒާރު

ޕެރިސް (އޮކްޓޯބަރު 11) - ސީރިއާގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ހަލަބަށް ބޮން އަޅަމުންދާތީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ރަޝިޔާގެ މައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ބެލުމަށް ފްރާންސްގެ ރައީސް ފްރާންސުވާ އޮލެންޑާ ހުށަހަޅުއްވައިފި އެވެ.

09 އޮކްޓޯބަރ

October 09, 2016
ހަލަބަށް ދޭ ހަމަލާތައް ހުއްޓާލުމުގެ ގަރާރު ވީޓޯކޮށްފި

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 9) - ސީރިއާގެ ހަލަބް ސިޓީ އަށް ދޭ ހަމަލާތައް ހުއްޓާލުމަށް އދ. އިން ޑްރާފްޓްކޮށް ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ރަޝިޔާ އިން ވީޓޯ ކޮށްފި އެވެ.

02 އޮކްޓޯބަރ

October 02, 2016 3
ރަޝިޔާގެ ހަމަލާތަކުގައި ސީރިއާއިން 9300 މީހުން މަރު

ދިމިޝްގު (އޮކްޓޯބަރު 2) - މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 އިން ފެށިގެން ރަޝިޔާ އިން ވައިގެ ހަމަލާތައް ދޭން ފެށި ފަހުން މިވީ އަހަރު ދުވަހުތެރޭ ސީރިއާ އިން 9،300 މީހުން މަރުވެފައިވާ ކަމަށް މޮނިޓާރިން ގްރޫޕަކުން ބުނެފި އެވެ.

01 އޮކްޓޯބަރ

October 01, 2016 3
އެމެރިކާ އިން ސީރިއާގެ ހަނގުރާމަވެރިންނަށް ހިމާޔަތް ދޭ

މޮސްކޯ (އޮކްޓޯބަރު 1) - ސީރިއާގެ ވެރިކަމުން ބައްޝާރުލް އަސަދު ދުރުކުރުމުގެ ބޭނުމުގައި އެމެރިކާ އިން ދަނީ އެ ގައުމުގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންނަށް އެހީވަމުން ކަމަށް ރަޝިޔާ އިން ތުހުމަތުކޮށްފި އެވެ.

29 ސެޕްޓެމްބަރ

September 29, 2016 1
އެމްއެޗް17 ވައްޓާލީ ރަޝިޔާ އިން ގެނައި މިސައިލަކުން

އެމްސްޓެޑަމް (ސެޕްޓެމްބަރު 29) - އިރުމަތީ ޔޫކްރޭނުގެ ސަރަހައްދުން ދަތުރުކޮށްފައި ދަނިކޮށް 2014 ވަނަ އަހަރު މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް17 ވައްޓާލީ ރަޝިޔާ އިން ގެނެސްފައިވާ މިސައިލަކުން ކަމަށް ތަހުގީގު ޓީމުން ބުނެފި އެވެ.

26 ސެޕްޓެމްބަރ

September 26, 2016 2
ސީރިއާ މައްސަލާގައި ރަޝިޔާ އިން ދަނީ ދޮގު ހަދަމުން

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 26) - ސީރިއާ މައްސަލާގައި ރަޝިޔާ އިން ހަދަނީ މުޅިން ދޮގު ކަމަށާއި އެ ގައުމުން ދަނީ ސީރިއާގައި ވަރަށް "ނާތަހުޒީބު" އަމަލުތައް ހިންގަމުން ކަމަށް އެމެރިކާ އިން އދ. އަށް ކަނޑައަޅާފައިވާ ސަފީރު ވިދާޅުވެއްޖެ އެވެ.

21 ސެޕްޓެމްބަރ

September 21, 2016 3
ސީރިއާގެ އެހީގެ ވެހިކަލްތަކަށް ހަމަލާ ދިނީ ރަޝިޔާ

ވޮޝިންޓަން (ސެޕްޓެމްބަރު 21) - ސީރިއާގައި އެހީ ހިފައިގެން ދިޔަ އދ. ގެ ވެހިކަލްތަކަށް ހަލަބު ސިޓީއާ ކައިރިން ދިން ހަމަލާގެ ޒިންމާ އުފުލަން ޖެހޭނީ ރަޝިޔާ އިން ކަމަށް އެމެރިކާ އިން ބުނެފި އެވެ.

10 ސެޕްޓެމްބަރ

September 10, 2016
ސީރިއާގެ ސުލްހައިގެ ޕްލޭނަށް އެމެރިކާ، ރަޝިޔާ އެއްބަސް

ޖެނީވާ (ސެޕްޓެމްބަރު 10) - ސީރިއާ އަށް ސުލްހަ ގެނައުމުގެ ޕްލޭނަށް އެމެރިކާ އާ ރަޝިޔާ އިން އެއްބަސްވެއްޖެ އެވެ.

08 ސެޕްޓެމްބަރ

September 08, 2016 1
ރަޝިޔާ ޖެޓެއް އެމެރިކާ ބޯޓަކާ 10 ފޫޓަށް ކައިރިވެއްޖެ

ވޮޝިންޓަން (ސެޕްޓެމްބަރު 8) - ރަޝިޔާގެ ހަނގުރާމަ މަތީ މަތިންދާ ބޯޓެއް ކަޅު ކަނޑުގެ މަތިން އެމެރިކާގެ ސާވޭ މަތިންދާ ބޯޓަކާ 10 ފޫޓަށް ކައިރިވެފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

01 ސެޕްޓެމްބަރ

September 01, 2016
ރަޝިއާގެ ސަސްޕެންޝަން ކޯޓުން ދަމަަހައްޓައިފި

ޒިއުރިކް (ސެޕްޓެމްބަރު 1) - މި މަހު ހަތް ވަނަ ދުވަހު ބްރެޒިލްގައި ފަށާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އޮލިމްޕިކްސް "ޕެރަލިމްޕިކްސް" ގައި ބައިވެރިނުވެވޭ ގޮތަށް އިންޓަނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީ (އައިޕީސީ) އިން ރަޝިއާ އަށް ދީފައިވާ ސަސްޕެންޝަން އެ ގައުމުގެ އެތުލީޓުން ސްވިޒަލެންޑުގެ ސުޕްރީމް ކޯޓުގައި އެޕީލްކުރި ނަމަވެސް އެ...

27 އޯގަސްޓް

August 27, 2016
ރަޝިއާގެ އެތުލީޓުން ސަސްޕެންޝަން އެޕީލްކުރަނީ

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 27) - އަންނަ މަހު ހަތް ވަނަ ދުވަހު ބްރެޒިލްގައި ފަށާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އޮލިމްޕިކްސް "ޕެރަލިމްޕިކްސް" ގައި ބައިވެރިނުވެވޭ ގޮތަށް އިންޓަނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީ (އައިޕީސީ) އިން ރަޝިއާ އަށް ދީފައިވާ ސަސްޕެންޝަން އެޕީލްކުރަން އެ ގައުމުގެ އެތުލީޓުން ނިންމައިފި އެވެ.

05 އޯގަސްޓް

August 05, 2016
އޮލިމްޕިކްސްގައި ރަޝިއާ 104 އަހަރު ފަހަތަށް!

މޮސްކޯ، ރަޝިއާ (އޮގަސްޓް 5) - މިއަދު ބްރެޒިލްގައި ފަށާ އޮލިމްޕިކްސްގައި ބައިވެރިވާ ރަޝިއާގެ ކޮންޓިންޖެންޓަކީ ފާއިތުވި 104 އަހަރުތެރޭ އޮލިމްޕިކްސްގައި ރަޝިއާ އިން ވާދަކުރާ އެންމެ ކުޑަ ކޮންޓިންޖެންޓެވެ.

03 އޯގަސްޓް

August 03, 2016 11
ސީރިއާގެ ހަލަބު ސިޓީގެ ހަނގުރާމަ ހޫނުވެއްޖެ

ދިމިޝްގު (އޮގަސްޓް 3) - ސީރިއާގެ ހަލަބު ސިޓީގައި ހަނގުރާމަ ހޫނުވެ ސަރުކާރު ސިފައިންގެ އަތް ދަށުގައިވާ ސަރަހައްދުތައް އަތުލުމަށް ބާޣީ ސިފައިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

31 ޖުލައި

July 31, 2016
ރަޝިޔާ ސަރުކާރަށް ވެސް ހެކަރުން ހަމަލާ ދީފި

މޮސްކޯ (ޖުލައި 31) - އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ އެކި ގުނަވަންތަކުގެ ކޮމްޕިއުޓާ ނެޓްވޯކްތަކަށް ރަޝިޔާގެ ހެކަރުން ވަދެ މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކޮށްފައި ވަނިކޮށް ރަޝިޔާ ސަރުކާރުގެ އެކި މުއައްސަސާތަކަށް ވެސް ޕްރޮފެޝަނަލް ސައިބާ ހަމަލާއެއް ދީފައިވާ ކަމަށް އެ ގައުމުގެ ޖާސޫސީ އިދާރާ އިން ބުނެފި އެވެ.

25 ޖުލައި

July 25, 2016 1
އޮލިމްޕިކްސް އިން ރަޝިއާ ސަސްޕެންޑް ނުކުރަން ނިންމައިފި

އަންނަ މަހު ފަށާ ރިއޯ އޮލިމްޕިކްސް އިން ރަޝިއާ ސަސްޕެންޑް ނުކުރަން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމައިފި އެވެ.